ރައީސް ޔާމީނަށްޓަކައި މި ބިމަށް ލޭ އޮހޮރާލަން ކެރެން ޖެހޭ ކަމަށް ޕީއެންސީގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިގޮތަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުގެ ކައުންސިލް ބައްދަލުވުމުގައި، މެމްބަރުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީނު މިހާރު ހުންނެވީ މަނީ ލޯންޑްރިންގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން 5 އަހަރަށް ޖަލަށް ލާފައެވެ. އެމަނިކުފާނުގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން އިއްވާފައިވަނީ "ސިޔާސީ" ޙުކުމެއް ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ގިނަ ލީޑަރުން ދެކެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި މިހާރު އިދިކޮޅު ކޯލިޝަނުގެ އެންމެ ބަސް ހިނގާ އެއް ލީޑަރު، އަދުރޭ، މިރޭ ވިދާޅުވީ، ރައީސް ޔާމީނަކީ މި ޤައުމަށް އަގުނުކުރެވޭ ވަރުގެ ޙިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
އަދި އެއީ ޤައުމަށް އިޚުލާސްތެރި، ވަފާތެރި ބޭފުޅެއް ކަމަށް ވާތީ އަދި އިސްލާމްދީން ޙިމާޔަތް ކުރެއްވުމަށް އެތައް މަސައްކަތްތަކެއް ކުރެއްވި، ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލް ދެމެހެއްޓުމަށްޓަކައި ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅަކަށް ވާތީ، ރައީސް ޔާމީނަށްޓަކައި ފަޚުރުވެރިވާން ޖެހޭ ކަމަށެވެ. ރައީސް ޔާމީން ދިވެހި ރައްޔިތުންނަށްޓަކައި ވި ޤުރުބާނީ މިއަދު ޢަމަލުން އެބޭފުޅުން އެމަނިކުފާނަށްޓަކައި ދައްކަވަން ޖެހޭ ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ރައީސް ޔާމީން ޖަލުގައި އޮންނަހާ ހިނދަކު، އަޅުގަނޑުމެންގެ ލޮލަށް ހަމަ ނިދި ލިބިގެން ނުވާނެ، އަޅުގަނޑުމެންނަށް ރަނގަޅަށް ކެވިގެން ނުވާނެ، އަޅުގަނޑުމެންނަށް ކެރެން ޖެހޭނެ ރައީސް ޔާމީނަށްޓަކައި އަޅުގަނޑުމެންގެ ލޭ މި ބިމަށް އޮހޮރާލަން. އެއީއޭ އަޅުގަނޑުމެންގެ އިޚުލާސްތެރިކަން ރައީސް ޔާމީނަށް ސާބިތުކޮށްދެއްވުމަކީ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އެބޭފުޅާ ފުލުސް އޮފީހަށް ގެންދެވިދާނެ ކަމަށާއި، ޖަލަށްވެސް ލެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ކުރާ މަސައްކަތުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި، އެކަމުގައި އެއްވެސް ވަރުބަލިކަމެއް ނުވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް ތާޢީދުކުރައްވާ އެންމެހާ ފަރާތްތަކުންވެސް އެއް ރޫޙެއްގައި އެ މަސައްކަތް ކޮށްދެއްވުމަށް އަދުރޭ އެދިވަޑައިގަތެވެ.
"އަޅުގަނޑަށް ބިރު ދައްކަން އުޅޭނެ ކަމެއް ނެތް އެއްގޮތަކަށްވެސް. އަޅުގަނޑު ބިރެއް ނުގަންނާނެ. އަޅުގަނޑު މިހުރީ ބިރު ފަހަނަ އަޅައިގޮސް. ރައީސް ޔާމީންގެ ހައްގުގައި ޖަލަށް ދާނީ އުފަލާއި، ފަޚުރުވެރިކަމާއެކު ގިރުވާން ކޮޅަށް ޖަހާފަ." އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަށް ލެއްވީ 5 ފަނޑިޔާރުން ވެގެން ނޫން ކަމަށާއި، އެކަމުގައި ރައީސް ޞާލިހާއި، ރައީސް ނަޝީދު އާއި، ވެރިކަން ކުރާ ކޯލިޝަން ބައިވެރިވާ ކަމަށާއި؛ އަދި އޭގެ ތެރޭގައި ޤާސިމް އިބްރާހީމާއި، ރައީސް މައުމޫންވެސް ހިމެނިވަޑައިގަންނަވާ ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ. އަދުރޭ ވިދާޅުވީ އެހެން ނޫންނަމަ، މިހާރު ސަރުކާރުގެ ކޯލިޝަނުގެ ތެރޭގައި އެބޭފުޅުން ތިއްބަވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މިރޭގެ ކައުންސިލް ބައްދަލުވުމުގައި 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ދެ ޕާޓީން ވަނީ ނިންމާފައެވެ.
ސާބަހޭ އަދުރޭ ކެނެރީ ދާއްބަޔާ އިބޫއާ މީ މިގައުމުގެ ހަލާކު ހާއްސަކޮއް ކެނެރީ ދާއްބަ
ކެނެރީ ދާއްބަ އެއީ އަސްލު ހާމާން އެބީތާއައް ނޭގޭނެ އެކައްޗެއްވެސް 24 ގަޑިއިރު ހުންނާނީ ބައި ގަޑިވެފަ އެއްވެސް ވަރަކައް ހަމައެއް ނުވާނެ
ފުރަތަމަ ކަލޭކަންނޭގެ ފިލާނީ.
ބޮޑުވަގަށްޓަކައި ޓިނުވަގު ލޭއަހޮރުވަނީ..
ފަސްމާމުލު ފަސްވަގުންގެ ތެރެއިން އެކެއް އަދުރެވެސް. އެހެންވީމަ އެ އޯކޭ. ޖަލަށް ދޭ..
ވެރިކަމުގައި ހުރިއިރު ނުހައްގުން އެންމެން ޖަލަށްލީމަ، މިހާރު ތި ފެންނަނީ އަމިއްލައަށް ކުރި ކަންކަމުގެ ހިތި. އެންޖޯއި ޖެއިލް!
ޢެއީ އޭނާ މީހުންނަށް ދިން އަނިޔާއާއި ކުރި ވައްކަމުގެ ބޮޑުކަމުންދޯ. ވގުންނަށް ސާބަސްދޭނީ ހަމަ ވަގުން.
މިހާރު މިއޮތީ މުގޯލި ސަރުކާރެއް. ލާދީނީ ސަރުކާރެއް. އެކަމަކު އަދުރޭ މެނަޢްވެސް އިނގެންވާނެ ކުފުރުވާއިރު.
ތިވެސް އަދި ކުޑަވަރެއް އަދުރޭ. އަދުރޭ ގައިގައި ހުރީ ޔަކީ އަގެއް ހުރި ލެޔެއް ނޫން. ޔާމީނައްޓަކާ ގުރުބާންކުރަން އަދުރޭ އައްވުރެ ރަގަޅުވާނެ ހޯނެއް ގުރުބާން ކުރިޔަސް. ދެމީހުންނަކީ އެއްވަރަކައް އަގު ވެއްޓިފައި ތިބި ދެމީހުން. ޔާމީނައްޓަކައި ހޯނެއް ގުރުބާންކޮއްލާ. މީއްޗަކުވެސް ހިތައް އަރާ ތިމަންނައަކީ މާވަރުގަދަ މީހެއްކަމައް.
އަޅުގަނޑުމެންގެ ރައީސަކީ ރައީސް ޔާމީން. ވޯޓް އޮޅުވާލައިގެން މިިހިންގި ޖަރީމާ މިހާރު ޤަބޫލެއް ނުކުރަން. ތިޔަ ޝަރީއަތައް ނުފޫޒު ފޯރުވާއިގެން ގާޟީ ހިލާލައިގެން ރިޝްވަތު ދީގެން ކުރި ހުކުމް މޑޕ މީހުންވެސް އަދި ދިވެހި ރައްޔަތުންވެސް ބަލައެއް ނުގަނެ. ޤައުމު ބަޑަށް ޖެހިއްޖެ. ހަލާކުނުވާ ވިޔަފާރިއެއް ނެތް. ޝަރުޢީ ނިޒާމް ފޭލިވެފައި. ޞިއްހީ ނިޒާމް، ތަޢުލީމް ފޭލިވެފައި. ޤައުމުގައި ދުވަހެއް ދުވަހަށް ބޮޑެތި ޤުދުރަތީ ހާދިޝާތައް ހިގަމުންދާއިރު މިއީ މިވެރިކަމުގެ ސުންޕާކަމާއި ޢަދުލު ގެއްލިފައިވާކަން. ކަރަޕްޝަން އިންތިހާ. އެމީހަކަށް ނެގުނުވަރަކަށް ސަރުކާރު އަތްބާނައިގެން ލާރިތައް ނަގަމުން ގެންދަނީ
ޓިނު އައްދުއްރަހީމު ހައްޔަރުކުރޭ!