މިއަހަރު ނިމުގެ ކުރިން ނިރުބުވެރި ހަމަލާތަކެއް ދީފާނެ ކަމަށް އދ. އިން މީގެ ހަތަރު މަސް ކުރިން ބުނެފައިވާ ޚަބަރެއް ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ މިއަދު ޓްވީޓް ކުރައްވައިފިއެވެ.
މިނިސްޓަރ ޓްވީޓް ކުރައްވާފައި ވަނީ ނިރުބުވެރި ހަމަލާތަކެއް މިއަހަރު ނިމުމުގެ ކުރިން ދީފާނެ ކަމަށް އދ.އިން ބުނުމުން "ގާޑިއަން" ނޫހުގައި ލިޔެފައިވާ ޚަބަރެކެވެ.
މިނިސްޓަރ މިފަދަ ޚަބަރެއް ޓްވީޓް ކުރެއްވިއިރު އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ-2" އަށް ބަދަލުކޮށް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާ އޮޕަރޭޝަނެއް ރޭ ވަނީ ފަށާފައެވެ. އެމްއެންޑީއެފް އިން "ޔެލޯ-2" ސްޓޭޓަސް ނެރެނީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން ނެރޭ އެލާޓެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
"ގާޑިއަން" ގެ ޚަބަރު ޓްވީޓް ކުރެއްވުމުގެ އިތުރުން މިނިސްޓަރ މާރިޔާ އިތުރު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
New wave of terrorist attacks possible before end of year, UN says | United Nations | The Guardian https://t.co/FY3qA5AQnm
— Mariya Didi 🎈 (@MariyaDidi) December 25, 2019
މިނިސްޓަރ މާރިޔާ ޓްވީޓް ކުރެއްވި ޚަބަރުގައި ހިމަނާފައިވާ އދ.ގެ ރިޕޯޓްގައި ބުނެފައި ވަނީ ސީރިއާގައި ހަނގުރާމަ ކުރި 30000 އަށް ވުރެ ގިނަ ހަނގުރާމަވެރިން މިހާރު ވެސް މިނިވަންކަމާއި އެކު ތިބުމުން އެކި ގައުމުތަކުގައި ނިރުބުވެރި ހަމަލާތަކެއް އެމީހުން ދީފާނެ ކަމަށެވެ.
އެ ރިޕޯޓް އެކުލަވާލާފައި ވަނީ އދ.ގެ މެންބަރު ގައުމުތަކުގެ އިންޓެލިޖެންސް އެޖެންސީތަކުންނާއި ގައުމުތަކުގެ ސަލާމަތީ ބާރުތަކުން އދ.އަށް ފޯރުކޮށްދީފައިވާ މައުލޫމާތުތަކަށް ބިނާކޮށް ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
ނިރުބުވެރި ހަމަލާއެއްގެ ނުރައްކާ އެންމެ ބޮޑީ ޔޫރަޕްގެ ގައުމުތަކަށް ކަމަށް ވެސް އެރިޕޯޓްގައި ބުނެފައި ވެއެވެ. ސަބަބަކީ ޔޫރަޕްގެ ގައުމުތަކުން 4000 އަށްވުރެ ގިނަ މީހުން ހަނގުރާމައަށް ސީރިއާ އަށް ގޮސް އަދި އޭގެ ތެރެއިން 2000 އަށް ވުރެ ގިނަ މީހުން އެނބުރި އެމީހުންގެ ގައުމުތަކަށް އައިސްފައި ވާތީ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.
މުޖްތަމަޢް އަމްން އަމާންކަން ދެމެހެއްޓުމުގައި، ތިމާމެން ބޭނުންހާ އެއްޗެއް ގޮވާފަ ހަތިޔާރުތޯ ބަހައްޓަންވީ. ރިލިޖަސް ފްރީޑަމް އޭކިޔާ އިސްލާމްދީނަށާއި މާތްﷲ އަށާއި އެކަލާނގެ ރަސޫލާއަށް އެއްޗެތިގޮވާ، ޓެރަރިޒަމްގެ ޢަމަލެއް ހިންގީމަ އެއާއި ދީނީ މީހުންނާ ގުޅުވީމަ، ދެން ބުނެވޭނީ ހަމަ އޯގަނައިޒްޑް ކޮށް ވަކި ބަޔަކަށް އަމާޒުކޮށްގެން ކަންކަން ހިންގަނީ ކަމަށް.
ވާގޮތެއްވަރަށް ރަނގަޅަށް ސާފުކޮށްދީބަލަ
ހުސްދޮގު ހުސްދޮގު ހުސްދޮގު ތިކަހަލަ ވާހަކަ ދައްކައިގެން ޖާހިލުން ނާއި ހަރު ތުނބުޅި އާ ކަށި މަޑު ހަރުފަ މޯޓިވޭޓް ކުރުމަކީ ފައްޅި ތައް އިސްވެއޮވެ ޔޫރަޕުން ހިންގާ ޖަރީމާ ތައް ކިތައްމެވަރަކަށް ފުމުނަސް ﷲ ގެ ނޫރު ފުޅު ނިވައެއްނުލެވޭނެ ހަރު ތުނބުޅި މޯޓިވޭޓް ކުރުމަކީ ކޮށްގެންނުވަާނެ ކަމެއްކަން މާރިޔާ ވިސްނަބަލަ މިއީ ތިބޭ ފުޅާގެވެސް ގައުމު
ޤާނޫނު އަސާސީ އަށް ފައިން އަރާފަ ހުރި މީހަކަށް ދުވަހަކުވެސް އިޙްތިރާމެއް ުކުރެވޭނެ. ހިތާމަ ޢަކީ ސިފައިްނގެ ބައެއް މީހުްނ މީނައަށް ސިލިއުޓް ކުރާތީ، ޤާނޫނު އަސާސީ ގަ ބިސްމި ވެސް އޮްނނާނެ އެކަމުވެސް އެއްވެސް އިޙްތިރާމެއް ނެތި އެކަން ކުރީ މިހާރު ކޮބާ ލަތު
މިހާރުވެސް ހާދަ ޅައޭދޯ ހީވަނީ ގުރަހާގެ ތަރި ފަލަކުން ނެއްޓި ޗަކަވަޅަކަށްވެއްޓޭހެން
ޑިފެންސް މިނިސްޓަރު ގައުމުގެ ސިޔާސަތުތައް ކަނޑައަޅަނީ ނުހެއް ބަލާފަ... ލޮލް.
ސުނޯ ވައިޓް ގެ ވާހަކާގައި އުޅޭ ދޮންމަންމަގެ މޭކަޕް ކޮޕީ ކުރީ ހެން ހީވޭ ދިފާއީ ވަޒީރުތައެއީހަމަ މަށަށް އޮޅިއްޖެ ހާދަ ވައްތަރޭ އެދޮންމަންމަޔާ
އެއީ ލާދީނީ ފިކުރު ފެތުރިފައިވާލެއް ބޮޑުކަމުން ދީނުގެ ނަމުގައި އުޅޭ ހަރުކަށި ފިކުރުގެ މީހުން ހަރަކާތްތައް އިތުރު ވެފައިވާލެއް ބޮޑުވީމަ ދެއްތޯއެވެ؟ އަދި ކިއެއް ތިޔަ ބައިގަނޑު ބޭނުންވަނީވެސް އެފަދަ ކަމެއް ހިނގުމަށެވެ. އޭރަށް ތިޔަބައިމީހުންގެ އެޖެންޑާ ހާސިލް ކުރުމަށް ދީނީ އިލްމުވެރިންގެ ބޮލުގައި ހަރުކަށި ފިކުރުގެ އިލްޒާމް އަޅުވައި ދީނީ އިލްމުވެރިންގެ ދޫތަށް ބަންދުކުރުމަށް ގޮވޭނެ ނޫންތޯއެވެ.
ތީ ކުރިސްމަސް މާ ގަދަޔައް ފާހަގަ ކުރަން ފުރުސަތު ބޮޑުކޮށްދޭން ކުރިކަމެއް. ބަޔަކު ނޫޅެ މޮޔަވެގެން ދޮންމީހުން ޖަހާހާ ބެރަކަށް ވަކި ބަޔަކު ނެށިޔަސް، ބެލެވެނީ ބަޔަކު ރުއްސުވާލަން ކޮށްލި ކަމެހެން ހަމަ. ދިމަ ދިމާތަކުން އެކި ކަހަލަ މީޑިއާ ތަކުން އަދުތައް ފަތުރާ ގޮތުން ހަމަ.
އެލާޓް މަތިކުރީމަ ވެސް އަހަރު ނިމުމުގެ ކުރިން ނިރުބުވެރި ހަމަލާއެއް ދީފާނެބާ
ދިމާވެގެން މިއުޅޭ މައްސަލަ ވަރައްސާފު ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބު ނުކުރެވިދާނެކަމައް ފެންާތީވެ އިންތިހާބާމެދު ރައްޔިތުންގެ ސަމާލުކަން ކުޑަކޮށް ރައްޔިތުން ހާސްކަމެއްގެތެރޭބޭތިއްބުމައްފަހު އިލެކްށަނާ ސަރުކާރުގެ މުއައްސަސާތައްގުލިގެން އިންތިހާބުގެކަންތައް މިމީހުންނައްކާމިޔާބު ކުރެވިދާނެކަމައް ފެންނަހާގޮތަކައް މޮނޑިބަތްގަނޑެއްހެން މޮދޭނެފުރުސަތުހޯދުން (ގޮއްމުށަކައް ނުސިހޭ ދިވެހިންނައް އެނގޭނީ ވެނިމުމުން)
ކެރަފާ މެންޖަހާ މަޅިފަ ޗެއް މީ އިންޑިއާސިފައަންގެންނަންގޮވާފަ
އދ އުޅެބަލަ އިޒްރޭލްގެ ޙިމާޔަތުގަ
މާރިޔާގެ ބަސްކޮޅު ކިޔާލުމުން އެނގެނީ 2019 ނިމުމުގެ ކުރިން މި މީހުން ރައިވާގެން ހަމަަލާއެއް ދޭނެ. އަޑީގައި ތިބޭނީވެސް މި މީހުންނަށް އެނގޭ ބަޔެކޭ.
ޕަޕާއީ ކާރޓޫންގަ އުޅޭ އޮލިވް !
މީގެހަތަރުމަސްކުރިން އެންގިއެންގުމެއް މިހާތަނައްވެސް ފިޔަވަޅެއްނޭޅީ ކީއްވެބާ މިހާތަނައްވެސް ނުރައްކަލެއްނާންނާނެކަމުގެޔަޤީންކަންއޮތީބާ
ނޫހެއްގެ އެއްޗެއްޖަހާއިރަށް މި ކަމަނާ ހީވަނީ ރަތަށް އަރައިގެން އުޅޭހެން މިފަދަ ބޮޑު މުއަށްސަސާއަކަށް ސިއްރު ނުހިފެހެއްޓޭ މީހަކު ބަހެއްޓުމުން ވާނެގޮތް ފެނެއިތަ މީ ރައްޔިތުން ބިރުގަންނަވާ ސަރުކާރެއް ޑިފެންސްއަށް ހާދަގިނަ ޚަބަރުތަކެއް ލިބޭނެއޭ މިހެން ލިބޭ ކޮންމެ އަޑަކަށް ސިފައިން އެލާޓްކޮށް ނުވިތާކަށް ރައްޔިތުންނަށް އަންގައި ހަޅޭލެވީމާ މަންޒަރު ރީއްޗެއް ނުވާނެ މިއޮތީ ވަރުއެނގިފައި
ކިޔތަންމެ ވަރަކަށް މޭކަޕްކޮށްފަ ތުބުގަ ކުލަހާކާފަ ހުއްޓަސް ސިފައިގެ ދޮޅިދަށަށް އަޔްބާނާކަށް ފަސް ނުޖެހޭނެ ސިފައިން ވަރަށް ވިސްނަންޖެހޭނެ ލަނޑާ ވާނީ ހަމަ ލަނޑަޔަށް ..... ނަގޫ ސަންފާ އޮނަކަށް ލާފަ ކިތައްމެ ދުވަހަކު އޮތަސް އެވާނީ ހަމަ އެއަށް
މިގައުމުގައި އެލާޓް މަތިކޮށްގެން އުޅެނީ އެލެކްސް އާހަރު ފާހަގަ ކުރަން ކުރާކަންތައްތައް އާއްމު ބަޔަކަށް ފެނިދާނެތީ އެކަންކަން ފޮރުވަންވެގެން. މީހަމަ ގޭމެއް.
ސީރިއާ ގައި ތިބި ދިވެހި ޓެރަރިސްޓުން ގެންނަނީ ކަލޭމެންގެ ސަރުކާރުން.އެހެންވީމާ ކަލޭމެން ޒިންމާ ނަގަންޖެހޭނެ.ކީއްކުރަން އެހެންނާފަހެ އެ ޓެރަރިސްޓުން ތިޔަ ގެންނަނީ.ހަމަ މި ޑްރާމާ ކުޅެންތަ؟ހަނދާންކުރާތި އެފަދަ ހަމަލާ އެއް މި ރާއްޖޭގައި ހިގައިފިނަމަ މި ސަރުކާރުން ފުރިހަމަޔަށް ޒިންމާނަގަންޖެހޭނެ.
މިއިންވެސް އެނގެނީ މާރިޔާ މަގާ މައް ތަސައްރަފު ނުފެދޭކަން. ހީވަނީ ރާއްޖޭގައި ޓެރަރިސްޓް ހަ މަލާ އެއް ނުހިނގައިގެން ކަންބޮޑުވެގެން އުޅޭހެން. މިފަދަ ތަންދޮރު ނުދަންނަ ކަންކަން ނޭގޭ މީހުން މިފަދަ މަގާ މު ތަކުގައި ތިބު މަކީ ކަންބޮޑުވާ މައްސަލައެއް
ރައްޔިތުންގެ މަޖިލީހުގެ މޭޒުތަކަށް ކޮޅަށް އަރާ ގާނޫނު އަސާސީއަށް ފައިން އަރައިގެން މަޖިލިސް ތެރޭ ނާޗަރަނގީ ކުޅުނު އަންހެނެއް ގެނެސް އެންމެ ހަރުދަނާ ވާންޖެހޭ ވުޒާރާގެ ވެރިޔާކަން ދިނީމާ ވާނެ ގޮތްވެފަ މިއޮތީ... ދެން އަތްޖަހާ އެންމެން އަތްޖަހާ...... މިގައުމުން މާރިޔާ މެން ކަހަލަ ކިޔަވައިގެން ހުރި ޖާހިލުން ނެތިކުރައްވާނެ ދުވަހެއް ދެކެން ބޭނުމީ...... ޢާން އެހެންޏަ ތިބައިގަނޑަށް ހީވަނީ އަހަރުމެން ދިވެހިން މީ އެމީހުން ބޭނުންވާ ގޮތަށް ކުޅެން އޮތް ކުލޭގަނޑެއް ކަމަށްތަ.. ޢިންޝާﷲ ތިހެން ވިޔަކަ ނުދޭނަން. ޔާ ﷲ އަޑިނޭނގޭ މިބައިގަނޑުގެ ކިބައިން އެންމެހާ ދިވެހިންނާ މި ލޮބުވެތި ފަސްގަނޑު ސަލާމަތް ކުރައްވާ
މީ ކޯއްޗެއް ކިޔާ ދައިތައެއްތަ؟
ކަލޭމެން ވެރިކަމާ ހަވާލުވާއިރަށް ގައުމު ބިރުވެރިވެ އާންމުންގެ ނުތަނަވަސްކަން އިތުރުވެ ބައިބައިވުން އުފެދި ހިތްހަމަޖެހުމާއި އުފާވެރިކަން ގެއްލި ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓެން ޖެހެނީ ކީއްވެގެންތަ މާރިޔާއްދީ؟ ހާދަހާ ގާބިލުކަމެއް ނެތީމައޭ ދޯ މިހެން މިވަނީ؟ އަޅެ ދެރައެއް ނުވޭތަ ދައްތާ!