ފުލުހުންނާއި ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒް އާއި ޖަލުގެ ބައެއް އިސް އޮފިސަރުންގެ ހާޒިރުގައި ގައިދީންތަކެއް ކުޑަކަކޫ މައްޗަށް ތިރިކޮށް އަދަބު ދެމުން ދިޔަ ވީޑިއޯ އެއް އާންމުވެއްޖެއެވެ.

އެވީޑިއޯގައި ފެންނަނީ އެބޭފުޅުން އެއްވެސް ކަމެއް ނުކޮށް ގައިދީންނަށް އަނިޔާކުރަމުން ދިޔަ މަންޒަރު "ފިލްމެއް" ފަދައިން ބައްލަވަން ތިއްބަވާ މަންޒަރެވެ.

އެހެން ނަމަވެސް ފުލުހުންނާއި ކަރެކްޝަނުން ވަނީ އެއްވެސް އަދަބެއް ދިނުމަށް ޖަލަށް ޒިޔާރަތް ކުރިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ މާފުށީ ޖަލަށް ވަދެ އެތަނުގައި ތިބި ގައިދީންގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހުން ފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާނޭ ކަމަށެވެ. އަދި މާފުށީ ޖަލަށް ގޮސްފައި ވާނީ ބައްދަލުވުމަކަށް ކަމަށާ އެފަދަ އެއްވެސް އޮޕަރޭޝަނެއް ކުރިއަށް ނުދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކަރެކްޝަން އިން ވިދާޅުވީ، މިއަދު ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒް އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު އާސިފް ރިމާންޑުގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް ޖަލަށް ޒިޔާރަތް ކުރި ކަމަށެވެ.

އަދި މާފުށި ޖަލުގެ ހަމަނުޖެހުން ހިންގި ރިމާންޑް ޖަލުގައި ތިބޭ މީހުންގެ ޝަކުވާއަކީ ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުންދިއުމާއި، ބޭސްފަރުވާގެ އިންތިޒާމްތައް އެ މީހުން އެދޭ ގޮތަށް ކުރިއަށް ނުދިއުން ކަމަށެވެ. އަދި މިއީ ކަރެކްޝަންސް އިންވެސް ކަންބޮޑުވާކަމެއް ކަމަށް ކަރެކްޝަން އިންވެސް ވިދާޅުވިއެވެ.

ކަރެކްޝަން އިން ވިދާޅުވީ، ރިމާންޑުގައި ތިބި މީހުންނާއި ޖަލު އޮފިސަރުންނާއި ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާ ކަަމަަށެވެ.

އެހެން ނަމަވެސް މާފުށި ޖަލުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި، މާފުށި ޖަލުގައި ގޮޅިއެއްގައި ތިބި ބައެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައި ވަނީ ޖަލު އޮފިސަރުންނާއި، އެސްއޯ ފުލުހުން ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްއާއެކު ގޮސްގެން ކަމަށް ޖަލުން މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.

ކަރެކްޝަނަލް ސާވިސްގެ ހަވާލުގައި ތިބި ބައެއް މީހުންގެ ގަޔަށް މިއަދު ޕެޕާ ސްޕްރޭ ޖަހާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ މާފުށި ޖަލުގައި ހުރި ހަތަރު ނަމްބަރު ގޮޅީގައި އޮފިސަރުންނާއި ގައިދީންނާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ.

އެ ހަމަނުޖެހުންތުގައި ބަޔަކަށް އަނިޔާވެފައި ވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ސޭމް

    މީ އެއްވެސް ގޮތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. މަޑުމަޑުން އަނިޔާވެރި 30 އަހަރަށް..

    80
    12
  2. Anonymous

    މީތޯ ތިޔަ ބުނާ ހެޔޮވެކަން.
    މީތޯ ތިޔަ ބުނާ މަންޑޭލާ ރޫލްސް
    އަނިޔާވެރި ވެރިކަން ނިންމަން 2020

    88
    9
  3. ޣަލީ

    ދެލޯ ކޮބާ.

    46
    1
  4. Anonymous

    ރައްޔިތުން ދެނެއް އެމްޑީޕީ އަކަށް މިރާއްޖެ އަކުން ވެރިކަން ކުރާނެ ފުރުސަތު ރައްޔިތުން ނުދެއްވާނެ. ކޮންމެ ފަހަރަކު ވެރިކަން ލިބުމުން ކަންތައް ކުރަނީ ދީނާއި ބީރައްޓެހި އަދި ޤައުމުގެ އިޤްތިޞާދު ހަލާކުކުރަނިވި ފިކުރުގައި

    107
    5
    • ތެލުލިމަސް

      އަދިވެސް ދޭނެ، ދެންވެސް ދޭނެ. ބުރާންތިވެފަ ތިބިބައެއްކަން އެމީހުންދަނޭ.

      14
      1
  5. Anonymous

    ހަތަރު ކަށިމަތި ދިވެހި މަޔަކާއި ބަފަޔަކަށް ލިބިފައިވާ ދިވެހި ލޭ ހިޤާ ދިވެހި ދަރީން ކުޑަކަކޫމައްްޗަން ތިރިކޮށް އަނިޔާ ކުރާ މަންޒަރު ބަލަން ކެތެއްނުވާނެ.

    79
    18
    • ކާލާ މަނނަ

      ޖަލައް ލަނީ ކުށެއް ނުކޮއްބާ؟؟
      އެމީހަކު ކުރި ކުށުގެ ހައްގު އަދަބު ލިބެން ޖެހޭނެ.
      ކުޱަކަކޫވެސް ޖަހަން ޖެހޭނެ???

      45
      84
      • ހުކުމް ކުރަނީ ކުރި ކުޝަށް ވަކިން ތަޅާ މަރާނަމަ ޖަލައް ނުލާ ހަމަ ތަޅަން ވީނު

        ބަލަގަ ތަޅާކަށް ނުޖެހޭ. ކުއްވެރިން ބޭރުގާ

        47
        5
      • Anonymous

        ޖަލަށް ލުމަކީ ކުށުގެ އަދަބު. ޖަލުގަ އަނިޔާ ކުރަން އޮްތް ގާނޫނެއް ނޯންނާނެ. މިހުންނަނީ ހުޓްލަރުގެ އަނިޔާވެރިކަން. މިކަންކަމަށް ހިތްވަރުދޭ ޖާހިލުންނަކީ ގެއްލިހަލާކުވެފައިތިބި ނިކަމެތިވުން އެދޭ ދައްޖާލުން.

        46
        6
  6. މަންޑޭ

    ހަތަރު ކަށިމަތި ދިވެހި މަޔަކާއި ބަފަޔަކަށް ލިބިފައިވާ ދިވެހި ލޭ ހިޤާ ދިވެހި ދަރީން ކުޑަކަކޫމައްްޗަން ތިރިކޮށް އަނިޔާ ކުރާ މަންޒަރު ބަލަން ކެތެއްނުވާނެ.

    47
    11
    • ދިވެހި ދަރިން

      ޢަހަރުމެނަކީ ބިންފަޅާ އަރާފަތިބި ބައެއްތަ... ތިލޯބި ލޯބި މައުސުމު ޤައިދިން މިތާ އޮފިސަރުން ގާއިގަ ހުޅުޖަހާފައެބަހުއްޓޭ ތިގޮތައް ދޫދެމުންގޮސް... 2007 3 އޮފިސަރަކު ރަހީނުކޮށް ޓޯޗާކިށް ނުކުޅެދޭ ހާލުގަ މިއަދާހަމަޔަށް އެބަތިއްބޭ... މިހާރުވެސް މީން މީހަކު ދުވެއްޖެއްޔާ ތީން މީހެއްގެ ދަރިއެކޭ މަރާނީ .ނޫނީ ރޭޕް ކުރާނީ ...ކަލޭގެ 30 ކަށިމަތި ދިވެހިދަރި ތަރުބިއްޔަތު ނުކުރެވުން އޭ މަގޭ ކުށެއްނުން... ސޮރީ މީ 2007 ނޫނީ 2009 ނުން އެދުވަސް ބަލަން ދެނެއްނުތިބޭނަން

  7. ނަމާއެއްފަދަ ސޯލިހު

    ވެރިއަކު ނެތް ގައުމެއްގަ އޮންނާނީ އެމީހަކާ އެމީހެއް. ބާރުގަދަަ މީހުން ދެންތިބި ބަޔަކު އަވަދި ކޮށްލީމަ ނިމުނީ. އަޅާލާނެ ބަޔަކު ނުތިބޭނެ.

    75
    4
  8. Anonymous

    ރައްޔިތުން ބޭނުންވި އޯގާތެރި ކަން މިފެންނަނީ

    81
    4
  9. މީޒްލީ

    ކޮބައިތަ މައްސަލަ އަކީ؟
    ގައިދީން ގެންގުޅެންޖެހޭނީ ގައިދީންގެ ގޮތުގައި، ތިޔަ ބުނާ މީހުން މާދަމާވެސް ޖަލުން ސަލާމަތްވީމާ، ވައްކަން ކުރުމާއި މާރާމާރީ ހިންގުމާއި އަމަން ނަގާލުން ކަމަކަށް އޮންނާނީ!
    ތިޔަބުނާ ގައިދީންނަކަށް ކޮންމެހެން ސަލާމްގޮވާ އާދެ، ލައްބަ ކިޔާކަށް ނުޖެހޭނެ!

    44
    60
  10. ބުލަ

    ކުއްވެރިންނަށް އަނިޔާ ކުރަންޖެހޭ. ތި ހަދަނީ ހަމަ ރަގަޅައް.

    14
    31
  11. ކަޓުނައި

    ކައުސިލް އިންތިހާބަށް އެޅުނު ޅައެއްޗެއް މުނާޒަކީ ޔަހޫދީއެއް ނޫން .

    11
    7
  12. ކާފޫރު ތޮޅި އަލިބޭ

    ކަލޯ މި ފެންނަނީ ގައިދީން ވޯކް އައުޓު ކުރާ މަންޒަރު

    15
  13. ޚ

    މުނާޒަކީ ތިޔަފަދަ މުއެއްސަސާ އެއް ހިންގޭވަރުގެ މީހެއް ނޫން..އާސިފަކީ އެތަކެއް ފަހަރު ސަސްޕެންޑް ކޮށްފައިވާ މީހެއް

    25
    2
  14. ށަނޫން

    މީކީ މައްސަލަ އެއް ކަމަކަށް ނުދެކެން. ބަސްނާހަންޔާ މުނާޒް ކުރާނެ ކަމެއް ނޯންނާނެ

    11
    24
  15. ޑިމޮރަލާ

    ކުޑަކަކޫ ޖައްސަންޖެހޭ މުޅި ގައުމަށް ބޮޑު އެއް
    ޢެޖަލުތަކުން ފޯނުކޮއް ފޭރުމާ މާލޭތެރޭގައި ވައްކަން ކުރުން
    ދެންވީ ކަރަކްސަންގެ ވެރިންނަށް ބިރުދަށްކާ ހަދަން.

    18
    6
    • ސާ

      އީވާން ނަސީމް އޭ ނަސީދު ކީތަ

  16. ޙަނީ

    ޤައިދީންނަކީ ކޮން ބައެއްކަންވެސް އެގޭ. ޖަލަށްދާންޖެހޭ ގޮތްވެސް އެގޭ. ޢޮޅުވާލަން ނޫޅޭ.

    2
    3
  17. ޖަންގަލި

    ކުއްވެރިންނަށް އަނިޔާ ކުރަންޖެހޭ. ތި ހަދަނީ ހަމަ ރަގަޅައް. ————————————ބަލަތިވަނީކިހިނެއް މީގެކުރިންގޮވީ ޖަލުތަކުގަ އަނިޔާކޮއް މަރަނީއޭ މިހާރުތިކިޔަނީ އަނިޔާކުރަންޖެހޭނޭ ކޮންމެސްއެކައްޗެއްކިޔައިގެން ތިޖަންގަލީގެ އުސޫލާ ތިމުނާފިޤު ގޮތްދޫކޮއްގެންއުޅެބަލަ

    10
    3
  18. ހައިރާން މަންޖެ

    އަނިޔާ ވެރިކަން ހުއްޓުވާ. މިކަން އދގެ ސަމާލު ކަމަށް ގެންނަން ވީ. މި މީހުން ރައީސް ޔާމީންއ ާމެދުވެސް ކަން ކުރާނީ މިހެން ކަންނޭނގެ

    10
    1
  19. ހާލަތު

    އެމްޑީޕީ މިހާރު ވެރިކަން އެކުރަނީ ރަށްޔަތުން ވެރިކަން ދީގެންތަ ރަޔަތުން ނުދިނަސް މިހާރުވެސް އެމްޑީޕީ ވެރިކަން އެކުރާގޮތަށް ދެވެސް ވެރިކަން ކުރެވޭނެތާ ކޮންމެގޮތަކަށް ވެރިކަން ކުރިޔަސް އެކަން ހުއްޓުވޭނެ ބަޔަކުއެބަތިބިބާ މިހާރުވެސް ބަލަން ތިތިބޭގޮތަށް ދެންވެސް ބަލަން ތިބޭކަށްނު ޖެހޭނީ ތިބޭކަށްނު މިހާރުނުކުރެވުނު ކަމެއް ފަހުން ވަކި ކުރެވޭނެތޯ

    4
    1
  20. ވިސްނާ

    ދެން އެމީހުންގައިގަ ލޯބިން ފިރުމަންވީތަ

    5
    2
  21. ކީމޯ

    ދެން ގޮނޑިކޮޅުގަތޯ ބަހައްޓަންވީ؟ ހުވާ ތިއިން މީހަކުގެ އާއިލާ މީހަކު މަރާލާފައި ހުރި މީހަކުނަމަ ެެންމެންވެސް ބުނާނެ، އަދި އަދަބު ކުޑައޭ! ތިޔައީ ގަމާރު ދިވެހީން. އަހަރެން ބަންގްލަދޭޝް މީހާ.

    2
    9
  22. ހަންފަރުރާ

    ކޮބާ ވީޑިއޯ. މީހުން ކުޑަކަކޫ ޖައްސަނީ އެމީހުންގެ ފަރާތުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވާން. އެހެންތިބޭއިރު ކުއްލިޔަކަށް މީހަކަށް ހަމަލާއެއް ނުދެވޭނެ އަދު ދުވެވެސް ނުގަނެވޭނެ. ޖެހޭނީ ތެދުވާން. ތެދުވާން މަސައްކަތްކުރާއިރު ދެން ބަލަހައްޓަން ތިބޭބަޔަކަށް އެކަން ހުއްޓުވޭނެހާ ވަގުތު ލިބޭނެ. މުޅި ދުނިޔޭގަވެސް އަމަލު ކުރާގޮތް މީ. ތާކުން ތާކު ޖެހޭ ކަހަލަ ވާހަކަ ދައްޮަން ދަސްކޮށްބަލަ

    4
    7
  23. ކިނބޫ ގެ ކަންޒުކަހަނބު

    އެޖެންޑާ 19 ހަމަ ތަފާތީ.. ނެތްތަ ތަންކޮޅެއް ރީތި ފާޑަކަށް އިންނަ ސްޓިކާއެއް ސައިކަލްގަ ތަތްކޮށްލާކަހަލަ

  24. ހޭލުންތެރިކަން

    ދިވެހިންނަކީ ދުނީޔޭގެ އެހެން ޤައުމު ތައް ނަމޫނާ އަކަށް ބަލައިގެން އުޅޭ ބައެއް، ކުށެއްގެ ތުހުމަތު ނުވަތަ ކުށް ކުރި ކަމަށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުންގެ ކިބައިން އެމީހުން ބަލަހައްޓަން ތިބޭ މީހުންނަށާއި އެމީހަކާއިއެކު އެތަނުގައި ތިބޭ އިތުރު ކުށްވެރިން ހިމާޔަށް ކޮށް ބެލެހެއްޓުމަށްޓަކައި އެފަދަ މީހުން ގެންގުޅެން ޖެހޭ (އެމީހުން އެއްތަނުން އަނެއްތަނަށް ގެންގޮސް) ގޮތުގެ މެނުއަލްތައް އެހެން ޤައުމު ތަކެކޭ އެއްގޮތަށް ރާއްޖޭގައި ހެދިފައި ނޯވޭތޯ؟

  25. ދސ

    އައްދެ މިވަނީކިހިނެއް ކުރިންކީ އަނިޔާއޭ އަނިޔާއޭ އަނިޔާނުކުރާށޭ އަނިޔާހުއްޓުވާނީ އަހަރުމެންނޭ
    ކިޔާފަ ވެރިކަން ލިބުނީމަ މިހާރު މިފެއްނަނީ ދިގު30 އަހަރުގެ އަނިޔާވެރިކަން ކޮބާ މަހުލޫފު ކޮބާ އިމްރާނު އަނިޔާ ކުރާމީހުން ހޯދަން ކޮބާ އާބިދާގެ މުހަންމަދު ކޮބާސާލިހު ނިދިފަތަ ތިބީ

  26. ޗިކް

    އޯ ޕްލީޒް! ޤައިދީން ހަދާނެ އެއްޗެއް ހަދަން ދީގެން ތިބޭކަށް ނުޖެހޭ! އެމީހުން ބަސްނޭހީމަ ދެން ތިބި މީހުންނާއި، އޮފިސަރުންގެ ރައްކަލަކަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ! ކުޑަކަކުލުގެ ތިބީމަ ކޮން އަނިޔާއެއް އެދެވެނީ؟ ދިސް އިޒް އަ ޕަރފެކްޓް އެގްޒާމްޕަލް އޮފް ދެމް ޑުއިންގ ދެއަރ ޖޮބް! އިޓްސް ނޮޓް ގްލެމަރަސް ދިސް އިޒް ރިއޭލިޓީ! "މީ ޖަލެކޭ!"

    3
    7
  27. މުހައްމަދު

    ދެން މިއަދު އަޅުގަނޑުމެން އެއްމެން ދަށްކަންވީ އެޖެންޑާ19 ގެ ރިވެތި އަހްލާގެ ގެވާހަކަ ދެއްތޯ؟ ނިމޭ19 އާއި އެޖެންޑާ 19 ގެ ތަފާތަކީ ކޮބާ؟ 2020 ފެށުން އަދި މާ ތަފާތު ދެއްތޯ؟ އަޅުގަނޑުބޭނުންވަނީ ތަލާކުދިންކޮލެއްހޯދައިގެން ތެލުމަށްކަމަށް ބުނުއްވި ވެރިއެއްގެ ރިކޯޑިންއެއްވެސް މިރާއްޖޭގެ ރައްޔިތުންނަށް ވާނީ އަޑުއިވިގެންގޮސް. ރައީސް މައުމޫން ޒަމާނުގައި ކުރާ އަނިޔާތަކާއި ދެކޮލަށް ތެދުވެ (ބޮޑު ޑިމޮކްރަސީ) ކިހާފައްކާ. މުނާޒް ސަރ ބާއި

  28. މުނާޒްގެ ދޮންއަމާ

    މިވާގޮތެއް އެބައެގޭތަ... ގޮޅިބަލާފާސްކުރަން ހުރަސްއަޅާ ނުކިޔާމަންތެރިކަން ދެކީމަ ނަސޭހަތްދީ އެޔައްފަހު އިންޒާރު ދިނުމުންވެސް ކިޔަމަން ނުވެގެން... ޤާނޫނީ ގޮތުން ހުއްދަކުރާ އެއްމެ ކުޑަ މިންވަރުގެ ބާރަކީ ޕޭޕާ ސުޕްރޭ ޖެހުން... ސަބަބަކީ މުގުރަކުން ލެޑީމަ އެވާތަދު ގިނަދުވަހައްދިގުދެމުނަސް ޕެޕާއިން ދެފަރާތައްވެސް ގެއްލުން ކުޑަވެ ފަސޭހައިން ކިޔަމަން ކުރެވޭތީ... މިފޮޓޯގަ ތިފެއްނަނީ ޕެޕާ ޖެހުމަށްފަހު ފަރުވާދޭން ނެރެފަތިބިތައް... ޤައިދީން ކައިރީގް އަޅިކުލާގެ ގަމީހަކާ ކަޅު ފަޓުލޫނުގަ އެހެރީ....... ކަރެކްޝަންގެ މެޑިކަލް ސްޓާފެއް... އަދަގޮޑި ޖަހާފައެއްނު އެހެރީ... އެކުދިންނަ ތިކޮޅުން އިށިއިއްނާނެ ތަހުތުކޮޅެއް ފޮނުވާލުން ރަގަޅުވާނެ

  29. ސަންތިމަރިޔަނބު

    ބަލަ ކުޑަކަކޫމަށްޗައް ތިރިކުރީ މިސްކިތުގަ ސަޖިދައިގަ އޮށްވަތަ ޕާޓޭމެންގެ ދުއްޕާނާހުރެ އުޅެންއުނދަގޫ މަގުމަތީގަ ގުރުޕްހަދާފަ ސައިކަލުގަ ހަޅޭއްލަވަމުން ފެލެމެން ދުއްވާއިރު ހީވަނީ އެހެންފަދަ ކަމެތްހެން އެމީހުން ނޫންބަޔަކުދެން މިގައުމުގަ ނޫޅެޔޭހީވާކަހަލަ ނުވިތާކަށް މާލޭ ގޭގޭ ސިޑިގޮޅިމަތީގަވެސް ހަކުރު ބޯންވަދެތިބެނީ އެތްޗެކޭބުނީމަ ބުނަނީ ވަޅިޖަހާނަމޭ