އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބައެއް ހިދުމަތްތައް ދޭން ފަށައިފި އެވެ.
އައްޑޫ ގައި މިއަދު ޚިދުމަތް ފެށި ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ޔާމީންގެ ވެރިކަން ނިމުނުއިރު ހޮސްޕިޓަލްގެ ބޮޑެތި މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ މެޝިނަރީއަކަށް އޯޑަރުކޮށް ވަނީ ފައިސާ ވެސް ދައްކާފައެވެ.
ހޮސްޕިޓަލް ނުހުޅުވި ލަސްވެގެން ދިޔައީ ހޮސްޕިޓަލަށް ގެނައި މެޝިނަރީތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިއުމުގެ ސަބަބުންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ނެރެފައިވާ އިއުލާނެއްގައި ބުނީ ހިތަދޫގައި އިމާރާތްކޮށްފައިވާ ކުރީގެ ކޮންވެންޝަން ސެންޓަރުގައި ހަދާފައިވާ ހޮސްޕިޓަލުން މިއަދުން ފެށިގެން 11 ހިދުމަތަކަށް ޑޮކްޓަރުން ބައްލަވާނެ ކަމަށެވެ.
އޭއީއެޗް އިން މިއަދު އާންމު ބަލިތަކާއި ދަތުގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަރުންމަތީގެ ބަލިތައް، ކަށީގެ ބަލިތައް، ނަފުސާނީ ބަލިތައް، އަންހެނުންގެ ބަލިތައް، ހަމުގެ ބަލިތައް އަދި ހިތުގެ ބަލިތަކަށް ފަރުވާދޭން ފަށާނެއެވެ.
އެޗްއާރްއެޗުން ބުނީ ލޮލުގެ ބަލިތަކާއި އެތެރެހަށީގެ ބަލިތަކަށް ކުރިއެކޭ އެއްގޮތަށް އަދިވެސް ހިދުމަތް ދޭނީ ރީޖަނަލް ހޮސްޕިޓަލުން ކަމަށެވެ. އަދި ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 އަށް އާންމު ބަލިތަކަށް ވެސް ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދޭނެ އެވެ.
އަވަސް ފަރުވާ ބޭނުންވާ މީހުންނަށް ރީޖަނަލް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމުން ވެސް 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް އެޗްއާރްއެޗުން ބުންޏެވެ.
މިއަދު ހޮސްޕިޓަލްގެ ޚިދުމަތް ފެށި ނަމަވެސް އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް އެއްކޮށް ނުނިމޭތީ ބައެއް މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ސުކުރިއްޔާ ރައީސް ޔާމީނު
ރައީސް ޔާމީންގެ ތަރައްޤީ ބަލައިގަންނަން ނުކުރިގެންނާއި ތަރައްޤީއަކީ ދިވެހިންނަށް ލިބުން ހައްޤު އެއްޗެއްކަމަށް މިސަރުކާރުން ނުދެކޭތީ އެހޮސްޕިޓަލް ހުޅުވުން ލަސްކުރީ.
ނަޝީދު ހެދި ކޮންވެންޝަން ސެންޓަރ ވީރާނާވަމުން ދަނިކޮށް އެތަނަކީ ރައްޔިތުންގެ މުދާކަން ރައީސްޔާމީން ދަނެ އެތަނަކީ ރައްޔިތުނަށް ޚިދްމަތްލިބޭނެ ތަނެއްގެ ގޮތުގައި ތަރައްޤީކުރީ.. އަޙްލާޤް ރަނގަޅު ހުލްޤު ހެޔޮ ވިސްނުންތޫން ތައުލީމީ ވެރިން ދަނޭ ރައްޔިތުންނަކީކަން އެމީހުން ވެރިކަމަށް ހޮވާ ބަޔަކީ.. ރައީސް ޔާމީން ނޫނީ ރައްޔިތުންނަކީ 7 ތަރީގެ ޚިދްމަތް ލިބެންޖެހޭ ބައެއްކަން ދުއްވެރިއަކު އަދި ނުލިބޭ.
ޢިމާރާތް ނޫސްވެރިންނަށް ދައްކާލީމަ ރައީސް ޔަމީން ކޮށްދެއްވާފަ ހުރިކަންތައް ފެނިދާނެތީ ކައުންސިލް ވޯޓުގެ ކުރީން ހުޅުވާ ނުލާންވެގެން އެކިއެކި ބަހަނާ ދެއްކުމުގަ. ދެންހުރި ދަރުމަވަންތަ ހޮސްޕިޓަލް ވެސް ހުޅުވާލަން ނުކެރިގެން އައި.ޖީ.އެމް.އެމް.އެޗް ގެ ބައެއްގެ ގޮތުގައި ހަދައިގެން އުޅެނީވެސް ދެއްކި ވާހަކަތަކާ ކޮށްފަހުރި ފެންވަރުގެ ކަންކަން ރައްޔިތުންނަށް އެގިދާނެތީ އާއި ތިމާމެން ކުރިކަމެއްކަމަށް ހަދާލަންވެގެން. ހެއްހެއްހެއް
ށހުކުރިއްޔަަ. ރައީސް ޔާމީން.
ޢެޖެންޑާ 19 ގެ ދަށުން ޖަޒީރާ ނޫރާނީ އަދި ކެނެރީ ފަރުވާ ތިތަނުން ސޯބެ މެން ދޭނެ!
އައްޑޫ އާ ހޮސްޕިޓަލުން ހިދުމަތް ދޭން ފަށައިފި
3 ގަޑިއިރު ކުރިން ( ޖެނުއަރީ 15, 2020 )
ޖަލުގައި އޮވެގެންވެސް މިފެންނަނީ ރައީސް ޔާމީނު ގައުމު ތަރައްގީކުރާތަން.
ޝުކުރިއްޔާ ރައީސް ޔާމީނު.
މިތާންގެ އެތެރެޔަށް ވަދެ އަނގަފުޅާވެފަ ދޯ ތިބީ؟