ދެ އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ ހައްޔަރު ކުރަން ގޮވާލާ އިއްޔެ ހުޅުމާލޭގައި މުޒާހަރާ ކުރި ސަރަހައްދުގައި ހުރި އަންހެނަކަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށްފިއެވެ.
އަންހެން މީހާއަށް ފުލުހުން އަނިޔާ ކުރުމުން އޭނާގެ ނޭފަތް ފަޅައިގެން ގޮސް ވަރަށް ގިނަ އަދަދެއްގެ ލޭ ފައިބަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ އަންހެން މީހާގެ ދަރިފުޅު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނީ އޭނާގެ މަންމަ ހުރީ އިއްޔެ ހުޅުމާލޭގައި ހިނގާދިޔަ ކަންކަމުގެ މަންޒަރު ބަލާލުމަށް ގޭގެ ދޮރުމަތީގައި ކަމަށެވެ. އަދި ގެ ދޮރުމަތީގައި ހުއްޓާ ފުލުހުންގެ މީހަކު "ހުރިހާ އެންމެން ގެއަށް ވަދޭ" މިހެން ބުނަމުން އައި ކަމަށާއި އެވަގުތު އޭނާގެ މަންމަ ދޮރުމަތީގައި ހުރުމުން އޭނާގެ މަންމަގެ ގައިގާ ފުލުސް މީހާ ޖެހި ކަމަށް އަންހެން މީހާގެ ދަރިފުޅު ކޮށްފައިވާ ފޭސްބުކް ޕޯސްޓުގައިވެއެވެ.
އޭނާ ބުނީ އޭނާގެ މަންމައަކީ ކުށްވެރިއެއް ނޫން ކަމަށާއި އަދި މީހުން ރޭޕް ކުރާ މީހެއްވެސް ނޫން ކަމަށެވެ. އެހެންނަމަވެސް އެފަދަ ނުބައި ނުލަފާ އަމަލުކޮށްފައިވާ މީހަކު ފުލުހުން ހައްޔަރު ކޮށްގެން ދިޔައީ ފުލުހުންގެ ވެސްޓު އެޅުވުމަށްފަހު އަދި ހެލްމެޓެއްވެސް ބޮލުގައި އެޅުވުމަށްފަހު ކަމަށެވެ. ނަމަވެސް އާއްމު ރައްޔިތު މީހާއާ މެދު ފުލުހުން ކަންކުރީ އެހެން ނޫން ކަމަށް ބުނެ ފުލުހުންގެ އެ އަމަލު އޭނާ ވަނީ ކުށްވެރިކޮށް ފާޑު ކިޔާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
ދެއަހަރު ނުފުރޭ ތުއްތު ކުޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތު ކުރާ އެކުއްޖާގެ ބައްޕަ ހައްޔަރު ކުރުމަށް ގޮވާލާ އޭނާ ހުރި ފްލެޓު ދޮށަށް އެއްވެ ހަމަނުޖެހުން ހިންގި ކަމަށްބުނެ ފުލުހުން ރޭ ވަނީ 27 މީހަކު ހައްޔަރުކޮށްފައެވެ. އަދި އޭގެތެރެއިން ބައެއް މީހުން މިއަދު ވަނީ ދޫވެސް ކޮށްލާފައެވެ. އެގޮތުން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ 19 މީހެކެވެ.
އެކުއްޖާގެ ބައްޕަ ވަނީ ރޭ 19:30 ހާއިރު ހައްޔަރުކޮށްފައެވެ. ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެކުއްޖާގެ ކާފަ އަދި މުނިކާފަ މިހާރުވަނީ ހައްޔަރުކުރެވިފައެވެ.
އެމައްސަލަ އާއި ގުޅިގެން ފުލުހުން މިހާރު ދަނީ މައްސަލަ ސީރިއަސް ކޭސްއެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށް ވަނީ ވިދާޅުވެފައެވެ.
ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލަ އާއި ގުޅިގެން އިއްޔެ ގއ.ގެ ރަށްރަށުގައި ވެސް އަދި މާލޭގައި މުޒާހަރާ ކޮށްފައި ވެއެވެ. ނަމަވެސް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގީ ހުޅުމާލޭގައި ހިނގި މުޒާހަރާގައި އެކަންޏެވެ.
ފޮނިކެނޑުންނޫން އެހެންކަމެއްނޯންނާނެ.
ފާހިޝް ފާސިގު ފާޖިރުންނަށް ހިމާޔަތްދޭ ސަރުކާރު. ލަދެއްވެސްނުގަނޭ.
ފާހިޝް ފާސިގު ފާޖިރުންނަށް ހިމާޔަތްދޭ ސަރުކާރު. ލަދެއްވެސްނުގަނޭ
ކައުންސިލް އިންތިޚާބުން 100 ޕަސެންޓް ދީފަ އަތް ޖަހަން ތިބޭ. އަމިއްލައަށް ބޮނޑި ބޮއިގެން ދެން ހިން ދިރުވާލައިގެން ތިބެންވީނު.
ސަރުކާރުގެ ނާޤާބިލް ކަމުން މިފަދަ ކިތަންމެ ހާދިޡާއެއް ކުރިއަށް އޮތް ތަނުގައި ވެސް ދިމާވާނެ. ރައްޔިތުންގެ ބައިތުލް މާލުން ވައްކަން ކުރުމާއި ރައްޔިތުން ނިކަމެތި ކުރުމާއި އަނިޔާކުރުން އިންތިހާއަށް ގޮސްފި.
ފިޔަވަޅު އެޅޭނެ ގޮތެއް ނޯންނާނެ. ސޯލިހު ވަެރިކަމާ ހަވާލުޗެފަ ފުރަތަމަ ހޯރަ އިއްބެ ދޫކޮށްލީ. މިމެސެޖަކީ ކުޑަކުދިންނަށް ހިމާޔަތެއްނެތޭ. އެކުދިންނަށް ޖިންސީ ފުރައްސާރަކުރުމަކީ ކުށެއް ނޫނޭ!!!
ރައީސްގެ ގާތް މީހުން ކުއްވެރި އެއްނުވާނެ .. ކުއްވެރިވާނީ އެތަނަށް ދާ މީހުން
ދިވެހި ފުލުހުން ވިޔަސް މިވަރު ކުރާކަން ނުވާނެ ދެއްތޯ. މި މާ ބޮޑުވަރު. ދިވެހި ރައްޔިތުން ގެ ބަޖެޓުން މުސާރަ ދީފަ ބައިތިއްބަނީ ދިވެހީންނަށް އަނިޔާ ކުރާކަން ނޫނޭ
ހަމަރަންގަޅު ކީއްކުރަންހުންނަންވީ ބަލާބޮޑުކުރަން!
ކުއްޖާ ރޭޕް ކުރީމަ މިނިސްޓަރާ ބެހޭ ކަމެއް ނޫނިއްޔާ މީހުން އެއްވިޔަކަސް ފުލުހުން ބެހޭކަށް ނުޖެހޭ. ކީއްކުރަން އެތަނަށް ބޭނިގަތީ ނުފޮރުއްޕާން ކުރަން. ސްޓިކާ ތަޅަން ތިބިނަމަ ނިމުނީނު.
ކުއްޖާ ރޭޕް ކުރީމަ މިނިސްޓަރާ ބެހޭ ކަމެއް ނޫނިއްޔާ މީހުން އެއްވިޔަކަސް ފުލުހުން ބެހޭކަށް ނުޖެހޭ. ކީއްކުރަން އެތަނަށް ބޭނިގަތީ ނުފޮރުއްޕާން ކުރަން. ސްޓިކާ ތަޅަން ތިބިނަމަ ނިމުނީނު
ދިވެހި ރައްޔިތުން މިހާރުން މިހާރަށް މަގުތަކަށް ނުކުމެ މި ނުބައި ނާޤާބިލް ސަރުކާރު ކުޑަކަކޫ ޖައްސަން އަދިވެސް ވަގުތު ނާދޭހެއްޔެވެ؟
އިމްރާނިއްޔަ ފޯސް ދެއްތޯ
ފުލުހުން މީހާ ހައްޔަރު ކުރަން ދިޔާމަ އެފުރުސަތު ފުލުހުންނަށް ދޭންޖެހޭ އެކަމަކު އެސަރަހައްދުގައި ހާލަތު އޮތީ ގާނޫނު ތަމްފީޒް ކުރެވޭނެ ހާލަތެއްގައެއް ނޫން ވީމާ ފުލުހުން ބާރުގެ ބޭނުންކުރާ ހާލަތުގައި މިފަދަ ކަންކަން ހިނގާނެ އަހަރެންވެސް ތިޔަ އަނިޔާއައި ދެކޮޅު އެކަމަކުވެސް ހަގީގަތް އަހަރުމެން އެބަޖެހޭ ގަބޫލު ކުރަން އެސަރަހައްދުގައި އެމީހާ ނުގެންދެވިގެން ފުލުހުން ހޭދަކުރި ވަތޔތު ހަމަ
ކަންކަމުގެ ޒިންމާއާ ހަވާލުވެ ތިބި ފަރާތްތަކުން ޒިންމާ އަދާކުރާނަމަ މަގުމައްޗަކަށް ނުނިކުންނާނެ. ސަރުކާރުގެ ވަޒީރުން އެބުނަނީ ވަޒީރާ ބެހޭ ކަމެއް ނޫނޭ. ތިން ދުވަސްވީއިރު ފުލުހުންނާ ބެހޭ ކަމަކަށް ނުވި. ލާދީނީ މީހެއްގެ ފޮޓޮއެއް ޕޯސްޓް ކޮށްފިއްޔާ ހޭވައްލާ ތައްޔާރު. އިއްޔެވެސް އެމީހާ ހައްޔަރު ކުރީކީ ނޫނެއްނު އޭނައަށް ހިމާޔަތް ދޭން ވެގެން އެތާ ތިބި އާންމުން ތަޅާ މަރާފަ މޫނަށް ސްޕްރޭ ޖަހާފަ ފުލުހުންގެ ޔުނިފޯމު އަޅުވައިގެން ދެފުށުން ފިރުމަމުން ގެންދިޔައީ. ކަލޭ އަނގަ މަޑުން ލައިގެން ހުރޭ.
ކަންކަމުގެ ޒިންމާއާ ހަވާލުވެ ތިބި ފަރާތްތަކުން ޒިންމާ އަދާކުރާނަމަ މަގުމައްޗަކަށް ނުނިކުންނާނެ. ސަރުކާރުގެ ވަޒީރުން އެބުނަނީ ވަޒީރާ ބެހޭ ކަމެއް ނޫނޭ. ތިން ދުވަސްވީއިރު ފުލުހުންނާ ބެހޭ ކަމަކަށް ނުވި. ލާދީނީ މީހެއްގެ ފޮޓޮއެއް ޕޯސްޓް ކޮށްފިއްޔާ ހޭވައްލާ ތައްޔާރު. އިއްޔެވެސް އެމީހާ ހައްޔަރު ކުރީކީ ނޫނެއްނު އޭނައަށް ހިމާޔަތް ދޭން ވެގެން އެތާ ތިބި އާންމުން ތަޅާ މަރާފަ މޫނަށް ސްޕްރޭ ޖަހާފަ ފުލުހުންގެ ޔުނިފޯމު އަޅުވައިގެން ދެފުށުން ފިރުމަމުން ގެންދިޔައީ. ކަލޭ އަނގަ މަޑުން ލައިގެން ހުރޭ.
ގަސްދުގައެއް އަނިޔާ ނުކުރާނެ. ތިވާނީ އެހެން ގޮތަކުން އަނިޔާވީކަމަށް ދެން މޮޅުވާންވެގެން ފުލުހުން ބަލަށް ޖެހީކަމަށް
ކޮންގޮތަކުން އަނިޔާވީ؟ ކަލޭ އަނިޔާ ކުރީތަ؟
ފެންމަތިވެގެން އުޅޭ މައްސަލާގައި ބައިވެރިވި އެންމެންނަކީ ގާނޫނީ އަދީ ދީނީ އެންމެ ހަރުކަށި އަދަބު ދެވެންޖެހޭނެ މީހުން. އަދި އެކަމަށް އަޑުއުފުލުމާއި ޑިމާންޑްވެސް ކުރެވެންޖެހޭނެ. އެހެންނަމަވެސް މީގެ އެއްވެސް ކަމެއް މަގުމަތިން ރައްޔިތުން ނިކުމެ ނިންމުމަކީ ކުރެވިގެންވާނެ ކަމެއްނޫން. ދީނީ އަދި ގާނޫނީގޮތުންވެސް ހުއްދަކަމެއްވެސް ނޫން. ވުމާއިއެކު އެކަމުގައި ހިމެނޭ މީހުން ހައްޔަރު ކުރުމަށް ގާނޫނީ އިމުންބޭރުން ހިންގި ކަންކަން ގޯސް. އެކަމުގެ ތެރޭގައި މީހުންގެ މުދަލަށް ގެއްލުންވެ ފުލުހުންނާއި އާންމުނަށްވެސް ވަނީ އަނިޔާވެފައި. ވީމާ މިކަމުގައި ފުލުހުން ސީދާ ގޯސްކުރުމަކީވެސް ހަމަޖެހޭ ކަމެއްނޫން. ހަގީގަތަކީ އެމީހާއަށްވެސް މަގުމަތިން އަނިޔާ ކުރެވިގެން ނުވާނެ، އެކަމަކު އެރައްކާތެރިކަން ދެވޭގޮތަށް އޭނައަށް ލިބެންޖެހޭ އެންމެ ހަރުކަށި އަދަބު ދިނުމަކީވެސް ދައުލަތުގެ ވާޖިބެއް. އެމައުސޫމު ކުޑަ ކުއްޖާގެ ހައްގުގައި.
ކަންކަމުގެ ޒިންމާއާ ހަވާލުވެ ތިބި ފަރާތްތަކުން ޒިންމާ އަދާކުރާނަމަ މަގުމައްޗަކަށް ނުނިކުންނާނެ. ސަރުކާރުގެ ވަޒީރުން އެބުނަނީ ވަޒީރާ ބެހޭ ކަމެއް ނޫނޭ. ތިން ދުވަސްވީއިރު ފުލުހުންނާ ބެހޭ ކަމަކަށް ނުވި. ލާދީނީ މީހެއްގެ ފޮޓޮއެއް ޕޯސްޓް ކޮށްފިއްޔާ ހޭވައްލާ ތައްޔާރު. އިއްޔެވެސް އެމީހާ ހައްޔަރު ކުރީކީ ނޫނެއްނު އޭނައަށް ހިމާޔަތް ދޭން ވެގެން އެތާ ތިބި އާންމުން ތަޅާ މަރާފަ މޫނަށް ސްޕްރޭ ޖަހާފަ ފުލުހުންގެ ޔުނިފޯމު އަޅުވައިގެން ދެފުށުން ފިރުމަމުން ގެންދިޔައީ. ކަލޭ އަނގަ މަޑުން ލައިގެން ހުރޭ.
ރޭޕިސްޓުން ވީ.އައިޕީ ކޮށް ގެންގުޅޭތަން މިފެންނަނީ.. ސަހިންދާގެ ގާނޫނޫ ދޯ މިމީހުންގެ މައްޗަށް ހިނގާނީ
ތިޔަ ޖަމާތަށް ރައްޔިތިންގެ ޓެކްސުން ހޭދަ ކުރުމުން އަނިޔާކުރުމާއި ސްޓިކާޖެހުން ތާ މިއޮތީ އާއްމުގޮތެއްގާ! ވެރިޔަކަށް ހުރިމީހާ މިބުނަނީ ރައްޔިތުންވެސް މިކަހަލަ ކަންކަމުގައި ބައިވެރިވުމުންނޭ އެކަހަލަ ކަންކަން ހުއްޓުވޭނީ! މޮލުބަސްތައްބުނެ މަގާމު ދިފާއުކުރޭ!
ފުލުހުން ޕެރަނޮއިޑް ވެގެން ކުރިކަމެއް ކަމަށް ބެލެވެނީ! އެއީ ޔާމީނުގެ މީހުންގަނޑު ތިބޭނީ މި ކަހަލަ ޗާންސެއް ނުލިބަފަ! އެހެންވީމަ، ހަމަ އެ ޒަމާނުގެ ފިލޯސަފީ އާ ވިސްނުން ހުރި ޕޮލިހުން އަދިވެސް އެ މުވައްސަސާ ތެރޭގަ ތިބި ކަމަށް ބެލެވޭ! އަނެއްހެން ހޯމް މިނިސްޓަރަކީވެސް، ދީނީ ޕާޓީ އަކުން އައިސްފަހުރި މީހެއް! އެހެންވީމަ، ކަންކަމާ މެދު ސައްކު ކުރުން ހަމަ ވަރަށް އެކަށީގެން ވޭ!
މި ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިއެއްނުވާނެ މީ ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ހޯދައިދޭނެ ސަރުކާރެއް ތިވާނީ އެޖެންޑާ 19 ގައި ހިމެނޭކމަކަށް
މިއަދު ހެނދުނު އެންމެން ޒިންމާއުފުލާށޭ ކިޔާ އިމްރާން ވަރަށް ފޮނިކެނޑި! މިހާރު ފެނިއްޖެ އިމްރާން ޒިންމާއުފުލާ ގޮތް!
އަނިޔާ ކުރި ފުލުސް ވެސް ހައްޔަރު ކުރޭ!!! ތި އަނިޔާވެރި ރޭޕިސްޓުންތަކަށް ވަރަށް ވަރުގަދަ އަދަބް ދޭންޖެހޭ!!!! ރައްޔިތުން ނިކުމެގެން މި އަނިޔާވެރި ރޭޕިސްޓުން ކިބައިން ގައުމް ސަލާމަތް ކުރެވޭނީ!!! ޚަބަރުލިބޭ ގޮތުގައި އެ ތުއްތުކުއްޖާ ރޭޕްކުރި އެކަކަކީ އެރަށުގެ މިސްކިތެއްގެ އިމާމެކޯ، އޭނާއަކީ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހެއްކަން އެނގޭތީ އެރަށުގެ ގިނަމީހުން އޭނާގެ ފަހަތުގައި ނަމާދުވެސް ނުކުރެޔޯ! އެކަހަލަ އަނިޔާވެރި ނުލަފާ މީހަކަށް އިމާމްކަން ދިން މީހާ އިސްތިއުފާދީ!!!!
ދެންހުރި މުސްކުޅި މީިހާއަކީވެސް ހަމައެގޮތަށް ކުޑަކުދިންނަށް ލާރި ކަހަލަ އެެއްޗެހިދީގެން އެކުދިންނަަށް ޖިންސީގޯނާކުރާ މީހެކޯ!
އަޅެ މިވަރަށް އެމީހުންގެ ނުބައި ނުލަފާކަން ގޮއްސަހުރިއިރު އެމީހުންގެ މައްސަލަ ކަމާބެހޭ ފަރާތައް ހުށަހަޅާ އެ ނުލަފާ މީހުންނާ ދޭތެރޭ ފިޔަވަޅެއް އަޅާނެ މީހެއް ހަމަނުވީތަ؟
އެކަހަލަ ޖަނަވާރުން ވައްތަރުގެ ބިންމަތީ ފަސާދަ އުފައްދާ މީހުންގެ ހައްގު އަދަބު ދީ!
އެ މަޢުސޫމް ކުއްޖާ އެޖަނަވާރުންގެ ވަކިތަކުން ސަލާމަތްވާން ތެޅޭނެތެޅުން، އެދަރިގައިގަަ އަޅާނެވޭނާ ރޯނެރުއިން ހިތައްއަރުވާލިޔަސް.... ?
ސިފާން ނަކައް ރައްޔިތުން ނަކައް އަނިޔާއެއް ނުކުރެ ވޭނެ ދެން ބަންދައް 2 ދުވަސް ޖަހާފަ ފެނުނަސް އަމިއްލަ އައް އެއްބަސް ނުވަންޔާ ދޫ ކޮއްލާ ތި އިގިރޭސިންގެ ގާނޫނު އިސްލާމުންގެ ގޮތެއް ނޫން
ކަޝްމީރުގަެި ހިންގާ ޖަރީމާ މިރާއްޖޭގައިވެސް ހިންގަނީ. އެޖެންޓުން ކުރާނެ އިންޑިޔާއިން އަންގާ ކޮންމެކަމެއް.
އަސްލު ތިއަންހެން މީހަޔަށް އަނިޔާވެފައިވާނީ އޭނާގެ އަމަލުތަކުގެ ސަބަބުން ކަަމަށް ބެލެވެނީ ފުލުހުންގެ އަމުރަށް ކިޔަމަންވާން ޖެހޭނެ އެންމެ ފުލުހެއް ކަމުގައި ވި ނަމަވެސް، އެހެން ނުވާ ކަމުގައި ވާނަމަ އެ ދެއްކެނީ ވަކި ކޮން ނަމޫނާއެއްތޯ؟
ކައުންސިލް އިންތިހާބުގަ 100% ދޭންވާނެ.
ޔާމީނު ސަރުކާރުގައި އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރޭ. ދެން ކޮންވާހަކައެއް
މާދަމާވެސް ތިޔައިން މީހެއްގެ އައިލާގެ މީހަކު ކޮންމެފަދަ ކުށެއްކުރިކަމުގައ ވީނަަވެސް އެކަކުވެސް ބޭނުމެއްނުވާނެ ކުށްވެރިވި މީހާއަށް އަނިޔާކޮށް ހަވަރަށްދީ މަރާލާކަށް. ޢެމީހަކު ކުރިކުށަކަށް ކޯޓުތަކުން ޝަރީއަތްކޮށް އަދަބު ކަނޑައެޅުންއެއީ ހަގީގީ އިންސާފް ގާއިމް ކުރެވުމަކީ. މިކަމުގައި ޝަރީއަތުން ކަނޑައަޅަ އަދަބެއް އެއީ އިސްލާމީ ޝަރީއަތުގައި ވާ އަދަބު ނުވަތަ ވަލުއީ ގާނޫނަކުން ކަނޑައެޅޭ އަދަބެއް ކަން ވުމާއި ނުވުން ބިނާވެގްންވަނީ އަޅުގަނޑުމެން އައްޔަންކުރި މޖްލިސްމެމބަރުން ހަދާފައިވާ ގާނޫނުތަކުގެ ފުރިހަމކަމާއި ނުކުޅެދުންތެރިކަމުން. ވީމާ މިފަދަ ނުވަތަ މިއަށްވުރެވެސް ހިތާމަވެރި ހާދިސާތަކުން އިބްރަތް ލިބިގަނެ ގާނޫނުތަކާއި ގަވައިދުތަށް ހަރުދަމާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންވީ.
ދިވެހި ރާއްޖޭގައި އަދުލު އިންސާފު އޮތް މިންވަރު... ކުއްވެރިން މިނިވަންކަމާއެކު.. ހުރިހާ ތަކުލީފަކާ ހިތާމައެއް ކުށެއްނެތް އާންމު ރައްޔިތުންނަށް...
އެމީހުންކުރި ނުބައި ފާޚިޝް ޢަމަލުތަކަށް ޙައްޤު އަދަބު ދޭންޖެހޭނެ. ނަމަވެސް ކުށްވެރިން ވިޔަސް އަދަބު ދޭންޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން. އަދި މީހުން ކުއްޔަށް ހިފާފައިހުންނަ ފްލެޓްތަކަށް ގާއުކާ ބޮޑެތި ގެއްލުން ދިނުމަކީ ކުރަންޖެހޭނެ ކަންކަމެއްނޫން. މީހުން އެއްވެ ހިންގި ޢަމަލުތަކުން ކުޑަކުއްޖާގެ ބައްޕައަށް ލިބުނު ގެއްލުމަށްވުރެ ފްލެޓްގެ ވެރިފަރާތަށް ލިބުނު ގެއްލުން މާބޮޑު. އެމީހާ ކުރީ ކޮންކުށެއް؟
މައުމޫން ވެރިކަމުގަ އަދި ޔާމީނު ވެރިކަމުގަ ގަލާ އަލިފާން ބޯޅަ އުކި މީހުންނަށް މިއަދު އެއީ ކޮށްގެން ނުވާނެ ކަމެއްކަމަށ ބުނާތޯ ހިނި އާދޭ
Agenda 19 vareh nehkan mihaaru hurihaa beyfulhun ahvess ingeyne.