މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، މިހާރު މާފުށީގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހާލަތު ދެރަކަން ފެނި ރޮވުނު ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވަނީ އިދިކޮޅު އިއްތިހާދުން ރައީސް ޔާމީން ޖަލަށް ލާންކޮށްފައިވާ ހުކުމަކީ، ބޭއިންސާފު ހުކުމެއް ކަމަށް ބުނެ ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ޕީޕީއެމްގެ މައި އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި އަދުރޭ ވިދާޅުވެފައި ވަނީ ރައީސް ޔާމީން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަން ފެއްޓެވި ފަހުން އެމަނިކުފާނާއި ބައްދަލު ކުރުމުގެ ފުރުސަތު ދެފަހަރަކަށް ލިބިވަޑައިގެންފައި ވާކަމަށެވެ. އެގޮތުން ކޮންމެފަހަރަކުވެސް އެމަނިކުފާނު ރައްޔިތުންނާއި މެދު ކަންކަން ކުރަމުންދާ ބޭއިންސާފުވެރި ގޮތާއި ބެހޭ ގޮތުން ވާހަކަ ފުޅު ދައްކަވާ ކަމަށާއި ޖަލުގައި އެއްވެސް ކަމެއް ގޯސްކޮށް ވަމުންދާކަމުގެ ވާހަކަ އިސްވެ ވިދާޅުވެފައި ނުވާކަމަށެވެ.

"ރައީސް ޔާމީނަކީ ކެއުމަށާއި، އަވަހާރަފުޅު ލެއްޕެވުމަށް އަދި ހެދުން ތުރުކުރެއްވުމަށާއި، ސާފުތާހިރުކޮށް ހުންނެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެއް. އެހެން ނަމަވެސް އެމަނިކުފާނު މިހާރު ހުންނެވާ ހާލަތުން ކުރީގެ ރައީސް ޔާމީންހެން ހިއެއްވެސް ނުވޭ. ތުނބުޅިފުޅު ހުރީ ދިގުވެފައި ހަށިގަނޑު ހުރީ ހިކި އަނަރޫފަ ވެފައި. އަޅުގަނޑު އަހާލީމަ ވިދާޅުވީ ފަރިއްކުޅުވުމަށް ލިބިވަޑައިގަންނަވަނީ އަބަދުވެސް އެކައްޗެކޭ، ފެންވެރުމަށް ދައްޗޭ، ތުނބުޅިއެއް ނުބޭލެއޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެވަގުތު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުން ކެތް ނުކުރެވިގެން ރޮވުނު ކަމަށެވެ. އަދި ރައީސް ޔާމީނަށް ދެމުން ގެންދާފަދަ އަނިޔާއެއް މި ރާއްޖޭގައި އެމަނިކުފާނުގެ ދައުރުގައި އެއްވެސް މީހަކަށް ދެއްވާފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައިވެސް މިސަރުކާރުގެ އިސް ބޭފުޅުން ތިއްބަވާނެ ޖަލުގައި. އެކަމަކު ހާދަ ފުރިހަމަކޮށޭ ރައީސް ޔާމީން އެބޭފުންނަށް ކަންކަން ކޮށްދޭފައި ވަނީ، ޖަލުގައި ތިއްބެވިޔަށް އިއްޒަތްތެރި ކަމުގައި އެބޭފުޅުން ތިއްބެވީ" އަދުރޭ ވިދާޅުވިިއެވެ.

މިކަމާއި ގުޅޭ ގޮތުން "ވަގުތު" އިންގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކަރެކްޝަނުގެ ބަހެއްލިބޭ ގޮތް ވަނީ ނުވެފައެވެ.

އެހެން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސް އިން ވަނީ އަދުރޭގެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި އެފަދަ އެއްވެސް ކަމެއް ރައީސް ޔާމީނާއި ކުރިމަތިވެފައި ނުވާކަމަށާއި، އެމަނިކުފާނަށް ކަންކަން ކުރައްވަނީ ޖަލުގައި ތިއްބަވާ ކުރީގެ ރައީސުންނާއި މެދު ކަންކަން ކުރުމަށް ކަނޑައަޅާފައި އޮންނަ ގޮތްތަކުގެ ތެރެއިން ކަމަށް ކަރެކްޝަނުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނުކިޔަވާ 2019---

    މިހާރު ވެސް ވަރަށް މީނަ ކުޑަ އިރު ވެސް ވަރަށް ރޯނެ

    42
    19
    • ޒަކް

      ހުސް އެކްޓު މިހާރުވެސް ވެރިކަމުގެ ޓިކެޓަށް ފައިނަގައޮގެން އަޑިއަޑިން ގޭސް އަންބުރާ އެކަކު އަދުރޭތީ.. ޕާޓީގެ ހަލާކު ތިޔަ ލީޑަރޝިޕް ބަދަލުކޮށްގެން ނޫނީ މި ލާދީނީ ރީނދޫހުން މިރާއްޖެއިން ނުފޮހެވޭނެ.. އިދިކޮޅު ޕާޓީއެއް އޮތްހެން ހީވެސް ނުވޭ މިހާރު

      7
      13
  2. ޖުހާ

    އުފަލުން ރޮވުުނު ވާހަކަ ދެއްތޯ

    52
    34
  3. ބޯބުރި

    ކަލޭ ދައްކާ ވާ ހަކަ ގަބޫލް ކުރާނީ ކާކު

    52
    32
    • Anonymous

      މަ ގަބޫލު ކުރަން. މުސްލިމުން ދޮގެއް ނަހަދާނެ. ޗެެިކަމުގައި ތިބީ ތި ދޮގުބޮނަޑި 32 ބިލިއަން 2019 ގައި ދިރުވާލި. އެކަމު ވަގަކީ ރައީސް ޔާމީން. މީހުން ހީހީ ހަލާކުވެދާނެ. ގާފިލް ސިކުންށިތަކަށް އެއްޗެއްވިސްނޭނީ ބަނޑުހައިހޫނުކަން އައުމުން.

      40
      33
  4. ޢަލީ އާރިފް

    މަންމާފުޅު އަދުރޭ ހާދަމޮޅޭ ޑުރާމާކުޅެއް، ކުރިންދުވަހު އަހަރެންކައިރީ ބުނިގޮތައްތިހެދީ ހަހަހަހަ، މިހާރު ޕީޕީ ކުދިން އަދުރޭއަކަށް ސައްކެއްނުކުރާނެ، ސިއްރިއްޔާތުގައި ޤާސިމާ ބައްދަލުކޮށްގެން ތިހޯއްދަވާ މަންފާތައް ފަޅާނާރަނީސް ޖޭޕީއަށް ސޮއިކޮށްލާ، ނޫނީ ގޯސްވެދާނެ

    35
    23
  5. ދަތްދޫނި

    ބަލަ އަދުރޭ! ޖަލަކީ އެކަހަލަ ތަނެކޭ. ޖަލަށް ވަންނަން ޖެހެނީ ސަބަބު ތަކެއް ނެތީމައެއްނޫނޭ. އެތާކު ރަން އިލޮށިން ކަނދު ކާފައި މަޑު ގޮދަޑީގައި ނިދާފައި އަނބިންގެ ގޮތުގައި ހޫރެއްލީނުންނެއް ނުލިބޭނެއެވެ. މޮޔަވެގެން ނޫލޭށެވެ. މިހާރު ތިދޭ ޙިދުމަތް ތައް ލިބޭކަމަށްޓަކައިވެސް ޝުކުރު ކުރުން ބުއްދިވެރިއެވެ. ތަމެންގެ ވެރިކަމުގަވެސް މަމެން މިތިބީ ތިޔަ ބުނާ ތަނަކަށްވަދެ އަތަނުގެ ތަޖުރިބާކޮއްފައެވެ. މިހެންކަމުން ފޮނި ބައިސާ ނުކަނޑަކާށެވެ.

    41
    32
  6. Anonymous

    އަދުރޭ ދެރަނުވޭ. މިގައުމުގެ ރައްޔިތުން މިތަހައްމަލްކުރަނީ އިންސާފު ގެއްލުމުގެ ނަތީޖާ. ރޭޕް އިންތިހާ. މަރު އިންތިހާ. ކޮރަޕްޝަނުގައި 1 ވަނަ އަށް އެރީ. އެބަޔަކު އެދޭ އެއްޗެއް އެބަޔަކަށްލިބޭނީ.

    43
    26
  7. Anonymous

    ﷲ ގެއިރާދަފުޅާ ރަހްމަތްފުޅުން މާލަސްތަކެއް ނުވެ ރ ޔާމީން މިނިވަންވާނެ. އެއްވެސްކަމެއް ﷲއިރާދަފުޅާ މިންވަރުފުޅުން މެނުވީ ނުވާނެ. ﷲއީހީނުކުރާފަދަ ގޮތްގޮތައް ކަނކަންއިރާދަފުޅުކުރައްވާ މެދުވެރިކުރައްވާ ރަސްކަލާންގެ. އިރާދަކުރެއްވިއްޔާ ހިތައްވެސް ނުގެނެވޭ ފަދައަކުން އެމަނިކުފާން މިނިވަންވާނެ.

    40
    18
  8. މެޑަމް ފާތު

    ރައީސް ޔާމީން ވިދާޅުވީ ދެން އަދުރޭ ޖަލައްނުފޮނުވައްޗޯ. އަދުރޭ ޖަލައްވަދެފަ ޔާމީނު ފެނިފަ ހިންޏޯގެޅީ

    25
    12
  9. ބުލްބުލް

    ވެރިކަމާ ޖާހާ ނުލިބިގެން ޖީލު ތަކަކު މަރުފަލި ކެނޑި ބަޔަކަށް ވެރިކަމެއް ލިބުމުން ހަގީ ގަތުގައިވެސް ހިޖުރައޮޅޭނެ އޭގެ ހެކި އެފެންނަނީ ބާރަކާ ޝަރަފެއް ނެތް ބަޔަކަށް ބާރެއްލިބުމުން ނާޖިއިޒް ގޮތުގައި އެބާރާހެދި ތެޅިފޮޅޭނެ ކާކު ބުނާނީ އައްޕަނަ އިއްބެ ވެރިކަން ކުރާނޭވެސް ދޯ ބޯހަލާކު

    7
    4
  10. ޓިނު

    ކަލޯގަޔާ ހާދަ މޮޅޭ އެކްޓިން ތިޔަ އަދުރޭ ތެދެއްހަދާނެތަ ؟
    ޥަކަން ކުރާމީހުންނަކީ ހާދަހާ ނުބައި ބަޔެކޭ.