މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފޭދޫން މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެވެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ފޭދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެމީހާ ދިރިއުޅޭ ގެ އިންނެވެ.
ކޯޓު އަމުރެއްގެދަށުން އެމީހާ ހައްޔަރުކޮށް އެމީހާ ދިރިއުޅޭގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 136 ރަބަރު ޕެކެޓާއި މަސްތުވާކެތި ކަމަށްޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މަސްތުވާ ތަކެއްޗަކީ ރަސްމީ ސިފައެއްގަ އައްޑުގަ ކުރިޔަށްގެންދާ ވިފާރިއެއް އެކަންކުރަނީ ކައުންސިލްގެވެސް އެއްބާރުލުމާ އެކުގަކަމަށް ބައެއްމީހުން ބުނަމުންދޭ ދެން ކީއްކުރަން އެމީހުން ހައްޔަރުކުރަނީ
ޒުވާނުނަށް މަސްތު ވާއެއްޗެހި ދޭމީހުން ހޯދާފަ ހައްޔަރު ކޮށްބަލަ ހެޔޮނުވާނެ މުއްސަދި ކައުންސިލް ޖީބުތައް ފުރުމަށްޓާ އަހަރެމެންގެ ނިކަމެތި ދަރީން ހަލާކު ނުކޮއްބަލަ އާދޭސް ތިއެއްޗެހީގެ ވަބާއިން ތިކައުންސިލްގެ ދަރީން ހަލާކުވާން ނޭދޭފަދައި އަހަރެމެން ވެސްނޭދެ ންމަސްތުވާއެޗެހީގެ ސަބަބު އަހަރެމެންގެ ދަރީންހަލާކުވެ ފަނާވެ ނިމިދާކަށެއް ހެޔޮނުވާ ނެ އަހަރެމެން ހާދަ ހާލަކު ގެންގުޅެ ބޮޑެތިކުރި ދަރީންނޭ ތިމުއްސަދީ ން ތިހަލާކުކުރަނީ މަތުވާތަކެތި އެތެރެކޮއް އޭގެވިޔަފާރިކޮށް ޒުވާކުދިން ހަލާއްކުރާ ނުބައިނުލަފާ ޖާހިލު ޖައްބާރުނަށް މާތްރަސް ކަލާންގެ ކުޅަނދުން ވަންތަކަމުން އެޖައްބާރުނަށް ގަދަ ފަދަ ތަހައްމަލް ކުރަންދަތި ވޭންހުރި ކޮފާއެއްފަދަ ބައްޔެއް ޖައްސަ ވާށި އާމީން