ދިވެހި ސިފައިންނާއި ފުލުހުން އަބަދު ބަލަން ނުތިބޭނެ ކަަމަށާއި އެންމެން ނުކުމެ ގައުމު ހަމަޔަކަށް އަޅުވާނެ ވަގުތު އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅު އެއްވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ މީހުންގެ މައްޗަށް ޣައިރުގާނޫނީ ދައުވާ ކުރުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށާއި ޕްރޮސެކިއުޓަރ ޖެނެރަލް އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ.
"ދައުލަތުގެ ފަރާތުން ދައުވާ އުފުއްލަވަނީ ޕްރޮސެކިއުޓަރ ޖެނެރަލަށް ވާއިރު އެއްވެސް މީހެއްގެ މައްޗަށް ޣައިރުގާނޫނީ ދައުވާއެއް ކުރައްވައިފިނަމަ އެކަމުގެ ޒިންމާ އެކަމަނާ ނަންގަވަން ޖެހޭނެ" އަލީ ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޣައިރުގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް އުފުލޭ ދައުވާއެއްވެސް ސައްހަ ނުވާނެ ކަމަށާއި ކުއްލި ނުރައްކަލުގެ ދަށުން އެތައް ބަޔަކު ހައްޔަރުކޮށްފައިވާއިރު އެބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގާފައިވަނީ އަދި ދައުވާ އުފުލާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ ހަގީގަތުގައި ހައްޔަރުކުރަން ޖެހެނީ ރައްޔިތުން ނޫން ކަމަށާއި ހައްޔަރުކުރަންޖެހެނީ ރައީސް ޔާމީން ކަމަށެވެ.
"ހައްޔަރުކުރަން ޖެހެނީ ރައްޔިތުންނެއް ނޫން. ހައްޔަރުކުރަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެއް ނޫން. ހައްޔަރުކުރަން ޖެހެނީ އިބްރާހީމް ސިޔާދެއް ނޫން. ފާރިސް މައުމޫނެއް ނޫން. އަދި މިގައުމުގެ އުއްތަމަ ފަނޑިޔާރެއްވެސް ނޫން. ހައްޔަރުކުރަން ޖެހޭ މީހަކީ ރައީސް ޔާމީން. އެތައް ފަހަރަކު އެމަނިކުފާނު އަމިއްލަފުޅަށް އިއުތިރާފު ވެއްޖެ ދައުލަތުގެ ބައިތުލްމާލަށް ޚިޔާނާތްވެއްޖެ ކަމަށް" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ނާއިންސާފުން މީހުން ހައްޔަރުކުރުމަކީ ގަޓުކަމެއް ނުވަތަ މޮޅުކަމެއް ނޫން ކަމަށެވެ.
"ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުމަށް އަމުރުކުރުމުން އެއަމުރަށް ތަބާނުވުމުގެ ގަޓު ފުލުހުންގެ ކިބައިގައި ހުންނަންޖެހޭ" އަލީ ހުސެއިން ވިދާޅުވިއެވެ.
ހިތުހުރިހާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަަމަށާއި ހިމާޔަތް ކުރަންޖެހޭނީ ރައްޔިތުންގެ ހައްގު ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
"ދިވެހި ސިފައިންނާއި ފުލުހުން އަބަދު ބަލަން ނުތިބޭނެ, އެންމެން ނުކުމެ ގައުމު ހަމަޔަކަށް އަޅުވާނެ ވަގުތު އަންނާނެ " އަލީ ހުސައިން ވިދާޅުވިއެވެ.
ތަމެން ތިކިޔާ އެއްޗެއް ހަމަ އެއްގޮތަކައްވެސް ސާފެއްނުވޭ. ތަމެންގެ ފަރާތުން މިގައުމު ސަލާމަތް ކުރުމައް ސިފައިން ކުރާ މަސައްކަތައް އައްސަރިބަހާ ސާބަސްދެން....
ސިފައިންނާއި ފުލުހުން ނުކުމެ މިކަހަލަ ދެއުޅި އެއްނުވާ ގާނޫނީ ރޯނު އެދުރުން ހުއްޓުވާނެ ، އެދުވަސް މާކަދުރެއް ނުވާނެ ،،އިންޝާﷲ
ތިއަކީ އެއްވެސް މީހެއްނޫން 5000 ރައްޔިތަކު ގޮޑިއެއް ހަވާލުކުރީމަ އެގޮޑީގަ ނީއިދެވިގެން ތިއުޅެނީ ވީރިރު ތިދެން މިޤައުމަށް ކޮންކަމެއް ކޮށްދޭނެ މީހުންނެތަ.... .........
ފުލުހުންނާއި ސިފައިން މ ވަނީ މިގައުމު ހަމަޔަކަށް އަޅުވާނެ!
ހަޤީޤަތުގައިވެސް ސިފައިންނާ ފުލުހުން ނުކުމެ ތިކަންކުރުން ލަސްވެއްޖެ. އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ޢަލީ ހުސައިންފަދަ ފިތުނަ ފަސާދް އުފައްދާ މީހުން ތަޅާ ރޯނާގެންނެވުން. އެކަން ކުރާއިރަށް ހަމައަކަށް އެޅޭނެ.
ކެންދޫ ދާއިރާގެ ރައްޔިޔުންނަށް މީނަ ކޮށްދިނީ ކޮންކަމެއް؟ ރައްޔިތުން ޙަވާލުކުރީ
އިދިކޮޅު މީހުންނާ ބައިވެރިވެގެން މިޤައުމަށް ގެއްލުން ދޭކަށް ނޫނޭ! ދާއިރާގެ ތަރައްޤީ އަށް މި 5 އަހަރުގަ ޢަލީ ޙުސޢނު ކޮށްދިން އެއްވެސް ކަމެއް ދައްކަ ބަލަ! ދާއިރާގެ ރަށްރަށަށް އެއްވެސް ތަރައްޤީ އެއް ނުހޯދުނީ ޢަލީ ޙުސޭނާ ހެދި! ކުރިއަށް އޮތް ދައުރަށް ކުރިމަތި ލާން ލަދު ގަންނަން ޖެހޭނެ ރައްރަށަށް ނާރާތި ކެންޕޭނަށް ކަލެއަށް ދޭނެ ވޯޓެއް ނެތް.
އެއީ މަސްކަމޑައިގެންތޯ ހުސޭނާ؟
އަލީ ހުސޭނު ހައްޔަރު ކުރޭ
މިނަށްވުރެ ގިނައިން ސޭޓުއަތުން އެތިކޮޅުކޮޅަށް ކިޔައިގެން ދިރިއުޅުމުގެ ނަތީޖާ މިފެންނަނީ. ސޭޓު ފިތިވަރަކަށް ގުރައެއްހެން ގޮވާނެ. ކަލޭމެން ވެރިކަމުގެ ދަހިވެތިކަމުގަ ދޮންމީހުންނާ ގުޅިގެން ކުރަން އުޅުނު ކަންތައް ފެނިއްޖެ. ނަސީބެންނު ފުލުހުންނާ ސިފައިން ނުކުމެ ތިބައިގަނޑު ހައްޔަރު ނުކުރިކަން
ވަރަށް ފޫހި ފާޑަކަށް ތެޅޭ މީހެއް. ތިމާ މީ ވަރަށް ކެރޭ މީހަކަށް ވެގެން އުޅޭނީ. ކަލޭ މަސްކެނޑައިގެން ލާރި ހޯދުން މާރަގަޅު ގާސިމު ކަރިން އާދޭސްކޮށްގެން ލާރި ހޯދައިގެން ގާސިމުގެ ގުލާމުކަން ކުރުމަށްވުރެ.
މިކަލޭގެ ހައްޔަރުކުރާނީ ކޮންދުވަހަކުންތަ!
ގައުމު އޮތީ ހަމައިގަ. ހަމައިންނެއްޓިގެން ތިއުޅެނީ އައްޔަ. ކޮބައި ކިޔަވަން ދައުލަތުން ކުރި ޚަރަދު އަނބުރާ ދައްކައިފިންތަ؟. އެއީ ރައްޔިތުންގެ ފައިސާ. ކަލޭ ހައްޔަރުކުރާކަށް ނުޖެހޭތަ. ގައިމު ލިޔުންތަކުގަ އެބަހުރި އެފައިސާ ދައްކަން ކަލެއަށް އެންގިކަން ފެންނަން.
ކަލޭވެސް އަބދަކު ތިހެނެއް ނުހުންނާނެ. ދަތަކޮޅުވެސް ފައިބާނެ. އެހެންތަ ތިބުނަނީ. އެހެންވިއްޔާ ތެދެއް. ސިފައިންނެއް ނޫޅޭ އެކަމަކާއެއް. ކަލޭމެން ފައިސާ އަޅައިގެން ކުރުވަންއުޅޭ ކަމެއްތީ ކަލޯ އައްޔާ. ތިެކަމެއް ނުވާނެ. ދާ މަސްމާރުކޭޓަށް ގޮތްދައްކަން.
އެމީހުން މިހާރުވެސް ތިބީ ހަމަ މަގަށް އަޅުވައިގެން . މިހާރު ތިބީ ތިޔަފަދަ ދެތިން މީހުންދޯ އެމީހުންގެ ކަންތައް ހަމަޔަކަށްއެޅުނީމަ ހުރިހާކަމެއް ހަމަމަގަށްއެޅުނީ
ތިހިރީ މަގުމަތިކޮށްފަ ދެންހަމަޖެހޭނީ ހުންނަން މަސްކަނޑަންދޭ ،، އެއީ އަލީ މެންގެ ފެންވަރަކީ ..