ކޮމަންވެލްތުން ކުރާ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކޮމަންވެލްތު ދުވަހުގެ މުނާޞަބަތުގައި ރައީސް ޞާލިހް މިއަދު ކުރެއްވި ޓުވީޓއްގައި ވަނީ މެމްބަރު 54 ޤައުމަށް ދުވަހުގެ ތަޙްނިޔާ ވިދާޅުވެއެވެ. އެމަނިކުފާނު ވިދާޅުވީ އެތައް ދުވަހަކަށް ފަހު ރާއްޖެއިން ކޮމަންވެލްތާ ގުޅުމުން އެކަމަށް އުފާފާޅުކުރައްވާ ކަމަށެވެ. ކުރިއަށްއޮތްތަނުގައި ކޮމަންވެލްތުން ކުރާ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުންދީ އެ މަސައްކަތްކުރުމުގައި ބައިވެރިވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ރާއްޖެ، ކޮމަންވެލްތުން ވަކިވުމަށް ފަހު، ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައަޅާފައިވާކަން އިޢުލާންކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.
ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންފައިވާ ވައުދެކެވެ. އަދި އެއީ ނޮވެމްބަރު 17، 2018 ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު، އެމަނިކުފާނު އެންމެ ފުރަތަމަ ނިންމެވި އެއް ކަންތައް ވެސް މެ އެވެ.
ކޮމަންވެލްތާއި އަލުން ގުޅުމަށް ފަހު ރައީސް ޞާލިހް ވިދާޅުވެފައި ވަނީ ކޮމަންވެލްތުގެ ޗާޓަރާއި ހަރާރޭ ޑިކްލެރޭޝަނާ އެއްގޮތަށް އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި ސިޔާސީ މިނިވަން ކަމާއި ޑިކޮމްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް ރާއްޖެ އިން ގަދައަޅައި މަސައްކަތް ކުރާނެ ކަމަށެވެ.
ޔާމީންގެ ސަރުކާރުގައި ރާއްޖެ، ކޮމަންވެލްތުން ވަކިވީ، އޭރު ސަރުކާރުން ބައެއް ކަންކަމުގައި އަމަލު ކުރަމުން އައި ގޮތުން، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، އިސްލާހު ނުވެއްޖެ ނަމަ އެ ޖަމާއަތުން ޜާއްޖެ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.
ކޮމެންވެލްތުން ކުރަނީ ކޮން މަސައްކަތެއް؟ މި ސުވާލަށް ޖަާބުދީބަލަ! ތިއީ އިގިރޭސީންގެ އަޅުވެތިކަމުން ގައުމުތައް މިނިވަންވީމާ ކޮންމެވެސް އެހެން ސިފައެއްގައި އިގިރޭސީންގެ ނުފޫޒް އެ ގައުމުތަކަށް ފޯރުކުރުމަށް ހަދާފައި އޮންނަ ޖަމާޢަތެއް!
ރައީސް މީހާ އިސްލާޙްވެބަލަ ރައްޔިތުންގެ އަޑު އަހާބަލަ. ނިކަން ގަޓް ރައީސަކަށް ވެބަލަ. މިދަނޑިވަޅުގައިވެސް ﷲ ގެ ދީން ހިމާޔަތް ކުރުމަށް މަސައްކަތްކޮއްބަލަ
ހަރާރޭ ޑިކްލަރޭޝަނަކީ ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ 1991 ވަނަ އަހަރު ފާސްކޮށްފައިވާ މުއާހަދާއެއް. 29 އަހަރުފަހުން ނުޖެހޭ މިޤަރާރުބަލައިގަނެ އަމަލިކުރަަކަށް ހީލަތްތެރި ހިޔަޅާ.
ކޮމަންވެލްތަކީ ރާއްޖެއަށް އެއްކަމެއްވެސް ކޮށްދޭބައެއްނޫން. ޢިމގިރޭސިން އަޅުވެތިކުރި ގައުމުތައް ހިމަނައިގެން އިނގިރޭސި ރާނީ ކަލާނގެއަކަށް ހަދައިގެން އުޅެންއެއްބަސްވާ ގައުމުތަކަށް މިހާރުކިޔާ ނަމެއްތީ.