ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ، މިހާރު އޭނާ ކަރަންޓީނުކޮށް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އެ ރިސޯޓަށް އަރާ ފޭބުން މަނާ (ލޮކްޑައުން) ކޮށްފައިވާކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މީގެ ކުރިން މިއަދު އެޗްޕީއޭ އިން ވަނީ ވިލަމެންދޫގައި މަސައްކަތް ކުރާ ދިވެއްސަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނިގެން ޓެސްޓުތައް ހެދުމުގެ މަސައްކަތް ފަށާފައެވެ. އަދި އެ ރިސޯޓުވެސް ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ކުރަމަތި އައިލެންޑް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އެ ރިސޯޓުވެސް ވަނީ ލޮކް ޑައުން ކޮށްފައެވެ.
އަދި ކުރެއްދޫ ރިސޯޓާއި، ސޭންޑީސް ބަތަލާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބައެއް ފެނިގެން އެ ދެ ރިސޯޓުވެސް ވަނީ ލޮކްޑައުންކޮށްފައެވެ.
ރާއްްޖެއިން މިހާތަަނަށް ހަ މީހެއްގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ. އަދި އެ ބައްޔަށް ޝައްކު ކުރެވޭ ބައެއްގެ ޓެސްޓުތަކެއް މިހާރުވެސް ދަނީ ހަދަމުންނެވެ.
އިޓަލީ މީހާ ރަނގަޅުކަމުން ގުޅާފައިބުނީ. މަހިތައްއަރަނީ ކިތައްރިސޯޓްގައި ކިތައްމީހުން އިޓަލީއާ ޗައިނާ އަދި އެނޫންތަންތަނުންވެސް އައިސް އުޅަފަ ދާނެޔޭ. އޭގެތެރޭ ވައިރަސް ހުރިމީހުންވެސް ތިބެދާނެޔޭ. ސަބަބަކީ ފުލައިޓްތައް ހުއްޓުވީ އެހާލަހުން ކަމަށްވެފައި ކޮންމެމީހަކީ އިޓަލީމީހާގޮތަށް އެހާއިހުލާސްތެރި މީހަކަށް ނުވެދާނެތީ.
ޖުމެއިރާވެސްދޯ
ދެން ހަމަ އާދައިގެ ހުމެއް ފެނުނީމަ ހާސް ވާވަރުގެ ކަމެއްތަ. ؟ ލޮކްޑައުން އޯ. ދެން ތީ ބޮޑުވަރު
އިޓަލީ މީހާ އައި ފުލޭޓުން އެހެން ރިސޯޓު ތަ ކަ ކަށް އާ މީހުން ކޮބާތަ ނޫންވެރިން މި ކަމާ ސުވާލު ކުރަންވީ ނޫންތޯ.ހަމަ ގައިމުވެސް އެ ފުލޭޓުން އައި މީހުން އުޅުނު ރިސޯޓު އެބަހުރި
ސުވާލު ކުރައްވާ .