ޅ. ކުރެއްދޫއިން ކޮވިޑް-19 އަށް ޓެސްޓު ކުރި ނުވަ މީހެއްގެ ނަތީޖާ ނައްސި (ނެގެޓިވް) ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެެޗްޕީއޭ އިން ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން އެ ރިސޯޓުން ޓެސްޓު ކުރި 10 މީހުންގެ ތެރެއިން އެކަކު ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށާއި، ދެން ތިބި 9 މީހުން ދެެއްކީ ނައްސި ކަމަށެވެ.
އަދި ފައްސިވި އެ މީހާ މިހާރު ފަރުކޮޅުފުއްޓަށް އައިސޮލޭޝަނަށް ގެންގޮސްފައިވާކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސި މީހުންގެ ޖުމްލަ އަދަދު ވަނީ 10އަށް އަރާފައެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުނު އިތުރު ރިސޯޓްތަކަށް ބަލާއިރު، ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ދެ މީހުން އަދި ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހުންނާއި އަނަންތަރާ ދިގު ރިސޯޓުން އެކަކާއި ކުރެއްދޫ ރިސޯޓު ފަސް މީހަކު ހިމެނެއެވެ.
މި އެންމެންނަކީވެސް ބިދޭސީންނެވެ.
އޭ ޓެސްޓްކުރި 9މީހުން ނަޖިސްވީއޭ..ކީކޭތައަ ޅެބުނާނީ...ވަގުތުމީހުން ހުއްޓުމެނެތި މިއެއްޗެއެބަލިޔޭ ބަލަ ކިތައްމެ ވަރަކަށް ލިޔުނަސް އަހަރެމެންނަ ނުކިޔޭނެ ތިޔަ ނަޖިސްވިޔޭ ފޮއްސިވިޔޭ..ހީވަނީ މިބަސް ޕްތޮމޯޓްކޮށް މާކެޓްކުރަން ވަގުތާ ހަވާލުކޮއްފަ އޮތްހެން..