ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓޫރިޒަމް ދާއިރާ އަށް ކުރު މުއްދަތަކަށް ބަހާލައިގެން ލޯނު ދޫކުރުމަށް މިއަދު ނިންމައިފިއެވެ.
ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ބުނީ މިއީ ޓުއަރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރިސޯޓު އަދި ހޮޓެލްތަކަށް ތިން އަހަރަށް ބަހާލައިގެން ދެ މިލިއަން ޑޮލަރުގެ ލޯން ލިބޭނެ ފައިނޭންސިން ސްކީމެއް ކަމަށެވެ.
ބީއެމްއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައި އޮންނަ ފަތުރުވެރިކަމުގެ ސިނާއަތާއި ވިޔަފާރިތަކަށް ބޮޑެތި ގެއްުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުމުގެ އަގު ވަޒަން ކުރެވޭނީ މި މުއްދަތު ދިގުދެމިގެންދާ ގޮތަކުން ކަމަށް ވެސް ޓިމް ވިދާޅުވިއެވެ.
ޓިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ގައުމީ ބޭންކްގެ ހައިސިއްޔަތުން ބީއެމްއެލް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ހޮޓެލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށެވެ.
ޓިމް ވިދާޅުވީ މިއަދު ތައާރަފު ކުރި ލޯނަކީ މި ދަނޑިވަޅުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށް ބޭނުންތެރި ލޯނެއް ކަމަށެވެ.
ބީއެމްއެލް އިން ބުނީ މި ހިދުމަތް ބޭނުންވާ ފަރާތްތަކުން ރިލޭޝަންޝިޕް މެނޭޖަރާ ގުޅައިގެން ނުވަތަ ބޭންކުގެ ބްރާންޗަކަށް ގޮސްގެން މި ހިދުމަތަށް ހުށަހެޅޭނެ ކަމަށެވެ. އަދި މި ހިދުމަތާ ގުޅޭ މައުލޫމާތު 3330200 އަށް ގުޅުމުން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ރާއްޖެއިން 11 މީހަކު ކޮވިޑް-19 އަސް ފައްސި (ޕޮޒިޓިވް) ވެފައިވާ އިރު، އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުން ފަތުރުވެރިން ގެނައުން ވަނީ މަޑު ޖައްސާލައިފައެވެ. އޭގެ ތެރޭގައި ޗައިނާ، އިޓަލީ އަދި ސްޕެއިން ހިމެނެއެވެ. އަދި ޖަރުމަނުވިލާތާއި ދެކުނު ކޮރެއާ އާއި އީރާން އާއި ފްރާންސްގެ ބައެއް ހިސާބުތަކުން ފަތުރުވެރިން ރާއްޖެ އައުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.
މުޅި ދުނިޔެއިން 152 ގައުމަކުން ކޮވިޑް-19 ފެނިފައިވާ އިރު، 156،766 މީހުން ވަނީ މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އަދި މިހާތަނަށް މަރުވި މީހުންގެ އަދަދު 5893 ވަނީ އަރައިފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 75،937 މީހުން ވަނީ ރަނގަޅުވެފައެވެ.
އަދިވެސްް ތިހިފަނީ މު އްސަދިންގެ އަތުގަ އި، ކޮބާ ނިކަމެތި ރަ އްޔިތުންނަށް ދޫކޮ އްފަ އިވާ ލޯނުތަކުގެ އިންޓްރެސްޓް، ެއެލޯނުތަ އް މިދަޑިވަޅުގަ އި ކުޑަކުރަންވީ.
ބީއެމްއެލްއަތުގަ ހުންނާނެ ހިލޭ ބެހޭ / އުކޭވަރަށްވެސް ފައިސާ، ކޮންމެ ބަޔަކުވެސް މި ބަލީގަ ފައިދާ އެބަ ނަގާ އަމިއްލަ ބޭނުމަށް،
ރިސޯޓް މުވައްޒަފުން ގެ މުސާރަ ކުޑަ ކުރީ މާ ލޯން. މުއްސަދިން ނައް ދެކޮޅުން ވެސް ފައިދާ. ވީ ގެއްލުމައް މުވައްޒަފުން ގެ މުސާރައިން ނަގާފަ..ބޭންކުން ވެސް. ވަރައް އިންސާފު ..މިސަރުކާރަށް ސަލާން
﴿275﴾ الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ
رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.
އިންޓަރެސްޓު ކިހާވަރެއް؟؟؟
ޔޫރަޕުގެ ބޭންކު ތަކުގައި ފޮރުވާފަ ހުރި ޑޮލަރުތައް ގެނެސް ގެއްލުން ފޫބައްދާ. ކޮންމެހެން ނުޖެހޭ މަހުޖަނުންނަށް ފައިސާ ބަހާކަށް. ކޮންމެ ގޮތެއްވިޔަސް ހުރިހާ މޮޅެއް މަހުޖަނުންނަށް. ބޮޑު ބައްނު؟
މިވަގުތު ބޭންކުން ކޮށްދޭންވީ ކަމަކީ ލޯންތައް ދެއްކުން 2 މަސް ނުވަތަ 3 މަހަަަަށް ފަސްކޮށްދިނުން. ސަބަބަކީ ރިސޯޓްތަކަށް ގެސްޓުން އައުން ހުއްޓުމަކަށް އައުމުން އެތައްބަޔަކަށް ލިބޭ ޓިޕްސް އާއި ސާވިސްޗާރޖް ނުލިބި ހަމައެކަނި މުސާރަ ލިބިގެން ލޯން ނުދެއްކޭނެކަން