ހ.ދ. އަތޮޅުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެ އަތޮޅު ގުރުއާން މުބާރާތް ފަސްކޮށްފިއެވެ.
ހ.ދ އަތޮޅު ކައުންސިލުން ބުނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރިކަން އިތުރުވެ އަދި ރާއްޖޭގެ ހާލަތު ރަނގަޅު ހާލަތަކަށް ބަދަލުވަން ދެން މުބާރާތް ފަސްކޮށްފައިވާ ކަމަށެވެ. އަދި މުބާރާތް ބާއްވާނެ ވަކި ތާރީހެއް ކައުންސިލުން އިއުލާންކޮށްފައެއް ނުވެއެވެ.
މި އަހަރުގެ ގުރުއާން މުބާރާތް ބޭއްވުމަށް ފުރަތަމަ ހަމަޖައްސާފައި ވަނީ އޭޕްރީލް 16 އިން 18 އަށެވެ.
ހ.ދ އަތޮޅުގައި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި މުބާރާތް މި އަހަރު ބޭއްވުމަށް ކައުންސިލުން ކުރި އިއުލާނުން ޝައުގުވެރިކަން ފާޅުކުރީ ނޮޅިވަރަމުން އެކަންޏެވެ. އެހެންކަމުން އަތޮޅު ކައުންސިލް އިން ވަނީ މި އަހަރުގެ މުބާރާތް ނޮޅިވަރަމްގައި ބާއްވަން ނިންމައިފައެވެ.
ހ.ދ. އަތޮޅުގެ ގުރުއާން މުބާރާތް ނިމިދިޔަ އަހަރު އެ އަތޮޅު ނެއްލައިދޫގައި ބާއްވާފައިވާ އިރު އަތޮޅު ގުރުއާން މުބާރާތަކީ އަތޮޅު ރަށްތަކުގެ މެދުގައި ވަރަށް ފޯރި އާއި ވާދަވެރިކަމާއެކު ބާއްވާ މުބާރާތެކެވެ. އަދި ކޮންމެ އަހަރަކުވެސް އެ އަތޮޅުގެ ގިނަ ރަށްތަކުން މި މުބާރާތުގައި ބައިވެރިވެއެވެ.
ގުރުއާން މުބާރާތް ފަސްކޮށްފައިވާއިރު މި އަހަރުގެ މުބާރާތުގައި ވެސް ގިނަ ވަނަތަކެއް އަދި އިނާމްތަކެއް ހުށަހަޅާފައިވެއެވެ.