ރާއްޖެ އިން ކޮވިޑް-19 ފެނިގެން ސްކޫލްތަކުގެ ކިޔެވުން ހުއްޓިފައިވާ އިރު، ސްކޫލްތައް އަލުން ހުޅުވާނީ ހެލްތު ޕްރޮޓެކްޓަޝަން އެޖެންސީ (އެޗްޕީއޭ) ގެ މަތިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރިއަށް އޮތް ހަފްތާގައި ކިޔެވުން ފެށުމާ މެދު ގޮތެއް ނިންމާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ. ސްކޫލްތަކުގެ އިތުރުން ރާއްޖޭގައި ހިންގަމުންދާ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން ވެސް ހަފްތާއަކަށް ވަނީ މެދުކަނޑާލައިފައެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ކޮލެޖްތުތައް ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެވެ.
ރާއްޖެއިން ވަނީ ސްކޫލްތަށް ބަންދުކޮށް ޓެލިކިލާސްތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ސްކޫލުތަކުން ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފައެވެ. ނަމަވެސް ސަރުކާރު ބަންދުކުރުމާ ގުޅިގެން އެ ކްލާސްތައް މިހާރު ވަނީ މެދުކަނޑާލައިފައެވެ.
ސްކޫލްތައް ބަންދު ކުރި ނަމަވެސް މިނިސްޓްރީން ވަނީ ޕީއެސްއެމްގެ ޔެސްޓީވީ މެދުވެރިކޮށް ގްރޭޑް 10 ގެ ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދީފައެވެ.
މިނިސްޓްރީން ނިންމާފައިވާ ގޮތުން ގްރޭޑް 10 ގެ ދަރިވަރުންނަށް ކޮންމެ މާއްދާއެއް ވެސް ތިރީސް މިނެޓަށް ކިޔަވައިދޭން ވަނީ ނިންމައިފައެވެ.
ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތުތަކާއި ޔުނިވަސިޓީތައް ބަންދުކުރި އިރު، ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.
ބޮޑާ ކަން ނުދައްކާ!!
ރައްބުލުް ކާއިނާތު އަދި ކޮރޯނާ ވައިރަސްގެ ވެރި އިލާހުގެ އިޒުނާ ފުޅު އައި އިރަކުން ނޫނީ ނުހުޅޫވޭނެ ތި ސްކޫލް ތަކެއް. ވައިރަސް ކަންތއްގަޑު ނުނިމެނީސް އަހަރެމެންގެ ދަރިން ނެއް ނުފޮނުވާނަން..