ސިނަމަން ހަކުރާ ހުރާއިން ކޮވިޑް-19ގެ އަލާމާތްތަކެއް ހުރި މީހަކު ފެނިއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސިނަމަން ހަކުރާ ހުރާއިން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބިދޭސީއަކު ފެނިފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށްވެސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޓްވީޓުގައި ވަނީ ބުނެފައެވެ.
ސިނަމަން ހަކުރާ ހުރާއިން އަލާމަތްތައް ފެނުނު މީހާ މިހާރު ވަނީ އެކަހެރިކޮށްފައެވެ. އަދި އެ ރިސޯޓް މިހާރު ވަނީ މޮނިޓަރިންގަށް ލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މީގެ ކުރިން ވަނީ ސިނަމަން ހަކުރާ ހުރާއިން މީހެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާއެކު، ކަސްޓަމަސްގެ 17 މުވައްޒަފަކާއި އެމްއޭސީލްގެ 41 އިމިގްރޭޝަންގެ 1 ފަރާތަކާއި، ޓީއެމްއޭގެ 3 މުވައްޒަފެއް އެކަހެރިކޮށްފައެވެ. ނަމަވެސް އެފަހަރު އަލާމާތްތައް ފެނުނު މީހާގެ ޓެސްޓްގެ ނަތީޖާ މިހާރު ވަނީ ނައްސި (ނެގެޓިވް) ވެފައެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު މިހާތަނަށް ފައްސި ވެފައިވާއިރު އޭގެ ތެރެއިން މިއަދާއި ހަމައަށް އަށް މީހަކު ވަނީ ރަނގަޅު ވެފައެވެ. އެހެންނަމަވެސް އަދިވެސް ރާއްޖޭގައި މި ބަލި ޖެހިފައިވާ 5 މީހަކު އެބަ ތިއްބެވެ. މިހާތަނަށް ރާއްޖެއިން އެއްވެސް ދިވެއްސަކު މިބައްޔަށް ފައްސިވެފައެއް ނުވެއެވެ. އެހެންނަމަވެސް ޔޫއޭއީގައި ހުރި ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
''ލާއިލާހަ އިއްލާ އަންތަ ސުބުޙާނަކަ އިންނީ ކުންތު މިނައްޟާލިމީން'' ޔޫނުސް ގެ ފާނަށް ހިތްޕުޅު ދަތިކަމާ ދެރަކަން ކުރިމަތިވެ ވަޑައިގަތުމުން މިފަދައިން ވިދާޅުވެ ދުއާ ކުރެއްވިއެވެ ﷲ އެކަލޭގެ ފާނުގެ ދުއާ އިޖާބަ ކުރެއްވިއެވެ ގިނަގިނައިން ﷲ އަށް ދަންނަވާށެވެ