ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 61.06 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މިތަކެތީގެ އަގު 72 މިލިއަން ރުފިޔާ އަށް އަރައެވެ.
ދެންމެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުވަ ދުވަސް ވަންދެން ޑްރަގް އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކާމިޔާބުކޮށް 61.06 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ.
މިމައްސަލައިގައި 11 ދިވެހިން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
އޭގެ ތެރެއިން 07 މީހުން ހައްޔަރު ކުރީ މަސް ދޯންޏަކުންނެވެ. ހަތަރު މީހުން ހައްޔަރު ކުރީ ހުޅުމާލެއިންނެވެ.
މިއޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
މީގެ ކުރިން ވެސް ރާއްޖެ އަށް ކަނޑުމަތުން މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ބައެއް މީހުން ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް އެފަދަ ގިނަ މައްސަލަތަކުގައި ފުލުހުން ހަދާފައި ހުންނަ ގޯސްތަކުގެ ސަބަބުން ޝަރީޢަތުގެ މަރުހަލާއިން ކުށްވެރިން ސަލާމަތް ވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ އޮކްޓޯބަރު މަހު އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި އެންމެ އިސް ދިވެހި މީހާ ފިޔަވައި އެހެން ދިވެހިން ވެސް ފުލުހުން ވަނީ ޑިސެމްބަރ މަހު ދޫކޮށްލާފައެވެ.
މަސްތުވާތަކެތި ހިފައިގެން އައި އީރާނު ބޯޓުގެ ކައިރިއަށް ދިޔަ "ހެދޭކުރި" ދޯނީގެ ކެޕްޓަނާއި ފަޅުވެރިން ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އެމީހުން ފަހުން ދޫކޮށްލީ އެމީހުން ހައްޔަރު ކުރުމުގައި ފުލުހުން ވަރަށް ބޮޑެތި ގޯސްތައް ހަދާފައި ހުރުމުން ކަމަށް ވެއެވެ.
ކުއްވެރިވާމީހުންގެ ފަރާތުން ލިބޭ ބޮޑު ނަ ފާއެއްގެ ބޭނުމުގައި ހެކި ނައްތާލަނީ
ފުލުހުުން ހަދާ ގޯސްތައް ތަކުރާރުވާނަމަ ހޯމް މިނިސްޓަރު ޒިންމާވާން ޖެހޭނެ ނޫންތޯ ޒިންމާ ވާން ޖެހެނީ ހަމަ އެކަނި އެތަނުގެ އަންހެން ސުްޓަރފްނަށްތޯ
ބޮޑުމީހާ ކަންކަން ރޭވުމުގަ ޝާމިލުނުވެވޭ ހިސާބުގާ ބެހެއްޓީމާ ކަންކަން މިދަނީ ފަނުފުލުންތާ ދޯ؟
ތިކަހަލަ މައްސަލަތައް ސާބިތެއް ނުވާނެ ދުވަސްކޮޅަކުން ދޫކޮއްލާނެ،،، ކުރިންވެސް ދޫކޮއްލީ.....
ރަގަލު
މަސްތުވާއެއްހީގެ މައްސަލަތަކުގަ އެމީހުން ބަނދުވެ ކުއްވެރިވާނެ ޕޮއިންޓްތަކަށްވުރެ ޤާނޫނުގަ ގިނައީ އެމީހުން ސަލާމަތްވާން ނުވަތަ ވެވޭނެ ޕޮއިންޓްތަށް، ތިބޭފުޅުންނަށް ނުފެނޭތޯ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން ހޫރެމުން ނުވަތަ ގުދުވެފަ ތިބޭމީހުން އެމީހުން އެތިބީ ކޯއްޗެއް ބޭނުންކޮށްގެންކަން ނޭގޭ ކުޑަކުއްޖެއްވެސް ނޫލޭނެ ނަމަވެސް ޤާނޫނުތަށް ހުރިގޮތުން ކޯޓުތަކުގެ ލޮލަށް އެމީހުން ފެންނާނީ ތިބޭފުޅުންނަށް ފެންނަގޮތަކައްނޫން....
މިދުވަސްކޮޅުގަ 72މިލިޔަން ވަރަށްބޮޑު އެއްޗެއްނޫންތޯ؟ ބޮޑުވަޒީރުގެ ބަޖެޓަށް މަޖިލީހަށް ތިބައި އިތުރުކޮށްލަމާ!
ދިވެހިރާއްޖޭގެ ރަށްރަށުގެ ފަޅުތެރެއަށް ވަދެނުކުތުމަށް އުނދަގޫވާވަރުގެ ބޮޑެތި ދޯނިފަހަރުބަދެގެން ނަމުގަ ބޮޑުކަންނެލި އެކަމަކު އެއްދަތުރުން އެވަރުގެ ފަސްދޯނިބަންނަހާ ލާރި އެއްބަޔަކު މިހޯދަނީ ކެޔަސް ބުޔަސް މަސްތުވާ ވައްތަރުގެ މަސް ހުންނަ ކަންނެލި ބައިގެންތާ. މީހާދަމޮޅު މަސްވެރިކަމެކޭދޯ.
މީހާރު އެބައިނގޭ މަސްދޯނި ކަންނެލިދޯނިތަކުން އިރުއިރުކޮޅާ މީހަކު މަރުވަނީއޭކިޔައިގެން މިލިބޭހަބަރުތަކުގެ އަސްލު. ރީތިކޯށްލަން ސަޖިދައިގައި އޮއްވައޭވެސް އެބަކިޔާ.
އެކަމަކު ރިހާކުރުފުޅި ވަގަށްނަގާ ސޮރު ހައްޔަރުކުރާއިރު ފުލުހުން ކުޑަކޮށްވެސް ގޯސް ނަހަދާ!
72މިލިޔަން މީރާއަށް ޖަމާކޮށްލާ.......ނޫނީ އޭތިކޮޅު އެހެން ގައުމަކަށް ހިލޭ އެހީގެ ގޮތުގަ ދޭން ވީނުން...
ސާބަހޭ ފުލުން. ޙުރިހާ އެންމެން 30 އަހަރަށް ޖަލަށް ފޮނުވާލާ. ކޯޓްތައްވެސް ތައްޔާރު ވާންވީ
މަސްތުވާތަކެތި ހިފައިގެން އައި އީރާނު ބޯޓުގެ ކައިރިއަށް ދިޔަ "ހެދޭކުރި" ދޯނީގެ ކެޕްޓަނާއި ފަޅުވެރިން ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އެމީހުން ފަހުން ދޫކޮށްލީ އެމީހުން ހައްޔަރު ކުރުމުގައި ފުލުހުން ވަރަށް ބޮޑެތި ގޯސްތައް ހަދާފައި ހުރުމުން ކަމަށް ވެއެވެ.
މިއީ ހަމަ މިކަން ވީ ގޮތްތޯ ޑީ އީ ޑީ ގެ ވެރިޔާ އާއި ސުވާލުކޮއްލަބަ.
ކަމުގެ ހަގީގަތް ރައްއިތުންނަށް ސާފުކޮށް އެނގޭނެހެން ހަބަރުތައް ގެނެސް ދެއްވާ
ޤާނޫނު އަސާސީ ގައި އޮތް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އަޅެ ދިރާސާ ކޮއްލަދެެއްވާ އޭގައި ހުރި ލޫޕް ހޯލް އެއީ ފުލުހިންގެ މިސްޓޭކް ނޫންކަން ބުނެދެއްވާ
ދެން އަނެއް ދޮރުން ނެރެލާ ތިމީހުން. ޔަޤީންވާ ކަމަކަކީ މަސްތުވާ ތަކެއްޗަކީ ދިވެހިރާއްޖޭގަ އުފައްދާ އްއްޗެއް ނޫންކަން. މާނަޔަކީ ސަރުކާރުގެ މަތީ ފަންތީގެ ބޭބޭފުޅުންގެ އަތެއް ވާކަން މިކަމުގަ. ދިވެހިރާއްޖޭގަ ތިބި ގިނަ ޒުވާނުން މަސްތުވެފަ. ވަރައްދެރަކަމެއް މިކަން ކުރާބަޔަކު ހަލާކުހުރި
މަރަންވީ އެތެރެކުރާ އެންމެން މި ނޫން ގޮތެއްނެއް...
މަސްތުވާ ތަކެތި ހިފައިގެން އައި އީރާނު ބޯޓެއް ކައިރިއަށް "ހެދޭކުރި" ނަމަކަށް ކިޔާ ދޯނި ދާންޖެހޭތަ؟؟؟؟ ފުލުހުންނަށް ގޯސް ހެދުނީތަ ނޫނީ އެހެން ކޮންމެވެސް ފަރާތަކުން ބާރެއް ފޯރުވީތަ؟؟؟ ހައްތަހާވެސް ސުވާލު އެކަމް މިސުވާލު ތަކަށް ދޭނެ ޖަވާބެއް ފުލުހުންގެ ވެސް ނެތީތަ؟؟؟؟
މިސަރުކާރު އައިފަހުން ޑްރަގްތައް ފެންމަތިވަނީ އާދަޔާ ޚިލާފަށް. ތިޔައީވެސް ގައްޒާފީ ބުނިގޮތަށް ހިގާ ކަންތައްތައް. އަސްލު މޭސްތިރިންނަކީ ސަރުކާރުގެ އިސްވެރިން. ނަން އަޅުވާލަން ފެނިއްޖެޔޭ ބުނާނެ. ދެން ފަހަކުން އެޔަށް ވާނުވާއެއްވެސް ނޭގެ. ލާރިގަނޑު ބަނޑު އަޅުވައިގެން ހެވިދިއްލިފައިތިބެނީ. މޮޔަ ރައްޔިތުން މޮޔަކަންމަތީ.