ދިވެހި ޤައުމީ އެއާރލައިން، މޯލްޑިވިއަންގެ އޮންލައިން ބުކިންގ ސިސްޓަމަށް ބަޔަކު ހަމަލާދެމުން ދާކަމަށް އެ ކުންފުޅިން ބުނެފިއެވެ.
އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އޮންލައިން ބުކިން ސިސްޓަމަށް ހަމަލާތަކެއް ދެމުންދާ ކަމަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރުން ބުނެފައިވާ ކަމަށެވެ. އަދި މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި މިފަދަ ދަށު ދަރަޖައިގެ ކަންތައްތައް ކުރަމުންދިއުމަކީ އެ ކުންފުނިން ހިތާމަ ކުރާ ކަމެއް ކަމަށެވެ.
އޮންލައިންކޮށް އަޅުގަނޑުމެންގެ ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދޭ ކަމަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރއިން ވަނީ މަޢުލޫމާތު ދީފައި. މި ފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި މިފަދަ ދަށު ދަރަޖައިގެ ކަންތައްތައް ކުރަމުންދިއުމަކީ މި ކުންފުނިން ހިތާމަކުރާ ކަމެއް.
— MaldivianAero (@MaldivianAero) April 6, 2020
މޯލްޑިވިއަން އިން މިރޭ ވަނީ މެލޭޝިޔާއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ބާއްވާ ޚާއްސަ ފްލައިޓުން އޮންލައިންކޮށް ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މޯލްޑިވިއަން އިން ވަނީ އޮންލައިންކޮށް ޓިކެޓް ގަތުމުގައި ގިނަބަޔަކަށް އުނދަގޫތަކާއި ކުރިމަތިވާތީ 3335544 ނަމްބަރަށް ގުޅައިގެން ވަގުތުން ޓިކެޓް ބައްލަވައިގަނެވޭނެ ކަމަށްވެސް ޓްވީޓް ކޮށްފައެވެ. އެހެންނަމަވެސް އެ ނަންބަރަށް ގުޅައިގެން ގިނައިރުތަކެއް ވާއިރުވެސް ޖަވާބުނުދޭތީ ގިނަބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.
ކަނޑައެޅގެންހައްދަވާ އިތިރިފުޅެއް ޓކެޓު އޮތީދޭންބޭނުންވާ މީހުނައް މާކުރިން ދީނިމިފަ މިހާރު މީހުންގެޝަކުވާ ގިނަވީމަ އޮޅުވަން ސިސްޓަމޭ އަދި 4000 މީހުނޭކިޔަނީ
ފުރަތަމަވެސް ސަރުކާރު ހަރަފުގަ ގެނައީ.ފުޓް ބޯޅަ ޓީމް އެވެ.