23:34
BREAKING NEWS: Covid-19: France In Record Adhadhakah Meehun Maruvejje https://t.co/LKQNZgKtqP
— Vaguthu Online (@VaguthuOnline) April 15, 2020
23:00
BREAKING NEWS: Miadhu Fassivi Meehaa Aai Bahdhalvi Meehaku Fassivejje https://t.co/PRe0sCtgXf
— Vaguthu Online (@VaguthuOnline) April 15, 2020
21:57
Furabandhu Kurumaai Gulhigen Vaki Gotheh Angandhen Telikilass Thah Medhu Kandaalaifihttps://t.co/OrbhIvJ3NG
— Vaguthu Online (@VaguthuOnline) April 15, 2020
21:52
BREAKING NEWS: Male' Gai Ekakuge Gain Anekakuge Gayah Covid-19 Fethuren Fashaifi https://t.co/pGEAFrUAdb
— Vaguthu Online (@VaguthuOnline) April 15, 2020
21:35
BREAKING NEWS: Male' Ah Red Alert Nerefi https://t.co/iMpGYYfr3I
— Vaguthu Online (@VaguthuOnline) April 15, 2020
21:31
އިތުރު ބައެއް ގައުމުތަކުން މަރުވި މީހުންނާއި ފައްސިވި މީހުންގެ އަދަދު
އެމެރިކާ
އިތުރު މަރު: 126
މިއަދު މަރު: 243
ޖުމްލަ މަރު: 26290
މިއަދު ފައްސި:4439
ޖުމްލަ ފައްސި: 618325
ކެނެޑާ
އިތުރު މަރު: 51
ޖުމްލަ މަރު: 954
އިތުރު ފައްސި:494
ޖުމްލަ ފައްސި: 27557
ޕޮލެންޑް
އިތުރު މަރު: 23
ޖުމްލަ މަރު: 286
އިތުރު ފައްސި:380
ޖުމްލަ ފައްސި: 7582
ރޮމޭނިއާ
އިތުރު މަރު: 11
ޖުމްލަ މަރު: 362
އިތުރު ފައްސި:337
ޖުމްލަ ފައްސި:7216
ނޯވޭ
އިތުރު މަރު: 06
ޖުމްލަ މަރު: 145
އިތުރު ފައްސި:117
ޖުމްލަ ފައްސި:6740
ޑެންމާކް
އިތުރު މަރު: 10
ޖުމްލަ މަރު: 309
އިތުރު ފައްސި:170
ޖުމްލަ ފައްސި:6681
ޕާކިސްތާން
އިތުރު މަރު: 11
ޖުމްލަ މަރު: 107
އިތުރު ފައްސި:151
ޖުމްލަ ފައްސި:5988
ސައުދީ އަރަބިއްޔާ
އިތުރު މަރު: 06
ޖުމްލަ މަރު: 79
އިތުރު ފައްސި:493
ޖުމްލަ ފައްސި:5862
21:24
BREAKING NEWS: Gein Nikuthumuge Kurin Gulhan Jehey Number Iulaankohfi https://t.co/yYauKj869o
— Vaguthu Online (@VaguthuOnline) April 15, 2020
21:18
BREAKING NEWS: Italy In 578 Meehaku Maruvejje https://t.co/mE7fzYMrq9
— Vaguthu Online (@VaguthuOnline) April 15, 2020
21:13
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: އިސްލާމް ދީނަށް ތައުހީންކޮށް، ހަޖޫ ޖެހުމާ މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނާ މެދުގައި ފިޔަވަޅު އަޅާނަން. މިދިޔަ ހަފްތާގައި ވެސް ދައުވާކޮށްފައި ވާނެ އެކަކަށް. ގާނޫނުލްއުގޫބާތުގައި ބުނާ ކޮންމެ ކުށެއް ބަލައި ތަހުގީގު ކުރާނަން.
21:04
ފުލުހުން ބުނި ގޮތުގައި މާލެ ސަރަހައްދުގައި 200 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެ.
21:02
ޕޮލިސް ކޮމިޝަނަރު ހަމީދު: ހަރުކަށި ފިކުރުގެ ގޮތުގައި 1369 މީހުން ފާހަގަ ކުރެވިފައިވޭ. އެއީ ކޮން ބައެއް ކަން އެނގޭ. މޮނިކޮން ގާނޫނުގެ ދަށުން ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން މިދަނީ. ޓެރަރިޒަމްގެ ގާނޫނަށް ގެނައި ބަދަލަކީ އެއް މަގްސަދު. އެ މަސައްކަތްތައް ވަރަށް ބާރަށް އެބަ ކުރިއަށްދޭ. ހާއްސަކޮށް ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައި ތިބި މީހުން އެބަ ތިބި. ހަރުކަށި ފިކުރު ރާއްޖޭގައި ފަތުރަން ޖާގަ ނުދޭނަން.
20:57
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މަހިބަދޫގައި ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ ހަމަލައެކޭ ބުނުން ވަރަށް ގާތް.
20:52
ޕޮލިސް ކޮމިޝަނަރު ހަމީދު: ފުލުހުންނަށް އެކަމެޑޭޝަން ހަމަޖައްސާފައި އޮތީ. ފުލުހުން އާންމުކޮށް ދެމުން އަންނަ ހިދުމަތްތައް ދޭ ފުލުހުން ގެއަށް ނުގޮސް ހިދުމަތް ދޭ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ. އެކޮމަޑޭޝަން ހަމަޖެހިފައި މިހާރު ވަނީ. އަޅުގަނޑުމެންގެ އެލާޓް ލެވަލް 2 ގައި އޮތީ.
20:49
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: އެއްވެސް ބަޔަކު ހީނުކުރާތި ކޮވިޑް-19 ގެ ކަންތަކުގައި ސިފައިން އުޅޭއިރު، މީގެ ނާޖައިޒު ފައިދާ ނަގަން ފުރުސަތެއް ނުދޭނަން. ސިފައިންނަށް މާ ބޮޑަކަށް އާއިލާތަކާ އެކީގައި މަސައްކަތް ކުރަން ވަގުތު ނުލިބޭނެ. މިއީ ގައުމަށް ދިމާވާ ކަންކަމުގައި ސާބިތުވެގެން މަސައްކަތް ކުރާ ބައެއް. ގައުމަށް ދިމާވާ ކަންކަމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަނީ ސިފައިން.
20:48
BREAKING: Sifainge Alert Level Blue One Ah Badhalukohffihttps://t.co/8x1kiCSeyf
— Vaguthu Online (@VaguthuOnline) April 15, 2020
20:46
ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް: ސިފައިން މިހާރު ވަނީ ބްލޫ ވަން އަށް އެލާޓް ގެނެސްފައި.
20:42
ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް: ކޮވިޑް-19 އިން ރައްޔިތުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. މީގެ ދެތިން މަސް ކުރިން މަސައްކަތް ފަށައިފިން. މާލެ އިން ކޭސްއެއް ފެނުމާ ގުޅިގެން އެހެން މަރުހަލާއަކަށް މިދިޔައީ. މީގެ ސަބަބުން ނުކުންނާނެ ނަތީޖާތައް ދިރާސާ ކުރުމުގެ މަސައްކަތް މި ކުރަނީ. ސިފައިންނާއި ފުލުހުން ތިބީ ރައްޔިތުންނާ އެކީގައި. ސަރުކާރުގެ އެންގުންތައް ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން އަރުވަން.
20:37
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: އދ. މަހިބަދޫގައި ލޯންޗުތަކުގައި ރޯކޮށްލީ ބައެއްގެ މުދަލަށް ގަސްދުގައި ގެއްލުން ދިނުމުގެ ގޮތުން.
20:33
ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސް ފަށައިފި.
20:26
Maafannu VB Mart Disinfect Kohdhinumah Edhijjehttps://t.co/EO9Dv2EedK
— Vaguthu Online (@VaguthuOnline) April 15, 2020
20:16
Biruverikamuge Machah Hikhumaitherikan Iskuravva: Mabrouqhttps://t.co/oZ9fxeMEsW
— Vaguthu Online (@VaguthuOnline) April 15, 2020
20:16
Rayyithunge Ninmmumeh: Ukulhahah Araa Hurihaa Meehun 14 Dhuvas Vandhen Ekaheri Kuraneehttps://t.co/d3Seg89Bc5
— Vaguthu Online (@VaguthuOnline) April 15, 2020
20:01
Bali Jehey Meehaa Engumun Rakkaatheri Veveyne Kamah Heevefai Othumakee Kuhheehhttps://t.co/BnxXrfSfDO
— Vaguthu Online (@VaguthuOnline) April 15, 2020
19:47
WHO In Emme Bodu Iss’kameh Dhenee Meehun Ge Furaana Salaamaiy Kurumahhttps://t.co/y3tfP9uKTy
— Vaguthu Online (@VaguthuOnline) April 15, 2020
19:19
COVID-19 : UK In Ithuru 761 Meehaku Maruvejjehttps://t.co/8bQ56qOzne
— Vaguthu Online (@VaguthuOnline) April 15, 2020
19:09
Furabandhu Ge Vaguthu Dhimaavaa Dhathithakah Lui Faseyha Goithakeh Hoadhaidheyn Idhikolhun Edhijjehttps://t.co/xDR63Z2mUV
— Vaguthu Online (@VaguthuOnline) April 15, 2020
18:50
COVID-19 : Japan In 4 Lakka Meehun Maruvedhaane Kamuge Inzaaru Dheefihttps://t.co/4x1cA05QWA
— Vaguthu Online (@VaguthuOnline) April 15, 2020
18:39
Male Ga Delivery Kureveynee Mirey 7 - 12 Ah https://t.co/MHznE0vsok
— Vaguthu Online (@VaguthuOnline) April 15, 2020
18:27
BREAKING | Covid-19: Sweden In Record Adhadhakah Meehun Maruvehjehttps://t.co/SY20lZXr2l
— Vaguthu Online (@VaguthuOnline) April 15, 2020
18:07
Mujuthamau Therey Gai Mi Dhuvasvaru Virus Fethuridhaane - Minister Ameenhttps://t.co/ohwwniuqtu
— Vaguthu Online (@VaguthuOnline) April 15, 2020
17:58
Covid-19: Vaki Gotheh Angandhen Civil Court Miadhun Feshigen Bandhu Koffihttps://t.co/yrnhMhjnmV
— Vaguthu Online (@VaguthuOnline) April 15, 2020
17:49
ޕޯޗުގަލް އިން އިތުރު 643 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 28 މީހަކު މަރުވެއްޖެ. މިހާތަނަށް އެޤައުމުން ޖުމްލަ 18091 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 599 މީހަކު ވަނީ މަރުވެފައި.
17:48
ރަޝިޔާ އިން އިތުރު 3388 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 28 މީހަކު މަރުވެއްޖެ. މިހާތަނަށް އެޤައުމުން 24490 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 198 މީހަކު ވަނީ މަރުވެފައި.
17:47
ސްވިޒަލޭންޑުން އިތުރު 87 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 16 މީހަކު މަރުވެއްޖެ. މިހާތަނަށް އެޤައުމުން 26023 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1190 އަށް އަރާފައި.
17:47
އެސިސްޓަންޓް ކޮމިޝަނާ އިސްމާއިލް ނަވީން: ޑިއުޓީގައި އުޅޭ ފުލުހުން ގެއަށް ދިއުމުގެ ބަދަލުގައި ތަނެއްގައި ބޭތިއްބުމުގެ މަސައްކަތް ކުރަމުން މިދަނީ. އެމީހުން އެތަނުގައި ހާލަތު ނިމެންދެން ބައިތިއްބާނަން.
17:46
ބްރެޒިލް ގައި އިތުރު 496 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 25 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 25758 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން 1557 މީހަކު ވަނީ މަރުވެފައި.
17:46
BREAKING NEWS: Magumahchah Nikuhna Meehun 14 Dhuvas Vandhen Quarantine Kuran Ninamifi https://t.co/ErpNhctWuG
— Vaguthu Online (@VaguthuOnline) April 15, 2020
17:40
އެސިސްޓަންޓް ކޮމިޝަނާ އިސްމާއިލް ނަވީން: އަޅުގަނޑުމެން މީހުންނާ މެދުގައި ފިޔަވަޅު އަޅާނީ ދާ ތަނާއި އެއްޗެހި ސާފުކޮށްފައި. ބޭނުމަކީ ރައްޔިތުން ޖޫރިމަނާ ކުރުމެއް ނޫން. އެންމެ ފަހު އޮޕްޝަނެއްގެ ގޮތުގައި ޖޫރިމަނާ ކުރީ. އެކަމަކު، މިފަހަރު 1000ރ. އިން ޖޫރިމަނާ ކުރާނަން. އަދި ކަރަންޓީނު ފެސިލިޓީތަކަށް ގެންދަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރާނަން.
17:37
އެސިސްޓަންޓް ކޮމިޝަނާ އިސްމާއިލް ނަވީން: ބޭރުގައި އުޅޭ މީހުންނަށް ފިޔަވަޅު އެޅުމުގައި ކުރިއަށް ވުރެ ބޮޑަށް ސްޓްރިކްޓް ވާނެ. އެއްވެސް މީހަކަށް ބޭނުމެއް ނެތި ބޭރު ތެރޭގައި އުޅުމުގެ ފުރުސަތު ނުދޭނަން. އެފަދަ މީހުން ދާން ޖެހޭނީ 14 ދުވަހުގެ ކަރަންޓީނު ފެސިލިޓީއަކަށް.
17:36
BREAKING | Covid-19: Netherlands In Ithuru 189 Meehaku Maruvehjehttps://t.co/bCigmofMKm
— Vaguthu Online (@VaguthuOnline) April 15, 2020
17:35
އެސިސްޓަންޓް ކޮމިޝަނާ އިސްމާއިލް ނަވީން: މާލެ އަށް ދަތުރުފަތު ކުރާ މީހުން މިވަގުތު މާލެ އަށް ދަތުރު ނުކޮށް އެހެން ރަށްރަށަށް ޑައިވާޓް ކުރުން މުހިންމު. މާލޭގައި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުން އެބަތިބި. ޓުވިޓާގައި ދޭ ނަންބަރަށް ގުޅައިގެން އެކަން ހަމަޖެއްސުމަށް ދަންނަވަން.
17:33
އެސިސްޓަންޓް ކޮމިޝަނާ އިސްމާއިލް ނަވީން: ޑެލިވަރީ ސާވިސް މިރޭ ވަކި ގަޑިތަކެއްގައި ހުއްދަ ދެވިފައިވާ ތަންތަނަށް ކުރެވޭނެ. މަގުމައްޗަށް ނުކުންނަ ހުރިހާ އެންމެން އަތުގައި އައިޑެންޓިޓީ އޮންނަން ވާނެ. ޒަރޫރީ އެކިއެކި ކަންތައްތައް ކުރުމަށް، މިސާލަކަށް ގޭސް އަދި ފެން ޑެލިވަރީ ކުރުމުގައި އުސޫލުތަކެއް ކަނޑައެޅޭނެ.
17:30
ފުލުހުންގެ ޕްރެސް ކޮންފަރެންސް ފަށައިފި.
17:29
ކޮންޓެކްޓްވި މީހާއާ ބައްދަލުވި ކަމަށް ބެލެވޭ މީހުންގެ ސާމްޕަލްތައް މާލެ އާއި ހުޅުމާލޭގައި ދަނީ ނަގަމުން.
17:29
Furabandhu Kurumun Maadhama MMA Adhi Bank Thah Bandhu Kuran Nihmmaifihttps://t.co/VGy6hmKVIN
— Vaguthu Online (@VaguthuOnline) April 15, 2020
17:24
އެންއޯއީސީގެ ޕްރެސް ކޮންފަރެންސް ނިންމާލައިފި. ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފެށޭނެ.
17:23
Raajjeyge Ethereyge Udhuhunthah Medhukandaalaifihttps://t.co/UxrjdvW06O
— Vaguthu Online (@VaguthuOnline) April 15, 2020
17:21
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: އަޅުގަނޑުމެން އެންމެން އެކީގައި މިތިބީ އެކީގައި. ވަކި ފަންތިއަކަށް ވަކި މީހަކަށް ތަފާތު ކުރުމެއް ނެތް މި ބަލީގައި. ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ކޮންމެ ދުވަހަކު ބައްދަލުކޮށް އެންމެ ފަހުގެ މައުލޫމާތު ދޭނަން.
17:20
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ސުނާމީ ވެސް ދިވެހިންނާ ބައްދަލު ކުރި. މިވަގުތު އެންމެން ވެސް އެކީގައި ތިބެންވީ، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންވީ. މިވަގުތު އެންމެ މުހިންމު ކަމަކަށް ކުރެވޭނީ ސިއްހީ މާހިރުންގެ ލަފާ އަޑު އަހައި ގޭގައި ތިބުން. މިކަމުން ދާދި އަވަހަށް އަރައިގަނެވޭނެ. އެއްކޮށް ދިމާވެގެން އުޅޭ މީހުންގެ އަދަދު ވީހާވެސް މަދުކޮށްދިނުން. ހިސާބު ޖަހައި ފެންނަން ހުރި ޕްރޮޖެކްޝަނަށް ވުރެ ރަނގަޅު ގޮތް ލިބުން. މިއީ ބިރުވެރި ވަގުތެއް އެންމެންނަށް ވެސް. އަޅުގަނޑު އެދޭ ކަމަކީ ބިރުވެރިކަމުގެ މައްޗަށް ހިކުމަތްތެރިކަން އިސް ކުރުން.
17:18
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މިއަދަކީ ދިވެހި އެކަކު ވެސް ދެކެން ބޭނުންވި ދުވަހެއް ނޫން. އެކަމަކު ތައްޔާރުވަމުން އައީ ކޮމިއުނިޓީ ސްޕްރެޑެއް އައިސްފި ނަމަ، އަމަލު ކުރާނެ ގޮތަށް. މިހާރު ރާއްޖެ ދަތުރު ކުރަނީ ކާރިސާއެއްގެ ތެރޭގައި. ދިރިއުޅުމުގެ ހާލަތު ބަދަލުވާނެ. ކެތްކޮށްލަން ޖެހޭ ވަގުތު އަންނާނެ. ރައީސް ދެއްވި ޔަގީންކަމަކީ ޒަރޫރީ ބޭނުންތަކާއި ކާބޯތަކެއްޗާއި ބޭސް މެދުކެނޑުމެއް ނެތި ލިބޭނެ ކަން. އެއްވެސް މީހަކު ބާކީކޮށްނުލާނެ ކަން.
17:14
Ehee Foaru Kohdheyn Bangladesh Ge Askaree Manavareh Raajje Aumah Dhathuru Fashaifihttps://t.co/VYm9WChvc7
— Vaguthu Online (@VaguthuOnline) April 15, 2020
17:11
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: އަޅުގަނޑު ވެސް އައިސޮލޭޓްވާން ޖެހޭ ހާލަތަށް ދިޔައީމަ ދާނަން. އެހެންވީމަ މި ދަންނަވަނީ ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކޭ.
17:03
Keitherive Irushaadhu Thakah Boalenbumah Naibu Raees Ilthimaas Kurahvvaifihttps://t.co/61oab7dBFU
— Vaguthu Online (@VaguthuOnline) April 15, 2020
16:54
Fassivi Meehaa Aai Bahdhaluvi Meehun Addu Aai Vaadhoogaihttps://t.co/FsQF0OgKd4
— Vaguthu Online (@VaguthuOnline) April 15, 2020
16:53
މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު: ފައްސިވި ދިވެހި މީހާއާ ބައްދަލުވި ބައެއް މީހުން ގދ. ވާދޫ އާއި އައްޑޫގައި އެބަތިބި. އެއީ އައްޑުގައި ދެ މީހުންނާއި ވާދޫގައި ދެ މީހުން.
16:49
BREAKING: Fassivi Meehaa Aa Bahdaluvi 54 Meehaku Isolate Kohffihttps://t.co/7AfYeVDB6v
— Vaguthu Online (@VaguthuOnline) April 15, 2020
16:46
މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު: ބަލި މީހާއާ ކޮންޓެކްޓްވި ކަމަށް ބެލެވޭ 54 މީހެއްގެ ސާމްޕަލް ވަނީ ނަގާފައި. ހަތަރު ވަރަކަށް ގޭގެ މީހުން އެބައުޅޭ އެމީހާއާ ބައްދަލުވި.
16:45
ޑރ. އަލީ ލަތީފް: މި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ ފުރުސަތު ވަރަށް ބޮޑު.
16:44
ޑރ. އަލީ ލަތީފް: ވެކްސިނެއް ލިބެންދެން ގޭގައި މަޑުކުރުން މިވަގުތު މުހިންމީ. މިކަމަށް ނަގާފާނެ އަހަރެއް. ލޮކްޑައުން ކުރި އެއް ސަބަބަކީ ކޮންޓެކްޓް ޓްރޭސިން ހަދަން. ލޮކްޑައުން ކުރީ 24 ގަޑިއިރަށް، 24 ގަޑިއިރު ހަމަވީމަ، އިތުރަށް ބަލާފައި އިތުރު ކުރަން ވެސް ޖެހިދާނެ.
16:43
ޑރ. އަލީ ލަތީފް: މާލެ އިން ބަލި ޖެހުނު މީހާ ޕޮޒިޓިވްވީ، އެއްވެސް ވަރަކަށް ސިމްޓަމެއް ނެތް މީހެއްގެ ފަރާތުން ކަމަށް ބެލެވޭ.
16:42
ޑރ. އަލީ ލަތީފް: މި ބަލި ގިނަ ވާ ނަމަ، ހޯމް ކަރަންޓީނު ބައެއް މީހުން ކުރަން ޖެހިދާނެ.
16:40
ޑރ. އަލީ ލަތީފް: އެއްވެސް ކަހަލަ ސޯޝަލް ޑިސެންޓެންސިން އެއް ނުބަހައްޓާ. ތިން މީހުންނަށް ވުރެ ގިނަ މީހުން ބޭރަށް ނުކުތުން މަނާ ވިޔަސް އެކަން ވެސް އެބަ ފެނޭ. މިވަގުތު އެންމެ ރަނގަޅު ވާނީ ގެއިން ބޭރަށް ނުނިކުމެ ގޭގައި ތިބުން.
16:40
BREAKING: Sihhee Hidhumaitherin Kuree Safah Nukuthumah Thayyaaruvumah Govaalaifihttps://t.co/jK4LfoKcsA
— Vaguthu Online (@VaguthuOnline) April 15, 2020
16:37
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: ހުރިހާ ހިސާބެއްގައި ތިބި ސިއްހީ ހިދުމަތްތެރިންނަށް އިލްތިމާސް ކުރަނީ މި މަސައްކަތުގެ ފްރަންޓުލައިނަށް ނުކުތުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ތައްޔާރުވާށޭ. ހިދުމަތުގައި ތިބި މީހުންނާއި ކުރިން ހިދުމަތް ކުރި މީހުންނާއި ތަމްރީންވަމުންދާ މީހުން ސިއްހީ ދާއިރާ އަށް ނުކުތުމަށް ތައްޔާރުވުމަށް އިލްތިމާސް ކުރަން.
16:36
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: އަޅުގަނޑުމެންގެ އަންދާޒާ ކުރާ ބަލާ އިރު، މިއީ ބަލި ފެތުރޭ ދުވަސްވަރު. އެހެންވީމަ، ކެތްތެރިކަމާ އެކު ރައްޔިތުން އަމަލުކުރަން ޖެހޭ. އެއް ބަޔަކު އަނެއް ބަޔަކު އަޅާލުމާއި އޯގާތެރިކަން ދޭން ޖެހޭ.
16:36
BREAKING: Covid-19: Fassi Vi Meehaa Aai Raajje In Beyrun Ai Meehakaai Contact VI Kammeh Adhi Neygehttps://t.co/nphBKpmrKI
— Vaguthu Online (@VaguthuOnline) April 15, 2020
16:35
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: މިވަގުތު އެންމެ މުހިންމީ ކެތްތެރިކަމާ އެކީގައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލު ކުރުން. އަޅުގަނޑުމެން މިވަގުތަށް ދިޔައީ ތައްޔާރުވަމުން. މިފަދަ ހާލަތެއްގައި މާލެ ތެރޭގައި ކަންކަން ކުރެވޭނެ ގޮތްތައް ތަރުތީބުކޮށްފައި ވަނީ. ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް އިންތިޒާމު ހަމަޖައްސަމުން މި ދަނީ. މި ބަލީގެ ފަރުވާއަކީ ގޭގައި ތިބުން.
16:33
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: މިއަދު ޕޮޒިޓިވްވީ ރާއްޖެ އިން ބޭރުން އައި، އަދި ބޭރުން އައި މީހަކާ ސީދާ ގުޅުން ހުރި މީހެއް ކަމަށް ނުބެލެވޭ. އަދި އެއީ ކައިރި މުސްތަގުބަލެއްގައި ރާއްޖެ އިން ބޭރަށް ދިޔަ މީހެއް ކަމަށް ނުބެލެވޭ. މާލެ ސަރަހައްދު މިހާރު މިއޮތީ ލޮކްޑައުން ހާލަތުގައި. ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓް ވި މީހުން ހޯދުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން މިދަނީ. މިހާ އަވަހަށް ލޮކްޑައުންއަކަށް ދިޔައީ ބަލި ފެތުރުނަ ނުދިނުމަށް.
16:30
އެންއީއޯސީގެ ޕްރެސް ކޮންފަރެންސް ފަށައިފި.
16:29
Covid-19: Wamco In Kuni Ukumuge Hidhumaiy Medhu kandaalaifi https://t.co/4eU1LTrACm
— Vaguthu Online (@VaguthuOnline) April 15, 2020
16:25
COVID-19 : Spain In Ithuru 523 Meehaku Maruvejjehttps://t.co/hZBJ3Fa7K8
— Vaguthu Online (@VaguthuOnline) April 15, 2020
16:11
BREAKING: Raees Ge Asaradhu Gadha Thagreereh, Keerithi Kurevevi! https://t.co/68d74OfRtb
— Vaguthu Online (@VaguthuOnline) April 15, 2020
16:05
BREAKING: Ekaku Anekakah Eheetherive Oagaatherivaan Raees Edhivadaigenfihttps://t.co/gui81WeltC
— Vaguthu Online (@VaguthuOnline) April 15, 2020
16:05
BREAKING: Kehhtherikamaaeku Ehbbaarulun Dhee - Raeeshttps://t.co/GYLd1loDxG
— Vaguthu Online (@VaguthuOnline) April 15, 2020
16:03
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވީ އަސަރު ގަދަ ތަގްރީރެއް. އެމަނިކުފާނު ވަނީ ކީރިތި ވެސް ކުރައްވާފައި.
16:02
ރައީސްގެ ހިތާބު ނިންމަވާލައްވައިފި.
16:01
ރައީސް: މި ބަލިން އެންމެން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރީ ސަފުގައި މަސައްކަތް ކުރާ ހުރިހާ އެންމެންނަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ ދުއާއަކީ މި ބަލިން ރާއްޖެ ސަލާމަތް ކުރައްވައި، އާންމު ދިރިއުޅުމުގެ ހާލަތަށް ދެވޭނެ އަވަސް މަގެއް، އަޅުގަނޑުމެންނަށް ދެއްކެވުން. ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ކާމިޔާބު ކުރެއްވުމުގެ ހެޔޮ ތައުފީގު ދެއްވާށި.
16:01
ރައީސް: މިހާތަނަށް އެއްވެސް ބޭހެއް އަދި ވެކްސިނެއް ހޯދިފައި ނެތް މި ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ބޭރުތެރެއަށް ނުނިކުންނަވާ ގޭގައި މަޑުކުރެއްވުން. އަދި ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ގިނަ ގިނައިން އަތް ދޮވެ، ސާފު ތާހިރުކަމުގެ މިންގަނޑާ އެއްގޮތަށް އަމަލު ކުރުމަށް.
16:01
ރައީސް: ކާބޯތަކެއްޗާއި ޒަރޫރީ ބޭނުމަށް ބޭނުންވާ ތަކެތި ލިބެން އެބަހުރި. މިފަދަ ހާލަތުގައި ރައްޔިތުން އަމަލު ކުރަންވީ ގޮތުގެ ތަފްސީލްތައް ޓެކްނިކަލް ޓީމުތަކާއި މީޑިއާތަކުން ހާމަކުރަމުން ގެންދާނަން. އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ އެކަކު އަނެކަކާ ދެމެދު އޯގާތެރިކަމާއި އެކުވެރިކަމާ އެކީގައި މުއާމަލާތް ކުރުމަށް. އަދި ކެތްތެރިކަން އިސްކޮށް އިސްލާމް ދީނުގެ މަތިވެރި އުސޫލުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް.
15:57
ރައީސް: ކޮންޓެކްޓް ޓްރޭސިން މަސައްކަތް ނިމެންދެން މާލެ ސަރަހައްދު ވާނީ 24 ގަޑިއިރަށް ބަންދުކޮށްފައި. އަދި ބަލި ޖެހުނު މީހާ އާ ކޮންޓެކްޓްވި މީހަކު ކ. ކާށިދޫ އަށް ދަތުރި ކަމަށް ބަލައި، އެ ރަށް އޮތީ މޮނިޓަރިން ހާލަތުގައި. އަޅުގަނޑު އެދެނީ މިކަމުގައި އެންމެން އެއްބާރުލުން ދިނުމަށް. އާންމު ދިރިއުޅުމުގައި ކަންކަން ކުރަން ބޭނުންވާ އިރު، އެކަންކަން ކުރުމުގައި ދަތިވާނެ ކަން. އެނގޭ. ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކީގައި އެކުގައި މަސައްކަތް ކުރެވިއްޖެ ނަމަ، މިކަމުން އަރައިގަނެވޭ.
15:56
ރައީސް: މި ބަލި ފެތުރުން ކުޑަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން.
15:55
ރައީސް: އެމީހާ އަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުން މިދަނީ. މިވަގުތު އެމީހާއާ ސީދާ ބައްދަލުވި މީހުން ދެނެގަނެވިފައި ވަނީ. އެ ނޫން ގޮތް ގޮތުން ބައްދަލުވި މީޙުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ. މިހާތަނަށް 11 މީހެއްގެ ސާމްޕަލް ވަނީ ނަގާފައި.
15:54
ރައީސް: އެންމެ ފަހުން ބައްޔަށް ޕޮޒިޓިވްވި މީހާ ޓެސްޓް ކުރީ އިއްޔެ.
15:54
ރައީސް: ރާއްޖޭގައި ކޮވިޑް-19 ފެތުރިދާނެ ހާލަތަށް އޮތީ ތައްޔާރަށް. ރާއްޖެ އޮތީ ވަރަށް ބޮޑަށް މިކަމަށް ތައްޔާރުވެގެން. ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖޭގައި ފެތުރޭނެ ކަމަށް ބަލައި، ޖެނުއަރީ މަހުން ފެށިގެން ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ފެށި.
15:53
BREAKING: Divert Kuri Flight Gai Fassivi Meehaa Contact Vi Meehehhttps://t.co/F58YES1QV7
— Vaguthu Online (@VaguthuOnline) April 15, 2020
15:53
America Ge Raees Kamah Kurimathi Laa Joe Biden Ah Obama Thaaeedhu Kuravvaifihttps://t.co/NqVmhDjnLt
— Vaguthu Online (@VaguthuOnline) April 15, 2020
15:52
ރައީސް ގައުމާ މުހާތަބް ކުރައްވަނީ.
15:37
VB Mart In Edhenee Geygai Thibegen Viyafaari Kurumahhttps://t.co/S0zSJk6fzi
— Vaguthu Online (@VaguthuOnline) April 15, 2020
15:21
BREAKING: Male Sarahadhhun Ulhandhuthah Furun Manaakohffihttps://t.co/mpUpHeZNkX
— Vaguthu Online (@VaguthuOnline) April 15, 2020
15:12
Breaking News: Belgium In Ithuru 283 Meehaku Maruvejjehttps://t.co/SBAHkjpToV
— Vaguthu Online (@VaguthuOnline) April 15, 2020
15:03
BREAKING: 15:30 Ge Kurin Enmmen Geah Vadhey - Fuluhunhttps://t.co/JKhNZKN4rC
— Vaguthu Online (@VaguthuOnline) April 15, 2020
14:50
BREAKING: Raees Gaumaai Muhaathab Kuravvaneehttps://t.co/PjjLaFaYST
— Vaguthu Online (@VaguthuOnline) April 15, 2020
14:47
މާލެ ސަރަހައްދު ފުރަބަންދު ކުރިކަން ލައުޑް ސްޕީކަރުން ގޮވަމުން އެބަދޭ. ގޮވަމުން ދަނީ އެންމެން ގެއަށް ވަނުމަށް.
14:42
BREAKING: Male in Kahdhoo Ah Dhathuru Kuri Flight Eh Divert Kohffi https://t.co/HLQuG5M3nd
— Vaguthu Online (@VaguthuOnline) April 15, 2020
14:34
BREAKING NEWS: Male' Furabandhu (Lockdown) Kohffihttps://t.co/fhc4Ieuvvb
— Vaguthu Online (@VaguthuOnline) April 15, 2020
14:29
BREAKING: Male Furabandhu Kuraneehttps://t.co/g6K5kuaFSt
— Vaguthu Online (@VaguthuOnline) April 15, 2020
14:27
Now is the time to ensure #PhysicalDistancing.
•Don’t crowd at shops.
•Don’t go out to see what’s happening.
•Go home! Stay home!Take all precautions. Even before authorities take the strictest enforcement measures.
— Abdulla Niyaf (@niyaf) April 15, 2020
14:26
Male' akee emme thojjehun bodu eh city dhuniyeyge nisbathunves. Social distancing practice kuran emme undhagoovaane eh city....Kuriyah othee vissaara moosun! COVID19 aa Dengue aa ehenihen balithakun in mi qaumu salaamai kuravvaashi! Aameen!
— Dr Mohamed Muizzu (@MMuizzu) April 15, 2020
14:14
Male' In Baeh Meehun Furanee, Aneh Bayaku Fihaarathakah, Ei Goaheh! https://t.co/svP9NTNtIR
— Vaguthu Online (@VaguthuOnline) April 15, 2020
14:13
BREAKING: Mivaguthu Thanthanah Nufuraa Madukoh Dhee - Sarukaaruhttps://t.co/T2qfMdyOax
— Vaguthu Online (@VaguthuOnline) April 15, 2020
14:06
Geyga Madu Kurey, Deliver Kohdheynan - STOhttps://t.co/UcjoplhWSo
— Vaguthu Online (@VaguthuOnline) April 15, 2020
13:32
BREAKING: Aammu Meehakah Naseyhai Dhin Doctorakah Hamalaadheefihttps://t.co/u5lz5Z5uhk
— Vaguthu Online (@VaguthuOnline) April 15, 2020
12:41
BREAKING NEWS: Kaashidhoo Quarantine Kohfi https://t.co/KXfufkNt4M
— Vaguthu Online (@VaguthuOnline) April 15, 2020
12:37
Gein Beyrah Nunikuhnan Ilthimaaskohfi https://t.co/SOUJsmDEEj
— Vaguthu Online (@VaguthuOnline) April 15, 2020
12:25
ކުއްލި ނޫސް ކޮންފަރެންސް ދެ ވަނަ ފަހަރަށް ފަސްކޮށްފި. ދެން ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ އިރެއް ނުބުނޭ.
12:17
12:10
BREAKING NEWS: Male' In Covid-19 Jehunee Ehves Gaumakah Dhathuru Kohfaivaa Meehakah Noon https://t.co/aw3gEpUBNX
— Vaguthu Online (@VaguthuOnline) April 15, 2020
12:05
BREAKING: Male' Furabandhu Kurumaa Medhu Gotheh Ninmanee https://t.co/OFmoyxvxGM
— Vaguthu Online (@VaguthuOnline) April 15, 2020
11:56
މާލެ އިން ބައްޔަށް ފައްސިވި މީހާ ދިރިއުޅެނީ އޭސް ހާޑްވެއާ ކައިރީގައި ހުންނަ ގެއްގައި. އެ ތަނުގައި ތިން އެމްބިއުލާންސް އެބައޮތް.
11:46
ޕްރެސް ކޮންފަރެންސްގެ ގަޑި 12:30 އަށް ވަނީ ބަދަލުވެފައި.
11:40
Mabrook Ge Message: Mee Undhagoo Vagutheh, Othee Keitherivun https://t.co/3G51h6lVBa
— Vaguthu Online (@VaguthuOnline) April 15, 2020
11:38
We urge everyone to stay calm and adhere to the directions by relevant authorities.
Please;
👉🏼 #StayHome
👉🏼 Observe #PhysicalDistancing ←3ft→
👉🏼 Proper and regular #handwashing with soap and water
👉🏼 Follow verified sources of information. 📄
— Maldivian Red Crescent (@maldivianrc) April 15, 2020
11:36
Covid19: Bali Jehunu Meehaku Beyrah Dhaan Mihaaru Gannanee Amashaku Bireh Noon https://t.co/VMg2Kc04Lh
— Vaguthu Online (@VaguthuOnline) April 15, 2020
11:24
މާލެ އިން ފައްސިވި ދިވެހި މީހާ ދިރިއުޅޭ ގޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި. އެ ގެއަށް ވަދެ ނުކުތުން މަނާކޮށްފައިވާ އިރު، ފުލުހުން ދަނީ އެ ގެ ކައިރީގައި ފޯރިމަރަމުން.
11:05
Covid-19: Gamuga Huri Geakah Vadhe Nukuthun Manaa Koffi https://t.co/0M6Y332ZqF
— Vaguthu Online (@VaguthuOnline) April 15, 2020
11:00
މިވަގުތު ގޭގައި މަޑުކޮށްލުމަށް ޕްރޮފެސަރ އުގައިލް އެދިވަޑައިގެންފި. އުގައިލް މިކަމަށް އެދިވަޑައިގެންނެވީ މާލެ އިން މިއަދު ކޮވިޑް-19 ފެނުމުން ދެންމެ ކުރެއްވި ޓްވީޓެއްގައި.
މިވަގުތު ގޭގަ މަޑުކޮށްލައްވާ. އަޅުގަނޑު ވެސް މިއަހަރުގެ ޖެނުއަރީ މެދެއްހާ ހިސާބުން ފެށިގެން ގޭގަ މަޑުކޮށްލީ މިބަލީގެ ބިރު އިހްސާސް ކުރެވޭތީ.
— Professor Ugail (@ugail) April 15, 2020
10:55
މާލެ ލޮކް ޑައުންއަކަށް ދާނެތޯ ނުވަތަ ނޫންތޯ އަދި ކަނޑައަޅާފައި ނުވާ ކަމަށްވޭ.
10:51
70 Vaccine Eh Ufehdhun Kuriyah Ebadhey, 3 Vaccine Test Kuran Fashaifi https://t.co/tP1TASN9hY
— Vaguthu Online (@VaguthuOnline) April 15, 2020
10:48
އާންމުންގެ ތެރެއިން އެކަކު ފެނުނަސް، އެ ވައިރަސް ވަރަށް ބާރަށް ފެތުރުމުގެ ފުރުސަތު އޮތްކަން، ކަމާ ބެހޭ ފަރާތްތަކުން ކުރިން ވަނީ ބުނެފައި.
10:47
ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިހާތަނަށް މަސައްކަތް ކުރީ އެއްވެސް ހިސާބެއްގައި ބަލި ފެތުރުނަ ނުދިނުމަށް. މާލެ އިން ފުރަތަމަ ކޭސް ފެނުމާ ގުޅިގެން ގިނަ ބައެއްގެ މެދުގައި މިހާރު ވަނީ ކަންބޮޑުވުން އުފެދިފައި. ހާއްސަކޮށް، މާލެ އިން ކޭސް އެއް ފެނުމަކީ ބަލި އިތުރަށް ފެތުރެން ދިމާވެދާނެ މަގެއް.
10:44
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ހާއްސަ ޕްރެސް ކޮންފަރެންސް މިއަދު 12 ޖަހާ އިރު، ބާއްވާ އިރު، ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ލީޑަރު. ޑރ. އަލީ ލަތީފު. މި ޕްރެސް ކޮންފަރެންސްގައި މުހިންމު ގިނަ ނިންމުންތަކެއް ނިންމާނެ ކަމަށް މިހާރު ވަނީ ބެލެވިފައި. ހާއްސަކޮށް، މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުން ގާތް.
10:43
މާލެ އިން ފައްސިވި މީހާ އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވޭ. އެކަމަކު، އެމީހާ ގެންދަނީ ކޮން ތަނަކަށް ކަމެއް އަދި ނޭނގޭ. އޭނާ މި ފަހުން އެއްވެސް ތަނަކަށް ދަތުރެއް ކުރި ކަން އަދި އެނގޭކަށް ނެތް. އަދި ކަރަންޓީނު ފެސިލިޓީއެއްގައި ކުރިން ހުރި ކަމެއް ވެސް އަދި އެނގެން ނެތް.
10:42
ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 21 އަށް އަރާފައި. އޭގެތެރޭގައި ހަ ދިވެހިން ހިމެނޭ.
10:38
މާލެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކު ފެނުމާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ފަށައިފި. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި މާލޭގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ. އަދި މިއަދު މެންދުރު 12 ޖަހާ އިރު، ކުއްލި ނޫސް ކޮންފަރެންސްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި.
10:34
Sih'hee Dhaairaaga Massakaiy Kuraa Meehunah Allowance Eh Hama Jassanee https://t.co/wkg3L9K8Sk
— Vaguthu Online (@VaguthuOnline) April 15, 2020
10:16
BREAKING NEWS: Male' In Meehaku Covid-19 Ah Fassi (Positive) Vejje https://t.co/kDZDQn9pG6
— Vaguthu Online (@VaguthuOnline) April 15, 2020
09:51
Community Spread Nehkan Yageenvaanama, Survilance Harakaatheh Nuhingaane: Dr.Nazla https://t.co/3Sw6h4f4fM
— Vaguthu Online (@VaguthuOnline) April 15, 2020
09:42
Ahna Aharuge March Mahaai Hama Ah Covid-19 Fethureyne - Report https://t.co/hZ2Ew7IauH
— Vaguthu Online (@VaguthuOnline) April 15, 2020
08:42
3 Hafthaage Faruvaa Ahfahu Fellaini Geah Dhookollaifi https://t.co/lhu58UZzd4
— Vaguthu Online (@VaguthuOnline) April 15, 2020
08:24
BREAKING NEWS: Covid-19: America In Record Adhadhakah Meehun Maruvejje https://t.co/aIjoylw2IF
— Vaguthu Online (@VaguthuOnline) April 15, 2020
04:24
ބްރެޒިލުން އިތުރު 343 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު 25،262 އަށް އަރައިފި
04:23
ބްރެޒިލުން ކޮވިޑް-19 ޖެހިގެން 43 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން މަރުވި މީހުންގެ އަދަދު 204 އަށް އަރައިފި. މިހާތަނަށް އެގައުމުން 1532 މީހަކު ވަނީ މި ބަލީގައި މަރުވެފަ
04:12
BREAKING NEWS: Covid-19: America In WHO Ah Faisaa Dhinun Huttaalaifihttps://t.co/wLpngWuMRY
— Vaguthu Online (@VaguthuOnline) April 14, 2020
03:43
އެމެރިކާއިން އިތުރު 922 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 611156 އަށް އަރާފަ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެގައުމުން 24215 މީހަކު ފައްސިވެފައިވޭ
03:42
ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 70 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 25924 އަށް އަރައިފި. އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 2284 މީހަކު ވަނީ މަރުވެފަ
02:57
އެމެރިކާއިން އިތުރު 233 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 610467 އަށް އަރާފަ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެގައުމުން 23536 މީހަކު ފައްސިވެފައިވޭ
02:56
ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 15 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 25854 އަށް އަރައިފި. އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 2214 މީހަކު ވަނީ މަރުވެފަ
02:49
ނޭޕާލުން އިތުރު 2 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު 16 އަށް އަރައިފި. އެގައުމުން އަދި މިހާތަނަށް މި ބަލީގައި އެއްވެސް މީހަކު މަރުވެފައެއް ނުވޭ
02:48
ސީރިޔާއިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު 29 އަށް އަރައިފި. ސީރިޔާއިން މިހާތަނަށް 2 މީހަކު ވަނީ މަރުވެފަ
02:46
އިތިއޯޕިއާއިން އިތުރު 8 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު 82 އަށް އަރައިފި. އެގައުމުން މިހާތަނަށް 3 މީހަކު ވަނީ މަރުވެފަ
02:45
ސްރީލަންކާއިން އިތުރު 16 މީހަކު ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު 233 އަށް އަރައިފި. ލަންކާއިން މިހާތަނަށް 7 މީހަކު ވަނީ މަރުވެފަ
02:44
ކޮވިޑް-19 ޖެހިގެން ބަންގްލަދޭޝް އިން އިތުރު 7 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 46 އަށް އަރައިފި. އެގައުމުން އިތުރު 209 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 1012 އަށް އަރާފަ
02:44
ކޮވިޑް-19 ޖެހިގެން ކުވެއިތުން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 3 އަށް އަރައިފި. އެގައުމުން އިތުރު 55 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 1355 އަށް އަރާފަ
02:43
ކޮވިޑް-19 ޖެހިގެން އަލްޖީރިޔާއިން އިތުރު 13 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 326 އަށް އަރައިފި. އެގައުމުން އިތުރު 87 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 2070 އަށް އަރާފަ
02:43
ކޮވިޑް-19 ޖެހިގެން މިސްރުން އިތުރު 14 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 178 އަށް އަރައިފި. އެގައުމުން އިތުރު 160 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 2350 އަށް އަރާފަ
02:42
ކޮވިޑް-19 ޖެހިގެން އިންޑިނޭޝިޔާއިން އިތުރު 60 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 459 އަށް އަރައިފި. އެގައުމުން އިތުރު 282 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 4839 އަށް އަރާފަ
02:41
ކޮވިޑް-19 ޖެހިގެން ސްވިޑެން އިން އިތުރު 114 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 1033 އަށް އަރައިފި. އެގައުމުން އިތުރު 497 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 11445 އަށް އަރާފަ
02:41
ކޮވިޑް-19 ޖެހިގެން ނެދަލޭންޑުން އިތުރު 122 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 2945 އަށް އަރައިފި. އެގައުމުން އިތުރު 868 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 27419 އަށް އަރާފަ
02:40
ކޮވިޑް-19 ޖެހިގެން ޖަރުމަނުން އިތުރު 100 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 3294 އަށް އަރައިފި. އެގައުމުން އިތުރު 1287 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 131359 އަށް އަރާފަ
02:39
އެމެރިކާއިން އިތުރު 620 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 610234 އަށް އަރާފަ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެގައުމުން 23293 މީހަކު ފައްސިވެފައިވޭ
02:38
ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 45 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 25839 އަށް އަރައިފި. އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 2199 މީހަކު ވަނީ މަރުވެފަ
02:06
ކޮވިޑް-19 ޖެހިގެން އައިލޭންޑުން އިތުރު 41 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 406 އަށް އަރައިފި. އެގައުމުން އިތުރު 832 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 11479 އަށް އަރާފަ
02:05
ކޮވިޑް-19 ޖެހިގެން އިންޑިޔާއިން އިތުރު 35 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 393 އަށް އަރައިފި. އެގައުމުން އިތުރު 1034 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 11487 އަށް އަރާފަ
02:05
އެމެރިކާއިން އިތުރު 1283 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 609614 އަށް އަރާފަ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެގައުމުން 22673 މީހަކު ފައްސިވެފައިވޭ
02:04
ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 193 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 25794 އަށް އަރައިފި. އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 2154 މީހަކު ވަނީ މަރުވެފަ
01:58
BREAKING | Covid-19: Brazil In Ithuru 161 Meehaku Maruvehjehttps://t.co/hMMPcWpjZL
— Vaguthu Online (@VaguthuOnline) April 14, 2020
01:55
ކޮވިޑް-19 ޖެހިގެން ކެނެޑާއިން އިތުރު 118 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 898 އަށް އަރައިފި. އެގައުމުން އިތުރު 1217 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 26897 އަށް އަރާފަ
01:53
ކޮވިޑް-19 ޖެހިގެން ތުރުކީން އިތުރު 107 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 1403 އަށް އަރައިފި. އެގައުމުން އިތުރު 4062 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު މިވަނީ 65111 އަށް އަރާފަ
01:52
އެމެރިކާއިން އިތުރު 21،390 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 608،331 އަށް އަރައިފި
01:51
އެމެރިކާއިން އިތުރު 1961 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 20،601 އަށް އަރައިފި
01:21
BREAKING NEWS: Covid-19: America In Fassivi Meehunge Adhadhu 600,000 Ah Araifihttps://t.co/kGYkm9wyfb
— Vaguthu Online (@VaguthuOnline) April 14, 2020
01:00
Covid-19: Beys Ufahdhaa Emme Bodu 2 Kunfunin Gulhigen Faruvaa Eh Hoadhan Amaazu Hifaifihttps://t.co/cL2YD0UM18
— Vaguthu Online (@VaguthuOnline) April 14, 2020
00:38
Covid-19: 2 Aharah America Ge School Thah Bandhu Kuran Jehidhaanehttps://t.co/vLp6GSDmAl
— Vaguthu Online (@VaguthuOnline) April 14, 2020
ކޮވިޑް-19 ޖެހުނު މީހުންނާއި މަރުވި މީހުންގެ އަދަދު ފާއިތުވި ދެތިން ދުވަހު މަދުވުމަށްފަހު މިއަދު މަރުވާ މީހުންނާއި، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ. ބަލި ކޮންޓްރޯލް ވަމުން އަންނަ ކަމަށް ބެލެވިފައިވާ އިނގިރޭސިލާތް، އިޓަލީވިލާތް، ފަރަންސޭސިވިލާތް އަދި ސްޕޭނުން މަރުވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު އެމެރިކާ އިން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.
މިވަގުތާއި ހަމައަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު މިއަދު މިހާތަނަށް 5,500 މީހުން މަރުވެ 59,170 މީހުން ވަނީ ފައްސިވެފައެވެ. މިއަދު އަދި ހުރިހާ ގައުމަކުން މަރުވި މީހުންނާއި، ފައްސިވި މީހުންގެ އަދަދު ނުލިބެއެވެ. އެހެންކަމުން ހުރިހާ ގައުމެއްގެ ރަސްމީ އަދަދުތައް ލިބޭއިރު ފާއިތުވި ތިން ދުވަސްތެރޭގައި އެންމެ ގިނަ މީހުން މަރުވާ ދުވަހަކަށް މިއަދު ވުން އެކަށީގެންވެއެވެ.
ހޮނިހިރު ދުވަހު މަރުވީ 6092 މީހުންނެވެ. އާދީއްތަ ދުވަހު މަރުވީ 5417 މީހުންނެވެ. ހޯމަ ދުވަހު މަރުވީ 5421 މީހުންނެވެ.
BREAKING NEWS: Italy In Maruvi Meehunge Adhadhu Anehkaaves Ithuruvejje https://t.co/thyBwO74Pa
— Vaguthu Online (@VaguthuOnline) April 14, 2020
BREAKING NEWS: France In Maruvi Meehunge Adhadhu Varah Bodah Ithuruvejje https://t.co/5BwHehuszy
— Vaguthu Online (@VaguthuOnline) April 14, 2020
COVID-19 : UK In Ithuru 778 Meehun Maruvejjehttps://t.co/sbva4xBsIk
— Vaguthu Online (@VaguthuOnline) April 14, 2020
COVID-19 : Spain In Ithuru 567 Meehun Maruvejjehttps://t.co/sNdtRu3VyR
— Vaguthu Online (@VaguthuOnline) April 14, 2020
މިއަދު ރާއްޖެ އިން ލިބުނު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެގެން ހިނގައިދާނެ ގޮތުގެ އަންދާޒާތައް ވަނީ މިރޭ ސަރުކާރުން އާއްމުކޮށްފައެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ދެދިވެއްސަކު ބަލިން ރަނގަޅުވި ޚަބަރު މިރޭ ވަނީ ލިބިފައެވެ.
BREAKING NEWS: Fiyavalheh Naalhaifinama Raajje In Eh Lakka Meehun Balive, 10000 Ah Vure Gina Meehun Maruvedhaane https://t.co/uhZsg873KT
— Vaguthu Online (@VaguthuOnline) April 14, 2020
BREAKING: Covid-19 Jehunu Ithuru 2 Dhivessaku Rangalhuvehjjehttps://t.co/TMOTMJcVdT
— Vaguthu Online (@VaguthuOnline) April 14, 2020
BREAKING NEWS: Varugadha Fiyavalhuthah Elhi Namaves 300 Meehun Raajje In Admit Kuran Jehidhaane https://t.co/kHXqRs8cQX
— Vaguthu Online (@VaguthuOnline) April 14, 2020
Covid19 Mujuthamaugai Fethurijje Nama Vaanegoi Andhaazaakuri Report Majileehaai Hissaaehnukuran: Sarukaaru https://t.co/35JLgw5N0z
— Vaguthu Online (@VaguthuOnline) April 14, 2020
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
COVID-19 Special Coverage - Vaguthu Online https://t.co/MGjQzV7nPy
— Vaguthu Online (@VaguthuOnline) March 11, 2020
ކޮންމެ ދުވަހަކުވެސް އެއް ސުރުޚީއެއް. ތި ސުރުޚީ ނުޖެހިޔަސް އެވަރު އެނގޭ
ތިކަން އެނގި ތިބެ ތައްޔާރުވެފަ ނެތީ ކީއްވެ؟