ކޮވިޑް-19 އާ ގުޅިގެން ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްވެސް ވަގުތީ ހިޔާގެ ގޮތުގައި ބަދަލުކޮށްފިއެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ މީހުންނަށް ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ވަނީ ސަރުކާރުން ފޯރުކޮށްދީފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެހީތެރިކަމާއެކު އެ ދެ ސްކޫލް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ.
އަދި މިހާރު އިމާދުއްދީން ސްކޫލާއި ޣާޒީ ސްކޫލް ވަނީ ވަގުތީ ހިޔާގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
"އެމްއޭސީއެލްގެ އެހީތެރިކަމާއެކު ވަގުތީ ހިޔާތަކަށް ބަދަލުކުރެވުނު 2 ސްކޫލްގެ ތެރެއިން ރެހެންދި ސްކޫލް އަދި ބޭނުންކުރަން ނުފަށާ". އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މި ސްކޫލްތަކުގެ އިތުރުން، ބޭނުންވާ މިންވަރަކުން އެހެން ސްކޫލްތައް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެދާނެ ކަމަށެވެ.
"މިއީ ކޮވިޑް-19އާ ގުޅިގެން ތަފާތު ސަބަބުތަކާހެދި ދިރިއުޅޭނެ ރައްކާތެރި ތަނެއް ނެތިފައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެއް".
މި ސްކޫލްތަކުގެ އިތުރުން، ބޭނުންވާ މިންވަރަކުން އެހެން ސްކޫލްތައް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެ. މިއީ ކޯވިޑް19އާ ގުޅިގެން ތަފާތު ސަބަބުތަކާހެދި ދިރިއުޅޭނެ ރައްކާތެރި ތަނެއް ނެތިފައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެއް.
— Ministry of Education (@MoEdumv) April 22, 2020
ޖެންޑާ މިނިސްޓްރީން ވަނީ، މާލެ ފުރަބަންދުކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓުކުރެވިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ފޯރުކޮށްދެމުން އަންނަ ކަަމަށް ވިދާޅުވެފައެވެ.
އަދި މި ފަދަ އެހީތެރިކަމެއް ބޭނުންވާ އިތުރު މީހުންގެ މަޢުލޫމާތު 3328393 އަށް ގުޅާ ހިއްސާ ކުރުމަށް އެ މިނިސްޠްރީން ވަނީ އެދިފައެވެ.
މީތޯ މަބުރޫކް ވިދާޅުވި ރަނގަޅު ވަގުތީ ހިޔާވަހިކަމަކީ ، މިހެންވީމަ އެއ އްޗެ އް ބުނަންޖެހެނީ
ބަޔަކުން ގުލާނުކުރުވަން ވަގަށް މިތަނަށް ގެނަ އި ބިދޭސީންނަށް ފަ އިވްސުޓަރ ރިސޯޓް ، ދިވެހިންނަށް ދިވެހި ބިމުގަޢި ހިތާނީ ކޭމްޕް
ހާލުގަ ޖެހޭމީހުން ވައްދަން އެކިތަންތަން ހަމަޖައްސާ އެންމެން ބަރިބަރިޔައް ޖަހާފަ އެއްތަނަކައްވައްދާފަ ބައިތިއްބާ. ތިޔައްވުރެ މާރީއްޗެއް ނޫން ހާލުގަ ޖެހިފަ މަގުމަތިވެފަ ތިބިމީހުން އެމީހުންގެ ރަށާ ހަމަޔައް ދެވޭނެ ގޮތެއް ހެދީޔާ. އެމީހުން މާލެއައިސް މަގުމަތިވެގެން އުޅެނީ ތިތަތަން ރީތި ވެގެނެއް ނޫން ވީޔާ. ރަސޯޓްތަކުން މާލެ ފޮނުވާލީމަ ރަށާ ހަމަޔައް އާދެވޭނެ ގޮތެއް ނެތިފަ ތިބީ. ތިތަނުގަ މި ރޯދަމަހު އެމީހުން ރޯދަ ހިފާނީވެސް ކިހިނެއް. މިހާރުވެސް މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން ވީޔާ
މިކަހަލަ ކަންތައްތަކުގައި ކީއްވެތަ ބޭރުކުރާ ގޭގޭގައި ނަމާއި، ވެރިފަރާތްތަކުގެ މައުލޫމާތު ހާމަ ނުކުރެވެނީ. މިފަދަ ދަނޑިވަޅެއްގައި އިންސާނިއްޔަތު ކަމެއްވެސް މި މާލޭ މީހުންގެ ނެތީތަ..