މި ރަމަޟާން މަހު، ގާތްތިމާގެ މީހުންނާއެކު ތިބުމަށް ފަސޭހަކޮށް ދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސް އޮފާތަކެއް ގެނެސްދީފިއެވެ.

އެހެން އަހަރުތަކަކޭ ހިލާފަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނާއި ބަރަކާތްތެރި ރަމަޟާން މަސް މިއަހަރު ބައްދަލުވެފައި މިވަނީ ހީވެސްނުކުރާފަދަ ގޮތަކަށެވެ. އާދަކާދަތަކުގެ ތެރެއިން އޮންނަ އުފާވެރި ބައްދަލުވުންތަކާއި، އާއިލާ އަދި އަވައްޓެރިންނާއި އެކުވެރިން ނުދެކި އެކަހެރިކަމުގެ ތެރެއިންނެވެ. އެހެނަސް، އެހެން އަހަރުތަކެކޭ އެއްފަދައިން އުރީދޫ މޯލްޑިވްސްއިން ގެނެސްދޭ ރޯދަމަހަށް ޚާއްޞަ ވީޑިއޯއިން ދައްކުވައިދެނީ އުންމީދުން ފުރިގެންވާ މެސެޖެކެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން، ހިއްސާކޮށްފައިވާ މި ވީޑިއޯއިން ދައްކައިދެނީ ތަފާތު އަށް ގައުމެއްގައި، ސްމާޓްފޯނު މެދުވެރިކޮށް ނަގައިފައިވާ މަންޒަރު ތަކެކެވެ. އެންމެން އެއްތަންވެ ވަގުތު ހޭދަނުކުރެވޭ ފަދަ ޙާލަތެއްގައިވީ ނަމަވެސް، ހިތްވަރުގަދަކޮށް އެ އުފާވެރިކަމާއި ގާތްކަން، ޑިޖިޓަލް ނެޓްވޯކްގެ އެހީގައި އެންމެނާއި އެކު ބޭއްވޭނެކަން މުޖުތަމައުތަކަށް ހަނދާން ކޮށްދޭ މެސެޖަކާއެކުއެވެ.

އުރީދޫ އިން ވަނީ ދުނިޔޭގެ އަދުގެ ހާލަތާ ގުޅިގެން، ދިވެހި މުޖުތަމައު ގުޅުވާލަދިނުމަށްޓަކާއި އިންޓަނެޓްގެ ޚިދުމަތާއި މުވާސަލާތީ ގުޅުން މެދުނުކެނޑި ބޭނުންކުރުމަށް ޚާއްސަ ފުރުސަތުތަކެއް ފަހިކޮށްދީފައެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން ރަމަޟާން މަހަށް ޚާއްސަ އޮފާތަކެއްވެސް ވަނީ އިއުލާނުކޮށްފައެވެ.

ޑެއިލީ ޑޭޓާ ކޮންބޯ
މި ރަމަޟާން މަހު އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފްކޮށްފައިވާ ޑެއިލީ ޑޭޓާ ކޮމްބޯގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ 1 ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސްއެވެ. އެންމެ 35 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރެއްވުމަށް *929*1# އަށް ގުޅުއްވާ ނުވަތަ http://ore.do/app އަށް ޒިޔާރަތްކުރައްވާށެވެ.

50 ޕަސެންޓު އެކްސްޓްރާ ޑޭޓާ
އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި ރަމަޟާން މަހު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު 50 ޕަސެންޓު ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށްhttp://ore.do/app އަށް ޒިޔާރަތްކުރައްވާށެވެ.

5x ނުވަތަ ފަސްގުނަ ބޯނަސް ޑޭޓާ
އުރީދޫ އެޕް މެދުވެރިކޮށް ކުރައްވާ 50 ރުފިޔާ އަށް ވުރެ މަތީގެ ކޮންމެ ރިޗާރޖަކާއި އެކު 5x ޑެއިލީ ޑޭޓާ ބޯނަސް ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށްhttp://ore.do/app އަށް ޒިޔާރަތްކުރައްވާށެވެ.

ނަމާދު އެލަރޓް، ވައިބަރ އަދި އެސްއެމްއެސް މެދުވެރިކޮށް
ވައިބާ އާއި އެކު އުރީދޫއިން ފޯރުކޮށްދޭ މި ޚިދުމަތާއި އެކު، ނަމާދު އެލާޓް މި ރަމަޟާން މަހު ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. މިކަމާއި ގުޅޭ ވައިބާ ސްޓިކާ ޕެކް ޑައުންލޯޑް ކުރައްވައިގެން ނަމާދު އެލާޓް އެކްޓިވޭޓް ކުރެއްވޭނެއެވެ.

މި ރަމަޟާން މަހު ނަމާދު އެލާޓު މުޅިން ހިލޭ!

އުރީދޫ އިން ބުނީ ނަމާދު އެލާޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯދުމަށް “GO” ޖެހުމަށްފަހު ފަހު 4777 އަށް އެސްއެމްއެސް ކޮށްލާށެވެ. އަދި “Ramadan” ޖެހުމަށްފަހު 4000 އަށް އެސްއެމްއެސް ކޮށްގެން ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތައް ހިލޭ ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫގެ އެމްޑީ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ މި އަހަރުގެ ރަމަޟާން މަސް ވެގެންދާނީ އެންމެނަށް ވަރަށް ތަފާތު ރަމަޟާން މަހަކަށް ކަމަށެވެ. އާއިލާ އާއި އެކުވެރިން އެއްތަންވެ، ޒަމާނުއްސުރެ ފާހަގަކުރަމުން އައި ބައެއް ކަންކަން މި ފަހަރު ކުރެވެން ނެތް ކަމަށާއި މުޖުތަމައު އަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް އެންމެން އެކު އެކީ ގުޅުވާލަދިނުމަކީ އުރީދޫއިން އެންމެ އިސްކަމެއްދޭ، އެންމެ މުހިއްމު ކަންތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"ގޭގައި ތިބެގެން އަދި އާއިލާ އާއި ދުރުގައި އޮފީހުގައި ތިބެގެން ރާއްޖޭގެ ރައްޔިތުންގެ މުވާސަލާތީ ބޭނުންތަކަށް ޚިދުމަތްދިނުމުގައި ތިބި އުރީދޫ އާއިލާގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެން އެންމެންގެ ފަރާތުން، ބަރަކާތްތެރި އަދި އުފާވެރި ރަމަޟާން މަހުގެ ތަހުނިޔާ އެންމެހާ ބޭފުޅުންނަށާއި އާއިލާތަކަށް އަރިސްކުރަން." އުރީދޫގެ އެމްޑީ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    އުރީދޫ މީހުން ހާދަ ރަނގަޅޭ، މާރޗް އޭޕްރިލް ބިލް ނުދެއްޔަސް ފޯން ކަނޑާނުލާ...
    ސާބަހޭ އުރީދޫ،

  2. އުބޭ

    އުރީދޫއިން ކަސްޓަމަރުންނަށް ހެޔޮއެދިގެން ބިލުން އެއްމެ 25 ލާރިނަމަވެސް އުނިކޮއްދީފިތަ؟ ޖީއެސްޓީ އާއިއެކު މަހަކު އޫރިދޫއަށް 1060 ދަޢްކާމީހާ މަމަ މިހާރުވެސް އެވަރު ދައްކަންޖެހޭ.. އިތުރުޑޭޓާއެއްވެސް އެލަވަންސްއެއްވެސް ބޭނުމެއްނޫން.. ބޭނުންވަނީ ބިލަށް ދަށްކަންވާ ފައިސާގެ އަދަދު ދަށްކުރުން