ރާއްޖެއިން ކޮޮވިޑް-19 އަށް ފައްސިވި މީހުންނާއި، ކެބިނެޓްގެ ބައެއް ވަޒީރުން ބައްދަލުވި ކަމަށް މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައިވާތީ، އެކަމުގައި ސާފުނުވެ ހުރި ކަންކަން، މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 ގެ ޖަރުޖަމާނު، މަބްރޫކް އަޒީޒް އިތުރަށް ސާފުކޮށްދެއްވައިފިއެވެ.
އެގޮތުން، މި ބަލީގެ ސަބަބުން އެކަހެރިވާން އެންގުނު ވަޒީރުންގެ ތެރޭގައި އެކި ޙާލަތް މެދުވެރިގެން އެކަހެރިވާން ޖެހުނު ވަޒީރުން ހިމެނޭކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
"ފުރަތަމަ އެއް މިނިސްޓަރަކު އެބަ ވޭ ސެކަންޑަރީ ކޮންޓެކްޓަކަށް، މާނައަކީ ޕްޒިޓިވްވި ކޭސް އަކާއި ބައްދަލުވި މީހެއް، އެމީހާ އާއި މިނިސްޓަރަކު ބައްދަލުވި. އެއީ ބަލީގެ އަލާމާތެއް ހުރެގެން ގެންދިޔަ މީހެއް. ކޮންމެހެން އޭނަ ޕޮޒިޓިވް ވީއެކޭ ނޫން. އެދުވަހުން ފެށިގެން އެ މިނިސްޓަރ ހުންނެވީ ސެލްފް ކަރަންޓީންވެ ވަޑައިގެން. އެ ކޭސްގަ، ބަލީގެ އަލާމާތްތައް ފެނުނު ފަރާތް ބައްޔަށް ނެގެޓިވް." މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ވަޒީރަކަށް ވިޔަސް، އަދި އާއްމު މީހަކަށްވެސް މި ކަމުގައި އެއްވެސް ތަފާތެއް ނުގެންގުޅޭ ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަރަންޓީން ފެސިލިޓީއަކަށް ގެންދަންޖެހޭ ޙާލަތުގައި ކޮންމެ މީހެއްވެސް ގެންދާނެ ކަމަށެވެ.
"ދެން ދެވަނަ ކޭސް އަކީ މިނިސްޓަރަކު އުޅުއްވާ އިމާރާތެއް. އެ އިމާރާތް މޮނިޓަރިންގެ ޙާލަތަށް މި ގެނެވުނީ. އެއީ މިނިސްޓަރ އުޅުއްވާ އެޕާރޓްމަންޓެއް ނޫން. އުޅުއްވާ ބުރި އަކުވެސް ނޫން އެކަމެއް ހިނގީ. ދެން އަނެއް މިނިސްޓަރަކީ، އެބޭފުޅާ ވަޑައިގެންނެވި ތަނެއްގެ ސަބަބުން، އެއީ އިޙުސާން ފިހާރަ، އެތަނަށް ވަޑައިގެންނެވުމުގެ ސަބަބުން އެބޭފުޅާއަށް ވަނީ އައިސޮލޭޓްވާން އަންގާފަ. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ ބޭފުޅާ ފެސިލިޓީ އަކަށް ގެންދަވަން ޖެހެންޔާމު ގެންދަވާގޮތަށް." މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި ހަލުވިކަމާއި އެކު، ކޮވިޑް-19 ފެތުރެމުންދާއިރު، މިހާތަނަށް އައިއިރު، މި ބައްޔަށް 226 މީހުން ވަނީ ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، 137 މީހުންނަކީ ބިދޭސީންނާއި، 89 ދިވެހިންނެވެ. އަދި 18 މީހަކު މިބަލިން ވަނީ ރަނގަޅުވެފައެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.
ސެކަންޑް ކޮންޓަކްޓް އަކީ އެސްޓީ އޯ ގެ އަމްރު ދެއްތޯ މަބްރޫޤް
އެންމެ މިނިސްޓަރެއްގެ ވާހަކަތޯ އެނގޭގޮތައް ބުނަންކެރުނީ ދެން އެހެން މިނިސްޓަރުންގެ ނަންބުނަން ނުކެރުނީ ކީއްވެގެންބާ
ޢިއްޒަތްތެރި މަބްރޫކް އަށް ނިކަންގިނައިން ސަލާމަށްފަހު ވެދުމެވެ. ސަރުކާރެއް ފޭލިވެ ނޭވާހޮޅިއަށް އެޅިއްޖެ ކަމުގެ ނަތީޖާ އަކީ 226 މީހުންނަށް ވައިރަސް ޖެހިފައިވުމެވެ. މިހާރު އަޞްލު ބަލިޖެހިފައިވާ މީހުން ޢަދަދުވެސް ތިޔަބޭފުޅުންނަކަށް ނޭނގޭނެއެވެ. ފެތޭއޮޑިއެއްގެ ރިޔާދަށު ވެވަޑައި ނުގަންނަވާށެވެ! ތިޔަބޭފުޅާގެ ޢަބުރާއި ޝަރަފް މަދުފައިސާކޮޅަކަށް ވެއްޓެމުންދާ ސަރުކާރެއް ޙިމާޔަތްކޮށް ދިފާޢުކުރައްވަން ތިޔަ ކުރައްވަނީ ސަރުކާރަށް ޘަނާ ކިޔުއްވުމުގެ މަސައްކަތްޕުޅު ނޫންތޯއެވެ؟ ދިވެހިންގެ ބައިތުލްމާލު ލޫޓުވާލި ސަރުކާރުގެ ޕްރޮޕެގެންޑާ ކިތަންމެ ވަރަކަށް ފެތުރިޔަސް މިހާރު ދިވެހި ރައްޔިތުން މިތިބީ މަރުގެ ތުންފަތް މައްޗަށް ދޫކޮށްލާފަ ނޫންތޯއެވެ؟ މަކަރުވެރި ދިވެހިންގެ ލޭބޯ ސަރުކާރަށް ދިވެހިން ދުވަހަކުވެސް މަޢާފެއް ނުކުރާނެއެވެ. ތިޔަބޭފުޅުން ވިދާޅުފައިވަނީ ސަރުކާރުގައި ކެޕޭސިޓީއެއް ނެތޭ ނޫންތޯއެވެ. ރައްޔިތުން މިތިބީ މަރުވާން ދޫކޮށްލެވިފައި ނޫންތޯއެވެ؟ ދެން ބަހަނާ ނުދައްކަވާ ވެރިންނަށް އިސްތިއުފާ ދެއްވަން ދަންނަވާށެވެ! ރައްޔިތުން މިހާރު ޝައުޤުވެރިކަމެއްނެތި ތިޔަ ދައްކަވާ ވާހަކަތަކަށް ފޫހިވެއްޖެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ވަޒީރަކަށް ވިޔަސް، އަދި އާއްމު މީހަކަށްވެސް މި ކަމުގައި އެއްވެސް ތަފާތެއް ނުގެންގުޅޭ ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަރަންޓީން ފެސިލިޓީއަކަށް ގެންދަންޖެހޭ ޙާލަތުގައި ކޮންމެ މީހެއްވެސް ގެންދާނެ ކަމަށެވެ. ނަމަވެސް އާންމުމީހާ ގެންދަނީ ކުރަންޓީންފެސިލިޓީއަކައް މިނިސްޓަރ ސެލްފަ އައިސޮލޭސަންގަ ގޭގަ.
ޟި މި ބަލި ފެތުރުނީ އިންގިރޭސި ވިލާތުން އައި މީހުންގެ ފަރާތުން އެ މީހުން ޓެސްޓް ނުކުރެވެނީ ކީއްވެ ތޯ ވަގުތުގެ ބޭފުޅުން މި ސުވާލު ކުރެވިދާނެ ތޯ މަބްރޫކް އިތުރުފުޅު ހައްދަވަނީ ކީއްވެ ތޯ ވަގުތު އާދޭހާ އެކު މިދަންނަވަނީ
ދެރަކަމެއް
މިނިސްޓަރު އައިޝާ ވީ ކޮންތާކުތޯ ނޫސްވެރިން އަހާ ސުވާލު ކޮއްބަ؟ މިނިސްޓަރުގެ ހަބަރެއް ނުވެ ގިނަ ދުވަސް ވީމަ ރައީތުން މި ތިބެނީ ވަރަށް ކަންތައް ބޮޑުވެފަ. މި ކަމެއްނުވާ ކެބިނެޓުން ރައީތުންނަށް ލިބޭ މާޔޫސްކަން ފިލަނީވެސް ކިރިޔާވެސް އައިޝާ ފެނުނީމަ. ބަލިވެ އުޅެންޏާ އަވަސް ސިފާއަކަށް އެދެން ?
ޢެކަހެރިވާން ޖެހުނީ އެކަހެރިވާންޖެހޭ ވަރުގެ ބައެއް އެކަހެރި ކުރުމަށްފަހު މަގާމުގެ ނުފޫޒ ބޭނުންކޮށް ދޫކޮށްލުމުން، ޖަރީމ ގޭގައި ހިންގި ޖަރީމާ ޑީޖޭ ޕާޓީއެއްގެ ސަބަބުން.
ވަޒީރުން އެކަހެރިވީ ބިރުން ފިލަންވެގެންނެވެ. ދެންކޮން އެކެހެރިއެއްތަވާނީ، ތިބުނާކެހެރި އޮއްވާދޯ ނުކެހެރިވެގެން ބޮޑުންގެ މީހުން ޕާޓީބާއްވާ މާލެތެރެއަށް ދޫކުރީ. ކަލޯމެންގެ ތެރެއިން އެއްބަޔަކު ކިޔަނީ މިއީއެހާބޮޑުކަމެއްނޫނޭ އަނެއްބަޔަކު ކިޔަނީ ބޮޑުކަމެކޭ ދިމަލެއްނުވޭ. ދެން ފަރުދީޒިންމާއޭކިޔައި ހުރިހައިކަމެއްގެގޯސް ރައްޔިތުންގެ ބޮލަށްމިކަޑަނީ
ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ އަށް ވަރަށް ހިތާމަ އާއެކު ދަންނަވަން މަބްރޫކު ކިޔާ މީހެއް ދަންނަވާނެއެވެ. ދެންފަހެ، ކޮވިޑަކީ، މި ސަރުކާރާހެދި ރާއްޖޭގައި އެކަނި ފެތުރެމުން ދާ ބައްޔެއްނޫންކަމުގައި ދަންނަވަމެވެ. އަދި ސަރުކާރުން މިބަލަނީ މިބަލި ފެތުރުނަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށްވެ. އަޅުމެންނަށް ޔަގީންވާ ގޮތުގައި 87 ދިވެހިންނަށް މިބަލި މިހާތަނަށްވެސް މި ޖެހުނީ ބައެއް މީހުން ބަސް ގަބޫލު ނުކުރުމުންނެވެ. ވީމާ، މިވާހަކަ ދެންނެވީމެވެ.
މިނިސްޓަރުންގެ ނަންހާމަ ނުކުރިޔަސް ކޮންމިނިސްޓުރީއެއްކަން ބުނެލިނަމަދޯ...?