ދިވެހިރާއްޖެއަކީ މުއްސަނދި ސަޤާފަތަކާއި ދިގު ތާރީޚެއް އޮންނަ ޤައުމެކެވެ. ދިވެހިންގެ ތާރީޚާއި ސަޤާފަތް އެންމެ ބޮޑަށް ގުޅި ލާމެހިފައިވާ އެއްކަމަކީ ދިވެހިން އެެކަމަކަށްޓަކާ ފަޚުރުވެރިވާ މަތިވެރި އިސްލާމް ދީނެވެ.
ދިވެހި ކާބަފައިންގެ ޒަމާނުގައި މުހިންމު ކަންކަމުގައި ރަށުގެ ރައްޔިތުން އެއްތަނަކަށް އެއްކުރަންށާއި، ރަށުގައި ބޮޑު ކަމެއް އިއުލާން ކުރަން އަދި ނުރައްކާތެރި ކަމެއް ވުމުން އެކަން އަންގަން ވެސް ސަންގު ފުމެއުޅެނެވެ. މިހުރިހާ ކަމަކަށް ވުރެ ބޮޑަށް ރަމަޟާން މަހު ރޯދަ ވީއްލާ ވަގުތު ސަންގު ފުމުމުގެ ސަޤާފަތަކީ އެ ސަޤާފަތެއްގެ ބޭނުން އެންމެ ހެޔޮގޮތުގައި ދިވެހިންނަށް ކުރެވުނު އެއް ސަޤާފަތަށް ވާނެއެވެ.
ކޮންމެއަކަސް ޒަމާން ބަދަލުވެ، ދުނިޔެ ބަވަނަ ވުމާއި އެކު އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގި ގޮވަން ފެށި ހިސާބުން، ރޯދަ ވީއްލާ ގަޑިއަށް ސަންގުގެ އަޑު އިވުން މަޑުން ކެނޑި، މިހާރު އެވާހަކަތަކަކީ ތާރީޚީ ފޮތްތަކާއި ފޮޓޯ އާއި، ތަސްވީރު ބުނެދޭ ވާހަކަތަކަށް އޮންނަނީ ވެފައެވެ.
އެހެންނަމަވެސް، ތ. އޮމަދޫގައި މި މަންޒަރު މުޅިން ތަފާތެވެ. އެ ރަށުގެ ކުދި ބޮޑު އެންމެންނަށް މިހާރުވެސް ސަންގުގެ އަޑަކީ ބީރައްޓެހި އަޑެއް ނޫނެވެ. ކޮންމެ ރަމަޟާން މަހަކުވެސް ރޯދަ ވީއްލާ ގަޑިއަށް މުޅި ރަށުގައި ގުގުމާލާ އަޑަކީ ސަންގުގެ އަޑެވެ.
ފާއިތުވެ ދިޔަ 13 ވަރަކަށް އަހަރު ސަންގު ފުމުމުގެ މަސައްކަތުގައި އުޅުނު އުމުރުން 58 އަހަރުގެ އަބްދުލް މަޖީދު ކިޔާދިން ގޮތުން، މި މަސައްކަތް އޭނާ ފެށީ އެ ރަށުގެ ކުރީގެ ޒިންމާދާރު ވެރިޔާގެ އެދުމަކަށެވެ.
އުވެމުންދިޔަ ސަޤާފަތް ދިރުވަން ފުރުސަތު ލިބުމަކީ އޭނާ އުފަލުން ކުރާކަމަކަށް ވާއިރު، މަޖީދު ކިޔާދިން ގޮތުން މި ސަޤާފަތް އެތައް 100 އަހަރަކަށް ދެމިގެން ދިޔަކަން ޔަޤީންވެއެވެ.
އަދި މިހާރު އެ ސަޤާފަތަށް ޒުވާން ކުދިންގެ ތަރުޚީބުދޭކަން އޭނާ ފާހަގަކުރެއެވެ.
" އުމުރުން 5 ވަރަކަށް އަހަރުން ފެށިގެން އަޅުގަނޑު ހަނދާން ހުރޭ. ބައްޕަގެ ބައްޕަ ޒަމާނުއްސުރެންވެސް ކުރާ ކަމެއް. ސަންގު ފުމެލީމަ ރޯދަ ވީއްލާ. ކުރީގަ މީހުންނަށް ރޯދަ ވީއްލުމުގެ ގޮތުން އެކަން ކުރަނީ. ކުރިގެ ޒިންމާ ދާރުވެރިވާ މިޙާރު މަހުރޫމް، ކޮންމެ މަހެއްގެ 1 ވަނަ ދުވަހުން ފެށިގެން ސަންގު ފުމެންވީ ނޫންހޭ." އޭނާ ކިޔާ ދިނެވެ.
ޝައުގުވެރިކަމާއި އެކު އެ މަސައްކަތް ކުރަމުން އަންނަ މަޖީދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާ ނެތް ދުވަހަކުން އެ ސަޤާފަތް ނެގެއްޓުމުގެ ޒިންމާ އުފުލާނެ މީހަކު ނެތުމެވެ. އަދި އޭނާ ހުރީ އެ މަސައްކަތް ދަސްކުރަން ބޭނުން ކޮންމެ މީހަކަށް އެކަން ކޮށްދޭންކަން މަޖީދު ފާހަގަކުރިއެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް ޖާވިދު ހަސަން "ވަގުތު"އަށް ވިދާޅުވީ އެ ރަށުގައި ސަންގު ފުމުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް މެދު ކެނޑުނު ދުވަސްކޮޅެއްވެސް އައި ކަމަށެވެ.
އަދި މިހާރުވެސް އެ މަސައްކަތް ކުރަމުންދަނީ ސަޤާފަތް ދެމެހެއްޓުމުގެ ނިޔަތުގައިކަން އޭނާ ފާހަގަކުރިއެވެ.
" ދެން މި ކަމަކީ އަޅުގަނޑުމެންގެ ކާބައިން ކޮށް އުޅުނު ކަމެއް. ސަޤާފަތް ދެމެހެއްތުން މައިގަނޑު ބޭނުމަކީ. އަޅުގަނޑުމެން ހަނދާން ހުންނަން ފެށީއްސުރެވެސް މި ރަށުގައި ކުރި ކަމެއް މި ކަމަކީ." އޭނާ ވިދާޅުވިއެވެ.
ތ.އޮމަދޫގައި ސަންގުގެ އަޑު އަހަން ދޮރުމައްޗަށް، އިހު ދިވެހިންނެކޭ އެއް ފަދައިން މީހުން ނުކުމެ ތިބޭކަން ފާހަގަކޮށްލެވެއެވެ. ގޭގެ އެންމެ އެތެރެކޮއިލާއި ހަމައަށް ސަންގުގެ އަޑު ނޮފޯރި ނަމަވެސް، މުޅި ރަށުގައި ރޯދަ ވީއްލާ ގަޑިއަށް ހިފާލާ އަޑަކީ މަޖީދުގެ ސަންގު ފުމުމުގެ އަޑެވެ.
ތ.އޮމަދޫއިން ފެންނަނީ އޮބެމުންދާ ދިވެހި ތާރީޚުގެ ކުޑަ މިންވަރެކެވެ. މިފަދަ ސަޤާފަތެއް ދިރުވުމުގައި އޮމަދޫއިން ދައްކާ ނަމޫނާ ދެމެހެއްޓުން މުހިންމެވެ.
ކާބަފަ އިންގެ ޒަމާނު ގައި ގަޑި އާއި ތާޅަ ފިލި ނެތުމުން ބޭނުން ކުރީ؟ މިހާރު ތީ ބޭކާރު ކަމެއް
މޮޔަޔާ
ބަރާބަރު ކަމެއް. އެކަމަކު ޚާއްޞަކޮށް ބޮޑެތިރަށްރަށުގައި އަދި ބޮޑަށް އާބާދީ ފެތުރިފަ އޮންނައިރު ދުރުދުރަށް ސަންގުގެ އަޑެއްނީވޭނެ އަޑުގަދަކުރާއަކާ ނުލައެއް. ތިސަޤާފަތް ކުރިއަށް ގެންދިއުމަށް އަޑުގަދަކުރާއެއްގެ ބޭނުން ބޮޑުކަމަށް ދެކެން.
މުއްސަނދި ސަޤާފަތަކާއި ބަންގީގެ އަޑު ސަންގަކީ ބުދުދީނުގެ ސަގާފަތް. ،،؛!!!
ބޭކާރު ކަންކަން ދިރުވާ އާލަން ކުރަން ލާރި ހޭދަ ކުރާނެ ކަމެއް ނެތް
ރަނގަޅު ކަމެކެވެ ރައްޔިތުން އެއްބައިވަންތަ ކުރުވުމަށާއި
ސަޤާފަތް ދިރުވުމަށާއި ދީންވެރިކަމުގެ ރޫހު އާލާކޮށް ނެގެހެއްޓުމަށް ކުރަން ހަމަ ރަނގަޅުކަމެކެވެ.
ތީ ފައްޅިތަކުގައި ކުރާ ކަމެއް. ސީދާ ޚުރާފާތުގެ އަމަލެއް..