ރާއްޖެއިން އާ ވައްތަރެއްގެ މޫދު ވިނައެއް ހޯދިފައިވާ ކަން ފަ މޯލްޑީވްސް ރެސިލިއެންޓް ރީފްސް ޕްރޮޖެކްޓުން ހާމަ ކޮށްފިއެވެ.
އެކަން ހާމަ ކުރަމުން ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި އެ ގްރޫޕުން ބުނެފައިވަނީ އެ މޫދު ވިނަ ފެނިފައިވަނީ އައްޑޫ ސިޓީގެ ނޭޗަރ ޕާކު ސަރަހައްދުން ކަމަށެވެ.
އެ ހިސާބުން ފެނިފައިވާ މި މޫދު ވިނަ އަކީ "ޝެއަމޮޑޯސިއާ ސެރަލަޓާ" ކަން ކަމުގެ މާހިރުން ކަށަވަރު ކޮށްދީފައިވާ ކަން އެ ގްރޫޕުން ވަނީ ބުނެފައެވެ.
ރާއްޖެއިން އާ ވައްތަރެއްގެ މޫދު ވިނަ ފެނުމާއި އެކު މިހާރު ރާއްޖެއިން ފެނިފައިވާ މޫދު ވިނައިގެ އަދަދު ވަނީ 7 އަށް އަރާފައި ކަމަށްވެސް އެ ގްރޫޕުން ވަނީ ބުނެފައެވެ. އެ ގްރޫޕުން ބުނާ ގޮތުގައި މި ވިނައިގެ އިތުރުންވެސް އެހެން ބާވަތްތައްވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ދަ މޯލްޑިވްސް ރެސިލިއެންޓް ރީފްސް ޕްރޮޖެކްޓް އަކީ ރާއްޖޭގެ މޫދާއި ފަރުތަކާއި ވިނައިގެ މުހިންމު ކަން މީހުންނަށް ހޭލުންތެރިކޮށް ތަނުގެ މުހިންމު ކަން އަންގައި އެތަކެތި ރައްކާތެރިކުމަށް މަސައްކަތް ކޮށް އެކަން ކުރުމަށް މީހުންނަށް ބާރު އަޅާ ގްރޫޕެކެވެ.
ތިޔއީ ކޮރޯނާގެ ވެކްސިން އުފެއްދޭ އެއްޗެއްތޯ ބަލަންވީނު ؟
ތީ އާވައްތަރެއްނޫން. ރާއްޖޭގެ ރައްތަކުގެ ވިނަހެދިފައި ހުންނަ ފަރުތަކުގައި ގިނައިން ހުންނާނީ މީގެ ވިނަ.
ކޮން މޫދުވިނައެއް އޮންނާނީ! އަހަރެމެން މި ބަސްއަހައިގެން ބަނބުކެޔޮގަސް ހައްދަނީ!
މާދަން މަޖިލިހުން ބުނާނެ މީގެ ވިނަހައްދަން
ތިޔަ ކުރިންވެސް ހުންނައެއްޗެއްކަން އަހަރެމެންނަށް އެނގޭ
މޫދު ވިނައަށް ވާވަށި ކިޔާ އުޅެއެވެ
ރާ އްޖޭގަ އި ކާން ބެނުން ކުރެވޭ ވިނަ އިގެ ބާވަތެ އް ލ.ކުނަހަންދޫ ފަޅުގަ އި ބޯކޮ އް ހެދިފަ އި އެބަ އޮތް. ސަރުކާރައް ވިސްނޭގޮތުގައި އާމްދަނީ ލިބޭނީ ހަމައެކަނި ޓޫރިޒަމް އިން ކީއްކުރާނީ.
ތީގެ ސެލްޑް ވަރަށް މީރުވާނެ އެވެ
ދެން އޮންނަ މަޖިލިސް ޖަލްސާއެއްގަ ހައްދު ފަހަނައަޅާފައިވާ ބޮޑުވަޒީރު މޫދުވިނަ އާއި ބެހޭ ގޮތުން ވާހަކަ ދައްކާނެހެން ވަރަށްހީވޭ..
ބައެއް ވިނަ އަށް ބޭރުގަ މާކެޓް އެބައިތެވެ. ބަޔަކު ކުރީމަ ފައިދާވާނެ އެވެ.
މީގެކުރީން އެއްޗެއް ނުދެކޭ ބައެއް، ދެން ކޮސްގޮވާނެ، ބަލަގަ ތީ ވަރަށް ގިނައިން ރާއްޖޭގައި ހުންނަ އެއްޗެއް. ަ
މިއީ އެއްކަލަ ދޮންމީހުުން އެމެރިކާ ހޯދުންކަހަލަ ކަމެއް. އެމެރިކާ އަބަދުވެސްއޮތް މީހުންވެސް އުޅޭ، އެކަމަކު ދޮންމީހަކު އެތަނަށް ދިޔައިމަ އެވީ މުޅިން އާތަނެއް "ހޯދުނީ" ކަމަށް. ތިޔަ އެއްޗެއް އާއެއްޗަކަށްވީގޮތެއް ބުނެދީބަލަ. ތިބުނާ ބައިގަނޑަކަށް އާ ކޮންމެ އެއްޗަކީ އާއެއްޗެކޭ ކިޔާފަ ނޫހުގަ ޖަހަންޖެހޭތަ.
އަދި ކިރިޔާ ! މަގޭ އުމުރުންވެސް މިހާރު 38އ މިވަނީ ވެފައި މަ ކުޑައިރުވެސް ތިޔަ ވިނަ ހުރޭ އަހަރުމެން ގެއާއި ދިމާލުން މޫދުގައި
ތީއާވައްތަރެއްނޫން މީގެ އެތައް އަހަރެއް ކުރިން ވެސް މެދުރާއްޖެ ތެރެއިން ދެކޭ ވައްތަރެއް ތި ބޭފުޅުންނަށް އާ އެއްޗަކަށްވިއަސް އަޅުގަނޑުމެނަށް އާއެއްޗެއްނޫން
ލާމު އަތޮޅުންތަފެނުނީ. އެތާގަ އިއްޒަތްތެރި މެންބަރު ޖާބިރު އެބަޢުޅުއްވާބާ؟
ތިޔަ ގުރޫޕުކައިރީގަ އަހާބަލަ މޫދުވިނަ މެރޭނެ އެއްވެސް ވައިރަހެއް ދަންނަމުތޯ؟
ކާކު ތީ އާވައްތަރެއްތޯ މުޅި ރާއްޖެ ދިރާސާކުރީ؟ އައްޑޫ މީހުނަށްއާއެއްޗަކަސް ތީ ވަރަށްގިނަރަށްރަށު ފަޅުގަ ހެދިފަހުންނަ މޫދު ވިނައެއް.
ނަސީދުމެން ހިންގި ބޮޑު ޕޮރޮޒެކުޓެއްހެން ހީވަނީ މި ، މި ވެރިކަމުގަ ގައުމައް ހޯދައި ދެވުނު ކުރިއެރުމެއް ތިޔައީ.