އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ކުރަމުންދާ މަސައްކަތް ބައްލަވާ ދެއްވުން އެދި ރައްޔިތުންގެ މަޖިލީހަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅާފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވައިފިއެވެ.
މެންބަރު މުއިއްޒު ހުށަހެޅުއްވި މައްސަލަ ޖުޑިޝަރީ ކޮމެޓީއަށާއި 241 ކޮމިޓީއަށް ފޮނުވާފައިވާކަން މަޖިލީހުގެ އިދާރާ އިން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
މެންބަރު މުއިއްޒު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކޮށް އިންސާފުހޯދައި ދިނުމަކީ އެމްޑީޕީއާއި ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އޭނާ މަޖިލީހަށް އިންތިޚާބު ކުރި އެއްސަބަބަކީ ވެސް އެމައްސަލަތައް ބެލުން ކަމަށެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކަކީ، އެކަމުގައި ޢާންމު މަސްލަޙަތު ހިމެނޭ މައްސަލަ ތަކަކަށް ވާއިރު މައްސަލަތަކުގެ ތަޙްޤީޤުތަކާއި، ނުވަތަ ދައުވާއުފުއްލެވުމާއި އަދި ޝަރީޢަތްތައް ހިނގާގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރެއްވުން މަދުކަމަށް ޤަބޫލުކުރެވޭ ކަމަށް މުއިއްޒުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އެ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފުނުވާތީ، އެ މައްސަލަތައް ބެއްލެވުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި، އެ މައްސަލަތައް ބެއްލެވުމާއި، ދަޢުވާ އުފުއްލެއްވުން ނުވަތަ ޝަރީޢަތް ހިންގެވުން ލަސްވުމަށް ހުރި ސަބަބުތަކާއި، ނުފޫޒެއް ނެތި އިތުބާރުހިފޭ ނިޒާމެއްގެ ތެރެއިން، ނަތީޖާ ނެރެވޭނޭ ފަދައިން އެ މައްސަލަތަކާމެދު ޢަމަލުކުރެވެމުންދޭތޯ ޔަޤީންކުރުމަށް ބޭނުންވާތީ، މިކަން ރައްޔިތުންގެ މަޖިލީހުން ބައްލަވައިދެއްވުމަށް އެދުނީ ކަމަށް މެންބަރު މުއިއްޒުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގެ ބަހުސް އަނެއްކާވެސް ފެށިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލުމުން އިންސާފު ލިބުނީ ކަމަށް ހީނުކުރެވޭ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.
އަނެއްކާ އަނެއް ގޭމް!!
ބޮޑައް ވައްތަރީ މިކޮންވާޓް 19ގެ މަސައްކައް ތަކުގެ ކަރަޕްޝަން އަޑު ކަނޑުވާލަން ޖަހާ ސުޓަންޓެއްހެއް މީހުންގެ އެޓެންޝަން ގެއްލުވާލަން މިޔޮތީވާގައުމެއް އޭސަހަރޯ
ތިޔަ އުލެނީ އެމް އެމް ޕިއާރުސީ މައްސަލަޔާ މަރުތަކުގެ މައްސަލަ އޮއްބާލައި އެކަން ނިންމާލަން އެމްޑިޕީގެ މަކަރުވެރި ރޭވުމެއްކަމަށް ބެލެވެނީ ބޮޑޫ ޚިޔާނާތުގެ މައްސަލަ އިންސާފުން ބަލައި ފިޔަވަޅުއަޅާކަށް އެމްޑިޕީ ސަރުކާރަކަށް ނުކެރޭނެ މަރުތަކުގެ މައްސަލަވެސް ބަލައި އިންސާފަށް ވާސިލްވާކަށް އެމްޑޕީ ސަރުކާރަށް ކެރޭނެ ހެނެއް ހިޔެއްނުވޭ
ދޮގާއި ، މަކަރާއި ، އޮޅުވާލުމާއި ހީލަތުން އައިސްފައިވާ ސަރުކާރެއް. އެމް އެމް ޕީއާރުސީގެ މައްސަލައާއި ގޮތްނޭނގޭ މަރުތަކަށް ގޮތެއް ނުނިންމޭނަމަ ޖެހޭނީ އިސްތިއުފާދޭން.
ތިވާހަކަ އިރު އިރުކޮޅުން ކިޔަސް ގައުމުގަ ހުރި ފައިސާތަކަށް ވީގޮތް ބަލާމީހުން ބަލަމުން ދާނެ.
މިސަރުކާރަށް ތަނެއްދޮރެއް އެނގޭނަމަ މިހާރު ކޮމެޓީތައް ނަގައި ކޮޅަށްޖަހަން އުޅޭކަން ނުޖެހެއި މި މައްސަލަތައް ވެރިކަމަށް އަންނަތާ 100ދުވަހުނިންމަން ވަނީ ވަޢުދުވެފައި ދެން ވަޢުދު ނުފުދުނީޟާ ބޭނުންގޮތަކަށް މައްސަލަތައް އަބުނރައިލުމަށް މަސައްކަތްފެށީތާދޯ
ކޮވިޑެއް ކޮންޓުރޯލެއް ނިވި، މަރުގެ މައްސަތައް ވެސް ނުބެލުނު. އެމް.އެމް.ޕީ.ރާސީ ގެ މައްސަލް ވެސް ނުބެލުނު. މިއިން އެއްވެސް ކަމެއް ނުކުރެވުނީ ކީއްވެ ކަމެއްވެސް ވިދާޅެއް ނުވެވުނު. ރާއްޖެ ބުރަކީގައި ފަސް އަހަރު ހޭދަކުރަންވީތޯ.
ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ގާނޫނު ތަކާއި ގަވާއިދު ތަކަށްވުރެ މުހިންމީ އިޚްލާސްތެރިކަންކަން، ކަން މިހާރު ވަރަށްބޮޑަށް ސާފުވެފައި ވާކަމަށާއި ވެރިކަން ހިންގާ ޕާރޓީ އަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އޮތުމަކީ ގާނޫނު އަސާސީ އިން އެކަށައަޅައިދިން މިންތަކުން ނެއްޓި ދައުލަތް ހިނގަމުންދާކަމުގެ އަލިގަދަ ހެއްކެއް.