ކޮވިޑް-19 މާލޭގައި ފަތުރަން، ފޭސްބުކްގައި މީހަކު ހިތްވަރުދެމުންދާ ކަން ފާހަގަ ކުރެވިއްޖެއެވެ.
ފޭސްބުކް އިން ލިބެން ހުރި މައުލޫމާތައް ބަލާއިރު މުހައްމަދު އިބްރާހިމް ނަމަކަށް ކިޔާ އެމީހާ އަކީ މާމިގިލީގައި ހުންނަ ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާ މީހެކެވެ.
މުހައްމަދު ވަނީ އޭނާ އަށް ކޮވިޑް-19 ޖެހިއްޖެނަމަ، އެއްވެސް އިދާރާއަކަށް އެކަން ނާނގާ، މުޖުތަމަޢުގައި ބަލި ފަތުރާނެ ކަމަށް ރޭ ބުނެފައެވެ. އޭނާ އެގޮތައް ބުނީ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދިޔަ ވަގުތު ޗެނަލްއެއްގެ ފޭސްބުކް ލައިވް އަކަށް ކުރި ކޮމެންޓެއްގައެވެ.
އޭގެ ކުރިން ވެސް އޭނާ ވަނީ ފޭސްބުކްގައި އެފަދަ ވާހަކަތަކެއް ދެއްކާފައެވެ. އެގޮތުން އެއް ޕޯސްޓެއްގައި ބުނެފައި ވަނީ މާލޭގައި ތާށިވި މީހުންނަށް އަވަހަށް ރަށަށް ދެވޭނެ ގޮތަކީ ބަލި ޖެހި، ބަލި އިތުރަށް ފަތުރާލުން ކަމަށެވެ. އިތުރު ޕޯސްޓެއްގައި އޭނާ ވަނީ މާލޭގައި ތިބި މީހުން މަގުމައްޗަށް ނިކުމެ ބަލި "ކޮމިއުނިޓީ ސްޕްރެޑަކަށް ހަދާލަން." ވެސް ލަފާ ދީފައެވެ.
މުހައްމަދުގެ ވާހަކަތަކާއި ގުޅިގެން އޭނާ އަށް ފާޑުކިޔައި ބައެއް މީހުން ވަނީ އޭނާ ހައްޔަރު ކުރުމަށް މީސް މީޑިއާގައި ގޮވާލާފައެވެ.
ރާއްޖޭގެ ޤާނޫނުތައް ބުނާ ގޮތުން ގަސްދުގައި މީހެއްގެ ފުރާނައަށް ނުރައްކާފަދަ އަމަލެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެކެވެ.
ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ކޮވިޑް-19 ފަތުރަން އަމިއްލަ އަށް މަސައްކަތް ކުރި މީހުން ފާހަގަ ކުރެވިގެން އެފަދަ މީހުން ހައްޔަރު ކޮށްފައި ވެސް ވެއެވެ.
ނުކުރެވޭނެ ހައްޔަރެއް އެމްޑީޕީ ދާދާއެއް
މީނަ ބަލިފަުރަން ހިތްވރު ދޭކަމަށް ވަންޏާ، މަޖްލިސް ޖަލްސާއަށް ދާން ނަޝީދުގެ ނިންމުމަކީވެސް ބަލިފެތުރުމަށް މަސައްކަތްކުރުމަށްވާނީ. އެކަމަކު ގާނޫނުތަކަށްވުރެމަތިން އުޅޭ މީހަކަ ނިކަމެތި ސޮރަކާ އެއްވަރެއްނުވާނެދޯ. މިސަރުކާރަކީ އިންސާފާހަމއާ އުސޫލުތަކަށް ފައިން އަރާ މޑޕ ބޮޑުންނަށް މޮޅުވާހޮތަށް އަމަލުކުރަ ސަރުކާރެއް.
ތީ ކުރިން ލޮކްޑައިންގަ މަގުމަތިން ހާލުގަ ޖެހުންކަމަށް ވަގުތު އިން އިޝްތިހާރު ކުރި މީހާ. އޭރުވެސް އަހަރެން ބުނިން ތީ މަޝްހޫރުވަން އުޅޭމީހެކޭ. އޭނަގެ ފޮނިކަންވެސް އެހާބޮޑުވާނެ. ހިފާ ހައްޔަރުކުރޭ މީނަ.
މީ. މީ އެމްޑީފީ މީހެއް ނޫން. ޖޭފީ މީހެއް. ހުރިހާ ކޮޅަކަށް ދުވާ މީހެއް ރުފިޔާ ހޯދާން. މިކަލޭގެއަށް ޓެރަރިޒަމްގެ ދައުވާ ކުރާންޖެހޭ.
ފުރަތަމަ ތިޔަ މީހާއައް ޓެރެރިޒަމް ގެ ދައުވާ ކުރަންވީ ވަގުންނައް ކީއްވެގެންތޯ މަނިކްފާންގެ ފުރިހަމަ ނަމުން ނަން ޖަހާލައިގެން ކޮމެންޓް ކޮންލަން ނުކެރިގެން ތިޔަ އުޅެނީ ހާދަ ފިޑިޔޭ ދޯ....
ފުރަތަމަ ފިލި ބަންގާޅަ ކަލޭގެ ހިފާފަ ބަލަ. އޭނަ އެދަނީ ބަލި މިހާރުވެސް ފަތުރަމުން. ދިވެހިންގެ ފަހަތުން ނުދުވެ.
ފިލައިގެން އުޅޭ މީހަކު ހޯދުމަށް އުނދަގޫ ވާނެއެވެ. އެކަމަކު ފޮޓޯ ޖަހައި ޢާންމުކޮށް އިޝްތިހާރު ވެގެން އުޅޭ މީހަކު އަތުލައިގަންނަން ފަސޭހަ ވާނެ އެވެ.
ތިމީހާހައްޔަރު ކުރަންފެނޭ...
ދިވެއްސެއްކަމުގައި ވިޔަސް ބަންގާޅީއެއް ވިޔަސް ކުށަކަށް ގޮވާލަންޏާ ހައްޔަރުކުރަންޖެހޭ
ބަގުލާދޭސްގެ 12 މީހުންފިލާފަވެއްޖެ. ސަރުކާރުން ދޮގުހަދަނީ
ރާއްޖޭގެ ޤާނޫނުތައް ބުނާ ގޮތުން ގަސްދުގައި މީހެއްގެ ފުރާނައަށް ނުރައްކާފަދަ އަމަލެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެކެވެ. އެންމެ ރަގަޅު. ދާޚިލީ ވަޒީރު ގެ ދަރިންނާ މަޖިލިސްރައީސުގެ ދަރިން ބޭރުންގެނެސް ކަރަންޓީނު ނުކޮށް ދޫކޮށްލި މައްސަލަ؟ މިކަހަލަ އެތައްބައިވަރު ނުފޫޒު ބޭނުންކުރި މައްސަލަތައް ވަނީ މީސް މީޑިއާގަ ތިލަވެގެން ގޮއްސަ. ތަޙުގީގު ނުކޮށްގެން އުޅެނީ ކީއްވެބާ؟
މަޖްލިސްގެ ޖަލްސާ ބާއްވަން ނިންި ނިންުމަކީވެސް ފުރާނއަށް ނުރައްކާވާފަ އަމަލެއް. ކާކު ހައްޔަރުކުރާނީ؟
މައިމޫނާއަށްވުރެ ބާރުގަދަ އަންނިގެ ދެން އަންނިއާ މިކަން ހަވާލު ކުރޭ
ހާރޑް އިމިއުނިޓީއަކީ ކޯއްޗެއް ފުރަތަމަ ދަސްކުރަންވީ އޭގެ ފަހުން މޮޅެތި އެއްޗެތި ލިޔަންވީ
ކކ ކޮންބައެއްގެ ސަޕޯޓަރެއް ކަން ވަރަށްސާފު.
މީމިފި ކުރުގެ ވައްތަރު، ކުރިންވެސް ގައުގަ ހުޅުޖާހާ އެތައްގެއްލުމެއްދުން ގުރޫޕް މީ
ހަމަ ތިވާހަކަނޫންތޯ ނަޝީދުވެސް އެދައްކަނީ...
ބަލަ!! އިންތިހާބް ކާމިޔާބުކުރަންވެސް ގޮވި އިދިކޮޅު ކެންޑިޑޭޓުންނަށް ކޮވިޑް ޖައްސާފަ، ވީކަމެއް ހަރާން!!
މީނާ އަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ. މީނާ ގާނޫނޫގެ ކުރިމައްޗަށް ގެނައުމަށް ކަމާއިބެހޭ އިދާރާ ތަކަށް ގޮވާލަން
ބަލަ ޖަލްސާ ބާއްވާމީހުން ހައްޔުނުކޮ އޭނަކުރެވޭނެތަ...
ލޮކްޑައުން ކުރިީނުން މިމީހާ މިވީ ހަށިހެޔޮ މޮޔައަކަށް. މިހެންވެސް ވެފައެބަހުރި ދުނިޔޭގެ ކަންކޮޅުތަކުގަ. އާންމު ސިކުނޑިމަސައްކަތްކުރާ ގޮތާއި މީނަގެ ތަފާތުވެދާނެ.
ކަލޭ އައް ފުރަތަމަ ބަލި ޖެހިފަކަންވެސް އިނގޭނީ ކަލޭ ޓެސްޓެއް ކޮއްގެން
ކަލޭ އައް އެގުމުގެ ކުރިން ކަމާބެހޭ ފަރާތް ތަކައް އިގިފަ ކަލޭއައް އިނގޭނީ ??
އޭރު އޮއްނާނީ ކަލޭއައް ކޮމިޔުނިޓީ ސުޕްރިޓް ހެދިފަ
ބޮލެއް ހުރި މީހެއްނަމަ ހޭ ޖެހޭ އެއްކީސް
ޙަހަހަހަހަަހހަހަހަަހަހ ކީއްކުރާނީ ދޯ
ތިޔަކަހަލަ ނުބައި ނުލަފާ، ހަޔާތްކުޑަ ކޮންމެ މީހަކީ އެމްޑީޕީ ފިކުރުގެ މީހެއް.
ބަނޑަށް ޖެއްސުމަކީ ވެސްގަސްދުގައި މީހުން މެރުން
ތީނާ އަވަހަށް ހައްޔަރުކުރޭ.
ކޮވިޑްގެ ކަންތައްތަށް ނިމެންދެން ތިކަލޭގެ ޖަލުގެ ބަހައްޓަންޖެހޭނީ
ޢައްސަލާމް އަލައިކުމް
ޢަޅުގަނޑު މުހަންމަދު އިބްރާހިމް އައް މިގޮތައް ބުނެވުނީތީ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އިންތިހާއައް މާފައް އެދެން.....އަޅުގަޑައް އެގޮތައް ލިޔެވުނީ މާލޭގަ މިހާދުވަހު ބަންދު ވެފަ ރަށައް ނުދެވި ހުރުމުގެ ސަބަބުން އަޅުގަޑުގެ ސިކުޑި ސްޓުރެސް ވެފަ ހުރުމުން....އަޅުގަޑު އަކީ ޓެރެރިސްޓެއް ނޫން .....
މީނާއަކީ މާމިގިލީ ގެސްޓް ހައުސްއެއްގަ އުޅޭމީހެއްނޫން. މީނާއަކީ ތަރައްގީ އަދި ތަހުޒީބު މާމިގިއްޔަށް އުފަން "ލައިހޫރޭ" މީހެއް. މީގެކުރިންވެސް ނޫހަކުން ވަނީ "މާލެއައިސް ހާލުގަ ޖެހިގެންއުޅޭ" މީހެއްގެ ގޮތުގައި މީނަގެ " ހާސަރުގަނޑެއް" ގެނެސްދީފަ. އަދި މީނާއަކީ ދެދުވަހު އެއްގޮތެއްގައި ނުހުރެވޭ، ދެފަހަރު އެކައްޗެއް ކިޔަން ނޭނގޭ މީހެއް.
ލޮލް
ތީ މުޖުތަމައަށް ހުރި ނުރައްކަލެއް. ހައްޔަރު ކުރޭ
އަޅުގަޑަށް ފެންނަނީ ތަރުޖަމާ ކުރަން، ތަރުޖަމާނު ލައްވާ
ދިވެއްސެއްކަމުގައި ވިޔަސް ބަންގާޅީއެއް ވިޔަސް ކުށަކަށް ގޮވާލަންޏާ ހައްޔަރުކުރަންޖެހޭ
ތިގޮލާ ހައްޔަރު ކުރޭ
ބަލަ މިހާލަތުގަ ކައުންސިލަރުންތައް މަޤާމުން ދުރުކޮށްލީމަ އެމީހުންނަށް ވަޒީފާ ހަމަޖައްސައިދޭނީ ކޮންފަރާތަކުންތޯ؟؟؟ އެމީހުންނަކީވެސް އަނބިންނާ ދަރިންތިބި މީހުންނޭ އެމީހުންގެ ޢާއިލާތަކުގަވެސްތިބީ ތިފަދަ އިންސާނުންނޭ... މިކަންކަމާމެދު ވިސްނާފަ ކައުންސިލަރުންނާމެދު އިންސާފުން ގޮތެއްނިންމުން ބުއްދިވެރި.. އެހެންނޫނީ ކުރިޔަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގަ.....،؟
މިފަދަ އަމަލު ހިންގާ އެންމެން ހައްޔަރުކުރަންވީ، އެކަމަކު ކެކުރި އުޞޫލަުން ނޫން ، ކޮބާ އެމް.ޑީ.ޕީގެ މުޤްނީމެންގެ މައްސަލަ ، އެމީހުންބުނި ބަޔަކަށް ކޮވިޑްޖައްސާނަމޭ ، އެކަންވެސް ބެލެންޖެހޭ
ރައްޔިތުންގެ ސަލާމަތަށް ނުރައްކާ ކުރާ މީހުން ގެ ފޮޓޯ އާއްމުކޮށް އެމީހުން ހޯދާ ހައްޔަރު ކުރުމަކީ އޮންނަ ކަމެއް ނޫން.
ޤައުމީ ސަލާމަތަށް (ވެރިންނަށް)ނުރައްކާ ވުން މައްސަލައަކަށް ވާނީ.
ޢަނެއްކާ ބޯހަމަޖެހޭ ގަމާރެއްބާ. ނަޝީދު ގުރޫޕް ކަންނޭންގެ. އޭނަ ވަގުތުން ހައްޔަރު ކުރޭ
ތިމަންނަޔައް ކޮވިޑް19 ޖެހިއްޖެނަމަ ފަތުރާނެކައް މަޖަލަކައް ބުނީމީހުން ހިފާ ހައްޔަރުކުރި ގައުމުތައްވެސް އެބަހުރި އެހެންކަމުން އެފަދަ ގައުމެއްގެ ދެވަނަ މީހަކު އެކަހަލަ ވާހަކައެއް ދެއްކިކަން އެނގޭކައްނެތް ކީއްކުރާނީ ދިވެހިން ނުސިހެނީ ހަމައެއކަނި ގޮމްމުށައް ވިއްޔާ
ތިޔައީ ބޮއްޅަބޭ ބުނެގެން ބަލިފަތުރަން އުޅޭ އެޖެންޓެއް
ރަތްލާޖެހި އެމްޑީޕީ އެއްޗެއް ސަހަލަވާނެތަ.
ހުރިހާ ކަމަކަށް ސަރުކާރޭނުކިޔަބަލަ އަސްތާ.
ސާމިރީއަށް ޖެހުނު ކަހަލަ ނުބާބައްޔެއް ކަލޭއަށް ޖެހިއްޖެއްޔާ ވެސް ހަމަ ތިހާ ގަޓް ހުރެގެން ނުކުމެވިދާނެތަ؟
ހަޔަރު ނުކުރާތީ ހަޔަރު ކުރީމަ ސަރުކާރަށް ލާރިޔެ ނުލިބޭނެ މަގުމަތީއުޅޭ މީހުން ހަޔަރު ކުރޭ އަދި ނުވިތާކަށް ޖޫރިމަނާ ވެސް ކުރޭ ޙަޔާތުން މިތިބަހަނާވަނީ އަދިވެސް ޖޫރިމަނާ ތަކުގަ ފުލުހުން އަވަދިނެތި ސާބަސް ތިކުރާހިތްވަރަށް