ކޮވިޑް-19 މާލޭގައި ފަތުރަން، ފޭސްބުކްގައި ތަކުރާރުކޮށް ހިތްވަރު ދެމުން ދިޔަ އދ.މާމިގިއްޔަށް ނިސްބަތްވާ މުހައްމަދު އިބްރާހިމް، އޭނާ ދެއްކި ވާހަކަތަކަށް ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެއެވެ.
މުހައްމަދު ފޭސްބުކްގައި އާއްމު ކުރި ވީޑިއޯއެއްގައި ބުނީ އެގޮތައް ވާހަކަދެއްކުނީ މާލޭގައި ތާށިވެ ގިނަ ދުވަސްތަކަކު ގޭގައި ހުންނަން ޖެހުމުން ކަމަށެވެ.
އެގޮތައް ވާހަކަ ދެއްކުނީތީ ދިވެހި ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ފުލުހުން އަދި ސިފައިންގެ ކިބައިން މާފަށް އެދޭކަމަށް މުހައްމަދު ބުންޏެވެ.
މުހައްމަދު ބުނީ މުޖުތުމަޢުގެ ތެރޭގައި ކޮވިޑް-19 ފަތުރަން އޭނާ ހިތްވަރު ދިން ނަމަވެސް އެފަދަ ކަމެއް އޭނާ ނުކުރާނެ ކަމަށެވެ.
މުހައްމަދު ވަނީ އޭނާ އަށް ކޮވިޑް-19 ޖެހިއްޖެނަމަ، އެއްވެސް އިދާރާއަކަށް އެކަން ނާނގާ، މުޖުތަމަޢުގައި ބަލި ފަތުރާނެ ކަމަށް ރޭ ބުނެފައެވެ. އަދި އޭގެ ކުރިން ވެސް އޭނާ ވަނީ ކޮވިޑް-19 ފަތުރަން ހިތްވަރުދީ، ގިނަ ވާހަކަތަކެއް އެކި ފަހަރުމަތިން ފޭސްބުކްގައި ލިޔެފައެވެ.
މުހައްމަދުގެ ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާގެ މައްސަލަ ތަޙްޤީޤު ކުރުމަށް ވެސް ގޮވާލާފައެވެ. އަދި އޭނާ ހައްޔަރު ކުރަން ވެސް ބައެއް މީހުން ގޮވާލާފައި ވެއެވެ.
https://www.facebook.com/maamigilinoofaray/videos/721638745315363
ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ކޮވިޑް-19 ފަތުރަން އަމިއްލަ އަށް މަސައްކަތް ކުރި މީހުން ފާހަގަ ކުރެވިގެން އެފަދަ މީހުން ހައްޔަރު ކޮށްފައި ވެސް ވެއެވެ.
ދެން އަމައްޔާތް ހުންނަ ހަޔާތް ކުޑަ ކަން ހާވާނެ ހަޑިއެއް ހާވާފަ މި ބީތާތައް މައާފައްވެސް އެދެޔޭ އަދީ
އެލެކްސް އަންނި ވެސް ހަމަ ދައްކަނީ މީނަ މިކީ ވާހަކަ
ތީއަޖައިބެއްނު އާމުންގެ މީހަކު ހަމަ އެޗެކޭ ބުނެލީމަ ތިއޮށް ވާގޮތެއްދޯ ކެނެރީ ބުއްޅަހެޔޮދޯ ކޮންމެ އެޗެއްކިޔަސް އޯކޭ!
މިޙަކު ދައްކާ ވާހަކައަކުން ވާކަންކަމެއް ނޫން އެހުންނަނީ.. ހެޔޮ މާފައް އެދުނަސް ނުވަތަ ނުއެދުނަސް
މި ގައުމެއް ނޫނޭ...ގައުމެއްގެ ސިފަ ވެސް ނުޖަހާ
ހައްޔަރު ކޮށްފާނެތީ ބިރުގަތީ ދޯ...
ރާއްޖެ ތެރޭމީހުން ހަމަ 5ކުޅަދު މަދީ.
ކަލޭގެ ސިކުޑީގެ ޓެސްޓެއް ހެދީމަ އެގޭނެ މަދީ ކިތައް ކުޅަދުކަން.
ކަލޭގެ ސިކުޑީގެ ޓެސްޓެއް ހަދާލީމަ އެގޭނެ މަދީ ކިތައް ކުޅަދުކަން
ހަމަ މަދީ. މާލެ އައިސް ކުޑަކޮށް މާލޭގަ ހައެއްކަމަހު އުޅެލީމަ އޯކޭވާނެ.
މާލެ ވަނީ ޔޫރަޕްގެ ރަށަކަށްތޯ ރާއްޖޭގެ ރަށަކަށްނުވެ ކަލޭ މޮޔަ އެސޮރަށްވުރެވެސް
މާލެ އަކީ ކޮން ރާއްޖެ އެއްގެ ރަށެއް، ދޫނި ރާއްޖެތަ؟ ނޫނީ އަނެއް ދިވެހިރާއްޖެތަ؟ އަތޮޅެ ތެރޭ މީހުންނަށް ސާފް ކ.އަތޮޅު މާލެ އަކީ ދިވެހި ދިދައިގެ ދަށުގަ އޮތް ދިވެހިރާއްޖެތެރޭ ރަށެއްކަން. ޖަޒުބާތުގައ ޖެހި ދޫ ރައްކާތެރި ނުކުރެވުނު ދިވެހި މީހާއަށް އަހަރެން މާފުކޮށްފިން. ކަލެޔަށް މާލެ އަކީ މި ދިވެހިރާއްޖެ އަކީ ކޮންގައުމެއްގެ ރާއްޖެއެއްކަން ނޭގުމުންވެސް ކަލޭގެ 8 ކުޅަނދު މަދުކަން އެނގޭ.
ޖަޒުބާތުގަ ޖެހި އަނބި ދަރިންގާތަށް ނުދެވި ހުރުމުން އެކަހަލަ ކަމެއް ދިމާވީ ކަމަށް ވެދާނެ
ރާއްޖެތެރޭ މީހުން ފަސްކުޅަދު މަދީ މާލޭގެ އިންޒަންތެރިން މަދީ ދިހަ ކުޅަދު އެހެއްވެތާ ކެނެރީގެ ބުއްޅަބޭ ދެއިރު ދެދަޅައަށް އެގޮވަމީ ރާއްޖޭގެ އެއްމެނަން ކޮވިޑް ޖެހޭނެއޭ
ގ ކެނެރީގޭ މުހައްމަދު ނަސީދު އެއީ ރާއްޖެތެރޭ މީހެއްބާ ؟ އަނގަ މައިތިރި ނުވެގެން އެއުޅެނީ އޭނަ ހެޔޮދޯ ކޮންމެ ކޮންމެ އެއްޗެކޭ ވީދުނަސް ، ކުޅަދު މަދީ ރާއްޖެތެރޭ މީހާ.. ؟
އީބަބުނާ މީހުންނައް ﷲ ގެ ގަދަފަދަ އަޒާބު ވަނީ ތައްޔާރުކުރެވިފަ އޭނާގެ ނިޔަތް ދެނެވޮޑިގެންވަނީ ﷲ އަޅުގަނޑު އޭނާޔައް މާފުކޮއްފިން
އޭނާޔަށް މަޢާފު ދޭ ކަށް ނުޖެހޭ. ކޮންމެފަދަ ނުބައި ކަމެއް ކޮށްފައިވެސް، މަޢާފު ބުނީމައި ނިންމާލެވޭ ކަމަށް ވަންޏާ ވަރަށް ފަސޭހަދޯ؟
ކުށެއް ކުރެވުނީމަ އެއީ ކުށެއްކަން ކުއް ކުރިމީހާއައް އިޙްސާސްވެގެން މާއާފައް އެދުމުން ހެޔޮހިތުން މައާފްކޮއްލުމަކީ އެންމެ ހެޔޮގޮތް..ކޮންމެ މީހަކައްވެސްް ކުށެއްކުރެވިދާނެ.ތިބާއައްވެސް...ކުށެއް ކުރެވިި މައާފައް އެދުމަކީ ވަރަށް މާތް ސިފައެއް..އަހަރެން ތިބާއައް މައާފު ކޮއްފިން...
ކޮންމެ ކަމެއް ސިޔާސީ ކަމަކައް ނަހަދަމާ...މީ ހިތް ތިރިކޮއް މައާފް ކުރެވޭނެ ވަރުގެކަމެއްކަން ޔަގީން...މާާދަަމާ އަކީ ތިބާގެ ދުވަހައް ވެދާނެ..
ފައިން ހިމް 2000ރ
ތިޔަ މީހާގެ ހުންނާނެ ފާޑެއްގެ ގޮތެއް، މުޅިއަކުން ހަމަޖެހޭ މީހެއް ނޫން.
ޢަމިއްލައަށް ގަމާރު ކަން ފަލީހަތްވަންދެން އުޅުނީ ނެތްވަރުގެ ބުއްދިވެރިއަ ކަށް ހެދިގެން އޭނާގެ ރޫހާނީ ލީޑަރު އެލެ ކްސް ނަށީދުގެ ގޯވާލުމަށް ތަބާވެގެން. ދެ ނިރުބަވެރިންވެސް ރާއްޖެ ދޫ ކޮށްދާނަމައެހެން ގައުމަ ކަށް.
މާލެ އަކީ ކޮން ރާއްޖެ އެއްގެ ރަށެއް، ދޫނި ރާއްޖެތަ؟ ނޫނީ އަނެއް ދިވެހިރާއްޖެތަ؟ އަތޮޅެ ތެރޭ މީހުންނަށް ސާފް ކ.އަތޮޅު މާލެ އަކީ ދިވެހި ދިދައިގެ ދަށުގަ އޮތް ދިވެހިރާއްޖެތެރޭ ރަށެއްކަން. ޖަޒުބާތުގައ ޖެހި ދޫ ރައްކާތެރި ނުކުރެވުނު ދިވެހި މީހާއަށް އަހަރެން މާފުކޮށްފިން. ކަލެޔަށް މާލެ އަކީ މި ދިވެހިރާއްޖެ އަކީ ކޮންގައުމެއްގެ ރާއްޖެއެއްކަން ނޭގުމުންވެސް ކަލޭގެ 8 ކުޅަނދު މަދުކަން އެނގޭ.