ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ދިނުމަށް ނިންމި ނަމަވެސް ބައެއް ލުއިތަކާއި އެކު އަދިވެސް ދެހަފްތާ ދުވަހު މާލެ ފުރަބަންދުގައި ބާއްވަން ސަރުކާރުން ނިންމައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ފުރަތަމަ މަރުހަލާގައި ކޮންމެ ގެއަކުން ފުލުހުންގެ ހުއްދަ އަކާއި އެކު ކޮންމެ ގެއަކުން ބޭރަށް ނިކުމެވޭނެ މީހުންގެ އަދަދު އިތުރު ކުރަން ނިންމައިފިއެވެ.
އަދި ބައެއް ވިޔަފާރިތައް ވެސް ހުޅުވާލަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ކޮންމެ ގެއަކުން ތިން މީހުންނަށް ދެގަޑިއަށް ގެއިން ބޭރަށް ނިކުމެވޭނެ ކަމަށެވެ. މި ހުއްދަ އަށް އެދި ފުލުހުންނަށް ހުށަހަޅަން ޖެހޭނެއެވެ.
ސަރުކާރުންދޭ ލުއިތަކުގެ ދަށުން ސުޕަމާކެޓްތަކާއި ބޭކަރީތަކާއި ކަންމަތީ ފިހާރަތަކާއި ބޭސްފިހާރަތަކާއި ބުކްޝޮޕްތަކާއި ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތަކާއި ހާޑުވެއަރ ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބޭންކިންގެ ޚިދުމަތްތައް ފުރަތަމަ ހަފްތާގައި ތިން ދުވަހު ދެވަނަ ހަފްތާއިން ފެށިގެން ފަސް ދުވަހު ހުޅުވުމުގެ ހުއްދަ ދޭނެއެވެ.
ކެފޭ ރެސްޓޯރަންޓް ފުރަމަތަ ދެހަފްތާގައި ޑެލިވަރީއާއި ޓެކްއަވޭ ޚިދުމަތާއި، ޓެކްސީއާއި ޕިކަޕްގެ ޚިދުމަތް ދެވޭނެއެވެ. ސިއްޙީ ޚިދުމަތް ދޭނެ ތަންތަކުގެ ތެރެއިން ފްލޫ ކްލިނިކްތަކަށް މީހުން ގޮސްގެން ޚިދުމަތް ލިބޭނެއެވެ. ކްލިނިކްތަކުން އޮންލައިންކޮށް ޚިދުމަތްދެވޭނެ ކަމަށް ވެސް މިރޭ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ލުއިތަކެއް ދިނުމަށް ނިންމި ނަމަވެސް އަދި ބަލިން ސަލާމަތްވީ ނޫންކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.
"އަދިވެސް ނާޒުކުކަމާއި ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކީ އަޅުގަނޑުމެން މިބަލިމަޑުކަންމަތީ އަމަލުކުރަމުންދާން ޖެހޭނީ. ރާއްޖޭގެ ރައްޔިތުން، ޚާއްޞަކޮށް މާލެ ސަރަހައްދުގައި އުޅުއްވި ރައްޔިތުން ދެއްކި ނަމޫނާއަކީ ރާއްޖެ ނަމޫނާއަކަށް ވަރަށް ގިނަބަޔަކު ދެކޭ ހިސާބަށް މި އާދެވުނު ސަބަބު" މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ސާބަސް އަމީނައް ހިއްވަރު ގަދަކުރޭ... ޜައްޔިތުން ރައްކާތެރި ކުރައް ތިޔައެޅި ފިޔަވަޅް.. އަންނި ހުރޭ މޯދީއާ އެކު.. ޖެއްސުން ކުރައް
އަންނި ދެން އެންމެ އަވަހަށް އަމީނުގެ ނޯ ކޮންފިޑެންސް ތާވަލްކުރާނި ދެން މައިމޫނާ ބޭރުކުރަން ހިފާނި..ބުރޯ ދޫ ނުދޭތި.. ދިވެހިންގެ ގޮތް އެނގެއެއްނު ނުހުންނާނެ އަހުލާޤެއް ނިއުނޯމަލްއޭ ކިޔަސް އުސޫލުތަކަކަށް ތަބައެއް ނުވާނެ.. އެންމެ ރައްކާތެރިގޮތަކީ ހަމަ ލޮކްޑައުން ދިގުކުރުން
ވަރަށް ރަނގަޅު ވާހަކައެއް ނަބީލް..ތިކަމުގެ ސަބަބުން މާލޭގެ މަގުތަކުގައި މީހުންގިނަވެ ކޮވިޑް19 ގެ ނުރައްކާ ރެޑްލައިން ހުރަސްކުރާނެ..ގެއަކުން 3މީހުން..ކޮންމެ ދުވަހަކު 50000ހާހައްވުރެ ގިނަމީހުން މަގުމައްޗަށް ނުކުންނާނެ.
ލުއިތައް ދޭން ނިންމީ އިޤްތިސާދަށް ގެއްލުންވާތީ ފައިދާވާނެ ކަމަށް ވިސްނާފައޭބުނި ، އެ ކަމަ ކު ތި އެއްވެސް ލުޔަ ކުން ނެތް ފައިދާއެއް ފެންނާ ކަށް
ނޫސްވެރިން އަހާލަބަލަ ، ޑޮ ކްޓަރުންނަށް އެއްވެސް މަޖުބޫރު ކަމެއް ކުރިމަތިވޭތޯ ، އެއއްވެސްބދިމާލަކުން
މަމެން ތިބޭނީ ތަންތަނުން ޑެލިވަރީ ކޮށްދޭހާ ހިނދެއްގަ ލޮ ކް ޑައުންގަ
ޥަގުތު މީހުން އަހާބަލަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަމިއްލަ މަސައްކަތް ކުރާމީހުންނަށް ހުއްދަނުދެންތޯ ހަމަ ހާލުގަ ޖެހެނީ އެކަހަލަ މީހުން
ނިކަމެތި ރަތްޔިތުންނަށް ދެރަގޮތް
ތި އޮތީ ގައުމު ހިންގިފަ ، އިތުރު ބަލިތަކުގަ ރައްޔިތުންގެ ދުވަސް ދަނީ، ބޮޑެތިން ގައުމު ލޫޓުވަން ލޮކްޑައުންގަ ގައުމު ބާއްވަނީ. ހިތާމަ ހުރި.
ފުލުހުންނަށް ހުސްހެޅިޔަސް ބައެއްފަހަރު އެމީންގެ ޖަވާބެއް ނުލިބި ހުންނއެބަޖެހޭ މިކަމަށް ހައްލެއް ނެތްތޯ..
ކެނެރީގެ ނަސީދު ކްރޯނާ އިގިރޭސިވިލާތުންގެނެސް 4 މީހަކު ގެނެސް މާލެއަށް ދޫކޮށްލި.އެކަން އެގޭނެ މަޖިލީހުގެ މެންބަރު ބޮޑުން ގެދަރިން ގެވާހަކަ ދައްކަން ފެށުމުން އެދޭތެރެއަށް އެކަނަ ހުއްޓުވި،އެއީ ކޮންބަޔަކު ކަން ރައްޔިތުންނަށް އެގޭ .މިއީ ޖިނާއީ ދައުވާ އުފުލަން ޖެހޭ މައްސަލަ އެއް
ރަނގަޅު ނިންމެވުމެއް، މި ވަގުތަށް!
އަޅެމިއެއްޗެއް ޮޮޮޮޮޮޮޮޮއިނެގެންއުޅޭބައެއްތަގަ
ރަނގަޅު ނިންމުމެއް. ނަމަވެސް ކުރިން ޕްލޭން ކުރި ގޮތަށް ދެންވެސް ހަދަން ނުވިސްނަވާ އެއްކޮށް ބަލި ކޮންޓްރޯލް ނުވަނީސް. ބުނެލަން އޮތީ ބޭރުގައި އުޅޭ މީހުން ރަނގަޅަށް މޮނިޓަރކުރެވޭނެ އިންތިޒާމެއް ރާވާށޭ އަވަހަށް އަދި ޓެސްޓުކުރާ ވަރު އިތުރުކޮށްލަދޭށޭ. މިބައްޔަށް ވެކްސިނެއް ނުލިބެނީސް އޮންނަން ޖެހޭނީ ފުރަބަންދުގަ އަބަދުވެސް.
މިވަގުތައް ރަގަނޅު ނިންމުމެއް ނޫން ތީ ކޮއްކޯ..މަމީ މާހިރެއް..ވަރަށް ތަޖުރިބާކާރު މިބުނީ.. މަދު ދުވަސްކޮޅެއް ގެ އެތެރޭގައި ބަލަން ހުންނާތި ވާނެގޮތް؟
الحمدلله
ސާބަހޭ އަމީން. އަންނި ވާނެ މިފަހަރު ހަނާއަރުވާލަން.
ރައްޔިތުން ލޮކްޑައުންގަ ބައިތިއްބައިގެން ބޭރުގައުމުތަކުން އެހީހޯދައިގެން އެއެހީ ވީތަނެއް ވާތަނެއް ނޭންގޭ ރައްޔަތުން ހަނާ ނިކަމެތި މީހާ ކައިގެން ބޮއިގެން އުޅޭނެ ގޮތެއް ނެތް ވެރިން ބަރާބަރައް މުސާރަނަގައިގެން ގޭގަ އަމިއްލަ މަސަތްކަތް ކުރާމީހުންނައް ފައިސާދޭވާހަކަ ދައްކާފަ އެބުނާ ފޯމު ފުރުމެކޭ 7 ވަޅުން ގާނެގުމެކޭ އެއްވަރު ލިބޭނެ އެއްގޮތެއްވެސްނެއް ބައިކުދިން ބަހާލޯނު ދޭއެހީ ނިކަމެތިމީހާ ހަނާ ބަނގުލާދޭޝް މީހުން ބޭފުޅުން ހަދައިގެން އެމީހުންނައް ކާން ބޯން މިދެނީ ނިކަމެތި މިހާ އަތުންނަގާ ޖިޒީގެ ރުފިޔާއިން ރައްޔިތަކައް ލިބޭއެއްޗެއްނެއް ލަދެއް ނުގަނޭ ނޫސް ކޮންފަރެންސްދޭން މާދަމާ ވޯޓްލާންވީމަ ރައްޔިތުމީހާ ބޭނުންވަނީ މިހީވަނީ ރައްޔިތުން ފޮނުއްވާފައި މިތިބީ މިވެރިންނައް ވޯޓްދޭން އެކަންޏޭ ދެންކީއްތޯ ކުރާނީ ގިނަ ރައްޔިތުން މިތިބީ މިވެރިންގެ މަޅީގައި ޖެހިފައި
ރަތްޔަތުން ބަޑައްޔާސާފަ ނޫނީ ލޮކްޑައުން ހުއްޓާނުލާތި އަމީނު ސާބަސް !
މިފާޑަށް ލުއި ނުދިނަސް އޯކޭ ވާނެ ލުއިދޭންވެސް އދި ކަމެއްކުރަންވެސް ދައްނަބަޔަކާ ނުން މިގައުމާ ހަވާލު ކުރެވިފާ މިވަނީ ދެން ކީތްކުރާނީ ޖެހޭނީ މަރުވަންދެން ތިބެން
ޝުކުރިއްޔާ މިނިސްޓަރ އަމީން އަދި އެޗްޕީއޭ އަށް ސިޔާސީ މީހުންގެ ބަހަށް ވުރެއް ރައްޔިތުންގެ ބަސް އަޑު އެއްސެވީތީ..
ފުރަތަމަވެސް ހުޅުވާލީ ޑޯގު ކޮށި އެ ކަން ކުރީ ރަގަޅަށްތޯ ދެވަނައަށް ތިޔަވިދާޅުވަނީ ހުރިހާވިޔަފާރިތައް އަދިވެސް އިންސާނާއަށް އެ ކަމަ ކާނުލާ ނުއުޅެވޭނެ ކަމަށް ﷲސުބުހާނަހޫވަތައާލާ އަންގަވާފައިވާ އިންސާނާދިރިދުނިޔޭގައި ބުއްދިސަލާމަތުން ހުރެއްގެން މަޖުބޫރު ކަންތަށް ކަމަށްވާނަމާދުގެ މީސްތަ ކުން ޖަމާއަތުގައި އަދާ ކުރުމަށް މިސް ކިއްތަ ކަށް އެރުމުގެ ފުރުސަތު ނުދީބޭނުންގޮތަ ކަށް ކަން ކުރަމުން ތިޔަގެންދިއުން ރަގަށްޅެއްނޫން މި ކަމަށް ވިސްނަވާ ދެރަގޮތްތަ ކެއް މެދުވެރިނުވުމަށް ﷲއަށް ދުއާ ކުރަން
މީގެ އެންމެ ރަނގަޅު ގޮތަ ކީ އެއްވެސް ލިޔެއް ނުދީ މިހާރުވެސް މިދާގޮތަށް އަދި 2 ހަފްތާގެ ލޮ ކްޑައުންއަކަށް ދިޔުން. އެއަށްފަހު އަދި ދެ ހަފްތާއަސް ތިދިނ ލުއޮތަކާއެކު ލޮކްޑައުން ކުރުން. މިހާރު ދޫދިން މިންވަރުވެސް މާބޮޑު. މާލެތެރޭގަ ތިފެތުރެން ވަރަށް ފަސޭހަވާނެ.
އަޅުގަނޑު އެއްގޮތަކަށްވެަް އެއްބަހެއްނޫން އަދި އެއްވެސް ވަރަކަކަށް ލުއިދޭން. ހަމަޔަޤީން ތިވަރަށް ދޫ ދޭން ސަރުކާރުން ނިންމީ ނުފޫޒުގަދަ ބަޔަކާ ހުރެކަން.
ލޯބިވާމީހުން ނާ ދުރުގަ ތިބެންމިޖެހެނީ، ކިހާދުވަހެއް ވަނދެން ތަ، ދަތުރުފަތުރު ނުކުރެވޭތީ ހުރި ތަނެއްގަ ތިބެން މަޖުބޫރު ވަނީ. ވަރަށް ދެރަކަމެއް މީ، ދަތުރުކޮއްގެން ވިޔަސް ލޯބިވާމީހުން ކައިރިއަށް ދެވޭނެ ގޮތެއް ބޭނުން އޮތްތޯ ބަލަން. މާގިނަ ދުވަސް މިވަނީ މިހެން ތާށިވެފަ ހުންނަތާ..
މިޢީ ހެލްތު މިނިސްޓަރުގެ އިތުބަާރު ނެތްކަމުގެ ވޯޓު ނަގަންވީ ވަގުތު