ވަކި ދުވަސްތަކެއްގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އަރައި ފޭބުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އޭއީއޯސީ) އިން ވިދާޅުވީ ކޮންމެ ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 3:00 އަށް ހިތަދޫ ރައްޔިތުންނަށް މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަށް ދަތުރު ކުރެވޭނެ ކަމަށެވެ.
އަދި ކޮންމެ ހަފްތާއެއްގެ އާދީއްތަ، އަންގާރަ، އަދި ބުދަ ދުވަހުގެ ހެނދުނު 9 އިން މެންދުރު 3 އަށް މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނަށް ގުޅިފައިވާ ރަށްތަކަށް ދަތުރުކުރެވޭނެ ކަމަށް އެ ތަނުން ވިދާޅުވިއެވެ.
އެކަމަކު، އެގޮތަށް ދަތުރު ކުރާ އިރު، ފުލުހުންގެ ހުއްދަ ހޯދަން ޖެހޭނެއެވެ.
އައްޑޫ އިން ކޮވިޑް-19 ގެ ވޭދަނައެއް ނުފެނުނު ކަމުގައި ވިޔަސް، އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.
މީވަރަށް ހެއްވާ ޤަވާއިދެއް! އެކި ރައްރަށުގެ މީހުންނަށް އެކި ދުވަހު ކޮރޯނާގެ ބިރު އޮންނަނީ! ކޮރޯނާ މީހާދަ ލާނެއްކަން ބޮޑު ބައްޔަކޭދޯ!
އަ ދި އައްޑޫ ސިޓީގައި މި ނޫން ދެ ރަށެއް ވެސް އޮވެއޭ!!! ހަނ ދާން ނެތުނީތަ؟؟