ލ. އިސްދޫގައި ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލައިފިއެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިސްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ހަލީލް މިރޭ ވިދާޅުވީ އެ ވެހިކަލް ފުރޮޅާލިއިރު ވެހިކަލް ތިބީ ދެ ފުލުހުން ކަމަށެވެ. އަދި އެ ވެހިކަލް ފުރޮޅާލި ކަމަށް މައުލޫމާތު ލިބެނީ ބާރު ސްޕީޑުގައި ދުއްވާފައި އައުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަލީލަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި އޭނާ ވިދާޅުވީ އެ ވެހިކަލް ފުރޮޅާލައިގެން 300 އެއްހާ ފޫޓު ދުރަށް ކަހާލައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެވަގުތު ވެހިކަލްގައި ތިބި ދެ ފުލުހުންވެސް މިހާރު ތިބީ ސިއްހީ މަރުކަޒުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ހަލީލް ވިދާޅުވީ ދެ ފުލުހުންގެ ހާލަތުވެސް ރަނގަޅު ކަމަށެވެ.
"އަޅުގަނޑަށްވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ކަމަށް ވަނީ. ގާތްގަނޑަކަށް 160 ކިލޯމީޓަރު ބާރު މިނުގައި ކަމަށް ވަނީ ވެހިކަލް ދުއްވާފައި އައީ،" ހަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވެހިކަލް ކަހާލައިގެން ގޮސް ޖެހުނީ ރުކެއްގައި ކަމަށާއި ޖެހުނުލެއް ބާރުކަމުން އެ ރުކުން ވެސް ގިނަ އެއްޗެހި ވެއްޓިފައިވާ ކަމަށެވެ. އަދި އެ ޖިޕުގެ ޓޭންކުވެސް އެއްކޮށް ފަޅައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
300 ހައެއްހައި ފޫޓް ........... ގާތްގަނޑަކަށް 98 މީޓަރު! ހާދަ ބާރަކަށް ތި ދުއްވީ! 120 އަށްވުރެ ދަށްކޮށް ދުއްވައިގެން ތިވަރެއްނުވާނެ!
300 ފޫޓޭ؟ އެއީ މަތިންދާ ބޯޓެއްތަ
ރީއްޗެންނު ބާރު ސްޕީޑުގައި ނުދުއްވަން ނަސޭހަތްތެރި ވާ ބަޔަކު ޓްރެފިކޭ ބްރެފިކޭ ކިޔަގެން އަމިއްލައަށް ބޮނޑި ބޮނީ ، ސްޕީޑް ކެމެރާ ތައް ހަރުކޮށްގެން ކޮން ފައިދާއެއްތަ ވަނީ؟
މީދެން ބޮޑުވަރު ހާދަގެއްލުމޭ ލައިސަންސް އޮތްތޯ ބަލާނީ ކާކު؟؟؟
ތީރައްޔިތުންގެ މުދާ ފުލުހުންވިޔަސް ރައްޔިތުންގެ މުދާގެންގުޅެންވާނީ ރައްކާތެރިކަމާއިއެކު ތިއެކްސިޑެންޓުގެ ދައުވާ ޖިޕް ދުއްވަން އިން މީހާގެ މައްޗަށް ކުރެވެން ޖެހޭނެ އަދި ދައުލަތަށްވި ގެއްލުމުގެ ބަފަލުވެސް އޭނައަތުން ހޯދަން ޖެހޭނެ
ރައްޔަތު މީހެއްގެ ފުރާނަ ސަލާމަތް ކުރަން ދިޔައީ. ފިޓު ޖެހުނު މީހަކު ހޮސްޕިޓަލައް ގެންދަން ޖެހިގެން އޭނާ ބަލާދިއުމުގެ ތެރޭގައި. ހަގީގައް ބަލާލުން ރަގަޅު
ރައްޔަތު މީހެއްގެ ފުރާނަ ސަލާމަތް ކުރަން ދިޔައީ. ފިޓު ޖެހުނު މީހަކު ހޮސްޕިޓަލައް ގެންދަން ޖެހިގެން އޭނާ ބަލާދިއުމުގެ ތެރޭގައި. ހަގީގައް ބަލާލުން ރަގަޅު
ބާރަށް ދުއްވެނީ ކޮން ބަޔަކަށް ތޯ ބަލާލަ ބަލަ.. އެމްބިއުލާންސް ދިފާއީ ވެހިކަލް ތަކަަށް ދުއްވޭނެ ހެން ހީވަނީ.. ދެން ދިޔައީ ގަ ބޫލުކުރެވޭ ކަމެއް ގަ ތޯ ބަލަން ވީ.
ފުލުހުންވެސް ގުންޑާޔުންނަށް ހަނދާލީދޯ!
ހާދަ ވަރެއް ވެފައޭދޯ ތިތިބީ!
ކީކޭ ބުނާނީ ގާނޫނާ ގަވާއިދު އާއްމުންނަށް ކިޔައިދެނީ މިމީހުން މިހުރީ ބައެއް ފުލުހުންގެ ހާލުދޯ ދެން ތިވެހިކަލް ވެސް މަރާމާތު ކުރަންވީ ރައްޔިތުންގެ ހަޒާނާއިން ...
އާ އީޖާދެއްބާ ؟ ވަގުރުކު އަޅަން މޮޅުގޮތެއްތާ ވެހިކަލް ދޫކޮށްލާފައި ކާށިކޮޅު ހިފައިގެން ފިލާފާނެ
އަލްޙަމްދު
300 ފޫޓައް ކަހާލީ ވަރަށްބާރައް ދުއްވާފައައީމަ މިސާލަކަށް ބަލަނީނަމަ ސައިކަލެއް 60 ކިލޯ މީޓަރު ބާރުމިނުގަ ދުއްވާފަ އައިސް އެއްޗެށްގަ ޖެހޭއިރުމިދަނީ 10 ނޫނީ 20 ފޫޓު ދުރަށް އެއީ ވެލިގަނޑު ނޫނީ ތާރުގަނަމަ ތަފާތު ވާނެ.ދެން މިއަންދާޒާ ކޮއްލައްވާ ބޮޑުސިންގާ ވޭނެއް ދުއްވައިފައައިސް އެގޮތައްޖެހޭނީ ލައްކަ ބާރަށް ދުއްވައިފައައީމަ.ވޭނުގަވެސް ކޮންމެވެސް ވަރަކަށް ބަރުދަން ހުންނާނެތާ.ވޭންދުއްވާ އެއައީ އޭގެ އެންމެ ފުލްސްޕީޓުގަ އެއީ ދެބަސް ވެންނެއް ހަގީގަތެއް އެހެން ނޫނީ ތަހުގީގު ކޮށްލުމުން އެގިލައްވާނެ ވަރަށް ރަނގަޅައް.ދެންއެހެން ނޫނީ އެއީ ޖިންނި ޟައިތޯނުއްގެ ކަމެއް.
ކޯޗެއް ބަލާކަށް ދޯ ރައްޔިތުންގެ ފައިސާއިން އަނެއްކާ ގަންނާނެއެއްނު ނޫނީ ކޮންމެވެސް ގައުމެއްގެ ނިސާން ޖެހި ވެހިކަލެއް ލިބޭންނު މި ފުލުހުން އުޅޭ ވައްތަރުން ވެސް ބޯ ހަލާކު
އެހާބާރު ސްޕީޑް ގައި ފުލުހުން ހަމަ މަޖަލަކަށް ދުއްވާލީތޯ ނުވަތަ އިމަރޖެންސީ ކަމެއް ދިމާވެގެން ދިޔަ ދިޔުމެއްތޯ ވަގުތު ނޫހުން ކިޔުންތެރިންނަށް ސާފުކޮށްލަ ދެއްވުން އެދެން.
މިހާރު ތިޔަ ބައިގަންޑުގެ ފައި ބައެއްފަހަރު ބިންމަތީގައި ޖެހެނީ އެހެންވެ ތިއޮތީ ތަންކޮޅެއް ހިތްމަތީގައި އުޅުއްވާ ދުވަސްކޮޅެއް،
160 km ah
ލައިސަންސްތަ ވެހިކަލް ދުއްވީ