ދިވެހިރާއްޖެ އަކީ ސިންގަޕޫރު ކަހަލަ އެއްކޮށް އޮތް ފަސްގަނޑެއްނަމަ އެގައުމަކަށް މިރާއްޖެ ކައިރީގައި ރައީސް ޔާމީންގެ ސަރުކާރުގައި ހިފަހައްޓާނުލެވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި އަދުރޭ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިފަހުން ކޮށްފައިވާ ތަރައްގީ އެއްވެސްކަމެއް އަދި ނުފެންނަ ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުގައި ކުރި މަސައްކަތް މިއަދު ރާއްޖޭގެ ރަށްތަކަށް ބަލާލުމުން ފެންނާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ އެބޭފުޅުން އެބުނާ ވަރުގެ ހިޔާނާތްތެރިއެއް ނަމަ ދައުލަތަށް ލިބުނު ފައިސާ ހިޔާނާތުގެ ގޮތުގައި ބޭނުން ކުރެއްވިނަމަ، 5 އަހަރު ދުވަހުގައި ލޮލަށް ފެންނަން މިހިރަ ތަރައްގީ ނުފެންނާނެ ކަމަށެވެ. މި ސަރުކާރުން ބޮޑެތި ބަޖެޓް ފާސްކޮށްގެން އެއަށްވީނުވީއެއް އަދި މިއަދާއި ހަމައަށް ނޭނގޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މިބޭފުޅުން ވައްކަން ކުރާތީ މިއުޅެނީ ތަރައްގީ ނުގެނެވިގެން ނޫންތޯ. 33 މިލިއަން ބަޖެޓަށް ފާސްކޮށްގެން އެއަށް ވީނުވީ އެއް ނޭނގުނު. 38 ބިލިއަން ފާސްކޮށްގެން އޭގެއިން ކުރެވުނު ކަމެއް ނެތް. އެކަމަކު ރައީސް ޔާމީން އެބަހުއްޓޭ ދައްކާފައި." އަދުރޭ ވިދާޅުވިއެވެ.

ރާއްޖެއަށް ގެނެސްފައިވާ ތަރައްގީ އެއްތަނަކުން ނުފެންނަނީ 186 ރަށަކަށް ރައީސް ޔާމީން އެ ތަރައްގީ ގެންނަވާފައިވާތީ ކަމަށް ވިދާޅުވެ، އަދުރޭ ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހް ކިތަންމެ ހިތް ހަމަ ނުޖެހުނަސް މި ހަގީގަތް ބަދަލެއް ނުވާނެ ކަމަށާއި އެރަށެއްގައި ތިބޭ މީހުންނަށް ރައީސް ޔާމީން ގެނެސްފައިވާ ތަރައްގީ ފެންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ލޯމަތިން މި ފެންނަ ބްރިޖާ، ހުޅުމާލެއާއި އެއާޕޯޓާއި މިހިރަ 25 ބުރީގެ އިމާރާތް އެކަންޏެއް ނޫނޭ މިއައްވުރެ މާ ގިނަ މަސައްކަތް އެބަހުރި ކުރައްވާފައި. މުޅި ރާއްޖޭގެ ހއ. ތުރާކުނުން ފެށިގެން އައްޑޫގެ ނިޔަލަށް ތިބޭފުޅުން ބައްލަވާލެއްވީމާ އެނގިވަޑައިގަންނަވާނެ ރައީސް ގެނެސްދެއްވި ތަރައްގީ. މިއީ ސިންގަޕޫރު ކަހަލަ އެއްކޮށްއޮތް ފަސްގަނޑެއް ނަމަ ސިންގަޕޫރަށް މިރާއްޖެ ކައިރީ ހިފަހައްޓާނުލެވުނީސް މިދިޔަ 5 އަހަރު ތެރޭގައި. އެވަރަށް މި ރާއްޖެއަށް ތަރައްގީ ގެނެސްފައި އެބަހުރި" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އެދުރުތަކުރު

  ނަސީބެއްތީ އެހެންނޫނީ އަހަރެ މެންނާއި ސިންގަޕޫރާއި މިހާރު ތިބޭނީ ޖެހިފަ ދޯ އަދުރޭ.

  5
  5
 2. ތާކިހާ

  ރައީސް ޔާމީނު ވެރިކަމުން ދުރުކުރުމަށްވޯޓުދިން މީހުން ވެސް ތިޔަ ހަގީގަތް ޤަބޫލުކުރޭ ދެއްތޯ، އިބްރާހިމް މުހައްމަދު ސޯލިހް ކިތަންމެ ހިތް ހަމަ ނުޖެހުނަސް އެބޭފުޅާވެސް އެކަން ޤަބޫލުކުރައްވާ. #ވ ސަލާމް ފޮނިކަނޑާސަރުކާރު

  6
  5
 3. ގާދޫ ކުޑަކަތީބު

  އެހެންވެދޯ ފޮނަދޫގައި ގާދޫ މީހުން ބަދަލުކުރި ސަރަހައްދުގަ އެޅި މިސްކިތުގެ ރަސްމީ އަގަށްވުރެ ހައެއްކަ މިލިއަން އިތުރުކޮށް ދައުލަތުގެ ވަތްގަނޑުން ކޮންޓްރެކްޓަރގެ ލޯންޑަރީ މެދުވެރިކޮށް މަނިކުފާނުގެ ޖީބަށްވަނީ.

  7
  6
 4. ހިޔަޅޭ

  ނަސީބެއްނު

  1
  3
 5. ޢަންސާރު

  ރައީސް ޔާމީން އަކީ އިސްލާމް ދީން ދެކެ ލޯބިވާ ގައުމަށް ވަފާތެރި އިހްލާސްތެރި ވެރިއެއް.މާތް ﷲ އެ މަނިކުފާނަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން...

  6
  5
 6. އހ

  އަދުރޭ ނަމަވެސް ތިބުނީ ހަމަ %100 ތެދު ވަާހަކައެއް.. މަ ތާއީދު

  6
  6
 7. ބޯކިބާ

  މިނޫނީ ސިންގަޕޫރާއި އަޅައިގަނެގެން ނުނެއްޓިގެންއުޅޭ ތާޑުވޯލްޑު ގައުމެއް ނޯންނާނެ.

  7
  5
 8. ނަޖީބު އައްބާސް

  މިކަހަލަ ކޮސްގޮވާމީހުން ދައްކާވާހަކަ އަޑުއަހާ މީހުންވެސް އުޅޭބާ؟ ރައްޖެއަކީ ކުއޭތުކަހަލަ ތެލުގެ މުސްހަދިކަން ލިބިފަ އޮތްގައުމެއްނަމަ! ކިހެންވީސް! ޔާމީނު އެއީ ގައުގެ އިތިސޯދައް އެއްންމެ ފައިސާފޮއްޗެއްވެސް ވަދަން އެގުން މީހެއްނޫން! ބުނެބަލަ އެގޮތުން ކުރިކަމެއް ލޯނުނަގާ ކަމެއްކުރިޔަސް އެދެއްކޭނެފަދަ ތަސައްވަރެއް ކުރަންވެސް އެގުން މީހެއްނޫން!

  7
  6
 9. ހއޕ

  "ނަމަ" އެހެންނު. ޔާމީނު ތެދުވެރިނަމަ އަދުރޭއަށް ފްލެޓްތަކެއްވެސް ނުގަނެވުނީސް. ވެރިކަމުންވެސް ނުވެއްޓުނީސް.

  5
  5
 10. ޑައެލޯގް

  އަދުރޭގެ ވާހަކަ %100 ބަރާބަރު

  5
  5
 11. ނިހާން

  އޭރަށް އަދި ހާދަ ބައިވަރެއް ކާނެއޭދޯ...

  5
  5
 12. އަލްޖިބްރާ

  ރާއްޖެ އެއްފަސްނަމައޭ ، ސިންގަޕޫރޭ ، ފަޅޮލޭ ތިގޮވަނީ ކަލޭ މޮޔަވީތަ ؟ ނުވާނެ ކަންތަކަށް ނަމަނަމަ ކިއަސް ނުވާނެ ! ކަލޭ ތީ އެހާ ކުޅަދާނަ މީހެއްތަ ؟ އެހެންވިއްޔާ އެއްފަސް ކޮށްފައި ދައްކަބަލަ ! ކުރާނެކަމެއްނެތިއްޔާ އަގަމަޑުންލައިގެން ހުރިއްޔާ ވާބޭޒާރު ކުޑަވާނެ !

  6
  6
 13. ވަގު ޔާނު

  ނަސީބެއް އެހެން ނޫންނަމަ މިގައުމުގަ ތިބިމީހުން ވިއްކާ ހުސް ކުރީސް މިހާރު ރާއްޖެގެ އެއްވިސް ހިސާބަކު ނެތް ފަޅެއް ގިރިޔެއް ނުވިއްކާ ހުރިހާ ލާރިޔެއް އެތިބީމަޅާލައިގެން

  2
  1