މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާ އާންމު ހާލަތުގައި ދޭން ފަށާފައިވާ ލުއިތަކުގެ ދަށުން ޖުލައި އެކަކުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރީ މާޗް 18 އިން ފެށިގެންނެވެ. މި މަހުގެ 14 ވަނަ ދުވަހު ވަނީ މިސްކިތްތަކަށް ގޮސް ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ. އޭރުގައި ވެސް ޖަމާއަތުގައި ނަމާދުކުރުން އޮތީ މަނާކޮށްފައެވެ.
މާދަމާއިން ފެށިގެން މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައިވާ އިރު، އާ އާންމު ހާލަތުގެ އުސޫލުތަކާ އެއްގޮތަށް އޮފީސްތަކާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދެއްވައިފައެވެ.
މާލެ، ވިލިމާލެ، ހުޅުމާލެ އާއި ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އިތުރަށް މި ބަލި ރާއްޖޭގައި ފެތުރުނު ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިންނެވެ.
މި ހާލަތުގައި ހަމައެކަނި މިސްކިތްތަކުގައި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި "ހުރިހާ އެންމެން ގޭގައި ނަމާދުކުރައްވަވާ،" މިގޮތަށް ގޮވާފައިވެއެވެ.
މިސްކިތްތަކުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުއާކޮށް އިސްތިގްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެފައިވެއެވެ.
ރާއްޖެ އިން 2336 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، ބަލި ޖެހިގެން ނިޔާވެފައި ވަނީ އަށް މީހުންނެވެ.
ﷲ ހަމްދުކުރަން ތިފުރުސަތުދެއްވީތީ
އަލްޙަމްލިﷲ. އިބިލީސް ބަލިވެއްޖެ.
އަލްހަމްދުލިއްﷲ
އަލްޙަމްދުﷲ
ކުރި އެރުމެއް...
މިކޮވިޑްކަންތަކާ އެކި ޤަޢުމުތަކުގެ ދީނީއިލްމވެރިން ޢަމަލްކުރެއްވީ ތަފާތުގޮތްގޮތައް! އެއްބައި ބޭފުޅުން ޖަމާޢަތްހެދީ ޖާގަލައިގެން އަނެއްބައި ބޭފުޅުން ވިދާޅުވީ ގޭގަ ޖާގަލައިގެން ނަމާދުކުރުމަށްވުރެ ގޭގަކުރުން ރަނގަޅުކަމަށް! މިކަންކަމުންވެސް ދޭހަވަނީ އިސްލާމްދީނަކީ ލުއިފަސޭހަ އަދި ހިކްމަތްތެރި ދީނެއްކަން! ތިމާއާ ޙިޔާލް ތަފާތުވާ މީހާ ދީނުންބޭރުކޮށް އޭނާއާ ހަނގުރާމަކޮށް އަދި އޭނާ ޤަތުލުކޮށްލައި މުދަލާ ލޭ ހުއްދަކުރާ ދީނެއްނޫންކަން! އިސްލާމްދީން ބާރުއަޅަނީ ސުލްހަ މަސްލަސްކަމަށް! ރާއްޖޭގެ ދީނީ ޢިލްމުވެރިން މިދަތިދުވަސްވަރު ތިދެއްކެވި ސާބިތުކަމަށް ޝުކުރިއްޔާ!
ބަލާނަމޭ މިސްކިތް ނުހުޅުވައިގެން އެވާހަކަ ފޭސްބުކުގަ ލިޔުނު ރައްޓެހިން ބަރާބަރަށް ނަމާދަ މިސިކިތައް ދޭތޯ..
އަލްހަމްދުލިއްﷲ..ޖަމާއަތުގައި ނަމާދުކުރަން ފެށުމާއެކު ދިވެހިރައްޔިތުން ނިދިންހޭލެވި ދީނާދެކޮޅައް މިރާއްޖޭގައި ހިންގަމުންދާ ޖަރީމާތަކުގެ މަތިންހަދާންކޮއް މިކަމުގެ އަޑީގަ ހަރަކާތްތެރިވާ ސިޔާސީ ބޮޑުންނާ ދުރުހެލިވެ ދީން ހިމާޔަތްކުރުމައް ތެދުވާނެ ހިތްވަރު ﷲ ގެރަހުމަތުން ދިވެހިންނައް ލިބޭނެ...
ٱلْحَمْدُ لِﷲ. މިސްކިއްތައް ހުޅުވާލި ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން މިސްކިތަށް ދިއުން އަދި ރަނގަޅެއްނޫން. ގެއިން ޥުލޫ ކޮއްގެން ދިއުންވެސް ރައްކާތެރި. މުސައްލަ ގެންދިއުން ބުއްދިވެރި.
ތިމާ ކުރަންޖެހޭ ކަމެއް ނޫން އެއެކީ އެނެއްކާ ނަމާދައް ދޭތޯ ނުދޭތޯބެލުން... ތިމާ ކުރަންޖެހޭނެކަމަކީ ތިމާ ބަރާބަރައް ދެކުންތެރުކަމެއް ނެތި އިހްލާަްސްތެރިކަމާއި އެކު ނަމާދުކުރުމާ ނަމާދައް ދިއުން.. (ތިމާ އެނެއްމީހާ ނަމާދައް ދޭތޯ ބަލަން ހިތުއަޅާގެން ނަމާދައްދިއުމެއްނޫން އޮންނަނީކީ..) އަދި ހެޔޮގޮތުގާ ގާތް ރައްޓެހި ރަހުމަތްތެރިންނާއި އާއިލާ މީހުންނާ އަދި އެނޫންމީހުންނައްވެސް ހަނދާން ކޮއްދީ ނަސޭހައްތެރި ވުމަކީ އޮތްކަމެއް..
..
ސޯސަލް މީޑިޔާގާ އެމީހާ މިސްކިތްތައް ހުޅުވުމާ ޖަމާއަތުގާ ނަމާދު ކުރުން ހުޅުވުމައް ބުނާތީ އޭ ކިޔާފަ .. އެމީހާ ނަމާދައް މިސްކިތައް ދޭތޯއާއި ޖަމާއަތުގާ ނަމާދުޖުރޭތޯ ބެލުމަކީ ތިމާއައް އޮއްކަމެއްނޫން.. އަދި އެހެންމީހުން އުޅޭނޫޅޭ ގޮތް ބެލުމަކީ ތިމާއައް އޮތްކަމެއްނޫން..
..
ﷲ އަޅުކަން ކުރަން އެގެވީ ތިބާއެއް ނޫން އަދި އެކަލާނގެއައް ސަޖިދަކުރުމައް ނުވަތަ ނަމާދު ކުރުމައް އެނގެވީވެސް ތިބާއެއްނޫން.. އެކަން އެނގެވިފަރާތުން އެކަން ބަލާވާ ވޮޑިގެންވޭ އަދި އޭނަގެ އަމަލްތައް ލިއުއްވާވެސްމެއް.
ޢެއީ ތިބާގެ ވަޒީފާއެއްނޫން އަދި ތިބާއާ ހަވާލުކުރެވުނު ކަމެއްވެސްނޫން.. ތިބާއައް ވުރެން މާފުރިހަމައައް އެކަލާނގެ އެކަން ބަލާވާ ވޮޑިގެންވޭ..
ތިބާގެ ކަމަކީ ނުވަތަ މަސްއޫލިޔަތަކީ ނުވަތަ ވަޒީފާއަކީ ވެސް ހަމައެކަނި ﷲ އައްއޅުކަންކުރުން އަދި އެކަލާނގެ އައް ސަޖިދަކުރުން.. އެހެންމީހުން އުޅޭ ނޫޅޭގޮތް ބެލުމެއް ތިބާއަކައްނުވޭ.. ތިބާއަތް އޮތީ އިހުލާސްތެރިކަމާއި އެކު އެކަލާނގެއައް އަޅުކަންކުރުން.. އަދި ވީވަރަކުން އެހެންމީހުންނައް ހެޔޮގޮތުގާ ހަނދާންކޮއްދީ އަދި ހެތޮގޮތުގާ ނަސޭހަތްތެރިވުން ..
.. ތިބާ އަތް އޮތީ އެނެއްކާ ނުބާއަމަލް ކުރޭތޯބެލުމެއްނޫން.. ތިބާއަތް އޮތީ އެނެއްކާ ނުބާއަމަލް ކުރާކަން އެގޭހިސާބުން ފެށިގެން ތިމާއައްވީވަރަކުން ހެޔޮގޮތުގާ ވިސްނޭހެން ނަސޭހަތްތެރިވުން އަދި ހަނދާންކޮއްދިނުން.
.. އަދި ތިބާއަތް އޮތީ އެނެއްކާ ހެޔޮއަމަލް ކުރޭތޯ ނުކުރޭތޯ ބެލުމެއްވެސްނޫން.. ތިބާއަތް އޮތީ އެނެއްކާ ހެޔޮއަމްލް ކުރުމައް ހެޔޮގޮތުގާ ހިތްވަރުދިނުމާ ހެެޔޮ ގޮތުގާ އެކަމައްބާރުއެޅުން އަދި ހެޔޮގޮތުގާ ނަސޭހަތްތެރިވުމާއި އަދި ހެޔޮައަމްލް ކުރާކަން އެނގުމުންވެސް އެކަމައް ހެޔޮގޮތުގާ ހިތްވަރުދިނުން..
..
.. ލައުނެތް ލެވި ޞައިތާނާ އެކި ގޮތްގޮތައް އަހަރެމެން މަގުފުރައްދަން އުޅޭނެކަން ހަނދާންކުރޭ.. މިކަމައް ރައްކާތެރިވެ ސަމާލުވޭ...
ތި ކޮމެންޓު ލިޔަން ހޭދަވި ވަގުތުކޮޅު ސުންނަން ނަމާދެއް ކޮށްލިނަމަ ދޯ އެހެން މީހުންނަށް ތަޤުރީރު ނުދީ
އަލްހަމްދުލިއްﷲ
ތިކަމުގައި މަޖިލިހުގެ ރައީސްގެ ގަރާރެއް ނެރެންޖެހޭ. ނޫނީ މަޖިލިހުން ތިލަން މަނާކޮށްފާނެ