ފިހާރަތަކާއި ރެސްޓޯރެންޓްތައް އަދި ސެލޫންތައް ފަދަ ހާއްސަ އުސޫލެއްގެ ދަށުން މިހާރު ޚިދުމަތް ދެމުން ގެންދާ ހުރިހާ ވިޔަފާރިއެއް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކަށް ތަބާވޭތޯ ބަލަން ބޮޑު އިނިސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެޗްއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން އަހްމަދު ނާސިރު ވިދާޅުވީ އެޗްޕީއޭގެ އުސޫލުތަކަށް ވިޔަފާރިތަކުން އަމަލު ކުރާ މިންވަރު ބެލުމަށް މާލޭ ސަރަހައްދުގައި މާސް އިންސްޕެކްޝަނެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
އަހްމަދު ނާސިރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކުރިއަށް ގެންދާ މާސް އިނިސްޕެކްޝަން އޮންނާނީ ޖުލައި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. މާސް އިނިސިޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ހުރިހާ ވިޔަފާރިތަކާއި ޖިމްތަކާއި ސެލޫންތަކާއި މާރުކޭޓްތައް ބަލާނެ ކަމަށް ވެސް އަހްމަދު ނާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއިނިސްޕެކްޝަންގައި އެޗްޕީއޭގެ އިތުރުން ސިޓީ ކައުންސިލާއި އިކޮނަމިކް މިނިސްޓްރީ އާއި ވެމްކޯ އާއި އެޗްޑީސީ އަދި ފުލުހުން ވެސް ބައިވެރިވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަޤުޞަދަކީ ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ހަދާފައި ހުރި ޤަވައިދުތަކާއި އުސޫލުތަކަށް މިތަންތަނުން އަމަލު ކުރަނީ ކިހައި ވަރަކަށްތޯ ބެލުން. އަޅުގަނޑުމެންގެ މަޤުޞަދަކީ ރައްޔިތުންނަށް ދުޅަހެޔޮ ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުން." އަހްމަދު ނާސިރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުގުމުގައި ވާހަކަ ދައްކަވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ މިހާރު ވެސް އެޗްޕީއޭގެ ގައިޑްލައިންތައް ހުރިހާ ފަރާތްތަކުން ވެސް ޗެކްކޮށް 12 ވަނަ ދުވަސް އައުމުގެ ކުރިން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސަރުކާރު އޮފޭސްތައްވެސް ޗެކްކުރަންޖެހޭ އެޗްޕީއޭ އަކީ ވެސް ސަރުކާރަށް ފައިސާ ހޯދާދޭތަނަކަށްވެއްޖެ ފްރޮންޓްލައިންގެ މީހުންނަށް އިތުރު އެލަވެންސް ދެވޭނީ ތިޔާކަންކުރީމާދޯ
އެޗްޕީއޭ އުވާލަބަލަ
އަދި އަވަސް ތިޔަ ކަމެއް ބަލަން.
އިމިގުރޭސަން ފިޔަވައި ހުރިހާ ތާކުން ބައިވެރިވެގެން ކުރާކަމެއް ތިޔައީ.
ތިންބުރީގެ ފަރުނީޗަރުފިހާރައެއް ދެމީހުންވަދެއްޖެއްޔާ އެކަކު އަނެކަކު ގައިގަނުޖެހި ނުއުޅެވޭނެ އެކަމަކުވެސް
ވަންނަންބޭނުންވަރަކަށް ވަންނަންވީ
އަނެއްކާވެސް ރައްޔަތުން ފެލަން މޮޅު ގޮތެއް ރާވަނީ ވަގު ސަރުކާރު
ރައްޔިތުން ފެލޭނެ ގޮތް ހުސްވީމާ ހޮޓާ ކެ ފޭ ފަދަ ވިޔަ ފާރިތަކާ ދިމާކުރަން ނިންމީ
މިހާރު އެއްވެސް ފިހާރައެއްގައި ގައިދުރު ކަމެއް ނެތްތާ މާސްކު ވެސް ނޭޅިޔަސް މިހާރު ހަމަ ހުރިހާ ފިހާރައެއް އޯކޭ އޭ ބުންޔަސް ދޮގަކައް ނުވާނެ. / އިއުލާނު ކޮއްލާ ފައި ތިޔަ ނިކުންނަނީ ވިޔަ ފާރިވެރިންނައް ފުރުސަތު ދޭން ވެގެންތޯ. ތިޔައީ ހަމަ ވަގުން ކައިރީގައި ގޭގައި އުޅޭ އެންމެން ބޭރައް ދިޔައީމަ ވައްކަން ކުރާށޭ ބުނުން ކަހަލަ ކަމެއް. ނަސީބެއް އެއްވެސް ރިޔާސީ އިންތިހާބެއްގައި އެއްވެސް މީހަކައް ވޯޓު ނުލެވުނުކަން ، ދެންވެސް ނުލާނަން،
ވަރަށްސަޅި، ތިމައްނަމެން 12 ވަނަދުވަހު އެބަދަމޯ އުސޫލަށް ނުފެތިހުރިއްޔާ ފައްތާލާށޯ.
އެޗުޕީ އޭއިންބަލަން ވެއްޖެ ކަންނޭގެ މަގުމަތީގަ މިއަރުވާދުންތައް ހުއްޓުވޭނެ ގޮތެއް ބަލާފަ ފިޔަވަޅު އަޅައިދިނުން ތިބުނާބަޔަކާއި ގުޅިގެން ނަމަވެސް