ހދ. ނޮޅިވަރަމުން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
ނޮޅިވަރަމުން މިއަދު ކޮވިޑް-19 އަށް ފައްސިވީ އިއްޔެ އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހާގެ ބޭބެއެވެ. ދެމީހުން ވެސް ތިބީ މާލެ އިން ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެންނެވެ. އެމީހުން ރަށަށް ދިޔައީ މިމަހުގެ 06 ވަނަ ދުވަހު އެވެ.
އިއްޔެ ނޮޅިވަރަމުން ކޮވިޑް-19 އަށް ފައްސިވި މީހަކީ މާލޭގައި ހުރިއިރު މަގުމަތިން ތަރުތީބެއް ނެތި ސުންކު (ސާމްޕަލް) ނެގި އިރު ސުންކު ނެގި މީހެކެވެ. އޭނާގެ ނަތީޖާ ލިބުނު އިރު އޭނާ ހުރީ ރަށުގައެވެ.
އޭނާ ކޮވިޑް-19 އަށް ފައްސިވުމުން އޭނާ އާއި އެކު ނޮޅިވަރަމަށް ދަތުރު ކުރި އިތުރު މީހުންނާއި، އެމީހުން ކުޅުދުއްފުށިން ނޮޅިވަރަމަށް ދަތުރު ކުރި ލޯންޗްގައި ތިބި މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަން މިހާރު ސުންކު ނަގާފައިވާ ކަމަށް ނޮޅިވަރަމުން މައުލޫމާތު ދެއެވެ.
ނޮޅިވަރަމުން ދެމީހަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެރަށް މޮނިޓަރިންގެ ހާލަތަކަށް ނުލާނެއެވެ. ސަބަބަކީ ކޮވިޑް-19 އަށް ފައްސިވި މީހުންނަކީ ކަރަންޓީންގައި ތިބި މީހުން ކަމަށް ވާތީއެވެ.
ރާއްޖެ އިން މިހާތަނަށް 2553 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 227 މީހަކު ވަނީ މިހާރު ބަލިން ރަނގަޅު ވެފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 ޖެހިގެން 13 މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑް-19 ޖެހިފައި ރާއްޖޭގައި މިހާރު ތިބީ 306 މީހެކެވެ.
މިފެންނަނީ މަޖިލިހު ރައީސްގެ ސަބަބުން އެޗްޕީއޭއިން ވެފައިވާ އިހްމާލު. ޓެސްޓުކޮށް ނަތީޖާ ނުލިބެނީސް ރަށަށް ފޮނުވައިގެންނުވާނެ. މުޅިރާއްޖެއަށް ބަލިފަތުރަނީ ތިޔަ.
ނަތީޖާ ނުލިބެނިސް ކުޅުދުއްފުއްޓައް އައި ފުލައިޓަކައް އެމީ ހާއެރުވުންތީ ގޯ ހެއްއަދި ކުޅުދުއްފުށިން ޓެކްސީއެއްގަ އެމީ ހާ ލޯންޗައް ދިޔައީ މީގަސްތުގަ ދިންއަނިޔާއެއް
އެންމެ 227 މީހުން ބަލިން ރަނގަޅު ވީ ؟؟
އަންނި ބުނިގޮތަށް މުޅި ރާއްޖެއަށް ބަލި ފެތުރިގަނެގެން ނުދިޔައީމަ ބަހާ ދިމާކުރަން އެ އުޅެނީ... އަންނިގެ ބަލާ މުސިބާތުން އަޅަމެންގެ ރާއްޖެ ސަލާމަތްކުރައްވާ މިންޖުކޮށްދެއްވާފާންދޭވެ! އާމީން!