ގިނަ އެވޯޑުތަކެއް ހާސިލްކޮށް، ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޓްރެވަލް ކޮމްޕެނީ އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ގިނަ ބަޔަކު އަޑު އުފުލަން ފަށައިފިއެވެ.

ފިރާގާ ދެކޮޅަށް މީސް މީޑިއާގައި އަޑު އުފުލަމުން އަންނަ ފަރާތްތަކުން ބުނި ގޮތުގައި އިނަ މޯލްޑިވްސްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ފިރާގުގެ "އުނދަގޫ" ޖެހެއެވެ. އަދި އޭނާ އެދޭ ކަަމަކަށް ދެކޮޅު ހަދައިފި ނަމަ ވަގުތުން ވައްކަމުގެ ތުހުމަތުގައި ނުވަތަ އެހެން ކުށެއް ކުރިކަމަށް ބުނެ ވަޒީފާއިން ވަކިކޮށްލާ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

ދާދި ފަހުން ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު ޖިންސީ ގޯނާގެ މައްސަލަތަކެއްގައި މަގާމުން ވަކިކުރުމާއި ގުޅިގެން، ފިރާގުގެ ފާޑުކިޔުން އަލީ ވަހީދަށް އަމާޒުވިއެވެ. އެކަމަކު ބައެއް މީހުން ވަނީ އެކަމުގައި ފިރާގަށް ވެސް ފާޑު ކިޔައިދިފައެވެ.

"އެހެންވީމަ ކޮންމެހެން އެހެން މީހުން އަންހެން މުވައްޒަފުންނާ ދޭތެރޭ އެގޮތަށް އަމަލުކުރުމުން އެމީހަކާ ދެކޮޅަށް އަޑު އުފުލަން ތިއީ އެންމެ ރަނގަޅު މީހާއެއް ނޫން" ފިރާގުގެ ޓްވީޓަށް ރައްދުދީފައިވާ މީހަކު ބުނެފައި ވެއެވެ.

ފިރާގުގެ މައްސަލަ އާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތުދިން މީހަކު ބުނީ އޭނާގެ ފަރާތުން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ފޯރާ ކަމަށާއި، އެކަމުގެ ސަބަބުން ވަޒީފާ ދޫކޮށްލުމަށް މަޖުބޫރުވި އެތައް އަންހެން މުވައްޒަފަކު އެބަތިބި ކަމަށެވެ.

"އޭނައަށް ގުޅޭ ކަމަށް ވަނީ އޮޅިގެން ވަރަށް ގިނައިން އަންހެން ކުދިންނަށް. ހަމަ އެތައް ފަހަރަކު ގުޅާފަވެސް އޮޅިގެންނޭ ގުޅުނީ ކިޔާފަ ވާހަކަ ދައްކަންވެސް އުޅޭ." އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން ފިރާގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަން ކުރާކަމުގައިވާ ނަމަ ވަޒީފާއިން ކަނޑާލެވޭނެ ކަމަށެވެ. އަދި އެފަދަ ކަމެއްކޮށްގެން ވަޒީފާއިން ވަކި ކުރުމުން އެތަނެއް ބަދުނާމުކޮށް ނުވަތަ އެތަނެއްގެ ވެރިއަކު ބަދުނާމުކޮށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖިންސީ

    ތިޔަ ޖިންސީއަކުން ސަލާމަތް ނުވެގެން ހަށްޓަށް ނުކުޅަދާނެ. ކޮން ފަދަ ކަމެއް؟ ރުހުމުގައި ނަމަ ކަލޭމެން ބެހެން ޖެހޭތަ؟

    15
    5
  2. ޟިސު

    މަމީތިތާ އުލެފަ ހުރިމީހެއް. ތީނިވާނެ ކަމެއް. ..

    17
    8
    • ހަސީ

      ކަލެއަށް އެގެނީ ކޯންޗެއް. ކަލެއްއް އެގޭނީ ކަލެއާ ނުބެހޭކަން. އެހެން މީހަކާ ނުބެހޭކަން އެގޭނެގޮތެއް ބުނެބަލަ. މިކަމާ އެއްޗެއް ބުނާއިރު ވިސްނާލަބަލަ "ބޮސް" ލައިކްވާނީ ވަކިކަހަލަ ކުދިންނާ. ލައިކް ނުވާ ކުއަޖަކު ތުންފުއްސެއްހެން އަބަދު ފެންނަންއޮތަސް ވައިވެސް ނޭޅޭނެ ދޯ.

  3. އަންހެން ދަރި

    ބުނާނީ ކީކޭ ..ކިޔާނީ ކީކޭ.. ދައްކަން އޮތީ ކީކޭ ކިޔާފަ.. އުޅެވޭގޮތް ނޭނގޭތީ އެއްނޫން މިނަޢްވުރެން ޖާހިލީ ކޮންމެ މިކަހަލަ ޖިންސެއް ލައިގެންއުޅޭ ފުރައްސާރަ އެއްވެސް..

    16
    5
  4. ާއަބޫ

    ޖިންސީ ފު ރައްސާ ރަ ހުއްޓުވެން ޖެހޭ. ހަމަ އެހެންމެ ފި ރިހެނުންނަށްވެސް އެބައި މީހުންގެ ހައްގުތައް ހިމާޔަތް ކު ރެވެން ޖެހޭ. ތިމާ ބޭނުންވާ ކޮންމެވެސް ކަމެއް ނުވީމަ އެމީހާގެ ބޮލުގައި މިފަދަ ބަދުނާމެއް އެޅުވުން ވަ ރަށް ފަސޭހަވެ ވަ ރަށް އާންމު ވެއްޖެ. ބޮސްގެ ޚަ ރަދުގައި ޗުއްޓީ ހެދުމާއި އަގުބޮޑު ޝޮޕިންގ އޯކޭ. އެޕާޓްމަންޓްގެ ކުއްޔާއި ބާތުޑޭ ޕާޓީވެސް އޯކޭ. އަދި މިކަންތައްތަކަށްޓަކައި ބޮސްއާއި ގައިގޯޅި ވުމާއި ފްލާޓް ކު ރުންވެސް ހަމަ އޯކޭ. އެކަމަކު ތިމާ ހިތްފު ރުމުން ނޫނީ ތިމާ ހިތްހަމަ ނުޖެހުމުން އެއްކަލަ ފޯންކޯްލް ތަކާއި މެސެޖްތައް އަދި ހުޝަހެޅުންތައް "ޖިންސީ ގޯނާ" ނޫނީ " ރޭޕް" އަށް ބަދަލުވެ ބޮސް އާއި ބޮސްގެ މުޅި ދި ރިއުޅުމާއި ވިޔަފާ ރި ނޫނީ ވަޒީފާގެ ދުވަސް ދުއްވާލަނީ. ހަގީގަތުގައި މިއީ ފި ރިހެނުން ރޭޕް ކު ރުން.

  5. މުހަންމާ

    ފިރާގެެއްއިރާގެއްކިޔާނެކަމެއްނެތް ތިމާ ތިމާފެންނަ
    ކޮންމެމީހަކުވެސްތެޅޭނީހަމައެގޮތައް މާލާރިއޮއްނަ
    ކަހެދިގެން އަންކުދިންނައް ދަޅަ ދައްކަންއުޅޭނީ
    ތިގޮތައްދެއްކިގެންއުޅުނު މާމިގިލީ މަހުޖަނުވސް
    ކަމަކާޖެހުމުން މިއެނގުނީމުކޮސްވެސް އަތުގަނެއް
    ކަން

  6. ވެރިން

    ފިރާގު މެރީކުރި މީހުން ވަޒީފާ އަދާކުރި ތަންތަން ބަލާލީމަ އިނގެނެ، ގިނައިން އުޅޭނީ އިނަ މޯލްޑިވްސްގެ އުޅުފަ ތިބިކުދިން.

    6
    1
  7. ހަސީ

    ކަލެއަށް އެގެނީ ކޯންޗެއް. ކަލެއްއް އެގޭނީ ކަލެއާ ނުބެހޭކަން. އެހެން މީހަކާ ނުބެހޭކަން އެގޭނެގޮތެއް ބުނެބަލަ. މިކަމާ އެއްޗެއް ބުނާއިރު ވިސްނާލަބަލަ "ބޮސް" ލައިކްވާނީ ވަކިކަހަލަ ކުދިންނާ. ލައިކް ނުވާ ކުއަޖަކު ތުންފުއްސެއްހެން އަބަދު ފެންނަންއޮތަސް ވައިވެސް ނޭޅޭނެ ދޯ.

    4
    1
  8. މޮޑަން

    މިޙާރު މާމަށްޗަށް މިއަހެނުންގެ ކަންތައް މިދަނީ މަށަށް ފެންނަނީ ޕްރައިވެޓް އޮފީސްތަކުން އަންހެނުންނަށް ވަޒީފާދިނުން ހުށްޓާލުން އަންހެން ވެރިންރަންގަޅުވާނީ ދިރިންބަލަން ގޭގަ ތިބިއްޔާ

    12
    2
  9. މުހައްމދު

    ޙަގީގަތް ނުބަލާ މީހުންގެ އަބުރު ކަތހިނުލާ

    7
    2
  10. އަމީޒާ

    ގޭގަ އަންހެނުން ތިބީމަ ކިހިނެއްތަ ވަނީ؟. ފިރިމީހާ ކާންދޭ ޙަރަދު ކޮއްދޭ. ހަމަ ތުއި ދެންކެން އުޅެން ހަދައިގެން ވާގޮތް. ބަލަ ކިސަޑަށް އެރުނީމަ ފައި ހަޑިވާނެ ކަން ތުއްތު ކުއްޖާއަށް ވެސް އިނގޭނެ. ހަމަ އުޅޭފާޑުން ގިނަ ކަންކަން ހިނގަނީ. މަދުން ނަމަވެސް ރޭޕް އާއި ޖިނޮސީ އަނީޔާ ނުލިބޭ ވާހަކަ އެއްނުން.

  11. މުޑޭށި

    މިހިރަ ގެންގުޅޭ ޖިންސެއްތާއެވެ. ކުރިމަތިން ހޭރިޔާއަޅަމުން ސެނބުރެމުން ފުއްކަށީގެ ކޮޅުޖައްސަމުން ޖިންސުއްލަތީފާއިން އެހެރަދަނީއެވެ. ނޭނގިހުރެ މަށަށްވެސް ކަތިނަޒަރަކުން އެއިން ވަނާއަކަށް ބަލާލެވުނު ހިނދެވެ. ޖެހިގެން އައިދުވަހު މޭޒުމަތީ އޮތީ ޖިންސުއްލަތީފެއްގެ މޭމައްޗަށްބެލުނުކަމުގެ ކުށުގައި ޖިންސީ ފުރައްސާރައިގެ ގޯނާކުރިކަމުގެ ދައުވާއެވެ. ޢެފަހުން އަހަރުން އޮފީސްތެރޭވެސް އުޅެނީ އަވިއައިނު ޖަހައިގެންނެވެ

  12. ރަޝީދު

    ފިރާޔަކީ އަޅުގަނޑުދަންނަ ދުވަސްވީ ވަރަށް ގާތްމީހެއް. ތިޔަބުނާ ކަހަލަ މީހެއްނޫން. ތަނުން ވަތްކަންކޮށްގެން ކަނޑާލީމަ މިހާރު އެއްމެ މޮޅުމީހަކީ ތިޔަޒާތުގެ ވާހަކަދައްކާމީހާ. ހުސްބުހުތާންދޮގު.

    1
    4
    • ޢަންހެނާ

      ރަސީދުއެވެ. މީގަ އޮތީ ފިރާ އެއްޖިންސުން ގުޅުން ހިންގާ ވާހަކައެއް ނޫނެއްނޫންތޯ. އަންހެނަކަށް ކުރާޖިންސީ ފުރައްސާރައާއި ގޯނާ ތިލަވާނީ އަންހެނަކާ ޖެހުނީމަތާއެވެ.