އިސްލާހު ކުރަން ނިކުތް ގިނަ ކަންކަން އަދިވެސް އިސްލާހު ނުކުރެވޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން ބުނެފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރްއެމް އިން މިގޮތަށް ބުނެފައި ވަނީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ޖަލަށްލިތާ މިއަދަށް ތިން އަހަރު ފުރުމާ ގުޅިގެން އެޕާޓީން ކުރި ޓްވީޓެއްގައެވެ.
އެމްއާރްއެމް އިން ކުރި ޓްވީޓެއްގައި ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާރިސް މައުމޫން ޖަލަށްލި މައިގަނޑު ސަބަބަކީ ފާރިސް އިސްވެ ހުންނަވާ ފެއްޓެވި އިސްލާހީ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. އެ މަސައްކަތުގައި ފާރިސްގެ ފަހަތުން އެތައް ބަޔަކު ބައިވެރި އެތައް ގުރުބާނީއެއްވިކަން އެމްއާރްއެމް އިން ވަނީ ފާހަގަކޮށްފައެވެ. އެ މަސައްކަތުގައި ވަރަށް ގިނަ ބައެއްގެ މަސައްކަތެއް ކަމަށްވެސް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.
"އަޅުގަނޑުމެން އެކުގައި ކުރި މަސައްކަތް ﷲގެ ހެޔޮ ރަހުމަތްފުޅުން ކާމިޔާބުވި ކަމަށްޓަކައި ޝުކުރު ދަންނަވަން. އެހެންނަމަވެސް އެ ދުވަހު އިސްލާހު ކުރަން ނިކުތް ގިނަ ކަންކަން އަދިވެސް އިސްލާހު ނުކުރެވޭ. އަދިވެސް ވަރަށް ގިނަ މަސައްކަތް އެބަހުރި،" އެމްއާރްއެމްގެ ޓްވީޓުގައިވެއެވެ.
Alhugandumen ekuga kuri masakkaiy Allah ge heyo rahmaiyfulhun kaamiyaabu vee kamahtakaa shukuru kuran.
Ehen namaves, e dhuvahu islaahu kuran nikuiy gina kankan adhives islaahu nukurevey. Adhi ves varah gina masakkaiy kuran ebahuri! (3/3)— Maldives Reform Movement (@MRM_Office) July 18, 2020
އެމްއާރްއެމް އިން ދާދިފަހުން ވެސް ވަނީ މަޖިލީހަށް ފާޑު ކިޔާ ބަޔާނެއް ނެރެފައެވެ. އެ ބަޔާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު އަދިވެސް އުވާ ނުލާތީ އެކަމަށް ފާޑު ކިޔާ ނެރުނު ބަޔާނެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމްއާރްއެމް އިން ބަޔާން ނެރުނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހު މިއަދާއި ހަމައަށްވެސް އުވާލާފައި ނުވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށެވެ.
އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހަކީ އުސޫލުތަކާ ހިލާފު އަދި ގާނޫނުއަސާސީއާ ތައާރަޒްވާ އިސްލާހެއް ކަމަށެވެ. އަދި މިއީ ގާނޫނުއަސާސީން ދީފައިވާ ހައްގެއް އުނި ކުރުމަށް ކުރި ކަމެއް ކަމަށް ބަޔާނުގައިވެއެވެ. މިކަމާ ދެކޮޅަށް އެމްއާރުއެމް އިން ފާޅުގައި ވަކާލާތުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެންވީއިރު ކިބިގަސްދޮށުގެ ބެއްޔަހުއްތު ކީއްވެތަ ކެނެރީގެ ބުއްޅަބޭ އާއި ހިންނަވަރު ބުއްޅަހުއްތު އަށް ބައިއަތު ހިފައިގެން އަދިވެސް ތިހުރީ..
ޢުސްތާޒެވެ. ރޮވޭމ މީހާކައިރީހުންނަވައިގެންތިޔަހެއްދެވީ އިތުރުފުޅެކެވެ. ބައިއަތުހިއްޕެވީ ރައީޔާމީނުޖަލަށްލާށެވެ. އެވައުދު އެއޮތީފުއްދާފައެވެ. މިހާރުތިޔަވިދާޅުވަނީއެހެންކަހަލަލަވައެކެވެ. އަޅުގަނޑަށްހީވަނީ ބައި މަދުވާލަވަހެން ތިޔަވިދާޅުވަނީ ކޮންމެވެސްމާގިނަވާހަކަފުޅުނުދައްކަވާތި އަތްޕުޅުގަބާލިދީއެއްނެތިއްޔާ އޭރުންފޮޓޯގަނޑުސަޅިއެއްނުވާނެ!
މަނިކުފާނައް މިހާރަކު ތިޔައިހުސާސެއްނުވާނެ ތިބޭފުޅާ ހީކުރެއްވީ މިސަރުކާރަކީ ލައްކައެކޭ ދެން ފާ ފަޅެލޭނުކިއާ މަޑުން ހުންނަވާ...
ރެސިޑެންސް ވިސާ އިސްލާހު އަނބުރާ ގެންދަން އިދިކޮޅު ޕީޕީއެމް ޕީއެންސީން ގޮވާލާނަމަ އެއީ މަމެންގެ ލޮލުން އޮހި އޮހި ހުރި ކަރުނަ އަށް ނިމުމެއް އަންނާނެ ކަމެކޭ ތަކަކީ...
ެިފިކޮޅުން ގޮވިޔަސް ނުގޮވިޔަސް ލާދީނީ ސަރުކާރުން ބޭނުންވާކަމެއް ވެއްޖިޔާކުރާނެ މިއީ ކަންފަތް ބީރު ފެލޯކަނު ސަރުކާރެއް!
ބޭބޭ އަނގަމަޑުން ލައިގެން ތުއްތުނާގާތު ރިވެތިކޮށް ހުރެވޭތޯބަލާބަލަ. މާބަލާބޮޑުކުރަންޏާމު ދެން ޖެހޭނީ ޔާންޓޭ ހެދިގޮތަށް ބޭބެ ޖަލަށް ފޮނުވައިލަން. އަހަރުމެން މިއުޅެނީ އެކަހަލަ ކަމެއްނުކޮށްވޭތޯ، ދެން ވަކިވަރަކަށްދޯބެލޭނީވެސް.
މަނިކުފާނުގެ ދިގު ތިރީސް އަހަރުގައި ކަންހިނގާފައި އޮތްގޮތުގެވާހަކަ އަހަރުމެން ދައްކާކަށްނެތީމު، އެދުވަހު ހުކުރު ހުތުބާކިޔަނީވެސް މަނިކުފާނު ބިކުރުވެރި އަންހެންކުދިން އެއްތަންކޮށް ލަވަޔާއި މިއުޒިކާއި އެއްގޮތަށް އެކުދިންލައްވައި ނައްޓުވައި އެކަންތަކަށް ހީހީފައި އަތްޖައްސަވަނީވެސް މަނިކުފާނު. އެއީ މަނިކުފާނުގެ ދީންވެރިކަން.
ހައްގަކީ މަނިކުފާނާއި މަނިކުފާނުގެ ގޯތީ މީހުންނަށް އެކަނި އޮންނަކަމެއް، ދެންތިބީން ހައްގުހޯދަން ދާންޖެހެނީ ހުރަގެއަށް. މަނިކުފާނަކީ މަނިކުފާނުގެ ރައްޔިތުން މައިތިރިކުރަން ޖައްވަށް ހަވާޔަށް ފަޒާއަށް ބަޑިޖަހަން އަމުރުކުރިބޭފުޅާ، މަނިކުފާނުގެ ވެރިކަމުގައި ވާހަކަ ލިޔާމީހާ ނޫސްވެރިޔާ މަނިކުފާނު ނުރުހޭ އެއްޗެއް ލިޔެފިތަ ހުނާންޖެހޭނީ ޖަލުގައި. މަނިކުފާނުގެ ވެރިކަމުގައި ޅިޔަންފަހަރިން މިގައުމުގެ ބައިތުލްމާލު ކައިބޮއެފި. މިއީތޯ މިއަދު ނުލިބިގެން ތިއުޅޭ ހައްގަކީގައި އޮވެގެންވެސް މަގޭވެރިކަން މަގޭވެރިކަން ކިޔައިގޮވާނެހެން ހީވަނީ. މިހިރި ހަމަ ރަނގަޅަށް ބޫތުކައިފައި.
ރައީސްޔާމީން ކަންތައް ކުރެއްވި ގޮތް ކަމު ނުދިޔައީމަ ދޫކޮށްލާފަ ދިޔައީ ، މިހާރު ހުރިހާ ކަމެއްވެސް ތިވަނީ ރަނގަޅަށް، އިރާދަކުރެއްވިއްޔާ ދުވަހަކުވެސް މއމނ އަށް ދެން ރަނގަޅުގޮތެއް ނުވާނެ.
ކުރިއަށްވެސް އޮތީހަމަ ޖަލު،
ބަޣާވާތްކޮށް ރިޝްވަތު ދީގެން ބޮޑު އަމުރު ނެރުނު މައްސަލަ.
ފޯން ނުދިން މައްސަލަ.
ޖައްވަށް ހަވާޔަށް ފަޒާޔަށް ގަޔަށް ބޮލަށް ޖަހަން އެންގިކަމަށް އަމިއްލައަށް އިޢުތިރާފުވި މައްސަލަ.
ދެން މިވެރިކަމުގައިވެސް މައުމޫނަށް ކަމުދާ އެއްވެސް ކަމެއް ނޯންނާނެ. ހައުސިން މިނިސްޓަރު ބޭރުއަރުވައިލައިފި، ދެން އެމްއާރްއެމް މީހަކު ކާރިނުކުރަންވެގެން އެމަގާމްވެސް އުވާލައިފި. މިހާރު އެތިބީ ޒަހާއައި ދިމާކޮށްލައިފައި. ދެން ދުވަސްކޮޅަކުން ޒަހާ ބޭރުއަރުވާލާނެ. އެމިނިސްޓްރީވެސް އެހެންތަނަކާއި އެއްކޮށްލާނެ. ދެން ޔުމްނާ ބޭރުއަރުވާލީމައި ނިމުނީ. މިސަރުކާރުދެކެ މައުމޫނު ހިތްހަމަނުޖެހިގެން އުޅެނީ މިސްރާބު މިގޮތަށް ހުރީމައި. ބޭފުޅާ ކަޅުބުޅާ ހައްޖަށްދިއަޔަސް އެއެތިވާނީ ހަމަ ކަޅު ބުޅަލަށް.
ދެން އެހެރީ ގާސިމް ޓުއަރިޒަމް މިނިސްޓްރީ އަށް ދިމާވާގޮތަކުން ގާސިމްވެސް ފަޅައިގެންދާނެ. މިވަގުތަށް އެހުންނަނީ އެސްލޮޓް އަދިވެސް ޖޭޕީ އަށް ލިބޭނެކަމަށް. ލިބުމަށް ވުރެން ނުލިބުންގާތީ. އެހިސާބުން ދެން އަސްލު މިމީހުން ފެނިގެންދާނީ.