ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވި ދުވަސް ނޫން އޭގެ އަނެއް ދުވަހު (2012 ފެބްރުއަރީ 8)ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޭރު އެމްޑީޕީން ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގައި އެކި ތަންތަނުގައި ހުޅުޖެހީ ގައުމަށް ހެޔޮ އެދިގެންތޯ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސުވާލު ކުރައްވައިފިއެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ. އެގޮތުން އަދުރޭ ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު މުޅި ގައުމުގައި ހުޅުޖެހީ އަދި ފަތުރުވެރިން ނާންނަން ގޮވަމުން ދުނިޔެތެރޭ ދުވީ ގައުމަށް ހެޔޮ އެދިގެންތޯ ސުވާލު ކުރައްވާފައެވެ. ރާއްޖެ އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ގޮވުމާއި، ބޭރުގެ ބާރުތަކުން އަރާ ރާއްޖެ ހިފަން ގޮވަމުން ދިޔައީ ގައުމަށް ހެޔޮ އެދިގެންތޯ ވެސް އަދުރޭ ސުވާލު ކުރެއްވިއެވެ. އިތުރަށް އަދުރޭ ވަނީ ދައުލަތުގެ ހަޒާނާ ތިޔަ ދޮވެލީ ވެސް ގައުމަށް ހެޔޮ އެދިގެންތޯ ސުވާލު ކުރައްވާފައެވެ.
Gaumah heyo edhigenthoa 8 feb 2012 ga mulhi gaumugai hulhu jehee? Fathuruverin naannan govamun dhuniyey therey dhuvee?dhivehi raajje ah dhathi kurumuge fiyavalhu alhan govee? Beyruge baaruthakun araa raajje hifan govamun dhiya’ee?dhawlathuge kh’azaanaa thiya dhovelanee?@ibusolih
— Abdul Raheem Abdulla (@Banafsaa) August 29, 2020
އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ އިއްޔެ ހަވީރު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ސައިކަލު ބުރަށް ރޭ ރައީސް ސޯލިހު ފާޑު ވިދާޅުވުމާއި ގުޅިގެންނެވެ. ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާ އޮތް ނަމަވެސް، ސަލާމަތީ ކަންކަމަށް ނުބލާ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް ބަޔަކު އުޅެމުންދާކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަރަށް އިސް ބޭފުޅުން ނުކުމެވަޑައިގެން މާސްކު ވެސް ނާޅައި ރައްޔިތުންގެ އެތައް ބަޔަކު އެއްތަނަކަށް އެއްކޮށް މިފަދަ އަމަލުތަކެއް ހިންގައިފި. މިއީކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހެޔޮއެދޭ، ގައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.
އަދި އެއްވެސް ހާލެއްގައި އެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވެ، އެޗްޕީއޭގެ އެންގުންތައް މުގުރާލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެފަދަ ކަންކަމަށް އެއްބާރުލުން ނުދެއްވާނެކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ ފާސާއިން ވައްކަންކޮށްގެން ޖަލަށްލާފަ އޮތް ބޮޑު އަނިޔާވެރި ވަގަކު ދޫކޮށްލަން ބަޔަކު ނުކުމެ ގޮވަމުންދާއިރު އިސްލާމްދީނުގަ އޮވޭތޯ ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކުރަން ހުއްދަކޮށްފަ. އިސްލާމް ދީނުގަ އޮވޭތޯ ރައްތިތުންގެ ބައިތުލްމާލުން ވަގަށް ނެގި ފާސާކަން ސާބިތުވުމުންވެސް ރައްޔިތުންނަށް އެފާސާ އަނބުރާ ނުދީ ބަނޑުއަޅާލާގެން ހުރުމުގެ ހައްގު. އިސްލާމްދނުގަ އޮވޭތޯ ވައްކަންކުރާމީހާގެ ނަސަބަށް ބަލާފަ ދޫކޮށްލަން. އިސްލާމްދީނުގަ އޮވޭތޯ ވަގުންނާމެދު އޯގާތެރިކޮށް ކަމޭހިތަން. އިސްލާމް ދީނުގަ އޮވޭތޯ ވައްކަން ކުރާމީހުންގެ އަތްބުރިކުރަން . ކީއްވެގެންތޯ މިރާއްޖޭގަ މިކަންނުކުރާންވެގެން މިއުޅެނީ. ކީއްވެގެންތޯ ވެރިކަމަށް އަރާ ކޮންންމެބަޔަކު ޖެހިލުމެއްނެތި ދައުލަތް އެކީ ލޫޓުވާލަނީ. ކީއްވެގެންތޯ ކޮންމެ އަނިޔާވެރިއެއްގެ ފަހަތުގަ އަތްޖަހާނެ ބަޔަކު މިތިބެނީ. ކީއްވެގެންތޯ ހަރާމެއް ހަލާލެއް ނުބަލަނީ.
ވަގުންނައް ހީވާނެ ދެންވެސްތިބޭނީ ވަގުންނޭ
ރައީސް ނަޝީދު މާސްކް ނާޅުއްވައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ކޮންމެ ދުވަހަކު ބައްދަލުކުރައްވާއިރު އެވާހަކަ ނުދައްކަވަނީ ކޮން ހަމައަކާއި އިންސާފަކުންތޯ؟
ކޮބާ ރައީސް އިބޫ އަކީ މަޑުމައިތިރި ހިތް ތިރި މޫރިތި މީހަކަށް ވެގެން ކީރިތި ކުރައްވަން ގޭގައި ހުރެގެން ދަ ގްރޭންޑް މާލޭގައި ވެރިކަން ނުކުރެވޭނެ ކަން ތަމެންނަށް ދަނީ މަޝްރިޤުން މައްރިބަށް ބަލާލުމުން ވެސް ފެންނަމުން ނޫންތޭ މަމެން ބުނަން ނެތީމޭ ނެތީމޭ ނެތީމޭ...
އަދުރޭ ހާސް ނުވޭ އެގޮވި ހުރިހާކަމެއް އެހެން ގޮވިމީހުންނާ ބައްދަލު ކޮށްފަ މިއޮތީ. ދެން ހައްލު ކުރުމަކީ އެމީހުންގެ ކަމެއް. ގައުމެއްގެ ވެރިކަން ބޭނުންވެގެން އެކަހަލަ ވާހަކަ ތަކެއް ބަޔަކު ގޮވި ތަނެއް މިނޫނީ ނުދެކެން. ކަމެއް ވާއިރަށް ޔާމިނު ވައްކަންކުރިޔޭކިޔުމުގެ ބޭނުމެއް ނެތް ޔާމީނު އެވަނި ޖަލުގަ. ޖަލަށް ނުލާ ދެން ވައްކަމެއް ކޮށް ފަ ވާބައެއްގެ ވާހަކަ ދެއްކީމަ ހަމަ ޖެހޭ އެއްޗެއް ކިޔޭނި އަދި ޔާމީނު ގައުމަށް ގެނެސް ދިން ކުރިއެރުން ލިބުނުތޯ ބަލަން ޖެހެނީ.
އެކަކު ހުޅު ޖަހަނީ އަނެކަކު ކުޅު ޖަހަނީ ?♀️