ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން، ޗެނަލް13 ގެ ލައިވް ޕްރޮގްރާމަކަށް ގުޅި މީހަކު ގޮވައިލި މައްސަލައިގެ ތަހުގީގު ފުލުހުން ކުރާތީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ޖަވާބުދާރީނުވީ، އެއް މައްސަލައެއްގައިި ދެ ތަނަކުން ފިޔަވަޅު އަޅާފާނެ ކަމަށް ބެލެވޭތީ ކަމަށް އެ ޗެނަލް އިން ބުނެފިއެވެ.
މި މައްސަލައިގައި ޗެނަލް13 އިން ލިޔުމުން ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީވާން ދިން ދެ ދުވަހުގެ މުއްދަތު ހަމަވެފައި ވަނީ މިއަދު ހެނދުނު 9:00 އަށެެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދާ ހަމައަށް ލިޔުމުން ޖަވާބުދާރީ ނުވެއްޖެ ނަމަ، ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް، މަައްސަލަ ބަލައި ނިންމާނެ ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ޖަވާބުދާރީ ނުވި ސަބަބާއި މެދު ޗެނަލް13 ގެ ސީއޯއޯ ސަމާހު މުހައްމަދު "ވަގުތަށް" ވިދާޅުވީ އެ މައްސަލައިގެ ކޮންޓެންޓް ބައިވެސް ހިމެނޭގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ކްރިމިނަލް އިންވެސްޓިގޭޝަނެއް ފަށައި މައްސަލަ ތަޙްޤީޤްކުރަމުންދާ ކަމަށެވެ.
އަދި އެމައްސަލާގައި އެ ޗެނަލްގެ މުވައްޒަފުންގެ ތަޙްޤީޤް ބަޔާންތައްވެސް ނަގަން ފަށާފައިވާތީ، ޖިނާއީ ތަޙްޤީޤެއްގެ މެދުތެރެއިން ބްރޯޑްކޮމް އިން އެ ޗެނަލް އާއި މެދު ފިޔަވަޅު އަޅައިފި ނަމަ އެއް މައްސަލައެއްގައި ދެ ފިޔަވަޅު އެޅުމުގެ މަގު ފަހިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ތަޙްޤީޤް ނުނިމެނީސް ބްރޯޑްކޮމް އިން މިމައްސަލާގައި ތަޙްޤީޤެއް ހިންގާ ވަކިގޮތެއް ނިންމެވުމަކީ އެއް ކަމަކާމެދު ދެފަހަރަށް ފިޔަވަޅު އެޅުމަށް މަގުފަހިވެދާނެ ކަމަކަށް ވެދާނެތީ، މިމައްސަލާގައި ފުލުހުން ކުރަމުންދާ ތަޙްޤީޤް ނިމުމުން މެނުވީ ބްރޯޑްކޮމްއަށް ހަމަ މިމައްސަލާގައި ޖަވާބުދާރީވާން މި ވަގުތަށް ޗެނަލްއިން އުޛުރުވެރިވާ ވާހަކަ މިއަދު އަޅުގަނޑުމެން ވާނީ ކޮމިޝަނަށް ދަންނަވާފައި." އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންގެ އަޑު" ގެ ނަމުގައި އެޗެނަލް އިން ގެނެސްދިން ޕްރޮގްރާމްއަށް ގުޅި ބައިވެރިޔަކު ރައީސްއަށް ނިސްބަތްކޮށް އޭނާއަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަން އެ ޗެނަލުން ވަނީ ފާހަގަކޮށްފައެވެ. އެ ޗެނަލުން ބުނީ، ޗެނަލް13 އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާއި ހިލާފް ކަންކަން ކުރުމަށް އެ ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ޗެނަލް13 އިން ބުނެއެވެ.
މި މައްސަލަ އާއި ގުޅިގެން، ފުލުހުން ވިދާޅުވީ އެއީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށް ބެލެވޭ ކަމަށާއި ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ރައީސް ސޯލިހުގެ ހަށިކޮޅުގައު ރޯކޮށްލަން ގޮވާލި މީހާ އިއްޔެ ވިލުފުށިން ވަނީ ހައްޔަރުކޮށްފައެވެ.
އެއްގޮތަކައްވިސް ނުވިސް އެގޭނެ
ތިއޮތީވާހަށިކޮޅެފެނިފަ
ގައުމުގެ 90% މީހުންބަލާޗެނަލަކީ ޗެނަލް13 ގަުމީޗެނަލުން އަންނަނީ ފާޑެއްގެ ފިލްމުގަޑެ
90% ކިހިނެއް. ހޮޓަލަކަށް ވަނަސް ހުންނަނީ ރާ ޓީވީ. ދިވެހިންގެ މައްސަލައަކީ މީ. ހަގީގަތް ބާއްވައިފަ އަމިއްލަ ނަފްސު ތެދުކުރުން.
ސަަބެހެެެެެެެެެ
މިއަދުގެ ޙާލަތު އެންމެ ރަނގަޅަށް ޙަޤީގަތާއެއްގޮތަށް ތެދުބަހުން ގެނެސްދޭ ޗެނަލްއަކީ ޗެނަލް13 ތިޔަސާލިހުމެން މަޖިލީހުގަތިބެ ބާޣީއަށްގޮވިއަޑުނީވެނީދޯ، ކޮބާގޮޅާބޯގޮވިމީހުން ކޮބާ ކަރުބުރިކުރަން ގޮވި ވަގުން .
ޗެނަލް 13 ބަލާމީހުން ގައުމުގަ ގިނަވީމާ ހަޖަމް ނުވެގެން މިއުޅެނީ %90 ރައްޔަތުން ގެހައްގުތަކަކައް ތިތިބަގެން އަރާގަންނަނީ އަދި މާދަމާވެސް އަންނާނެކަން ހަދާނުގަ ބަހައްޓަންޖެހޭނެ
ކޮބާތަ ރާއްޖޭޓީވީ އިން ފެތުރި ދޮގު ޚަބަރުގެ ތަޚްޤީގް ، ދާދިފަހުން އިންޑިއާ ބެންކްގައި ރޯކޮށްލީ އިދިކޮޅުފަރާތްތަކޭ ކިޔާފަ ، މި ނުވޭތަ ، ނަފްރަތާއި ފިތުނައަކަށް ،
ޗެނަލް 13 ހާދަ ގަޓެއްނެތޭ ދޯ!