ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒް އަށް ކުރިން ދޫކޮށްފައި އޮތް، ހދ. ހޮނޑައިދޫ ސަރުކާރުން އިތުރު ބޭނުމަކަށް ނަގަން ބޭނުންވާތީ އެ ރަށުގެ ބަދަލުގައި، ޔޮޓްޓުއާޒް ކުންފުނިން އެދިފައިވާ ދ. މާދެލި ލިބުން އަވަސް ކޮށްދެއްވުމަށް އެދިއްޖެއެވެ.

ޔޮޓްޓުއާޒު ކުންފުނީގެ ވެރިޔާ އަދި ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ސަރުކާރުގެ ބޭނުމަކަށް ހޮނޑައިދޫ ނެގުމަށްފަހު ބަދަލުގެ ގޮތުގައި ޔޮޓްޓުއާޒް އިން އެދިފައިވާ ރަށް ދޫ ނުކުރާތީ އެކަމާއި ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

އެ ރަށް ނަގާފައި ވަނީ ފަތުރުވެރިކަމުގެ ވުޒާރާއިން އެތަނުގައި ފަތުރުވެރިކަން ތަރައްޤީކުރަން ބޭނުންވާތީ ރަށުގެ ބަދަލުގައި ޔޮޓްޓުއާޒްއިން ބޭނުންވާ ރަށެއް ދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހުގައެވެ. އެހެންނަމަވެސް އެ ރަށުގެ ބަދަލު ދިނުމަކާއި ނުލާ، ހޮނޑައިދޫ ޔޮޓްޓުއާޒް އަތުން ނަގާފައިވާތީ ޖާބިރު ވަނީ ކަންބޮޑުުވުން ފާޅުކުރައްވާފައެވެ.

ޖާބިރު "ވަގުތު" އަށް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށްހެން ހުއްޓިފައި ވާއިރު ރާއްޖޭގެ އިގްތިސާދަށް އޮތް އުންމީދަކީ މަސްވެރިކަން ކުރިއެރުވުން ކަމަށެވެ. އަދި ބޮޑެތި އިންވެސްޓެމްންޓްތަކަށް ތައްޔާރުވާއިރު، ސަރުކާރުން ކޮށްދެއްވަން ޖެހޭ ކަމެއް ނުވެގެން ކަންކަން ހުއްޓުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި އެ މައްސަލާގައި ތަކުރާރުކޮށް ކަމާއި ބެހޭ އިދާރާތަކަށް ލިޔެގެންވެސް އެކަށީގެންވާ ހައްލެއް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށް މާދެލި ލިބުން އަވަސްކޮށްދިނުން އެދިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މާދެލި އަކީ ރަނގަޅު ލޮކޭޝަނެއް. އެތަން ހަވާލުކުރަން ޖެހޭ އެއްބަސްވުމަށް އެދިއްޖައިން މިއަދު ޒަހާ އަރިހުގައި. އެތާ ހަދަން މިއުޅެނީ ކޭނަރީ އާއި ސްޓޯރޭޖާއި އެކު ހާބަރެއް. މާނައީ މަހަށް ގޮސްގެން ބާނާ މަސްކޮޅު، ފިޝަރީޒް ހާބަރުގައި އިންނާނެ ލޮޖިސްޓިކް އޮޕަރޭޝަނެއް. އޭނާގެ މަސް އެކްސްޕޯޓު ކުރެވޭ ގޮތަށް. ކޮންމެ މީހަކު ޔޫއެންމެ ސެޓްފިކެޓް ހޯދާކަށް ނުޖެހޭ." އޭނާ ވިދާޅުވިއެވެ.

ހޮނޑައިދޫގެ މަޝްވަރާތަކަށް ފަހު ޔޮޓްޓުއާޒްއިން ބޭނުންވި ރަށްތަށް ހުށަހެޅުއްވި ކަމަށާއި، އެ ހުށަހެޅުއްވުންތަކަށް ފަހު ޔޮޓްޓުއާޒް އަށް ބަދަލުގެ ގޮތުގައި އެހެން ރަށެއް ދެއްވަން ފިޝަރީޒް މިނިސްޓްރީން އެއްބަސްވި ކަމަށް އެ ކުންފުނިން ފާހަގަކުރައްވައެވެ.

ހޮނޑައިދޫ ޔޮޓްޓުއާޒް އިން ނެގުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި "އދ. އެރިއަދޫ" ހަމަޖައްސައި ދިނުމަށް ވެސް އެ ކުންފުނިން އެދުނެވެ. އެހެންނަމަވެސް އެ ރަށް ހަމަޖައްސާ ދެވެން ނެތް ކަމަށާއި، ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ރަށްތަކުގެ ތެރެއިން އެހެން ރަށެއް ހަމަޖައްސަވައި ދެއްވިދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ޔޮޓްޓުއާޒް އަށް ވަނީ އަންގާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބަރުގޮނު

    ހޮޑާފުށީގައި "ސަން ރައިޒް " ބެލި މަސްއަލަ ކޮބައި..؟؟ ކުޑަކަމުދާ އެއްޗެހި ޕޮލިހަށް ނުދިން މަސްއަލާގައި ޖަލު ޙުކުމެއްގައި ހުއްޓާ ކުރީ ސަރުކާރުން މަޢާފު ދެއްވިއަސް މައިގަޑު މަސްއަލަ އަދި އޮންނާނެ....

    13
  2. ނަސީދު

    ނޮހޮރުއްޕާނެއްކަހަލަ މީހެއް ތާމީ

    17
    • އެމީހާ

      ދ އަތޮޅުރަށްޔިތެއްގެ ޙައިސިއްޔަތުން އަދި އެރަށު ކައިރީ ހުޅުދެލި ރިނބުދޫ ރަށްޔިތުންނައް ހެޔޮއެދޭ މީހެއްގެ ޙައިސިއްޔަތުން އާދޭސްކޮއްފައި ސަރުކާރަށްދަންނަވަން އެރަށް ޖާބިރައް ނުދެއްވާ. އެކަން އޭނާގެ މާޒީން ސާފުވާނެ.

  3. ޢަލީ

    ކާށިދޫ ރައްޔިތުންގެ ފައިސާ ދީ އިހައް ނިންމަބަލަ. މިހާރު 2 އަހަރު ވަނީ މީނަގެ ގުއި ރޯނުން ސަލާމަތް ނުވެގެން އުޅޭތާ!!

    15
  4. ހުސޭނުބޭ

    މާދެލީގައި ކޭބަލް ކާރު ފެކްޓަރީއެއް އަޅަނީތަ؟

  5. ބުއްޅަބޭ

    ދެން އަވަހަށް އިބްރާހިން ސޯހިހަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ!

    • ޖަރީ

      އޭރުން އަވަސް ވާނެ

  6. ފިޒާނާ

    މީނައަށް ރާއްޖޭގެ ހުރިހާ ފަޅުރަށްތައް ދޭންވީނު! ޢެއްރަށެއް އަތުލާފަ އަނެއްރަށެއް ނަގާފައި ދެންއެހެންމީހުން މިތާއުޅެން އުޅޭނެކަމެއްނެތެއްނު!!

  7. ހުޅުދެލި

    ހެޔޮނުވާނެ ޖާބިރައް މާދެލި ނުދީ

    4
    1
  8. ހުވަދޫ

    އާޑޭސް ނުދޭތި އެއްވަށް މާލެދީ

  9. އަސްތާރު

    ހއ، ހދ މީހުނަށްވެސް އޮތް ބޮޑު ވޭނެއް އުނދަގުލެއް މީ.. އަނެއްކާ ދ އަތޮޅަށް ފާ ވާން އެއުޅެނީ...

    މިކަން ސަރުކާރުން ނުކުރަން ގޮވާލަން.

  10. އަލްޖިބްރާ

    މިއީ ބޮޑު ދުއްޕާނެއް ! އެއްވެސް ރަށެއް ދޭނެކަމެއް ނެތް !ތިކަހަލަ މީހުނަށް ރަށް ރަށް ދިނުމުން ޤައުމަށް ވާ އެއްވެސް ފައިދާއެއް ނެތް !