ޕްރިންސިޕަލުން އަމަލުކުރަން ޖެހޭ ގޮތްތަކާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން ކަނޑައެޅި އުސޫލުތަކަށް ގިނަ އަދަދެއްގެ ޕްރިންސިޕަލުން ހިތްހަމަނުޖެހުމާ ގުޅިގެން އުސޫލު އަލުން މުރާޖައާ ކުރުމަށް އެ މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ދާދި ފަހުން އާންމުކޮށްފައިވާ އުސޫލަކީ ސަރުކާރުގެ ސްކޫލުތަކުގެ ހިންގުން ރަނގަޅު ކުރުމަށް އެ ސްކޫލްތަކަށް ގާބިލް ރަނގަޅު ޕްރިންސިޕަލުން އައްޔަން ކުރުމަށް ކަނޑައަޅާފައިވާ އުސޫލެކެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ މި އުސޫލުތަކުގައި ޕްރިންސިޕަލުންގެ ކަންބޮޑުވުން ހުރި މާއްދާތައް އަލުން މުރާޖައާ ކުރުމަށް ނިންމައިފައެވެ. އަދި މިފަހަރު މުރާޖައާކޮށް އިސްލާހު ގެންނާނީ ޕްރިންސިޕަލުންގެ ހިޔާލާއި މަޝްވަރާ އާއެކު ކަމަށް އެ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން އުސޫލު އެކުލަވާލުމުގެ ކުރިން ޕްރިންސިޕަލުންގެ ހިޔާލެއް އަދި މަޝްވަރާއެއްވެސް މިކަމަށް ހޯދާފައި ނުތީ ޕްރިންސިޕަލުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ވަނީ މިއީ މިނިސްޓްރީ އިން ބޭނުންވާ ވަކި ބަޔަކު ވަކި ސްކޫލުތަކެއްގައި ބެއިތިއްބުމަށް ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ފަސް މެންބަރުން ހިމެނޭ ކޮމެޓީއެއް އެކުލަވާލައި ކޮންމެ ޕްރިންސިޕަލަކުވެސް މަސައްކަތް ކުރާނެ ސްކޫލެއް ކަނޑައެޅުމުގެ ބާރު އެ ކޮމެޓީއަށް ދިނުނަށް ނިންމައިފައެވެ. އަދި ކޮންމެ ޕްރިންސިޕަލަކުވެސް އެއް ސްކޫލެއްގަައި ގާއިމްވެ މަސައްކަތް ކުރެވޭނީ ގިނަވެގެން އަށް އަހަރު ދުވަހު ކަމަށް ވެސް އެ މިނިސްޓްރީން އިން ވަނީ ނިންމައިފައެވެ.
މިކަމާ ގުޅިގެން ޕްރިންސިޕަލުން އެމީހުންގެ ހައްގު ގެއްލޭ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.
ޕްރިންސިޕަލުން ވަނީ މިކަމުގެ ސަބަބުން އެމީހުންގެ ވަޒީފާގެ ޔަގީންކަން ގެއްލޭ ކަމަށާއި އަދި އެންމެ ފަސް މެންބަރުންގެ ކޮނެޓީއަކަށް މިފަދަ ކަމެއް ނިންމިޔަ ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. މިއީ ސިޔާސީ ކުލަ ޖެހިދާނެ ކަމެއް ކަމަށް އެމީހުން ދަނީ ތުހުމަތު ކުރަމުންނެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި އިސްލާހު ގެނެސްފައި ވަނީ ސްކޫލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް ޕްރިންސިޕަލުންގެ ގޮތުގައި ސްކޫލްތަކަށް އެދެވޭ ހަރުދަނާ މީހުން ކަނޑައެޅުމަށްޓަކައި ކަމަށެވެ.
އެކަމު ބުނި މިކަމުން ޕްރިންސިޕަލުންނަށް ވާނީ ފައިދާއޭ. މުޅި ޤައުމު ހަލާކު ކޮށްފި
ކޮބާ މިދިޔައަހަރު ވސިވިލްސާރވިސްގެ ދާއިމީ ލީޑިންގ ޓީޗަރުކަމުގެ މަގާމުގައި ތިބި ލީޑިންގ ޓީޗަރުންވެސް ބަދަލުކޮށްލީޑެނުއަރޝިޕަށް އެމީހުންގެ ޙައްގުތައްވެސް މިނިސްޓްރީން ގެއްލުވާލި؟؟؟
ކަމުގެ މާހިރުންނާއި ކަމުވޮށިގެންވާ މީހުންގެ މަޝްވަރާކުރުމެއްނެތި ކުރާ ކަންތައްތަކުން ތިމާމެންގެ ނާގާބިލްކަންނޫން އެހެންކަމެއް ފާހަގައެއް ނުކުރެވޭނެ. ކުރިންވެސް އެމީހުންނާއި މަޝްވަރާކުރިނަމަ ތިގަވާއިދު ފުރިހަމަވެ އަތަށް ގޮޥާކަށް ނުޖެހުނީސް. ކަމަށް އެކަށީގެންނުވ މީހުން މަގާމްތަކަށް އައްޔަންކުރީމަ ވާނެހައެތިވެ ނިމެނީ.
މިނިސްޓްރީގެ ވިސްނުން ރަގަޅު މިހާރުވެސް ޕްރިންސިޕަލުންގެ އުދަގޫ ވަރަށް ބޮޑު ބޭނުން ކަމެއް އެކޮށްލަނީ ވަޒީފާއިން ބައެއް މީހުން އެކަހެރިކޮށް ލައިބްރަރީންގެނެސް އޮފިސްތަކުގައިވެސް އެބަ މަސައްކަތް ކުރޭ މިނިސްޓްރީން މިކަމެއް ނުބަލާ ހަމަ މިހާރުން މިހާރަށް ބައެއް ޕްރިންސިޕަލުން ވަނީ ބަދަލުކުރަން ޖެހިފައި ގިނަޢީ ޕީޕީއެމް މީހުން ބަދަލުކުރަންވީ ޝުކުރިއްޔަ/
ޕްރިންސިޕަލުންގެ ތެރޭގައި ގިނައީ ޕީޕީއެމް މީހުން ސަރުކާރާއި ދިމަން އިދިކޮޅަށް މަސައްކަތްކުރަނީ ހަމަ މިހާރުން މިހާރަށް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލަން
ކުރެވޭނުކުރެވޭކަމެއް ނޭންގި ކޮންމެކަމެއް މިގޮވަނީ އަތައް. ލޮލް
މިރަށު ސްކޫލުގެ ޕްރިންސިޕަލް ވަކުތުން ވަކުތަށް ބަދަލު ކުރަންޖެހޭ...
ސްކޫލު ހިންގުމުގެ އެއްވެސް ހުނަރެއް މިރަށު ސްކޫލުގެ ޕްރިންސިޕަލްގެ ކިބައިގައި ނެތެވެ.
އަބަދުވެސް މިވަރެއްގަ.އެއްވެސް ވަރަކަށް ބަލާލުމެއްނެތި އުސޫލު ކަނޑަ އަޅާފާނެ.ދެން ބަޔަކު ރޮއި ހޭރިގަތީމަ އުސޫލު އަލުން މުރާޖައާ ކުރުމަށް ނިންމަފާނެ.ހީވާ ގޮތުން ވެދާނެ ހެޔޮފުޅުކަން ދައްކަން ކުރާކަމެއްކަމަށް ވެސް.އެކަމަކު ރައްޔިތުންނަށް އެބަ އިނގޭ ވާޏުވާ.މިއަށްވުރެން ކަރަޕްޓް ހުދު މުޚުތާރު ނުބައި ނުލަފާ ޖައްބާރު ވެރިކަމެއް މިގައުމަަކަށް ނާދޭ.މިއޮތީވާ ވެރިކަމެއް.
މައްސަލަ ވަރަށްސާފު، މިނިސްޓަރާ އަދި މަތީގަ ތިބި މީހުން ނާގާބިލް ވުން.
ހުރިހާކަމެއް ސިޔާސީ ކުރީމަ ގޯސް....ސިޔާސީ ބައިބައިވުން ކުޑަކޮށް ދިނާއި ގަވްމު އިސްކުރީމަ ދާނީ ކުރިޔަށް..ޕާޓީ ސިސްޓަމަކީ މުސްލިމުން ބައިބައި ކުރަން ބޭނުންކުރާ ހަތިޔާރު...
ޕްރިންސިޕަލުން ދާއިރާ ދޫކޮށް ދާނެވާހަކަ ބުނީމަ ހަޖަމު ނުވީ ތިޔައީ ނާސްތާ ޕްރޮގްރާމުންވެސް ވައްކަން ކުރާ މިނިސްޓަރު