އައްޑޫސިޓީ ހިތަދޫގައި ރުކަކުން ވެއްޓުނު ޒުވާނަކަށް ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
އެ ޒުުވާނާ ނިޔާވެފައި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އިރުއޮއްސުނު ވަގުތުގައެވެ.
މައުލޫމާތު ލިބޭގޮތުގައި، އުމުރުން 31 އަހަރުގެ އެ ޒުވާނާ ރުކުން ވެއްޓި ޖެހިފައި ވަނީ ބިންމަތީގައި ހުރި ގާފުނިތަކެއްގެ މަތީގައެވެ. އޭނާ ވެއްޓުނީ ގާތްގަނޑަކަށް 20 ފޫޓު ދިގު ރުކަކުންނެވެ.
އޭނާގެ ފަޔާއި އަތް ވެސް ބިންދައިގެން ގޮސް ބޮލަށްވެސް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ސ.ހިތަދޫ، ފަލާހް، ހާތިމް ފައުޒީ، އެވެ.
މާތްﷲ އެފުރާނަޔަށް ސުވަރުގެ منورކުރަށްވާށި امين
ވަރަށްހިތާމަވެރިޚަބަރެއް މާތްﷲ މަރުހޫމްގެފުރާނަޔަށް ސުވަރުގެ منورކުރަށްވާށި امين
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
އެފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި .އާމީން
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ