ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއި ގުޅިގެން އޭނާ އާއި މެދު އެންމެ ރަނގަޅު ގޮތެއް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކަމަށާއި އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ އެއީ ކަމަށް ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އަބަދުވެސް ރައީސް މުހައްމަދު ނަޝީދުގެ ފިކުރާއި ދެކޮޅު މެންބަރެއްގެ ގޮތުގައި ފާހަގަ ކުރެވޭ ރޮޒައިނާ އަކީ ވެސް މިނިސްޓަރ އަމީންގެ މައްޗަށް އިތުބާރު އެބައޮތްތޯ ބަލަން މިއަދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ވޯޓް ނެގިއިރު މިނިސްޓަރ އަމީނަށް އިތުބާރު އެބައޮތް ކަމަށް ވޯޓް ދެއްވި މެންބަރެކެވެ.
މިނިސްޓަރ އަމީނަށް އިތުބާރު އެބައޮތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށް އެމްޑީޕީގެ 24 މެންބަރަކު ސޮއިކޮށް މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. މިނިސްޓަރ އަމީންގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ރޮޒައިނާ ސޮއި ނުކުރެއްވީ ކީއްވެތޯ ސާފުކުރަން މީހަކު ޓްވިޓާގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޮޒައިނާ ވިދާޅުވީ މިނިސްޓަރ އަމީންގެ މައްސަލައިގައި ރައީސް ޞާލިހް ކަންކަން ނިންމަވާނީ ރަނގަޅަށް ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
"އަޅުގަނޑު ވޯޓް ދިނީ ރައީސުލްޖުމްހޫރިއްޔާ މިކަމުގައި ކުރިއަށް ދާން ވިސްނާފައި އޮތްގޮތް ޕީޖީ ލީޑާޝިޕުން އޮޅުން ފިލުވުމަށް. އެއީ އެމްޑީޕީގެ އެންމެ އިސް ލީޑަރު." ރޮޒައިނާ ވިދާޅުވިއެވެ.
Alhugandu miadhu MDP PG ga ves bunifadhain alhugandandah furihama ah ithubaaru eba oi mi massalaiga RJ @ibusolih nimmavaany rangalhah kamah. Alhugandu vote dhinee RJ mikamuga kuriyah dhaan visnaafa oi goi PG leadership in olhunfiluvumah. Eyee MDP ge enme is leader. Basic courtesy https://t.co/cuOWsQizFU
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) October 20, 2020
މިނިސްޓަރ އަމީންގެ އިތުބާރުނެތް ކަމަށް ސޮއިކޮށް މަޖިލީހަށް ހުށަހެޅި ލިޔުމުގައި ސޮއި ނުކުރި މެންބަރުންނަށް ރައީސް ނަޝީދަށް ތާއިދުކުރާ އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ސާބަހޭ
ތީ އެމް.ޑީ. ޕީ ފުނޑާލަން އުޅޭ ދައިތައެއް ޑީ. އާރު. ޕީ ގައި އުޅެމުން މައުމޫނުގެ އެހީގައި ސިޔާސީ ދާއިރާ އަށް ވަނދެފަ މައުމޫނަށޤވެސް ދޯކާދީފަ އުޅޭ މީހެއް އިބޫއަށް މާހެޔޮ އެދޭ މީހެއްކލަމަށް ހެދިގެން އުޅެނީ އިއްޔެވެސް އެން. އައި. ސީ އަށް މީހުން ނެގުމުގައި މީނާގެ ނުފޫޒުން 3 ވަނައަށް އޮތް މީހާ ކަޓޫވާލާފައި 4 ވަނައަށް އޮތް ޝުއައިބުނެގީ މީނާ ބޭނުންގޮތަށް ވިޕު ނެރުނީ އައްޑޫމީދޫ ދާއިރާގެ މީހެއް އެކަމަކު އައްޑޫ މީހުންނަކަށް ހެވެއް ނޭދޭނެ. މީނާގެ ނުބައިކަމުން އެމް.ޑީޕީ ސަލާމަތް ކުރައްވާށި. އާމީން
ރަގަޅަށް ތިބުނި. އެއްދާ އިރާއަކުން ދާއީދެއް ނުލިބުނީމަ އަނެއް ދައިރާއަކަށް ބޯގަޅައިގެން އުޅެނީ. އައްޑޫ މީދޫ ދާއިރާއަ މީނައާ އޮތީ ކޮން ގުޅުމެއް.
ރޮޒައިނާގެގޮނޑިގެއްލޭފަދަ ބައެއްތިޔަބުނީ! ބޮޑުވަޒީރުގެފެކްޝަނުން ކަމަނާ ބާލަންއުޅެފާނެކަމަށްބެލެވޭ ؟
ކޮއްކޯ އެމްޑީޕީ ގެ އިސްލީޑަރު ކިޔާ މަގާމެއް ނޮއޮންނާނެ!
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން ފާސްކުރި ނިންމުމާ ހިލާފަށް އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުރެގެން ސީދާ ހާމަކަންބޮޑު ގޮތެއްގައި އެމްޑީޕީގެ ނިންމުންތަކާއި ޚިލާފަށް މުޙައްްމަދު ނަޝީދު މިކުރާ މަސައްކަތްތައް ކުރާތީ އޭނާ އެމްޑީޕީގެ އިސްމަގާމްތަކުން އެކަހެރިކުރުމަށް އެމްޑީޕީ އަށް ގޮވާލަން- ޕާޓީގެ ހުރިހާ ހަޑިއެއް ހާވައި ޕާޓީ ވިއްސިވިހާލިވެ މިދަނީ ތިޔަ ނަޝީދުގެ ސަބަބުން
މިނިސްޓަރ އަމީނަށް އިތުބާރު އެބައޮތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށް އެމްޑީޕީގެ 24 މެންބަރަކު ސޮއިކޮށް މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ މަޖިލީހަށް ވައްދާފައިވާތީ އެމް.ޑީ.ޕީގެ އިސްމަޤާމުތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސުކަމުން ކެނެރީގެ މުޙައްމަދު ނަޝީދު ބޭރުކުރުމަށް އެމް.ޑީ.ޕީގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުން އަޑު އުފުލައި ގޮވާލަން. ޕާޓީ މި އޮތް ހަލާކުވަނީ ތިޔަ ނަޝީދުގެ ސަބަބުން
ނަޝީދުގެ ބައިގަޑަކީ ވަރައް ގޮތެއްފޮތެއް ނެތްވިޔާނުދަ ވަކަރުގޭ ބައިގަޑެއް. ކުރަން އެގޭ އެވެސް ކަމެއްނޯވޭ މީހުން ނައް ބެވުން ނޫ
އަންނި ހާދަޖޭވެޔޭދޯ ސޯލިހު ވެރިކަމުގަ ހުންނަވާތީ ދެންލަލަލަ
އަންނި އުޅެނީ ރައީސްކަން ކުރައްވާތީ، އިބޫ އާ ހަސަދަވެރި ވެގެންކަން މިހާރު މޮޔައަކަށް ވެސް ސާފުވާނެ އެވެ. ކުރީގެ ވެރިކަން ބަދަލު ކުރެވުނީ ކޯލީޟަން ހެދީމަކަން ހަނދާންނައްތާލައި ގެންނެވެ. ރައީސް އިބޫ އުޅުއްވަނީ، އެކަން ހަނދާނުގައި ބަހައްޓަވައި ކޯލީޝަންއަށް އިޙުތިރާމް ކުރައްވައިގެންނެވެ. ކޮންމެއަކަސް ﷲގެ މިންވަރުފުޅާއި އެކު، މިޤައުމު ފަސާދަކުރަން އުޅޭ ފިތުނަވެރި ކޮންމެ މީހަކު ބަލިކުރައްވައި، މިރާއްޖެ ހުރިހައިގޮތަކުން ވެސް ސަލާމަތުން ލެހެއްޓެވުމަކީ ދުޢާއެވެ! އާމީން