އާސާރީ ކަޅުވަކަރު މިސްކިތް މާލޭ ބޮޑުގަނޑުވަރު ގޯތިތެރޭ އަލުން ބަހައްޓަވައި ދެއްވުމީ ރާއްޖެ އިސްލާމްވިދުވަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްވި އަގުހުރި ހަދިޔާއެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސަލްޓަން ޕާކުގެ އިރު ދެކުނުގައި ހުއްޓައި ކަޅުވަކަރު މިސްކިތް ރޫޅާލައިފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރުގެ ތެރޭގައި "ރަސްރަނި ބަގީޗާ" ގާއިމްކުރުމަށެވެ.
އެ މިސްކިތް އަލުން ބަހައްޓައި، އެތަން މިއަދު ވަނީ ހުޅުވާލާފައެވެ. އަދި އެމިސްކިތް އާންމުންނަށް ނަމާދުކުރެވޭނީ މިއަދު މެންދުރު 14:00 އިން ފެށިގެންނެވެ.
މިނިސްޓަރ ޝާހިދު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އައިސް ސްކޭޓިންރިންކެއް ހަދަން ރައީސް ޔާމީން ނަންގަވާ އެއްލާލެއްވި އާސާރީ ކަޅުވަކަރު މިސްކިތް މާލޭ ބޮޑުގަނޑުވަރު ގޯތިތެރޭ އަލުން ބަހައްޓަވައި ދެއްވުމީ ރާއްޖެ އިސްލާމްވިދުވަހު ރައީސް ޞާލިޙް ދެއްވި އަގުހުރި ހަދިޔާއެއް ކަމަށެވެ
އަދި މި ބިމުން އިސްލާމްދީން ފޮހެ ނުލެވޭނެ ކަމުގެ ވަރުގަދަ މެސެޖެއް ކަމަށްވެެސް ޝާހިދު ވިދާޅުވިއެވެ.
އެ މިސްކިތް މިއަދު ހުޅުވާދެއްވާފަައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ހެރޮިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫންއެވެ.
ކަލޯ ހިޔަޅާ ތީ ވަރަށް އަގުހުރި ތަރިކައެއް އަވަހައް ވިއްކާލަން އުޅޭ ތީ ހަމަ ރަނުގެ ފުރުސަތެއް.. މިސަރުކާރަކަށް މިސްކިތް ތަކެއް ބޭނުމެއް ނުވާނެ އޭރަށް ތި މިސްކިތް ހުރިތަންވެސް ޕަރކިންގ ޒޯނަކަށް ހަދާފަ ނިކަމެތި ރައްޔަތުން ފެލަން އޮންނާނެ...
ކަލޭ މާދަމާ އަނެއްކާ ޔާމިނަށް ސަނާ ކިޔާނެ
ތިޔައީ މިގައުމުގެ ޖީވަން ކަލޭ ޖީއެމް އާރަށް ދިވެހިންގެ އެއަރ ޕޯޓް ވިއްކާލީ...އެކަމާ ދެރައެއް ނުވޭތަ...މިހާރު އިސްލާމް ދީނަށް ކަލޭމެން ދިންނަސްރެއް ބުނެބަލަ...މުޅިސަރުކާރުގާ ދީނަށް ފުރައްސާރަ ކުރި މީހުން
މިވެސް ސިޔާސީ ކަމަކަށް ހަމަ ހެދީ. ގައުމު ސެކިއުލާރ ކުރަން އުޅުން ހުއްޓާލައްވާ.
ކަލޭ ގެ ވަޒީފާ އަކީ ކޮންއެއްތޯ؟ މި ސުވާލު ގެ ޖަވާބު ދިވެހިން ދަނޭ#
ދެން އޮތް ސުވާލަކީ ހިބަރުވަދުގައި ބޭނޭނީ ކަޅުއޮއްތޯ ކުރެވޭ ސުވާލު؟
މިސްކިތްތަކުގެ ސައުންޑު ސިސްޓަމްތަކުގެ ވޮލިއުމް ދައްކުރީ ވެސް ރައީސް އިބޫ ދެއްވި ހަދިޔާއެއް ކަލޯ ކާޕެޓޭ