މާމަގެ ފައްޓަރުބައިގެ ބަދަލުގައި ޗައިނާ އިން އިހުތިޔާރުކުރީ އެކުވެރިކަން ކަމަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވެފައި ވަނީ ފައްޓަރުބައި ވިއްކާފައި ފައިސާ ދޭން ޗައިނާ އިން އަންގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެން ޗައިނާ ސަފީރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، މާމަގެ ފައްޓަރުބަޔަކީ އަގުހުރި އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އެއީ އަގެއް ނެތި ލިބޭނެ އެއްޗެއް ނޫން ކަމަށެވެ.
"އޭގެ ބަދަލުގައި ޗައިނާ އިން އިހުތިޔާރު ކުރީ އެކުވެރިކަން. އެއީވެސް އަގު ނުކުރެވޭނެ ކަމެއް،" ސަފީރު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިގޮތަށް ވާހަކަފުޅުދައްކަފާއި ވަނީ ކުރީ ސަރުކާރުން ޗައިނާ މެދުވެރިކޮށް ނަގާފައިވާ ލޯންތައް ދެއްކުމަށް ޗައިނާއިން ލުއި ނުދިން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައް މިހާރު ފަސްކޮށްދީފައިވާ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާގައި ނަޝީދު ވިދާޅުވީ ޗައިނާއަކީ ދުނިޔޭގެ އެންމެ ކުރިއަރަމުން އަންނަ ގައުމު ކަމަށާއި ދުނިޔޭގެ ވެރިކަމަށް އައުމަށް ތައްޔާރުވެ މަސައްކަތް ކުރަމުން އަންނަ ގައުމެއް ކަމަށެވެ. މިފަދަ ބިޔަ ގައުމަކުން ރާއްޖެ ފަދަ ކުޑަ ގައުމަކުން ދައްކަން ޖެހޭ ފައިސާ ނުދެއްކި އަންގަމުންދާތީ ހައިރާންވާ ކަމަށް ވިދާޅުވިއެވެ.
"ދުނިޔޭގެ ވެރިކަމަށް އައުމަށް ތައްޔާރުވެ މަސައްކަތް ކުރަމުން އަންނަ ޗައިނާއިން އަންގަނީ އަޅުގަނޑުމެން މި ހަތަރު ލައްކަ މީހުންގެ އާބާދީއެއް އޮތް ގައުމު ކައިރީގައި އަޅުގަނޑުމެންގެ ފައްޓަރު ބައި ވިއްކާލާފައި އަވަހަށް ލޯނު ދައްކާށޭ." ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މުޅި ދުނިޔޭގެ އިގްތިސާދު ހުއްޓި، ގައުމުތަކުގެ ބޯޑަރުތައް ބަންދު ކޮށްފައިވާ ދަނޑިވަޅެއްގައި ދަރަނި ދެއްކުމަށް ޗައިނާއިން އަންގަމުންދާ އުސޫލަކީ ދުނިޔެ ދަންނަ ހަމަހަމަ އިންސާފުވެރި އުސޫލެއްނޫން ކަމަށެވެ.
ރ ނަޝީދު ޖެހެނީ ހިފަހައްޓަބަހައްޓާ އަގަހައްދުޖަހަންޖެހެނީ
ސާބަހޭ ޗައިނާއަށް
ތިޔައީ އެކުވެރިންނަކީ.
އެ ބޯގަމާރު ކަލޭގެ ދައްކާ ވާހަކައިގެ ދެކޮޅު ޖައްސަން އޭނައަށްވެސް ނޭނގޭ
އެންމެ ފަހުން ލޯންތަށް ފަސްކޮއްދޭންޖެހުނީ.. ސަފީރު ސައިޒްވެއްޖެ..
ސަފީރުވެސް ރަގަޅަށްބުނެބަލަ.. ލޯން ފަސްކުރުމަކީ ފަހުންވިޔަސް އެފައިސާދައްކްންޖެހޭނެއޭ..
މުރުތައްދުއެލެކުސް ގެނަގޫ ކޮންޓުރޯލުކުރަނީ ހިންދޫން. އެސޮރުގެ ނަގުލަށް އެބައިމީހުން ދޭތެރެ ދޭތެރެއިން ފިތާލާނެ. ހަމަފިތާލާއިރަށް ޗައިނާއާއި ދިމާލަށް ވައްވައް ޖަހާނެ.
ސަ ފީރު މަޖާ. ޢެކަމު ހާދަ ރަނގަޅޭ. ސަ ފީރަށް ވެސް އިގޭ ދޯ މާމަ ފައްޓަރު ބައި.
ރާން އަޅާފަ ބްރިޖްމަތިން ދާއިރު އެއީ މާމަގެ ފައްޓަރުބައި ވިއްކައިގެން އަޅާފަ އޮތް ބްރިޖެއް ނޫން ކަން ޗައިނާއިން 1 މިލިއަން ޑޮލަރަ ބްރިޖަށް ހިލޭ އެހީގެ ގޮތުގައި ދިންކަންވެސް ހަނދާންކުރަންޖެހޭ . މަރުމޯލު .
މުޅި ދުނިޔޭގެ އިގްތިސާދު ހުއްޓި، ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ރައްޔިތުން ދަރަނިވެރިވެފަވާ މިދަނޑިވަޅުގައި، އެންމެއާދައިގެ ރައްޔިތު މީހާއަތުން މިސަރުކާރުން ޓެކްސްނަގާކަން ނަޝީދަށް އެގޭބާ؟
މުސްލިމުންގެ ސިފަ ތަށް މިފެންނަނީ ކޮންބައެއްގެ ކިބަައިން. ޗައިނާއަކީ ކެތް ތެރިކަންކުޑަގައުމެއް ނުންކަން މިފެންނަނީ. އެއީ ނަސީބެއް.
މާމަގެ ކަނޑިކި ގަނޑާއި ފައްޓަރުބަޔާއި ވިއްކާލައިގެންވެސް ގައުމު ހިންގޭތޯ ބަލާބަލަ..
ޢެއީ ބޯހިމަނުޖެހޭމީހެއް އެމަގާމު ލިބުނީމަ އޭނަޔަށްއޭނައޮޅިއްޖެ ކެނެރީގޭ ގޮޅާބޯ ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭގިގެން ހެދެންއޮތް ދޮގެއްހަދަނީ
އަނގަހައްދު ކަލޭގެ ދެންގޮވާނީ ކޮން އައުގުރާނެއްބާ؟ ހާމާން މިއުޅެނީ އެއްގޮތުންނުވިއްޔާ އަނެއްގޮތުންވެސް ރާއްޖެޔާ ޗައިނާޔާ ޖެއްސޭތޯ ބަލަމުން މިކަމުގަ އިންޑިއާ ޑޮލަރުތައް މަޖީހަށް އޮށްސާކަމުގެ ހެކިތައް މިހިރަދަނީ ފެންމަތިވަމުން މިގޮތަށް މިހާރުދިމާކުރާތާ 2 އަހަރުވީ ބަލަންތިބޭތި މިވަރުން ދަންޏާ ކޮންމެވެސް ހިސާބަކުން ރައްޔިތުންނަށް ކޮންމެވެސް ހިތާމަޔަކާ ކުރިމަތި ލާންޖެހުމަކީ ނުވުމަށްވުރެ ވުންގާތްކަމެއް
ރަނގަޅު ... އަޅުގަނޑު ނެގި ލޯނާ ފައްޓަރުބައި ނުބައްދަލު، އެހެންވީމަ އޮންނާނެ ގޮތަކީ އެގްރިމެންޓުގަ އޮތްގޮތައް ރާއްޖެ(ރަށްތައް) ވިއްކާލުން
އަންނި ލަދުގަންނަނީ ކިހިނެއްވީމާތަ؟ އޮރިޔާން ނިވާކުރަނީ ކީއްކުރަން؟ ލަދުން ބޯހަލާކު!
ފައްޓަރުބައި ވިއްކާވާހަކަ ދައްކާއިރު ޓާޓާ މީހުންނައް ފުލެޓްއަޅަންދިނީވެސް ރުފިޔާއާއި ރިސޯޓް ހަދަން ރައްތަކާ ނުވީތާކައް ފުލެޓްގެ ތިރީ ފިހާރަތަކައްދަންދެން ޓާޓާމީހުންނައް ދީގެން ލަދުކޮބާ މުޅިގައުމުގެ ރައްޔިތުން މަސައްކަތް ކޮއްގެންހެދި އެއަރޕޯޓް ޖީއެމްއާރައްދީ ރައްރަށުގެ އިންޖީނުގެތައްއް ޔުޓިލިޓީ ކިޔާބަޔަކައް ބަދަލްދުނުމުގެ ނަމުގައި ހިބައިންދީ ފެންކުންފުންޏާއި ދިރާގް ގެ ހިއްސާތައް ވިއްކާލާ އެވަރުންވެސް ނުފުދިގެން ޖީއެސްޓީ ނަގައިގެން ރައްޔިތުމީހާކުރާ މަސައްކަތުން 6% ނަގާ މިއަދު ފައްޓަރުބަޔޭ ރައްޔތިތުންނޭ ގޮވާކައް ލަދެއްނެއތޭ މަންޑޭލާގެ ތާކިހާ އަޅައިގެން އައިސް ހަމަ ބާރެއް ލިބޭއިރައް އަންސަންސޫކީޔައް ބަދަލްވީ
ސަފީ ރަށް ވަ ރަށް އިހްތި ރާމް ކު ރެވޭ....ބުއްޅަބެ ކަލޭ ވަ ރުގެ ގަމާ ރަކު މަ ނުދެކެން ހިނގި ތާކުން.ހެޔޮނުވާނެ ކަލޭ މިގައުމުން ދޭ ..ވަ ރަށް ނުބައި ނުލަފާ އެއްވެސް ގޮތެއް ފޮތެއް ނެތް މީހެއް ކެނެ ރީގެ ވަގު ކަލޭގެ އެއީ....
ވެރިކަމުގައި ހުރިއިރުވެސް ރާއްޖޭގެ ރައްޔިތުންގެ އަގުވެއްޓުން ނޫންކަމެއް ނުކުރޭ. ގައުމުގެ އިޖުތިމާޢީ ފޭރާން ވީދައި ހަލާކުކޮށްފި. އާއްމު އަޚްލާޤް ޖަނަވާރުންގެ ތެރެއިންވެސް އޫރާއި އެއްފެންވަރުގައި. ގައުމީ ސަލާމަތަށް މީހެއްގެ ފުށުން ނުރައްކާވާނީ ކިހައިވަރެއް ވީމައިތޯ؟ މީނާ ހިފައި ހައްޔަރުކޮށް އަދަބުދޭކަށެއް ނުވޭތޯ؟