ރައީސް އޮފީހުގެ މުވައްޒަފަކު ކޮވިޑު-19 އަށް ފައްސިވެއްޖެ އެވެ.
އެ އޮފީހުން ކޮވިޑް-19އަށް މުވައްޒަފަކު ފައްސިވުމުން، އޭނާއާ ގާތުން އެއްތާވި ފަރާތްތައް ވަނީ ހޯދާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވި، އެ މުވައްޒަފާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކޮންޓެކްޓްވެފައި ނުވާ ކަމަށެވެ. އަދި އެ މުވައްޒަފާއި ކޮންޓެކްޓްވި ފަރާތްތައް ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު މުވައްޒަފުން ކަަރަންޓީންކޮށްފައިވާ ކަމަށްވެސް ހޫދު ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13011 އަށް އަރާފައެވެ. އޭގެ ތެރެއިން 11،939 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
އަވަހައް ކޮވިޑުން ސަލާމައްކުރަން ކޮވިޑު އަތައް ނަންގަވާ ލ.އައްފުރުމުގެ ކުރިން..
ކޮބާ ކޮބާ، މިސްޓަރ ޒީރޯ ޓޮލަރެސްން،،،،،،، މިހާރު މަނިކުފާނުގެ ކޮޓަރިތެރެއައް އެވައްދާލީ. އަދިވެސް ހުރޭ ފާޑަކައް ހިނިފުޅުވެޑިވިފަ.
މީވެސް ހަބަރެއް. ކަލޭމެން ގެނައި ބައްޔެއް ނޫންތަ ކޮވިޑުތީ. ތިމާ ފޭހުނު އިލޮށި ހެރޭނީ ތިމާގެ ލޮލަށޭ މުސްކުޅިން ބުނާއަޑުއަހަން.. އަމިއްލައަށް ބޮނޑި ބޮއެފަ ތިއޮތީ.. މީ އެއްވެސް ގޮތަކަށް އަހަރުމެން އުފާވެސް ދެރަވެސް ވާ ކަމެއް ނޫން
މަ ހީކުރީ ބާގީ މިނިސްޓަރު ހުވާކުރީމަ ކޮވިޑު ފެތުރުން ހުއްޓުނީކަަމަށް
މޮޅެތި ބޭސްފަރުވާއާއި ބޭހާއި މޮޅެތިހާ ކާނާ ލިބޭނެ ތި ތަނުން މީހަކަށް ތި ޖެހުނަސް.. ނިކަމެތި ރައްޔިތުމީހާ ތި ބަލި ޖެހުނީމަ ފަރުވާ ނުލިބޭނީ
ކުރިންވެސް ތިޔާތަނުގެ މީހަކު ފައްސިވި ހުންއައިްގެން ނޫޅެވޭވަރުވީމާ އެނގުނީ އައިސީޔޫގަ ބޭއްވީވެސް އެކަމަކު އެވާހަކަ ނުދައްކާ
ކުރިން ވެސް ރައީސް އޮފީހުން ބައިވަރު މީހުން ފައްސި ވެއްޖެ. އަލަށް ވީ ކަމެއް ނޫން މީކީ. އޯކޭ