ރައްޔިތުން ތަހައްމަލް ކުރަމުންދާ ދަނީ ދަތި ދުވަސްތަކެއް ކަމަށް ވިދާޅުވެ، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މިހާރު ލަވަކިޔުން ދޫކޮށްލުމަށްފަހު ދީނީ އިލްމުވެރިއެއްގެ ގޮތުގައި އުޅުއްވާ އަލީ ރަމީޒްގެ ޝުއޫރުތައް ބަންޑުންކޮށްލައިފިއެެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިއެތައް އާއިލާއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރައްވާ ރައްޔިތުންގެ ހާލަތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އަލީ ރަމީޒު ވަނީ ފޭސްބުކް ޕޯސްޓެއް ކުރައްވާފައެވެ.
އެޕޯސްޓްގައި އަލީ ރަމީޒް ވިދާޅުވީ އެތައް އާއިލާއެއް ދަރަނިވެރިވެ ދަރަނި އަދާކުރެވޭނެ ގޮތެއް ނެތި އުޅެމުންދާއިރު މިކަމާއި އަޅާލާނެ ބަޔަކު ނެތްކަމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ދިވެހި އެތައް އާއިލާއެއް އަމިއްލަ ދިރިއުޅުމުގައި ފުއްދަންޖެހޭ ޒަރޫރީ ގިނަ ކަންކަންވެސް ނުފުއްދޭ ހާލަތަކަށް ގޮސްފައިވާކަން ފާހަގަކުރައްވާ އަލީ ރަމީޒް ވަނީ އެކަންކަމާއި މެދު ސަރުކާރުން ފުންކޮށް ވިސްނުމަށް ގޮވާލައިފައެވެ.
"ފީތައް ނުދެއްކިގެން ދަރިން ސްކޫލުން ކަނޑާލަނީ ބިލްތައް ނުދެއްކިގެން ކަރަންޓު، ފެން، ފޯން ކަނޑާލަނީ. ކުލި ނުދެއްކިގެން ގެއިން ނެރެލަނީ. މީހުން އަތުން ދަރަންޏަށް ފައިސާ ނަގަނުން ނަމުން އެއްކޮށް ބަނގުރޫޓް ވެއްޖެ. ފައިސާގެ މައްސަލާގައި ގާތް އެކުވެރިންނާއި، މޫނު ކެނޑިއްޖެ. ދަރަނިތައް އަދާކުރެވޭނެ ގޮތެއްވެސް ނެތް. މިއީ މިއަދު ގިނަ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި ހާލަތެއް. ކަމާއިބެހޭ ފަރާތްތަކުން މިކަންތައްތަކަށް ސީރިއަސް ހައްލެއް ގެނެސްދޭން ޖެހޭ." އަލީ ރަމީޒް ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
Miadhu gina rayyithunge haalathu... pic.twitter.com/L6BCKUd7Wx
— Ali Rameez (@aliramyz) January 7, 2021
ކޮވިޑް-19 އާއި ގުޅިގެން ގައުމުގެ އިގްތިސޯދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ވިޔަފާރީތައް ހުއްޓި، ވަޒީފާއަދާކުރަމުންދާ ފަރާތްތަކަށް މުސާރަ ނުދެވޭ ހާލަތަށް ދިއުމުން ގިނަ ޒުވާނުންގެ ވަޒީފާތައްވެސް ގެއްލިފައެވެ. ކޮވިޑް-19އާ ގުޅިގެން ވަޒީފާތައް ގެއްލުނު ފަރާތްތަކަށް ސަރުކާރުން ވަނީ އިންކަމް ސަޕޯޓް އެލެވެންސްގެ ގޮތުގައި 5000 ރުފިޔާ ދެމުން ދެއެވެ.
މިހާރު ލަވަކިޔުން ދޫކޮށްލުމަށްފަހު ދީނީ އިލްމުވެރިއެއްގެ ގޮތުގައި އުޅުއްވާ ރަމީޒު!
—————————————————————
މިއޮތި ވަރަށްބޮދު ތެދެކެވެ
ރަމީޒަކީ ލަވަކިއުންދޫއްލާ (ދީނުގެ ޢިލްމު) އުންގެނުމަކާއި ނުލާ ޢިލްމުވެރިޔަކުކަމުގައި ވެގެން އުޅޭ މަޝްހޫރު މަދަޙަކިޔުންތެރިއެކެވެ.
މިއީ މިއަދު އުއްމައްތަށް ދިމާވެފއިވާ އެއްމެ ބޮޑު ބަލާވެރިކަމެކެވެ.
ނަމުގެ ކުރިއަށް މަޝްހޫރުލައިގެން ޢިލްމުގެ ކަންފުޅެއް ނެތަސް ޙަރާމެއް ޙަލާލެއް ވަކިނުވިއަސް ސޯސަލް މީޑިއާގަ އާއި އެތަށް މިތަނުގައި ފަތުވާދެމުންދުވަނީއެވެ.
މިއީ ކިހާ ހިތާމަހުރި ކަމެއްކަން ދައްނަނީ މަދުމީހެކެވެ!!!
އަދިވެސް ވެރިކަން ދޯ ގޯސްމިވީ. ބަލަ ލިބޭ ވަރަކުން ހަރަދު ކުރަން ދީނުގަ އޮތްކަން ނޭނގޭތޯ. ގައިމު މި މާލޭގެ މަގުމައްޗަށް ބަލައިލުމުން ފެންނަ މަންޒަރުން އެނގެނީ މާގިނަ ބަޔަކު ރަށަށް ބަދަލު ނުވާކަން. ދަރަނިވެރިވެގެންވެސް މިތާ އުޅެން ބޭނުންވާކަން.
"އަދި މިހާރު ލަވަކިޔުން ދޫކޮށްލުމަށްފަހު ދީނީ އިލްމުވެރިއެއްގެ ގޮތުގައި އުޅުއްވާ އަލީ ރަމީޒްގެ ޝުއޫރުތައް ބަންޑުންކޮށްލައިފިއެެވެ." އަލީ ރަމީޒު ކިޔެވީ ކޮންތާކުންތޯ އަދި އަތުގަ އޮތީ ކޮން ސެޓުފިކެޓެއްތޯ
ތިއީ މާލޭގައި އުޅެންޖެހޭތި ވާގޮތް.
ލިޔުން އިސްލާހު ކޮށްލުމަށް ދަންނަވަން. ޢައްޔަ ނޫޅޭ އިލްމު ވެރިޔަކަށް ވެގެނެއް. ދީނީ ގޮތުން އެއްޗެހި ބުނެދީ އެފަދަ ޕުރޮގުރާމް ހުށައެޅުމަކހުށައެޅުމަކީ ޢިލްމުވެރިޔަކަށް ވެގެން އުޅުމެއް ނޫން..
އަލީރަމީޒު ތިވާހަކަ ތިދެ އްކީމާފަހުން...ތިވާހަކަ ކޮ އްމެދުވަހަކު ސަރުކާރާ އިދިކޮޅުފަރާތް ޕޕމ އިން ހު އްޓުމެނެތި ދަ އްކަމުންދާ އަޑު އަހަރެމެންނަ އިވެމުންދަނީ...ދެރަކަމަކީ އެމީހުންގެ ވާހަކަތަ އް އަލީރަމީޒުވެސް އަޑުނާހާތީވެ...ސަރުކާރުން ވިސްނަ އިގެން ރަ އްޔިތުން މިހާލަތަށްވެ އްޓީ...ދެން މިހާލަތު ބަދަލުކުރުމަށް މަސަ އްކަތްކުރަންވީ ސަރުކާރަށް ނިސްބަތްނުވާ ހުރިހާ ރަ އްޔިތުން ގުޅިގެން..ފޭސްބްކް ޕޯސްޓަކުން ހާލަތުބަދަލެނުކުރެވޭނެ..
ރިބާ ކެއުން ހުއްޓާލަންވީ، ކުލި ކުޑަކުރަންވީ، ވިޔަފާރި ވެރިން ބޮޑު ފައިދާ ނެގުން ހުއްޓާލަންވީ ، އޭރުން މައްސަލަ ހައްލުވާނެ !
ވވވވވވބބބބބބބބޑޑޑޑޑޑޑ ތތތތތތތތތތތތތތތތދދދދދދދދދދދދދދދދދދދދދއއއއއއއއއއއއއއއއ ވަރަށް ބޮޑު ތެދެއް.......... ކޮންކަމެއް މަމެންނަށް އެބައުޅެވޭ ވިއްޔާ
މީ ހަގީގީވާހަކައެއް އަޅުގަޑުގެ އުމުރުން 47 އެކަމު މިހާދަިދުވަސްކޮޅެއް ނުދެކެން. ދިރިއުޅެނީ އަމިއްލަ މަސައްކަތުން. މީގެކުރިން މީހަކަށް ނުދަރާ އެކަމު މިހާރު ދަރައިގެން. މިހެން ވާންޖެހުނީ މުޅިއަކުން ކޮވިޑްގެ ސަބަބަކުން ނޫން އެންމެބޮޑަށް މިކަން ދިމަވީ ސަރުކާރުން ވިސްނާނުލައި ނުވަތަ އަމިއްލަ އެދުމަށް ގާނޫނުަކަށް ގެންނަ އިސްލާހުގެ ސަބަބުން ތަކެތީގެ އަގުމައްޗަށް ދިއުމުން. ބައެއްތަކެތިން ޑިޔުޓީކަޑާފަ ކުރިން ލައިސަންސްފިނަގާގޮތަށް ގެނައި ބަދަލުގެ ސަބަބުން މުދާއެެރެކުރުމުގަ ކުރިޔާބަލާއިރު ވަރަށްބޮޑު ޚަރަދެއް އިތުރުވުމުން ވިޔަފާރިވެރިންނަށް މުދާއގުބޮޑުކުރަން މަޖުބޫރުވީ. ނަތީޖާއަކީ ރައްޔަތުން ބިކަވެ ނިކަމެތިވުން
އަލީ ރަމީޒު އެއް ނުބުނޭ އޭނަ އަކީ ދީނީ އިލްމުވެރިއެކޭއެއް!!!!
އަދި އޭނަ އެއް ނޫޅޭ ދީނީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އިލްމުވެރިއަކަށް ވެގެންނެއް ވެސް!!!!!!!!
ދީނީ އިލްމު ފޯރުކޮށްދޭ އެންމެންނެއް ނުވާނެޔޭ ދީނީ އިލްމު ވެރިޔަކަށް!!!!
ދީނީ އިލްމު ވެރިއެކޭ....ހިނިއަންނަނީ....ފޭކް ސޭކް
އަލީ ރަމީޒު ދީނީ އިލްމުވެރިއަކަށްވީ ކޮން އިރަކު ކިހިނެތް. އެހެންވިއްޔާ ރީކޯ މޫސަ އަކީ ވެސް ދީނީ އިލްމުވެރިއެއް. ރީކޯ އަކީ ކުރީގައި އެކްޓަރެއް. އަލީ ރަމީޒަކީ ކުރީގައި ލަވަ ކިޔުންތެރިއެއް.
ޢަހަރެން މިހުރީ މިމަހުގެ ކުއްޔާއި ކަރަންޓް ބިލާއި އަދި 04 ކުދިންގެ ސްކޫލް ކަންތައްތައް ކުރާނެ އެއްވެސް ފަދައެއްނެތި ހަދާނެ ގޮތް ހުސްވެފަ....ދާނެ ތަނެއް ކުރާނެ ކަމެއްނޭގިފަ...ސަރުލާރުން އެހީތެރިކަންވަނީ ލިބޭ މީހުންނަށް...ނުލިބޭ މީހާ މީ އުޅެންޖެހޭ ހާލް..އެކަމަކު މީއީ 5ލައްކަ ހަމަ ނުވާ ގައުމެއް ގިނަ އަދަދަކަށްފައިސާ ވަންނަ ގައުމެއް...ސަރުކާރުގެ ފައިސާއިން ރައްޔިތަކަށް ކޮށްދޭ އެއްވެސް ކަމެއް ނެތް ގައުމެއް...ތަރައްގީ އަށް ކަމެއް ކުރަންޏާ އެފައިސާ ނަގަނީ ރައްޔިތުން ފެލައިގެން ޓެކްސްގެ ނަމުގަ...ހިދުމަތެއް ދިނިއްޔާ ބޯޑު އަދު ނަގާ...ސަރުކާރަށް ވަންނަ ފައިސާ މަދު ބައެއްގެ ތެރޭ ބަހާލަނީ...
އިންކަމް ސަޕޯޓު އެލަވަންސޭ ކިޔާފަ ފައިސާދެނީ އެމްށީޕީ ކުދިންނަށް ނިކަމެތިން ހަމަ ނިކަމެތިކަމުގަ
ރައްޔިތުން ތަހައްމަލް ކުރަމުންދާ ދަނީ ދަތި ދުވަސްތަކެއް ކަމަށް ވިދާޅުވެ، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މިހާރު ލަވަކިޔުން ދޫކޮށްލުމަށްފަހު ދީނީ އިލްމުވެރިއެއްގެ ގޮތުގައި އުޅުއްވާ އަލީ ރަމީޒްގެ ޝުއޫރުތައް ބަންޑުންކޮށްލައިފިއެެވެ.
—————————————————
މިކަހަލަ ނުކިއަވާތިބޭ ޖާހިލުން އިލްމުވެރިންގެ ދަރަޖައަށް އުފުލާ، މާޝްހޫރުކޮށް އާއްމު މީސަތަކުން މިބައިމީހުންގެ އަވާގައިޖައްސުވާބައަޔަކީ މީޑިޔާތަކުގައި މަސައްކަތް ކުރާ ޖާހިލުންނެވެ.
މީ މިއުއްމަތަށް ދިމާވެފައިވާ އެއްމެ ބޮޑު އެއްބަލާވެރިކަމެވެ.
ޝައްކެއްވެސް ނެތް ރަމީޒު ދައްކާފައި މިވާ ވާހަކަތަކީ ސިޔާސީމީހުން އެބައިމީހުން މީސްތަކުންގެ ސިކުންޑިތަކާއި ކުޅެލަން ދައްކާކަހަލަވާހަކައެވެ.
މުސްލިމުވެރިޔާގެ މައްޗައް ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދާ ފިތުނަ ފަސާދައުފައްދަން ދައްކާ ވިޔާނުދާވަހަކަކެވެ.........
ރައްޔިތުން ބިކަޙާލުގައި އުޅޭތީ އެކަމާއި ހިތްދަތިވާމީހާ ސޯސަލްމީޑިއާގައި އިޝްތިހާރުކުރުމުގެ ބަދަލުހައި
ﷲ سبحانه وتعالى ގެ ވަޖްހުފުޅު އަދައިގެން ސިއްރިޔާތުގައި އެބައިމީހުންނަށް ޟަދަޤާތްދީ އެ ދަތި ޙާލުގައި އުޅޭމީހުންގެ ހާލަތުރަނގަޅުވުމަށް އެދި ދުޢާކުރުން މާރަންގަޅުވީސްނޫންތޯއެވެ؟
ސިއްރިޔާތުގައި ﷲގެ ވަޖުހްފުޅު އަދައިގެން ހެޔޮގޮތުގައި އުޅޭމީހަކުނަމަ ސޯޝަލް މީޑިއާގައި ބޭކަރުވާހަކަދައްކާ ތިމާޔާނުބެހޭކަންތަކާއި ބެހިއެއްނޫޅޭނެތެވެ.
އަލީރަމީޒު އެވާހަކަ ދެ އްކީމަ އެ އްޗެހި ކިޔާނެކަމެ އްނެތް، އެ އީ މި އަދުގެ ހަގީގަތް.
ތިމާގެ ވިސްނުން ވަރަށް ގޯސް، ބު އްދީގެ ބޭނުން ރަނގަޅު ގޮތުގަ ހިފާށެވެ.
އަލީރަމީޒު ދީނީއިލްމުވެރިއަކަށް ނުވާންވީ ސަބަބަކީ ކޮބާ.
އެއްވެސް ހައްގަކާ ނުލާ އަލީއަށް އެއްޗެތިކިޔަނީ އެބޭފުޅާﷲއަށް ބިރުވެތިވެﷲހަރާމްކުރއްވިކަމެއްދޫކޮށްލީމަތަ.ބަލަ ގުރުއާނުގެ އލްމާ ދީނުގެއިލްމަކީ އެކަލާންގެ ލޯބިފުޅުވާ އަޅުންނަށް ލިބޭއެއްޗެކޭ.
އަލީ އަށް ﷲ ހިދާޔަތުގެދެއްވެވި ދީނުގައި ސާބިތުކުރެއްވި އަލީއަކީ ދީނީ އިލްމުވެރިއެއް
ހާދަ ލަހަަކުން މީނައަށް މިކަން ކި މޭރުންވީ. ހަންބޮލީ ތޯއްޗެއް