މިޔަންމާ ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށް ހިންގަނީ ފެބްރުއަރީ 7، 2012 ގައި ރާއްޖޭގައި ހިންގި ފަދަ ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ކުރީގެ ރައީސް. ޑރ. މުހައްމަދު ވަހީދު އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.
މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ ލީޑަރު އޮން ސަން ސޫކީ އާއި ރައީސް ވިން މިންޓް އާއި އޮން ސަން ސޫކީގެ ނޭޝަނަލް ލީގު ފޮ ޑިމޮކްރަސީ (އެންއެލްޑީ) ގެ ވެރިންނާއި ސަރުކާރުގެ ވަޒީރުން ހައްޔަރުކޮށް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއަށް ފަހު، އަސްކަރިއްޔާ އިން ވަނީ އެއް އަހަރު ދުވަހުގެ މުއްދަތެއް ވަންދެން މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
އަސްކަރިއްޔާ އިން ނުރުހުނީ އެންއެލްޑީ އިން އާންމު އިންތިހާބުގައި ބޮޑު ތަފާތަކުން ކުރި ހޯދާފައި ވަނިކޮށެވެ. އެކަމަކު އަސްކަރިއްޔާ އިން އެކަން ގަބޫލެއް ނުކުރެއެވެ. އަސްކަރިއްޔާ އިން ބުނެފައި ވަނީ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިޔަންމާގައި މިހާރު ހިނގަމުން ދަނީ ބަޣާވާތެއް ކަމަށެވެ. އަސްކަރިއްޔާ އިން އޮން ސަން ސޫކީ ހައްޔަރުކޮށް ޓީވީ، އިންޓަނެޓު އަދި ފޯންގެ ހިދުމަތް ކަނޑާލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މިޔަންމާގެ އަސްކަރީ ބަޣާވާތާއި އެމަނިކުފާނު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވި ދެއްވުމާއި ވަނީ އެއްވަރު ކުރައްވައިފައެވެ.
ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވަހީދު ވިދާޅުވީ މިޔަންމާގެ ހަމަނުޖެހުމާއި ހަތެއް ފެބްރުއަރީއާ އެއްވެސް ގުޅެމެއް ނުވާ ކަމަށެވެ. އަދި އޭރުގެ ވެރިއަކަށް ހުންނެވި ނަޝީދު އިސްތިއުފާ ދެއްވުމާއި، މިޔަންމާގައި މިހާރު ހިނގަމުންދާ މިލިޓަރީ އިންޤިލާބާއި އެއްވަރު ކުރުމަކީ ދިވެހި ސިފައިނަށް ކުރާ ގޯނާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިޔަންމާގެ މިލިޓްރީ އިންގިލާބާ ފެބްރުއަރީ 7ގެ ރިޔާސީ އިސްތިއުފާޔާ އެއްވަރު ކުރުމަކީ ދިވެހި ލޮބްވެތި ސިފައިންނަށް ގޯނާކުރުން. @avasmv
— Mohamed Waheed (@DrWaheedH) February 1, 2021
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެއެވެ. ނަމަވެސް ވެރިކަން ބަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމީ، ނަޝީދު އިސްތިއުފާ ދެއްވީ ޤާނޫނާ ޚިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރު ދެއްކުމެއް ނެތި، އަމިއްލަފުޅަށް ކަމަށެވެ.
ނަޝީދު އިސްތިއުފާ ދެއްވީ އެމަނިކުފާނާ ދެކޮޅަށް ސިފައިންނާއި ފުލުހުންތަކެއް ނުކުތުމާ ގުޅިގެންނެވެ. އަދި އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން އެމްޑީޕީގެ ތުހުމަތުތަކަށް ބާރު ލިބޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެ ކޮމިޝަނުގެ ތަހުގީގަށް ފެނިފައެއް ނުވެއެވެ.
ރައީސް ވަހީދު ތިޔަވިދާޅުވީ ހަގީގީވާހަކައެއް
ވާނުވާ ނޭންގޭ ހާލަތުގައި ހުންނަ މީހަކު ވާނުވާ ނޭންގިގެން މުޅިކެބިނެޓް އިސްތިއުފާދޭން މަޖުބޫރުކުރީވެސް ދެންބުނާނީ މިޔަންމާގައި ހިންގީ މީގެ ކަމެކޭ
ޖޯރޭ ބުނީ ތިއީ ސުމެކޯ. ޖޯރޭ ބުނީ ޝާހިދާ ޒުބޭރު ގެ ފަޅުރަށް އަތުލިކަމުގެ ބަދަލު ކަލޭ ދޭންޖެހޭނެޔޯ.
ބަޢާވާތްވާނީ ބަޢާވާތައް، މީނަމީ ރާއްޖޭގަކުރި ބަޢާވާތުގެ ބައްޕަ، ހުވަފެނުގަވެސް ނުފެންނާނެފަދަ މަޤާމެއް ލިބެންއޮތީ ބަޢާވާތްކޮށްގެންކަމައްވާތީ މީނައެކަންކުރީ، ޤާނޫނާ ޤާނޫނު އަސާސީ ބޮލާލާ ޖަހާފަ ހުވާކުރީ ކުޑަކޮޓަރިއެއްގެތެރޭ އަންހެނުން ކައިރީގަބަހައްޓައިގެން، މީނަގެ ސަބަބުން ރާއްޖޭގެ އަގުވަނީ ވެއްޓިފަ، ޑިމޮކުރަސީ ވަނީ ވަޅުޖެހިފަ، ދައުރުހަމަވުމުންވެސް ފައިބާބޭނުންނުވެ އިތުރަށް ވެރިކަންކުރަންބޭނުންވިމީހެއްތީ، ރާއްޖޭގެ ހަލާކުތީ
ޙަޤީޤަތަކީ ރައީސް ނަޝީދަކީ ކަމަށް ތަސައްރަފު ނުފުދޭ މީހަކަށްވުމެވެ. ހަ،މަހޭގައި ހުރި ހަރުދަނާ ޤާބިލް މީހަކު ނަމަ އަދި އެހެން ބަޔަކު އެއްވެލިޔަސް އިސްތިއުފާއެއް ނުދޭނެތާއެވެ. ޑރ ވަޙީދުފަދަ ހަރުދަނާ ބޭފުޅަކު އެދުވަހު ރިޔާސަތާައި ޙަވާލުވާން ހުންނެވިކަން ވަރަށް ރަނގަޅެވެ. އެހެންނޫންނަމަ ޤައުމު އެދަނޑިަޅުގައި އޮޔާދިޔައީހެވެ.
އައްޗީޑި! ކާޅު ވާނީ ކާޅަށް.