ސަރުކާރުން ގދ. ތިނަދޫއަށް ފޮނުވި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ، އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާލެ އިން އެރަށަށް ހާއްސަ ހުއްދައިގެ ދަށުން ދިޔަ ދެ މީހެއް ކަމަށެވެ.
އެ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެނބުރި އައި ފަހުން ކަމަށްވެސް ވިދާޅުވިއެވެ.
މި ދެ ވޭދަނައާ ގުޅިގެން މިހާރު އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.
އެޗްއީއޯސީން ވިދާޅުވީ، މި ދެ ވޭދަނައާ ގުޅިގެން މިހާރު އެ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެނގިފައިވާގޮތުން އެރަށުން ފައްސިވި ދެ މީހުންނަކީ ޖެންޑާ މިނިސްޓްރީން އެރަށަށް ފޮނުވި ދެ މީހެކެވެ. އެ މީހުންނާއި ވަރަށް ގިނަ މީހުންނާއި ބައްދަލުވި ކަމަށް ވެއެވެ.
ސަރުކާރުގެ ހޮޅި ސިޔާސަތުގެ ނަތީއްޖާ! މިހާރު އެނގިއްޖެ ދޯ ކޮވިޑަކީ ސަރުކާރުގެ މަންދޫބެކޭ، ވެރިޔެކޭ، މިނިސްޓަރެކޭ، މަޖްލިސް މެމްބަރެކޭ، މަސްވެރިޔެކޭ، ދަނޑުވެރިޔެކޭ، އައްޗަންކުރާ މީހެކޭ، ޓީޗަރެކޭ، ޕިޔޯނެކޭ، ކާތިބެކޭ، ގާޒީއެކޭ، ޑަކުޓަރެކޭ، ނަރުހެކޭ، ނޫސްވެރިޔެކޭ، ޕާން ފިހާ މީހެކޭ އަދި ވެލި ގަލަށްދާ ސައްތާރަކީ ކާކުކަންވެސް ބަލާ އެއްޗެއް ނޫންކަން؟!! ބަލަ ރަށްރަށަށް ފޮނުވާ މީހުންވެސް ކަރަންޓީނުކޮށް ނިންމާފަ އެކުރާ ކަމެއް ކުރަން ފޮނުވަބަލަ. މިވަރުވެސް ކިޔައިދޭންޖެހޭތީ ހަމަ ހަދާނެގޮތް ނޭގި، ބިތްޖެހިފަ މީނީ!
ސަރުކާރުން ބޭނުންވާގޮތް.އެހެންވެތާ ޓެސްޓް ނުކޮށް އެފޮނުވަނީ.ފެނަކަ ސައީދުމެން މިފްކޯ މީހުންވެސް އައިސް މުޅިތިނަދޫގަ އެނބުރިފަ އެދިޔައީ.މިކަހަލަ ދަނޑިވަޅެއްގަ އެމީހުން އައިސް ކަރަންޓީން ވާކަށް ނުޖެހޭ.އެކަމަކު އާދައިގެ މީހަކު ދާންވެއްޖެއްޔާ 10 ދުވަހު 14 ދުވަހު ކަރަންޓީން ވާންޖެހޭ.ކޮވިޑް ޖެހެނީ ހައިބަތަށާއި މޫނާ ކަދުރާއަށް ބަލާފައެއްނުން.ވަކިބަޔަކަށް ވަކިގޮތެއް ޢޮވެގެނެއްނުން.އެކަމަކީ ލޯކަލް ކައުންސިލް އިންތިހާބު އޮތީމަ ކެމްޕެއިން ކުރަންވެގެން ކުރާކަމެއް.
ޖަނަވާރުންތައް ކޮވިޑު ފަތުރަނީ އެއްޗެކޭ ކިޔައިގެން
އަނެއްކާ ކޮވިޑު ފެތުރުމަކީ ވައުދެއްތަ
ރައްޔިތުން ބޮލުގަ އެޅުވިޔަސް މިހާރު ކޮވިޑް ފަތުރަނީ މި ސަރުކާރުންނާ އެޗްޕީއޭއިން
އިރުކޮޅަކުން ނަޒްލާމެން ޓީވީއަށް އަރާ ބުނާނެ އަތް ދޮންނާށޭ. އެޗްޕީއޭއިން ހަދާ މޮޅެތި ގައިޑްލައިން ތަކާ ހެދި ބަލި ކޮންޓްރޯލް ނުވަނީ. ފަތުރުވެރިންނާ ބޮޑެތި މީހުން ނުޖެހޭ ކަރަންޓީނުވާކަށްވެސް.. ގައިޑްލައިން ހަދަނީ ނިކަމެތި މީހާ ނޮޅާލަން ކަން އަހަރެމެން ގަބޫލުކުރަނީ މިގޮތަށް ތަފާތުކުރާތީ
ވަރަށް އުފާވެރި ހަބަރެެއް އެއްގޮތަކުން.. ސަރުކާރު ނިކަމެތި ރައްޔިތުން ދެކެ ކެއަރ ނުކުރާކަން މި ސާފުވަމުން ދަނީ.. މި ސަރުކާރުގެ ނުބައި ނުލަފާކަން ހާމަވަމުން ދަނީ
މިގޮތަށް ފައްސިވެގެން ބަލި ފަތުރާ މީހުނާ ދެކޮޅަށް ތަހުގީގު ހިންގަ ދައުވާ ކުރެވެން ވާނެ އާންމު ނުރައްކަލަކަށް ވީމަ
އެ މިހުންގެނަން އާންމު ނުކުރޭތަ. އޭރުންދޯ އިނގޭނީ އަމިއްލަ އެދުން ބޮޑު މީހުންގެ ކިބައިން ސަލާމަތްވާން.. ހާއްސަ ހުއްދައޭ ކިޔާފަ ކިތައް މީހުނަށް ބަލި ފެތުރެނީ ނުބަލާ ދުވީމަ
މި ސަރުކާރަކީ ކޮވިޑަށް ވުރެ ބޮޑު ބަލާވެރިކަމެއް
މިމީހުނަށް ހާއްސަ ހުއްދަ ދިން މީހުނަށް މި މީހުން ފަރާތުން ބަލި ޖެހުންނަމަ އެއްޗެއް ވިސްނިފަ ހުންނާނީ.. ނާގާބިލް ކަމުގެ އިންތިހާ
ބަލި ފަތުރާ ބާގި ސަރުކާރު އިސްތިއުފާ
ސަރުކާރުގެ ދޯދިއާކަމުން ރާއްޖެތެރެއަށްވެސް ބަލިފެތުރެމުން އެދަނީ ކިހާދެރަ
“ވިސްނުމެއް ނެތި ކޮށްފި ކަމަކުން އެންމެފަހަރަކު ދޭހުގައި
ގިސްލަމުން ހިތިކަރުނަ އޮއްސަން ޖެހިދެޔޭ ޢުމުރަށް މުޅިން”
ވަކި ބައެއް މާ ބޮޑަށް ހާސްވީމަ ވާ ގޮތް މީ! ދެމީހުންނާހުރެ ރަށުން އަރާ ފައިބުން މަނާ... އާންމު ރައްޔިތެއް ނަމަ ޖޫރިމަނާ ކޮއްލާނެ.
ޢިތުރައް ބަލިފފފޖައްސާގެން ރޯދަމަހު މިސްކިތްތައް ބަންދުކުރެވެން އޮތީ އެހެންވެ އެކަންކުރަން އެއުޅެނީ ލާދީނީ ބައިގަނޑު މީވަރައްވާހަކަ..
ރަށް ރަށުގައި އެޗްޕީއޭގެ އެއްވެސް އަމުރެއް ތަންފީޒު ނުޖުރެވޭ.
ކުޅިވަރުކުޅުމށް އެއްތަނަކަށް ޖަމައުވުން، މާސްކްނާޅައި ކެފޭތަކުގައި ވޭޓަރުން، ފިހާރަތަކުގައި މާސްކްނާޅައި ސޭޓުން އަދި ކަސްޓަމަރުންވެސް.
ކައުންސިލަރުން ދަރިންގޮވައިގެން މާސްކުނާޅައި ސައިކަލް ބުރުޖަހަން.
ބޭނުމަކީ ކޮވިޑްނެތްތަންތަނަށް(ރަށްރަށަށް) އެބަލިފެތުރުން. ނޫންނަމަ އެކިވަފުދުތައް ޚާއްޞަހުއްދައިގެ ދަށުން ރަށްރަށަށް ނުފޮނުވާނެ. އެހުއްދަލިބޭމީހުން ދެކެ ކޮވިޑު ބިރުގަންނަތޯއްޗެއް.