ރާއްޖޭގައި ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދިންތާ އަށް ހަފްތާ ފަހުން ކަމަށް ނިންމައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ފުރަތަމަ ޑޯޒް ދިނުމަށްފަހު ދެވަނަ ޑޯޒް ދޭނީ އަށް ހަފްތާ ފަހުން ކަމަށް ނިންމީ ރާއްޖޭގެ ޓެކް ޓީމާއި ޑަބްލިއުއެޗްއޯގެ އިރުޝާދުތަކަށް ބެލުމަށްފަހު ކަމަށެވެ.
ކޮވިޝީލްޑަކީ ރަނގަޅު ވެކްސިނެއް ކަމަށް ކަނޑައަޅައި ޑަބްލިޔުއެޗްއޯ އިން ލަފާދީފައި ވަނީ އަށް ހަފްތާ އާއި 12 ހަފްތާއާ ދެމެދު ދެވަނަ ޑޯޒު ޖެހުމަށެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ފެށީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެހެންކަމުން ދެވަނަ ޑޯޒު ޖަހަން ފެށޭނީ އޭޕްރީލް ކުރީކޮޅެވެ.
ރާއްޖެއަށް މިހާތަނަށް ލިބިފައިވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒްއެވެ. މިއަދުގެ ނިޔަލަށް އެއިން 56،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ޖަހައިފަ އެވެ. އެޗްޕީއޭ އިން މިހާރު ނިންމާފައި ވަނީ ފުރަތަމަ ލިބިފައިވާ 100،000 ޑޯޒް ވެސް ފުރަތަމަ ޑޯޒްގެ ގޮތުގައި ބޭނުންކުރުމަށެވެ.
މިމަހުގެ ތެރޭގައި ރާއްޖެ އަށް އިތުރު ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވެކްސިން ލިބޭނެ ސީދާ ތާރީޚެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރާޒެނެކާގެ ވެކްސިންގެ ދެވަނަ ޑޯޒް ދޭން އެންމެ ރަނގަޅު ވާނީ ކިހައި މުއްދަތެއްގެ ތެރޭގައިތޯ ބެލުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި މަޝްވަރާތައް ކުރިއަށް އެބަގެންދެއެވެ. އިނގިރޭސިވިލާތުގައި ވެސް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯން ދިންތާ 12 ހަފްތާ ފަހުންނެވެ.
ރާއްޖެ އިން ވެކްސިން ދިން ބައެއް މީހުން ކޮވިޑަށް ފައްސިވެއްޖެ...
Are we India lab monkeys to test vaccination
ޢިންޑިޔާ ލެބުގެ މަންކީ ތަށް ތޯ ދިވެހިން މީ؟؟؟
8-12 ދެމެދު ދޭންޖެހޭ.12 ހަފްތާ އަށް ވުތެ ފަސްވުން ގޯސްވާނެ ވާހަކަވެސް ބުނެ ސަމާލުކަމަށް ގެނޭ
އިންޑިއަ ލެބް މަންކީއަށް ނުވެ ޗައިނާގެ ލެބް މަންކީށްތޯ ވާން ބޭނުންފުޅުވަނީ؟