ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގެން އޮތީ ވިޔަފާރި އުސޫލުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަށް ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އަސްލަމް ދައްކަވާފައިވާ އެކި ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓްތަކެއް ކުރައްވާފައެވެ.

މުއިއްޒު ކުރެއްވި އެއް ޓްވީޓްގައި ވިދާޅުވީ ގެދޮވެރިކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް އިންސާނީ ހައްގު ކަމަށާއި އެ ހައްގު ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މަތީ އެއް ޒިންމާ ކަމަށެވެ.

"މި ކަމަކީ ހަމައެކަނި ވިޔަފާރި އުސޫލުން ކުރެވޭ ކަމަކަށް ސަރުކާރުން ދެކޭ ނަމަ، އެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއް ކަމަށް ރައްޔިތުން ނުދެކޭނެ،" މުއިއްޒު ކުރެއްވި ޓުވީޓެއްގައިވެއެވެ.

ސިނަމާލެ ފްލެޓްތައް މަރާމާތު ނުކުރެވޭނެ ކަމަށާއި އެ ފްލެޓްތައް އަލުން ތަޅާލާފައި އިމާރާތް ކުރަން ޖެހޭނީ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި ވާހަކައަށާއި ކުރީގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ މަޝްރޫއު" އަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 50 ޕޮއިންޓް ނުލިބޭ މުވައްޒަފުންނަށް ފްލެޓް ނުދޭން ސަރުކާރުން ނިންމި ކަމަށް ވިދާޅުވެ އަސްލަމް ދެއްކެވި ވާހަކައާ ގުޅިގެން ވެސް މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މުއިއްޒު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ސިނަމާލެ ފްލެޓްތައް ހެދެން ދެކަށް ވެސް އެ ފްލެޓްތަކުގައި އުޅޭ އެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ފްލެޓްތައް މަރާމާތުކޮށްދޭން ޖެހޭ ކަމަށެވެ.

"އެ ރައްޔިތުންނަށް ހައްގު މިންވަރަކީ ބިރުވެރިކަމާއި ނުރައްކަލުގެ ތެރޭގައި ރޭތަކާއި ދުވަސްތައް ހޭދަ ކުރުން ކަމަށް ވެގެން ނުވާނެ،" މުއިއްޒު ލިޔުއްވާފައިވެއެވެ.

އަދި ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ފަރާތްތައް ކަމަށާއި އެ ފަރާތްތަކާ ދޭތެރޭ މިފަދަ އިހާނެތި ގޮތްތައް ހެދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިނިސްޓަރު އަސްލަމް ދެއްކެވި މިފަދަ ބައެއް ވާހަކަތަކަށް މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވިއިރު، ހިޔާ މަޝްރޫއު އިން ކުރީގެ ސަރުކާރުގައި ފްލެޓް ދޭނެ ކަމަށް ނިންމި ވަރަށް ނިކަމެތި ހާލުގައި އުޅޭ ބައެއް ފަރާތްތަކަށް ފްލެޓް ނުދޭން މި ސަރުކާރުން ނިންމުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޑޮނީމިއޯ

  ބޮޑުވަގު...ގެރިޖައްސާ މުއިއްޒު

  4
  9
 2. މަހުދީ

  ވެރިކަން ބަދަލު ކުރެވޭތޯ ހުކުރު ދުވަހު ހުކުރު ނަމާދަފަހު ދުޢާ ކުރަންވީ ވަގުތު އައިސްޖެހިޖެއް.

  6
  3
 3. Anonymous

  I got 84 point but you did not given me,u have given 60 point peoples so don't talk please very one are same

 4. ރައްޔަތުންނާދޭތެރޭ ވިސްނާބެ

  ރައްޔިތުން ވިސް ނަންވީ އެބުނާ ވާހަކަޔައް މީހުން ދިރިއުޅޭރައްރަށުން ބިންވިއްކަން އެއުޅެނީ އެޖެންޓް 19ގެ ދަށުން މީހުން އުޅޭރައްރަށުގަ ފަސޭހަކަމާއެކު ފައްޅިއެޅުމައް ތިޔރައްރަށުން ބިންގަންނާނީ ފައްޅިތަކުން ޙަރަދުކޮއްގެން 99 އަހަރައް ގަތީމަ މިލްކްވީ އެމީހެއްގެ އަމިއްލަބިމެއްގަ ފައްޅިއާ ނާސިގެއާ އެބަޔަކު ބޭނުން ކަމެއް ކުރެވޭނެ ބޭރުމީހުންނަކައް މިގައުމުގެ ގާނޫނެއް ނުހިގާނޭ އެމީހުން ފޮނުވައެއްވެސް ނުލެވޭނޭ ބައިނަލް އަގުވާމީގާނޫނުގެ ދަށުން އެހިސާބުން ނިމުނީ އެބުނާ ހަގީގީ އަނެއްރާއްޖެ އެޖެންޓް 19 އައް ކާމްޔާބްވީ ރަތްޔިތުން ހޭ އަރަންވީ މިމީހުންނައް ނޫނެކޭ ބުނަންވީ

  6
  5