22:32
ވެކްސިން ޖެހުމުން ޕީސީއާރް ޓެސްޓުން ކޮވިޑަށް ފައްސިއެއް ނުވާނެ - ޑރ.ނަޒްލާ
Vaccine Jehumun PCR Test In Covid Ah Fassi Eh Nuvaane - Dr.Nazla https://t.co/LJx48fBVOg
— Vaguthu Online (@VaguthuOnline) March 2, 2021
22:12
މިއަދު 165 މީހަކު ކޮވިޑަށް ފައްސިވެއްޖެ.
BREAKING NEWS: Miadhu Ithuru 165 Meehaku Covid Ah Fassivejje https://t.co/RFwRxx1vV3
— Vaguthu Online (@VaguthuOnline) March 2, 2021
22:07
ކޮވިޑް-19 އަށް މިއަދު ފައްސިވި މީހުންގެ އަދަދު އަދި އެޗްޕީއޭ އިން ހާމައެއް ނުކުރޭ.
21:10
ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޗައިނާގައި ފުރަގަސް ފަރާތުން ސުންކު (ސާމްޕަލް) ނަގާތީ ޖެޕާނުން އެކަމާއި ހިތްހަމަ ނުޖެހިއްޖެ
Covid-19: China In Furagas Faraathun Sunku Nagaathee Japanun Hihhama Nujehijjehttps://t.co/hz4oOlxP3o
— Vaguthu Online (@VaguthuOnline) March 2, 2021
20:52
ހއ. ބާރަށުން ކަރަންޓީންގައި ނެތް ހަތަރު މީހަަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.
BREAKING: Baarashun Quarantine Gai Nei 4 Meehaku Covid Ah Fassi Vehjjehttps://t.co/UCiyIF3Sko
— Vaguthu Online (@VaguthuOnline) March 2, 2021
19:06
ކޮވިޑް-19 އިން ރައްކާތެރިވުމަށް މެލޭރިއާ ބައްޔަށް ބޭނުން ކުރާ "ހައިޑްރޯކްލޮރޮކީން" ބޭނުން ނުކުރުމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އިލްތިމާސް ކޮށްފި
Covid In Rakkatherivumah Malaria Beys Beys Beynun Nukurumah Ilthimaas Koffihttps://t.co/kRP7KIlD5F
— Vaguthu Online (@VaguthuOnline) March 2, 2021
17:56
ކޮވިޑް-19ގެ އާ ވައްތަރުތައް ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާ މި ދަނޑިވަޅުގައި އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އިތުރު އިންޒާރެއް ދީފި.
Dhevvadhoo In Covid Ah Fassi Vee Kuda Kujjakaai, Mammahttps://t.co/iSX3QAuVrP
— Vaguthu Online (@VaguthuOnline) March 2, 2021
17:46
ގއ. ދެއްވަދޫއިން ކޮވިޑް-19އަށް ފައްސިވެފައިވަނީ ކުޑަ ކުއްޖަކާއި އެކުއްޖާގެ މަންމަ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ
Dhevvadhoo In Covid Ah Fassi Vee Kuda Kujjakaai, Mammahttps://t.co/iSX3QAuVrP
— Vaguthu Online (@VaguthuOnline) March 2, 2021
17:45
މާލެ ސަރަހައްދުގައި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ވެކްސިން ދިނުމަށް ނިންމައިފި
18 Aharun Matheege Meehunah Maadhamaa Covid Vaccine Jahan Fashaneehttps://t.co/Qt3Ffb9IaW
— Vaguthu Online (@VaguthuOnline) March 2, 2021
12:01
ރާއްޖޭގައި ފެތުރިފައިވާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދައުލަތުން ކުރި ޚަރަދު ތިން ބިލިއަނަށް ވުރެ މައްޗަށް އަރައިފި.
Covid Control Kurumah Raajje In Kuri Haradhu 3 Billion Ah https://t.co/9cFVFRJ0RI
— Vaguthu Online (@VaguthuOnline) March 2, 2021
11:32
ހައްޖުގެ އަޅުކަން އަދާކުރެވޭނީ ކޮވިޑް ވެކްސިން ޖަހައިގެން ކަމަށް ނިންމައިފި.
BREAKING NEWS: Hajj Ge Alhukan Adhaakureveynee Covid Vaccine Jahaigen Kamah Ninmaifi https://t.co/OYGJ1NNCGA
— Vaguthu Online (@VaguthuOnline) March 2, 2021
00:31
ގއ. ދެއްވަދޫ އަށް އަނެއްކާވެސް އަރާ ފޭބުން މަނާ ކޮށްފި
BREAKING: Dhevvadhoo Ah Anehkkaaves Araa Feybun Manaa Kohffihttps://t.co/O0r6TfB2C7
— Vaguthu Online (@VaguthuOnline) March 1, 2021
ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު އަނެއްކާވެސް މާލެ ސަރަހައްދުގައި ކޮވިޑް ބަލި މީހުން އެޑްމިޓް ކުރަން ހުރި އެނދުތައް ފުރި، ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އަންނަނީ ބޮޑުވަމުންނެވެ.
މިރޭ އެޗްޕީއޭ އިން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ކޮވިޑް ޖެހިފައި ތިބި 2567 މީހުންގެ ތެރެއިން 181 މީހަކު ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. އާދީއްތަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބީ 179 މީހުންނެވެ. ހޮނިހިރު ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބީ 170 މީހުންނެވެ. ހުކުރު، ބުރާސްފަތި އަދި ބުދަ ދުވަހު ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބީ 162 މީހުންނެވެ.
ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އެޑްމިޓް ކުރަން މާލެ ސަރަހައްދުގައި ހުރީ ގާތްގަނޑަކަށް 230 ވަރަކަށް އެނދެވެ. މިހާރު ކޮވިޑަށް ފައްސިވާ މީހުންނާއި ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދަށް ބަލާއިރު ހާލަތު ރަނގަޅު ނުވާނަމަ ބިރުވެރި މަންޒަރުތަކެއް ރާއްޖެ އިން ފެނިދާނެއެވެ.
މިދިޔަ ހަފްތާގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ދަށަށް ދިޔައީ ހޮސްޕިޓަލްގައި އެޑްމިޓް ކުރަމުން އައި ކެޓަގަރީއަށް ބަދަލު ގެނައުމުންނެވެ. އެބަދަލު ގެނައީ ކޮވިޑަށް ފައްސިވާ މީހުން އެޑްމިޓް ކުރަމުން އަންނަ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ޖާގަ ފުރިދާނެ ކަމުގެ ބިރު ހީވުމުންނެވެ.
މިހާރު ކޮވިޑަށް ފައްސިވާ ހައިރިސްކް ބައެއް މީހުން ވެސް ހޮސްޕިޓަލަށް ނުގެންގޮސް ގޭގައި ބައިތިއްބައެވެ. ނަމަވެސް އެމީހުންގެ ހާލަތު ގާތުން މޮނިޓާ ކުރަމުން ގެންދާ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އިން މާލެ އިން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދާތީ ބަލި ކޮންޓްރޯލް ކުރުމަށް ވަނީ މިހާރު ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި އިރުއޮއްސި 18:00 އިން ފެށިގެން ވެހިކަލް ދުއްވުން މަނާ ކުރުމާއި ރޭގަނޑު 20:00 އިން ފެށިގެން ރެސްޓޯރެންޓްތަކާއި ކެފޭތައް ބަންދުކުރުން ހިމެނެއެވެ.
Iyaz Men Ge Masaiykaiy Abu Jahul Ge Masaiykathaai Varah Gaiyy - Shaikh Hussen Rasheed https://t.co/pZ6nJTJL83
— Vaguthu Online (@VaguthuOnline) March 1, 2021
BREAKING NEWS: Covid-19: Hospital Gai Admit Kohfaiva Meehunge Adhadhu Dhuvahun Dhuvahah Mahchah https://t.co/N1NKFZuv4w
— Vaguthu Online (@VaguthuOnline) March 1, 2021
HPA Ge Usoolaa Hilaafah Majlis Memberun Ufan Dhuvas Faahaga Koffihttps://t.co/bAZXXbCrzZ
— Vaguthu Online (@VaguthuOnline) March 1, 2021
BREAKIG NEWS: Miadhu Ithuru 186 Meehaku Covid Ah Fassivejje https://t.co/hnja6RdXQY
— Vaguthu Online (@VaguthuOnline) March 1, 2021
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
LIVE: Harukashi Fiyavalhuthah Thanfeez Kureveytho Suvaal https://t.co/AQQqpoGOOn
— Vaguthu Online (@VaguthuOnline) February 22, 2021
ހޮސްޕިޓަލްތަށް ފުރޭނަމަ. އިތުރު ތަންތަން ހެދުމަކީ ސަރުކާރުން ކުރަންޖެހޭކަމެއް، ޗައިނާ ސަރުކާރުގަ އެދެނިކޮށް ޑޮކްޓަރުންނާއި، ނަރުހުންގެ ތަޖުރިބާ ހުރި ޓީމުތަށް ފޮނުވައިދޭނެ. އިޓަލީންވެސް ގެންދިޔައީ ޗައިނާ ޑޮކްޓަރުންގެ ޓީމެއް.އިންޑިޔާ އަތްދަށު ވީމަ ވާނެ ހަޔެތި މިވަނީ.
އެ ހޮޅި ވާހަކަ ބުރޯ، ސަރުކާރު އޮފީސްތަކާ ކުންފުނިތަކުން އެޗްޕީއޭގެ އެންގުމަކަށް ބޮލެއް ނުލަނބާ.. ވިޔަފާރިވެރިން ކެފޭތަކާ ހޮޓާތައް ބަންދުކުރަން ޖެހެނީ އޮފީސްތަކުގަ ކޭފުފަޅާ ޕާޓީކުރަނި.. ސީރިޔަސްނަމަ އޮފީސްތައްވެސް ބަންދުކުރީސް..
މިސްކިތްތައް ބަންދުނުކުރެވޭ ސަރުކާރާއި އެހެނިހެން އޮފީސްތައް ބަންދު ނުކުރާ ހާލަތެއްގައި!! ފުރަތަ މަ ސަރުކާރު ބަނދުކ
ތިހެން ކިޔާތާ 1 އަހަރު.. ބިރު ދެއްކުމެއް ނެތި ޙަޤީޤަތަށް ވާހަކަ ނުދައްކަނީ ކީއްވެ؟ ޤާނޫނު ހިނގަނީ އެއްބަޔަކަށްތަ؟ ވެރިންނޭ މި ކިޔާ ޖާހިލުން ކޮންމެ ގޮތަކަށް އުޅުނަސް، ޕާޓީ ކުރިޔަސް، ދުވަހަކު މާސްކެއް ނޭޅިޔަސް ކަލޭމެނަށް ކުރެވޭނެ ކަމެއް އެބަ އޮތްތަ؟؟؟
ބާ ރުހު ރި މަޖިލިސްއެއް މިޤައުމުގައި އޮވެ އެމީހުންނަށް ކޮވިޑްގައި ރައްޔިތުންނާއި ސިއްޙީ ދާއި ރާ ހަނާވެގެންދާތަން ނުފެންނަންޏާ ތީ ބޭކާ ރު ޝު ރުޙީއެއް
ވެކްސިން ދިނުމުން ހާލުބޮޑުވެ އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު މަދުވާނެކަމަށް އެޗްޕީއޭއިން އެތައް ފަހަރަކު ބުނެފައިވޭ. ލައްކައަކަށްވުރެ ގިނަމީހުނަށް ވެކްސިން ދީފި. ދެން ކީއްވެތޯ ހޮސްޕިޓަލްތައް ފުރެންވީ. ވެކްސިންދިން އެއްވެސް މީހަކު ފައްސި ވެއްޖެބާ؟ އެހެންވިއަސް އެކަން ހާމަނުކޮށްވެސް އެޗްޕީއޭއިން ތިބެދާނެ. އެއީ މީހުން ވެކްސިން ނުޖަހާފާނެތީ. ހާލުބޮޑުނުވިއަސް އެޑްމިޓް ކުރަނީތޯ؟ ކިޔާއެއްޗެއް ދިމާ ނުވަންޏާ ޝައްކު ނުކުރަން އުޅުނަސް ޝައްކުވާނެ.